3/21/11

ދެއްވަދޫ މީހުން މިސްކިތް ގިބުލައަށް އެނބުރި ވާހަކަ

ނޯޓް: މިވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ކަމެއް ނޭގެއެވެ.މިވާހަކައަކީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދެއްވަދޫގައި ހިގި ކަމެއްކަމަށް ދައްކާ އުޅޭވާހަކައެކެވެ.

ދުވަސްވަރަކީ،ޤިބުލަ މުސައްލައޭ މިކިޔާ ވައްތަރުގެ މުސައްލަ ރާއްޖެއަށް ތައާރަފުވެގެން އައި ދުވަސްވަރެވެ. ދެއްވަދޫ މީހަކު ހައްޖަށްގޮސް އުޅެނިކޮން ދިމާވި ކުޅުދުއްފުށީ މީހަކު އާދަޔާ ހިލާފު މުސައްލައެއް ގެންގުޅޭތަން މީނާއަށް ފެންނަން ފަށައިފިއެވެ. އެއްދުވަހަކު މީނާ ބަލިވެ ހަރަމްފުޅަށް ނަމާދަށް ނުދާދުވަހެކެވެ. މިދެންނެވި ކުޅުދުއްފުށީ މީހާ މުސައްލައެއްނަގައި އޭގައިއިން ތަނަކުން އެއްޗެއް ބަލައި އެއާއި އެއްދިމާއަށް އެނބުރިހުރެގެން ނަމާދުކޮށް ނިންމަލައިފިއެވެ. މިކަމާއި މީނާ ހައިރާންވެގެން ތިކުރީ ކޮންކަމެއްތޯ؟ އަހާލުމުން މީ ޤިބުލަ ހޯދުމަށްބޭނުންކުރާ މުސައްލައެކޭ ކުޅުދުއްފުށީ މީހާ ބުނެފިއެވެ.
ކޮންމެއަކަސް ރަށަށް އަންނަމުން ދެއްވަދޫ މީހާވެސް އައީ މިދެންނެވި ވައްތަރު މުސައްލައެއް ހިފައިގެންނެވެ. ރަށަށް އައިދުވަހު އަސުރުނަމާދަށް މިސްކިތަށް މީނާ ދިޔައީ މިދެންނެވި މުސައްލަ ހިފައިގެންނެވެ. މީނާގޮސް މިސްކިތުގައި މުސައްލަ އެޅިއިރު ކަމަކު ދާކަށްނެތެވެ؟ މިސްކިތުގައި ގިބުލައަށްކަމަށް ބަލައި ހަދާފައިވާ މިސްރާބާއި މުސައްލައިން ދައްކާ މިސްރާބާއި ދިމައެއްނުވެއެވެ. މީނާ، މިވާކަ މުދިންބޭ ކައިރީގައި ދެއްކުމުން މުދިންބޭ ގޮސް ކަތީބު ކައިރީގައި މިވާހަކަ ދަންނަވައިފިއެވެ. މިކަމާއި ރަށުގެ މީހުން ވަރަށްކަންތައް ބޮޑުވެއްޖެއެވެ. ގިނަމީހުން ބުނަމުންއައީ މިސްކިތްހުރީ ޤިބުލައަށްކަމާމެދު ސައްކުކަމަށެވެ. ރަށުގެ މީހުން މިކަމާއި މަޝްވަރާކުރުމަށްފަހު ނިންމީ ރައްޔިތުން ނިކުމެ ވާޖަހައިގެން މިސްކިތް ޤިބުލައަށް އެނބުރުމަށެވެ. ރައްޔިތުން ނިކުމެ މިސްކިތުގައި ވާޖަހައިގެން ޤިބުލައަށް އަނބުރަން މަސައްކަތްކޮށްކޮށް ވަރުބަލިވީއިރުވެސް ޤިބުލައާއި ވީފަރާތަކަށް މިސްކިތެއް ނޭބުރުނެވެ. މިހެންވުމުން މިމީހުން ނިންމީ އަވަށްޓެރި ރަށަކުން މީހުން ގެނެސްގެން މިކަން ކުރުމަށެވެ

No comments:

Post a Comment