
ެަމިގަހަށް ކިޔަނީ ނަރީޕޯލް އެވެ.މިގަހާއިމެދު އެކިގޮތް ގޮތައް ވާހަކަދެކެވެއެވެ. ބައެއްމީހުން ގަބޫލް ކުރާގޮތުގައި މިއީ ހަގީގަތެކެވެ.
މިގަހާމެދު ތައިލޭންޑް މީހުން ބުނާކަމަށް ބައެއް އިންޓަނެޓް ސައިޓްތަކުގައިވަނީ އެ ގަހުގެ މޭވާ އަންހެން ކުއްޖެއްގެ ބުރުސޫރައަށް ބައްޓަންވެފައިވަނީ، މަރާލެވުނު މަޢުޞޫމު އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އެ ގަސް ފަޅައިގެން ހެދުނީ އެކުއްޖާ މަރާލެވެނު ތަނުގަ އެވެ. އެ އަންހެން ކުއްޖާ މަރާލެވުނު ފަހުން، އެކުއްޖާގެ ކުށެއް ނެތްކަން ސާބިތުވި އެވެ. އެކަމަށް އެގަސް ހެކިވެ އެވެ. މިގަހާމެދު މައުލޫމާތް ހޯދާލުމަށް އިންޓެނެޓުން އަޅުގަޑަށް ހޯދުން ހޯދުން ތަކުން ދައްކާ ގޮތުގައި މިއީ އެއްވެސް ހަގީގަތެއްނެތް ދޮގު ބުހުތާން ވާހަކައެވެ. ސަބަބަކީ މިހާތަނަށް އިންޓަރނެޓްގެ ހުރިހާ ސައިޓްތަކާއިާި ފޯރަމް ތަކުން ފެއްނަނީ ހަމަ އެއްމެ ތިން ފޮޓޯއެކެވެ. ފަަހަރުގައި މިއީ ހަގީގަތަކަށްވެސް ވެދާނެއެވެ.ކޮއްމެ ކަމަކީވެސް ﷲގެ ކުޅަދުން ވަންތަކަމެވެ.



ފޮޓޯ: http://connect.in.com
ވީޑިއޯ: ޔޫޓިބް 1 ޔޫޓިބް 2 ޔޫޓިބް 3
this is a fake...its there only for tourist attraction
ReplyDelete