4/19/11

އަދުގެ ހާލަތު

ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ވާގޮތުން މިގައުމުގައި އޮއްނަންވާނީ އިސްލާމްދީނެވެ ނުވިތާކަށް ދީނުގައި ކަޑައެޅިފައިވާ ހުކުމްތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ކޮއްމެ ދުވަހަކު ވަކާލާތު ކުރަނީއެވެ. އެއް މެމްބަރަކު މަޖުލީހައް ބިލެއް ވައްދާފަ ފޮނިވާހަކަތަކެއް ދައްކާ ބަހުސްކޮށް ވޯޓަށް އަހަންވީމަ ބިލް އަބުރާގެންދަނީއެވެ. އަބުރާ ގެންދިޔާމައި އަނެއްމެއްބަރަކު އަނައްކާ ބިލެއް ހުށަހަޅާ ބަހުސް ކުރަނީއެވެ. ކޮއްމެދުވަހަކު އެތައް ރުފިޔާއެއް ހަރަދުވާ ބޮޑުމުސާރަލިބޭ ރައްޔިތުންގެ މަންދޫބުން މަޖިލީހުގައިތިބެ ރައްޔިތުންގެ ލޮލޮގައި އަދުނު އަޅުވަނީއެވެ.ދިވެހިރާއްޖޭގައި ހަދާފައި މިއޮތީ ވަރުގަދަ ގާނޫނު އަސާސީއެކެވެ.ތެދެކެވެ 'ދަތް' ހުރި 'ލޯކަނު' ގާނޫނު އަސާސީއެކެވެ. ދައުލަތުގެ ތިންބާރު އެއްބާރު އަނެއްބާރަށް ފާޑުކިއަނީއެވެ. ވާނުވާއެއް އެއްވެސް ބައެކަށްނޭގެއެވެ. މިއީ ޑިމޮކުރަސީ އައުމުން ދިމާވާ ކަންތައް ކަމުގައިވާނަމަ ޑިމޮކުރަސީއަކީ ހާދަހާ ބިރުވެރި އެއްޗެއްތާއެވެ. އެހެންކަމުގައިވާނަމަ އަހަރެން ބޭނުމީ އެކަކު އަތުގައި ހުރިހާބާރެއް އޮއްނަ ގޮތަށް( ކުރީގަ ވެރިކަންކުރި ) ވެރިކަމުގެ ނިޒާމު އޮއްނާށެވެ

މިއަދު މިރާއްޖެއިން ފެއްނަމުން މިދަނީ އެއްވެސް ދިވެއްސަކު ދެކެން ބޭނުންނުވާ މަންޒަރުތަކެއްނޫނެވެ. އެހެނީ މިހާރު މިގައުމުގައި ނުކުރަނީ ކޮންކަމެއްހެއްޔެވެ. ﷲ ނަހީ ކުރައްވާފައިވާ ހުރިހާ ކަމެކެވެ. މަގުތަކާއި ކަނޑުތަކުގައި ފޭރެނީއެވެ. ރޯމާ ދުވާލު ކުޑަކުދިންގެ ކުރިމަތީގައި ކުޑަކުއްޖެއް، އަންހެނެއް މުސްކުޅިއެއް ބަލާލުމެއްނެތި މަގުމަތީގއި މީހުންގެ ގަޔަށް ތޫނު ތަކެތި ހަރައި،މީހުންގަތުލު ކުރުމާއި، އަނިޔާވެރި ގޮތުގައި އެއްވެސް ބިރެއް ޖެހިލުމެއްނެތި މީހުން މަރަނީއެވެ. ކުޑަކުދިއްނާ ބެހެނީއެވެ. އެއްޖިންސުން ގުޅުން ހިންގަނީއެވެ.ދީނަށް ފުރައްސާރަކޮށް ފާޅުގައި ލިޔަނީއެވެ. އެއްމެންގެ ކުރިމަތީގައި މުސްލިމެއް ނޫންކަން އިއުލާނު ކުރަން ކެރިއްޖެއެވެ. ކީރިތި ގުރުއާން ގޮނޑަށް އުކާލާކަށް ޖެހިލުމެއް ނުވެއެވެ.އަންހެނުންގެ އިތްފަތް ފޭރިގައްނަނީއެވެ. ވަކި އުމުރަކަށް ބެލުމެއް ނެތިއެވެ. މިއަދަކީ ވެސް މިކަހަލަ ހިތާމަވެރި ހާދިސާއެއް ހިގައިގަނެގެންއުޅޭ ދުވަހެކެވެ. 19 އަހަރުގެ ކުދިންތަކެއް ވަނީ 74 އަހަރުގެ މުސްކުޅި އަންހެނަކު ރޭޕު ކޮއްލާފައެވެ. އެއްމެންގެ ކުރިމަތީގައި މަސްތުވާ ތަކެތިން އަމަލުވަނީއެވެ. ގެރި ބަކަރިއާއި ޖިމާއުވަނީއެވެ. ޖިންސީ އެދުންވެރިކަމުގައި ދަރިއްނާއި ދޮންދަރިއްނާވެސް ބެހެނީއެވެ. މިއީ އަދުގެ ހާލަތެވެ.

