އަމާނީ  އާއި އަހަންނާއި އޮންނަ ލޯބީގެ ގުޅުން އަތްނުފޯރާ ފަށަށް އަރައިގެންދާނެ  ކަމަށް މީގެ ކުރިން ކުޑަކޮށްވެސް ވިސްނާލެވިފައެއް ނުވެއެވެ.  އެހެންނަމަވެސް މިއަދު މިއޮތީ އެކަކު އަނެކެއްގެ ނަފްސަށް  ބާރުނުފޯރުވޭވަރަށް ލޯބީގެ ގުޅުން މައްޗަށްގޮސްފައެވެ. އޭގެ އެންމެ  އާރޯކަމާއި ހަރުދަނާކަންމަތީ ފަނޑުވުމެއް ނުވާކަހަލަ ގޮތަކަށެވެ. ބޮޑަތި  ގޮންޖެހުންތަކާއި ކަރުނައޮހޮރުން ތަކަކަށް ފަހު އަމާންކަމުގެ ބަނދަރަށް  ދީލާލުމަށްފަހު އަމާނީއާއި އެކު ދިރިއުޅުމެއް ފެށުމުގެ ސުންގަނޑި ހަމަވާން  މިހާރު މިވަނީ ކުޑަކުޑަ ހިނދުކޮޅަކަށްވެފައެވެ. އަމާނީއާއި އަހަންނަށް  ރައްޓެހިވެވުނީ ނުކިއްސަރު ގޮތަކަށެވެ. ތިލަކޮށް ބުނާނަމަ އެއީ އަހަރެން  "ސައިޑް ކަޓަށް" ޖެއްސި ޖެއްސުމެއްގެ ނުނިމުނު ފަލްސަފާއެކެވެ. އަހަރެމެން  ދެމީހުންނަކީ މިއަދު ރޯމިއޯޖޫލިއަޓް ފަދަ ދެލޯބިވެރިންކަމަށް މީހުން  ސިފަކުރިކަމުގައި ވީނަމަވެސް، އަހަރެންގެ ލޯބީގެ ހަޔާތުގައި އެންމެ  ގިނަދުވަސްވީ އެންގޭޖްމަންޓަކީ ރީނާ އެވެ. ރީނާ އަކީ އަހަރެންގެ ޒަމާންވީ  އަދި އަލަތު ލޯބިވެރިޔާއެވެ.
ރީނާ މަތިން އަހަރެން ފޫހިވީ އަމިއްލައަކަށް ނޫނެވެ، އަހަރެން ފޫހިކުރުވީއޭވެސް ބުނެވިދާނެއެވެ. ރީނާ އަކީ އަހަރެންގެ ސީރިއަސްކަމަށް ދެކިގެން ތިންއަހަރާއި ބައި އެކުގައި އުޅުނު ހަޤީޤީ ލޯބިވެރިޔާއެވެ. ރީނާ އާއި އެކު ދުވަސްތައް ހޭދަކުރީ ހަޤީޤީ ބަިއވެރިޔާއަށް ލޯބިވެރިއަކަށް ދެވޭނެ ފުރިހަމަ އޯގާތެރިކަމާއި އަޅާލުން ދީގެންނެވެ. ނަމަވެސް އަހަރެންގެ ފަރާތުން ދެވޭ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ވަންވޭއަކުން ނިކުމެގެން ދާފަދަ އިހްސާސްތަކެއް އަހަރެންނަށް ކުރެވެން ފެށިއެވެ. އަހަރެން ބޭނުންވާ ފަދަ ލޯތްބާއި އަޅާލުމެއް ރީނާގެ ފަރާތަކުން ނުފެނުނެވެ. ރީނާއަށް ލޯބި ދަސްނުވަނީކަމުގައި ބަލައިގެން އެތައްދުވަހަކު ކެތްކުރީމެވެ. ރީނާގެ ފަރާތުން އަހަރެން ބޭނުންވާކަހަލަ ހިއްސާކުރުންތަކެއް އަންނާނެ ދުވަހަކަށް އިންތިޒާރުކުރީމެވެ. މިއިންތިޒާރީގެ ދުވަސްތަކުގައި ތަފާތު ދެވަތަރެއްގެ ރަހައެއް އަހަރެން ބަލާލީމެވެ. ރީނާގެ އިތުރުން އަހަރެން އެހެން ކުއްޖަކާއި ސިއްރިޔާތުގައި ލޯބީގެ ގުޅުން ބޭއްވީ އެހެންމީހުންވެސް އެގޮތަށް ކަންކުރާތީ، ޒަމާނީ ލޯބީގެ ފިލޯސަފީއާއި އެއްގޮތަށް ހުސްވަގުތު ފުރާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އަހަރެންނާއި ރީނާގެ ގުޅުމަށް ބުރޫއަރާފާނެކަމަށް ފެނިގެން އެކަމުން ދުރުހެލިވީމެވެ. އެދުވަސްތަކުގައިވެސް އަހަންނަށް ތަޖުރިބާކުރެވުނީ ވަގުތީ ބައިވެރިޔާއަށް ވުރެ ރީނާގެ ލޯބީގެ ތަޖުރިބާ ކުޑަކަމެވެ. ނަމަވެސް ކެތްކުރީމެވެ. ދުވަސްގަނޑަކު ކެތްކުރުމަށްފަހު އެހެން ފަރާތަކަށް ހިތްލަންބުވާ ފަދަ އިޚްސާސްތަކަކެއް އަހަރެންނަށް ކުރެވެން ފެށިއެވެ. އެއީ އަމާނީއެވެ.
އަމާނީ އަކީ ސުކޫލްދައުރުން ފެށިގެންވެސް އަހަރެމެންނާއި އެކު އުޅެމުން އައި ރީތި ސޫރައެއް ލިބިފައިވާ ހިތްކިޔާ ކަހަލަ ކުއްޖެކެވެ. އޭރުވެސް އަހަރެންނަށް އަމާނީ ވަނީ އެކަހަލަ އިޝާރާތެއް ކުރުވާފައެވެ. އޭރުވެސް އަހަންނަކީ ރީނާގެ މީހެކެވެ. ހުދު އަމާނީވެސް އެކަން ދަންނާނެއެވެ. ތިން އަހަރުފަހުން އަހަރެން އަމާނީ ޓެސްޓްކޮށްލީމެވެ. ތަފާތެއް ނެތެވެ. ކުރިއެކޭވެސް އެއްގޮތަށް އަމާނީ ހުރީ އަރާހިކިފައެވެ. އަހަރެން އަމާނީ ކަރިއަށް ދިޔައީ ރީނާއާއި ގުޅުން ކަނޑާކަށް ކުޑަކޮށްވެސް ވިސްނައިގެންނެއް ނޫނެވެ. ސިއްރިޔާތުގައި އަމާނީއާއި ވަގުތީ ގުޅުމެއް ބޭއްވި ނަމަވެސް އަހަރެންގެ ހުރިހާވެސް ވިސްނުމަކީ ހަޔާތުގެ ބައިވެރިއަކަށް ރީނާ ހެދުމެވެ. އަހަރެން ރީނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މިފަހަރުގެ ތަޖުރިބާ ވަރަށް ތަފާތެވެ. އަމާނީ އަހަރެން ދެކެ ވަރަށް ލޯބިވާކަން އަހަންނަށް ސިފަކުރެވުނެވެ. އެހެންނޫން ނަމަ އަހަރެންގެ ހިތުގެ ހާލު އެނެގޭއިރުވެސް ބަތްތަށީގެ އެއްފަޅިން ކާކަށް އެއްބަހެއް ނުވާނެއެވެ. ކިތަންމެ ސިއްރުން ކަމެއް ކުރިއަސް ކޮންމެވެސް ދުވަހަކުން ފަޅާއަރާނެއޭ މީހުން ބުނާތީ އަހަމަވެ. އެކަމުގެ ތަޖުރިބާވެސް ފުރަތަމަ ފަހަރަށް މިދެކަފި ލޯބީގެ ތެރެއިން އަހަރެންނަށް ކުރެވުނެވެ. އެއީ ހިތްދަތި ވޭންދެނިވި ދުވަސްތަކެކެވެ. އެއީ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެކެވެ.
