ގދ.ތިނަދޫގެ ބައެއް މީހުއްނަކީ އެމީހުންގެ ހިތުގައި އިންސާނިއްޔަތު ކަމުގެ ކުޑިފުކެއްވެސް ނެތްބައެކެވެ. މިހެން ބުނަން ޖެހުނީތީ ދެރަވެއެވެ. ސަބަބަކީ އަޅުގަޑުގެ ވަރަށްގާތް ރަހުމަތްތެރިއްން އެރަށުގައި އުޅޭތީއެވެ. އެރަށުގެ މީހުއްނަކީ ބޮޑާކަމާއި ކިބުރުވެރިކަމާއި އަމިއްލަ އެދުމުން ފޯވެފައިތިބި ހިތްނުބައި ބަޔެއްކަން ހުވަދު އަތޮޅުގެ އެއްމެންވެސް ދައްނާނެއެވެ. އިއްޔެއަކީ މިގޮތުން އެމީހުންގެ ހިތުގައި އިންސާނިއްޔަތުކަން ނެތްކަން ފެނިގެން ދިޔަދުވަހެކެވެ.
އެރަށުގެ '' ރޯދި'' ދޯނިން މަހަށް ދިޔަ ބިދޭސީ މީހާ ދޯނީގައި ނެތްކަން އެގުމުން އެމީހާ ހޯދަން އެއްވެސް މަސައްކަތެއް ކޮއްފައިނުވާއިރު އެމީހާ ގެއްލުނުކަން އެއްވެސް ފަރާތަކަށް ރިޕޯޓްވެސް ކޮއްފައެއް ނުވެއެވެ. ''ރޯދި'' ދޯނީގެ މީހުން ބުނާގޮތުން އެމީހުއްނަށް ބިދޭސީ މީހާ ގެއްލުނުކަން އެގުނީ މަސްބާނަން ކަނދުފޮތި ކައިރީ އޮވަފައި ނައްޓާލިތާ ބައިގަޑިއެއް ހާއިރު ފަހުއްނެވެ. ކަނޑަށް ވެއްޓުނު ބިދޭސީ މީހާ ފެނުނީ މަހަށް ގޮސް އޮޅުނު އެރަށުގެ '' މަސްވެރިޔާ'' ދޯއްޏަށެވެ. އެދޯނީގެ މީހުން ބިދޭސީ މީހާފެނުމުން އެމީހާ ދޯއްޏައް ނުނަގައި އެކަން އެންގީ ''ރޯދި'' ދޯއްޏަށެވެ. އެކަން އެގުމާއެކު ރޯދި ދޯނި އަބުރާލާފައި ގޮސް އެމީހާ ނަގައިގެން ރަށައް ދިޔައެއެވެ. މިކަމާ ގުޅިގެން ހަވީރު ނޫހުގައި ފާޅުކޮއްފައިވާ ހިޔާލުތައް ކިޔާލުމަށް ފިތާ ލައްވާ
No comments:
Post a Comment