މިހުރިހާ ކަމެއް ތަންފީޒު ކުރަން އޮތީ ޝަރުއީ ދާއިރާއެވެ. ހުކުމް ތަންފީޒު ކުރަން ގައުމީ ޓީވީން އެމީސް މީހުންގެ ފޮޓޯ ދައްކާ މި މީހުއްނަކީ މުޖަތަމައުގައި ދޫކޮއްފައި ބާތިއްބަން ހެޔޮވާނެ ބައެއްނޫންކަމަށްބުނެ ކޯޓަށް ފޮނުވުމުން މައްސަލަ ބަލަންތިބޭ ގާޒީން އަނެއް ދުވަހު ކުއްވެރިޔާ ދޫކޮއްލަނީއެވެ. މިގޮތަށް ދޫކޮއްލާމީހުން ދެވަނަފަހަރަށް ވެސް މީހުން މަރަނީއެވެ. އަޅެފަހެ މިގައުމުގެ އަދުލު އިންސާފުގެ ނިޒާމު މިނިވަންވާނީ ކޮންދުވަހުކުބާއެވެ. ރާއްޖޭގެ ފަނޑިޔާރުންނަށް އަޅުގަނޑު އިލްތިމާސު ކޮށްލާހިންވަނީ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެ ކަމާއި ތިމާ މަރުވުމަށްފަހު ތިމާއަށް ލިބެން އޮތީ މިދުނިޔެއިން ހޯދި އެއްޗެއް ކަމެވެ. އޭގެ ބާވަތުން ޢަޒާބު ނުވަތަ ސަވާބެވެ. އެއްވެސް މީހެއްގެ ޙައްޤެއް ﷲ މަޢާފެއް ނުކުރައްވާނެއެވެ. ކަން މިހެން އޮތްކަން ޤަބޫލުކޮށް ﷲ އާއި އެއިލާހު ފޮނުއްވެވި ނަބިއްޔާ އެންގެވިމަގުން ހިންގެވުމަށް ގޮވާލަމެވެ. ސިޔާސީ ގޮތުން މިއަދު ނަން މަޝްހޫރު ވެވިދާނެއެވެ. އެހެނަސް އެދުވަހު ތިއިން އެކަކުވެސް އަޅާނުލާނެއެވެ. ބަލާވެސް ނުލާނެއެވެ. ރޯލާފައި ޖަހަންނަމައިގެ ތެރެއަށް ފައިބަން ޖެހިދާނެއެވެ. އަދުލު އިންސާފުން އެއްކިބާވެ، ހިތުހުރިގޮތަކަށް ހުކުމްތަށްކުރާ އަނިޔާވެރީންގެ ބާރު ކެޑި އެބައިމީހުން އިންސާފުގެ ދަރުބާރަށް ޙާޟިރު ކުރެވޭނޭ ދުވަސް ހަމަ ކަށަވަރުންވެސް އަންނާނެއެވެ. އެދުވަހަކީ އިންސާފް ނުލިބިވާ ކޮންމެ ފަރާތަކަށް އިންސާފް ލިބިގެންދާނެ ދުވަހެވެ. އެއްވެސް ތަފާތުކުރުމެއްނެތި އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބިގެން ދާނެކަން ކަށަވަރެވެ.

No comments:

Post a Comment