ރީނާއާއި އާއްމުގޮތެއްގައި އަހަރެން ބައްދަލުކުރަނީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއްގައި ރީނާމެން ގޭގައެވެ. މިއީ ދެފަރާތުގެ އާއިލާވެސް ޤަބޫލު ގުޅުމަކަށްވާތީ އެއްވެސް ހާސްކަމެއް ނެތެވެ. ސާފު ހަނދުވަރަކުން އަލިކަން ފެތުރިފާވާ ރެެއެއްގެ އިރާކޮޅު އާދައިގެ މަތިން އަހަރެން ރީނާ އާއި ބައްދަލުކުރަން ދިޔުމުން ގޭދޮރުމަތީގައި ހުރެފައި އޮޅިގަނޑާއި ކައިރިވިތަނުން ޕައްކިޔާފައި މޫނުމައްޗަށް ޖެހީ ދޮރެވެ. މޫނުމައްޗަށް ރުޅިވެރިކަމުގެ ކުލަވަރެއް އަރުވާލާފައި ރީނާ އެތެރެއަށް ދެމިގަތެވެ. އަހަރެން ގުޅީމާ ފޯނެއްވެސް ނުނަގައެވެ. އިތުރަކަށް ވެގެން އުޅޭގޮތާއި މެދު ޝައްކުކުރާނެ ޖާގައެއް އަހަރެންނަކަށް ނުލިބުނެވެ. ޔަޤީނޭ ރީނާއަށް އަމާނީކަންތައް ފަޅާއެރީއެވެ. އެއީ އެވަގުތުވެސް އަހަރެންގެ ހިތަށް އެރި ގޮތެވެ. ކަންބޮޑުވެ މުޅި މީހާ ދާހިތްލަން ފެށިއެވެ. ދެފަރާތުގެ އާއިލާއަށްވެސް މިހާރު މިކަންތައް ނޭގިއެއް ނޯންނާނެއޭ ހިތާހިތާ ބުނެވުނެވެ. ގެއަށްދާކައްވެސް ނުކެރުނެވެ. ގެއަށް ގޮސްފި ނަމަ ކުރިމަތިލާން ޖެހޭނީ އާއިލީ ހަނގުރާމައަކާއެވެ. ރީނާމެން އާއިލާއަކީ އަހަރެމެން އާއިލާ އާއި ވަރަށް ގާތްގުޅުމެއް ބާއްވާ ބައެކެވެ. މިހާހިސާބުން ދެއާއިލާގެ ގުޅުންވެސް ހަތަމްވީކަމަށް އަހަރެން ބެލީމެވެ. ގޭމީހުން ނިދަންދެން އަހަރެން ބޭރުތެރޭގައި އެނބުރުނީމެވެ. ރަށްޓެހިންނާއި އެކު އެއްކޮފީއިން އަނެއް ކޮފީއަށް ގޮސް ރޭގަނޑުގެ ފުރަތަމަ ދަން ހުސްކުރީމެވެ.
ގެއަށްގޮސް ނިދަން އޮށޯންވަގުތު އަމާނީ އަހަންނަށް ގުޅިއެވެ. ފޯނުނެގުމުން ގިސްލަގިސްލާފައި ރޯއަޑު ނޫން އެހެން އަޑެއް އަހަންނަކަށް ނުއިވުނެވެ. އަހަރެން ފޯން ކަނޑާލާފައި އަނެއްކާވެސް އަމާނީއަށް ގުޅީމެވެ. ގިސްލަމުން، ރޮމުން ކަހަލަ ގޮތަކަށް ވާހަދެއްކިއެވެ. " ނަދީމް ތިއީ ތިކަހަލަ މީހެއްކަމެށް އަހަރެންނަކަށް ކުރިއަކުން ނޭގޭ، އަހަރެން ނަދީމް އާއި ރައްޓެހިވީ ރީނާއާއި ރައްޓެހިވެގެން އުޅޭކަން އެނގޭ ހާލުގައި، އަހަރެންވެސް ނަދީމްދެކެ ލޯބިވާތީ، އެކަމަކު އަހަރެންނާއި ނަދީމް އާއި އޮންނަ ސިއްރު ގުޅުންތައް ރީނާއަށް ކިޔައިދޭކަށް ނުޖެހޭނެއެއްނުން، އަހަރެންނަށް ރީނާ ގުޅާފައި ނުކިޔާކަ އެއްޗެއް ނެތް، ތިކަންތައް ހަމަމިހާރު ހުއްޓާލާށޯ، ނަދީމަކީ އަހަރެންގެ މީހެކޯ، ނަދީމް ހުރިހާ ވާހަކައެއްވެސް ކިޔައިދެޔޯ، ނަދީމް ތީނަ އާއިއެއްކޮށް ނުކުރާކަ ކަމެއް ނެތޯ، ކުރިހުރިހާ ކަމެއް ކިޔައިދިނޯ" މިހެން ކިޔާފައި ވާހަކަ ދައްކާނެ އިތުރު ފުރުސަތެއް ނުދީ އަމާނީ ފޯން ކަނޑާލިއެވެ. ރީނާ ތަންވަޅުގެ ބޭނުންހިފާ އަމާނީ އާއި އަހެރެންނާއި ވެސް ދޭތެރެ ޖެއްސީއެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިއީ ކާކުގެ މިސްޓޭކެއްހެއްޔެވެ، ރީނާ އާއި ރައްޓެހިވެގެން ހުރެ އެހެން މީހެއް ކައިރިއަށް އަހަރެން ދިޔުން އެއީ މައްސަލައެކެވެ. އަހަރެން ލޯބިވާވަރާއި ގާތަށްވެސް ރީނާ އަހަރެން ދެކެ ލޯބި ނުވުމަކީވެސް މައްސަލައެކެވެ. އަހަންނާއި ރީނާ އާއި ގުޅުން އޮންނަކަން އެގޭއިރު އަމާނީ އަހަރެންނާއި ހެދި މޮޔަވުމަކީވެސް މައްސަލައެކެވެ. މިކަމުގައި ތިންމީހުންނަށްވެސް ގޯސްހެދިފައި ހުރިކަމަށް އަހަރެން ގަބޫލްކުރަމެވެ. ނަމަވެސް ރީނާއައި އަމާނީވެސް ކުއްވެރިކުރަނީ އަހަރެންނެވެ. ދެމީހުންވެސް އަހަރެންނާއި ގުޅުން ކަނޑާލިއެވެ. ލޯބީގެ ހުސްކަމެއްގެ ތެރޭގައި އަހަރެންގެ ހަޔާތް ތިންމަސް ދުވަސް ވޭތުކުރީވެ. އެއީ ހިތްދަތިކަމާއި ވޭން ހިތުތެރޭގައި ކެކުޅެމުންދިޔަ ދުވަސްވަރެކެވެ. މުޅިރަށުގައި ދައްކަނީ އަހަރެން ކުޅުނު ފިލްމްގެ މޮޅުވާހަކައެވެ. ލަދުން ބޯފަޅައިގެންދާވަރުވިއެވެ.
ވާހަކަދައްކައިގެން އެތަށްވަރެއް ކޮށްގެންވެސް ރީނާގެ އަހަރެންގެ އަތަށް ދީލާލާގޮތެއް ނުވިއެވެ. ރީނާ އެދިޔަ މަގުން ދިޔައީ އެވެ. އޭނާ ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ. އަހަރެން ރީނާ ދެކެ ވަރަށް ލޯބިވެއެވެ، އިންތިހާއަށެވެ، ނަމަވެސް އެލޯތްބެއް ނުލިބުނެވެ. އަމާނީ އަހަރެން ދެކެ ލޯބިވާތީ އެނބުރި އަހަރެން ކައިރިއަށް މިހާރު މިވަނީ އައިސްފައެވެ. އެއީ ވިސްނޭ އަންހެނެކެވެ. އަމަނީ އަހަރެންދެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ކައިވެނިކުރުމަށްޓަކައި މިވަނީ ހަފްތާއަކަށް ވެފައެވެ. ހިތް ލެބޭނީ ލިބޭކޮޅަށެވެ. ލިބޭތާ ލިބިގަތުމަށެވެ. އެހެނަސް ރީނާދެކެ އަދިވެސް ލޯބިވެއެވެ. އެހަނދާންތައް މިހިތުން ނުފިލާނެއެވެ. (ލިޔުނީ: ދަންޑެހިލު)

No comments:
Post a Comment