3/23/11

ދިރި ހުރުމައްޓަކާ ދުވާލަކު 15 މިނިޓުން 15 މިނުޓް ކާންޖެހޭ އަންހެން ކުއްޖެއް



ވިހެއި އިރުއްސުރެ ތަފާތުތަކެއްހުރި ލިޒީ އަށް ދިރިހުރުމަށްޓަކައި ދުވާލަކު 60 ފަހަރު ނުވަތަ ކޮންމެ 15 މިނަޓަކުން އެއްފަހަރު ކާންޖެހެއެވެ. އެއީ ގާތްގަޑަކަށް ދުވާލަކަށް 6000 އާއި 8000 އާއިދެމެދުގެ އަދަދަކަށް ކެލަރީ ލިޒީގެ ހަށިގަނޑަށް ބޭނުންވާތީއެވެ.
ލިޒީ އަކީ އުފަންވިއިރު ވަރަށް މަދުންނޫނީ ނުފެންނަ އާދަޔާހިލާފް ބައްޔެއްޖެހިފައިވާ ކުއްޖެކެވެ. ދުނިޔޭގައި މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ މިބަލި ޖެހިފައިވާ 3 ކުދިންނެވެ. މިބަލި ޖެހުމުގެ ސަބަބުން ލިޒީ ވަނީ ކިތަންމެ ގިނައިން ކޭކަމުގައިވިޔަސް ފަލަވުމުން މަހްރޫމްވެ، އާދަޔާ ހިލާފަށް ހިކި އަނަރޫފަވެފައެވެ. އޭގެ އިތުރަށް ލިޒީގެ ހަށިގަނޑުގެ ޓިޝޫތައް ޖެނެރޭޓްވުމުގެ ސަބަބުން އޭނާގެ އެއްލޯ ވަނީ ފެނުމުން މަހްރޫމްވެފައެވެ. އަދި މިބަލީގެ ސަބަބުން އަވަހަށް މުސްކުޅިވެގެންވެސްދެއެވެ

ލިޒީ އާއްމުކޮށް ކައި އުޅެނީ ޕިއްޒާ،ޑޯނަޓްސް، ޗޮކްލެޓްސް، އައިސް ކުރީމް ފަދަ ތަކެއްޗެވެ.

ބުރުސޫރައިގެ ގޮތުން ކިތަންމެ ނިކަމެތި ހާލެއްގައި ހުރިކަމުގައިވިޔަސް ލިޒީ އަކީ ހިއްވަރުގަދަ ކުއްޖެކެވެ . އޭނާއަކީ މިހާރު ޓެކްސަސް ސްޓޭޓް ޔުނިވަރސިޓީގައި ކޮމްޔުނިކޭޝަން ސްޓަޑީސް ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާގެ ބަލިމަޑު ކަމާމެދު އޭނާ މާޔޫސްއެއްނުވެއެވެ. އޭނާގެ ބުރުސޫރައާއިމެދު އޭނާ ހިތާމައެއްނުކުރެއެވެ. ލިޒީ އޭނާގެ ދިރިއުޅުމާމެދު ދެކެނީ ވަރަށް އުޖާލާކޮށެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް އޭނާގެ ވާހަކަ ކިޔައިދީ، މާޔޫސްކަމާއި ނިކަމެތި ހާލްގައި ދިރިއުޅެމުންދާމީހުންނަށް ހިއްވަރުދީ ވާހަކަދެއްކުމެވެ. އަދި އޭނާގެ ތަފާތު ދިރިއުޅުމާއި ބެހޭގޮތުން ލިޔެފައިވާ ފޮތެއްނެރުމަށްވެސް އޭނާ ދަނީ އުއްމީދު ކުރަމުންނެވެ

އޭނާގެ ވެބްސައިޓްގައި އޭނާބުނެފައިވާގޮތުން އޭނާ ޒަވާޖީ ހަޔާތެއފެށުމަށާއި އަމިއްލަ ދިރިއުޅުމެއް އުޅުމަށް ލޯބިކުރެއެވެ. އޭނާއަކީވެސް ހަމަ އާދައިގެ އަންހެން ކުއްޖެއްކަމަށާއި، އޭނާވެސް ހީސަމާސާކޮށް އާއިލާއާއި ރަށްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް ލޯބިކުރާކަމުގައި ބުނެފައިވެއެވެ. އެންކަމުން އޭނާއަށް އާދަޔާހިލާފް ސޫރައެއް ލިބިފައިވީނަމަވެސް ތަފާތުކޮށް އޭނާއާމެދު ކަންތައް ނުކުރުމަށް އެންމެންގެ ކިބައިން އޭނާ އެދިފައިވެއެވެ

















ލިޒީ ބުނީ އޭނައަށް އެހެން ސިފައަކަށް ބަދަލްވާނަ ފުރުސަތު ލިބިއްޖެނަމަ އެސިފައަށް ބަދަލް ވާނަންތޯ މީހުން އަހާ ސުވާލްކުރާކަމުގައެވެ. އޭގެ ޖަވާބެއްގެ ގޮތުގައި ލިޒީ ބުނީ އޭނައަށް އެހެން ސިފައަކަށް ބަދަލްވާނަ ފުރުސަތު ގޮތުން ލިބުނަސް އެހެން ސިފައަކަށް ބަދަލްނުވާނޭކަމުގައެވެ . އެއީ ކަލާނގެ އޭނާ އެސިފައިގައި ލެއްވީ ކޮންމެވެސް ސަބަބަކާހުރެކަމަށް އޭނާ ގަބޫލް ކުރާކަމަށާއި އެހެންކަމުން އެހެންސިފައަކަށް ބަދަލްވާން ނޭދޭކަމުގައެވެ

No comments:

Post a Comment