3/20/11

ތޭވީސް އަހަރުގެ އަންހެން ކުއްޖަކު މާމައަކަށް ވެއްޖެ

ރޫމޭނިޔާގެ އުމުރުން 23 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ކަމުގައިވާ ރިފްކާ ސްޓާންސްކޯއަކީ މިހާރު ދުނިޔޭގައި ހުރި އެއްމެ މާމައެވެ. އެހެންނަމަވެސް ވިކިޕީޑިއާގައި ބުނާގޮތުން ދުނިޔޭގައިހުރި އެއްމެ ހަގު މާމައަކީ އުމުރުން 17 އަހަރުގެ މަމްޒީ ނަމަކަށް ކިޔާ ނައިޖީރިއާގެ ޒުވާން އަންހެން ކުއްޖެކެވެ.

ރިފްކާ މާމައަކަށްވީ އޭނާގެ ދޮށީއަންހެން ދަރިފުޅު އުމުރުން 11 އަހަރުގައި ފިރިހެން ކުއްޖަކު ވިހެއުމުއްނެވެ. ރިފްކާ އޭނާގެ އުމުރުން 11 އަހަރުގައި އުމުރުން 13 އަހަރުގެ އިވްނިލް ސްޓާންސްކޯއާ ކައިވެނި ކުރީ އޭނާގެ ބައްޕަ އޭނާ އެހެން ކުއްޖަކާ ކައިވެނި ކޮއްފާނެކަމަށް ބިރު ހީވެގެއްނެވެ.

ރިފްކާއަށް އޭނާގެ އަންހެން ދަރިފުޅުލިބުނީ އުމުރުން 12 އަހަރުގައެވެ. ރިފްކާ އުއްމީދުކޮށްގެންހުރީ އޭނާއާއި އެއްގޮތަށް ހަގު އުމުރެއްގައި ދަރިފުޅު ކައިވެނި ނުކުރާނެކަމަށެވެ. ނަމަވެސް ރިފްކާގެ ދަރިފުޅު ކައިވެނިކުރީ ރިފްކާ ކައިވެނި ކުރި އުމުރަށްވުރެވެސް ހަގު އުމުރުގައެވެ. އަދި ދަރިޔަކު ލިބުނީވެސް ހަމައެއަށްވުރެ ހަގު އުމުރުގައެވެ.


3 comments: