2/21/11

ވީރާނާވީ ހަޔާތް 3


އައިސާފުޅު ގެއަށް ގޮސް ދޮރު ހުޅުވާލިތަނާހެން ދަރިފުޅުގެ ހަދާންތައް އޭނަ ވަށައިގެން އެނބުރެން ފަށައިފިއެވެ. އެ ގޭތެރޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ސިފަވަނީ ލުޝްތާއެވެ.އެރޭ އައިސާފުޅުގެ ލޮލަކަށް ނިންޖެއްވެސް ނާދެއެވެ.އެނދުގައި ފުރޮޅި ފުރޮޅި އޮވެވުނީއެވެ.
ލުޝްތާ އަށް މާލެއަށް އާދެވުނީ އެޜޭ ފަތިހު ފަސްގަޑި ބައި އެހާކަން ހާއިރު އެވެ.މަންމަ ރައްޓެހި ފަހީމްބެ ލުޝްތާ ބަލާ އަންނާނެ ވާހަކަ ބުނެފައި ވާތީވެ،އެތާގައި ހުރި ގަހެއް ކައިރީގައި މަޑުކޮށްލައިގެން ހުޜީއެވެ.ޢޭރު ލުޝްތާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ކުރިމަތީގައިވާ ބޮޑެތި އިމާރާތް ތަކަށެވެ. މަގު މަތީގައި މަދުން ނަމަވެސް ދުއްވަމުންދާ ދުއްވާ އެއްޗިއްސަށެވެ.މީގެ ކުރިން ދުވަހަކުވެސް މާލެއަށް އައިސްފައި ނުވާތީވެ އެމަންޒަރުތައް ވީ މުޅިންވެސް އާ މަންޒަރު ތަކަކަށެވެ.
އެތާ ހުންނަތާ އިރުކޮޅެއް ފަހެވެ.މީހަކު ގޮވާލިހެން ހީވެގެން ފަހަތަށް އެނބުރި ބަލައިލިއިރު ލުޝްތާގެ ކުރިމަތީގައި ހުރީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ހިތްގައިމު ފިރިހެނެކެވެ.އޭނަޔަށް އެ ޒުވާނާގެ ހިތްގައިމު ކަމާއި ރީތިކަން ފެނިފައި ހުރިތަނުން ގުޑިލަންވެސް ނުކެރުނެވެ.ސިކުންތެއްގެ ތެރޭގައި އޭނަގެ ހިތުގެ ވިންދުތަކަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވެގެން ހިގައްޖެވެ.އޭނަގެ އެ ނާޒުކް ހިތާއި ކުޅެލި މި ޒުވާނާއަކީ ކާކުތޯ ބެލުމުގެ ޝައުގު ވެރިކަން އިންތިހާ އަށް ބޮޑުވެއްޖެއެވެ.
'ތީތަ ލުޝްތާ އަކީ؟'ލުޝްތާއަށް ހޭވެރިކަންވީ ދެނެވެ.އެ މިއުޒިކެއް ފަދަ ފިރިހެންވަންތަ އަޑުން އޭނަގެ ނަން ދެވަނަ ފަހަރަށް ކިޔައިލުމުންނެވެ. ލުޝްތާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީ ހައިރާންކަމާއި ލަދުވެތިކަން ވެރިވެފައިވާ ހާލުގައެވެ.އެ ޒުވާނާއަށް ލުޝްތާގެ ހާލު ދެނެގަނެވުނީ ކަންނޭނގެއެވެ.އޭނަ އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ.'އަހަންނަކީ ފަހީމްގެ ފިރިހެން ދަރިފުޅު ޒައުލް...ބައްޕަ މިވަގުތު ވީ މިތާ ކައިރި ރަށަކަށް ގޮއްސަ..ލުޝްތާ އަންނަ ވާހަކަ ބައްޕަބުނި މިއަދު..' ''ޒައުލް...ވާއު،ނަންވެސް އެހާ ރީތި'ލުޝްތާ ހިތާހިތާ މިހެން ކިޔައިލިއެވެ.އޭރު ޒައުލް އޭނަގެ ފޮއްޓާއި ސާމާނުތައް ކާރަށް އަރުވަނީއެވެ.ލުޝްތާ މަޑުމަޑުން ކާރަށް އެރުމަށްޓަކައި ހިގައިގަތެވެ.
ފަތިސްނަމާދަށް ބަންގި ގޮވިތާ މާ ގިނައިރެއް ނުވެއެވެ.ވުޟޫ ކޮށްލައިގެން ފާޙާނާއިން ނުކުތް ޝަހީމާ ހުއްޓުނީ ކުއްލިއަކަށް އެއްޗެއް ހަދާންވާފަދަ ގޮތަކަށެވެ.ބޭރަށް ނުކުމެ ޖެހިގެން ހުރި ކޮޓަޜީގެ ދޮރު ހުޅުޥާލިއިރު އަޜާމު ނިންޖަކުން ނިދާފައި ޒަލާ އޮތެވެ.މިތަން ފެނިފައި އޭނަގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.ޒަލާ އެއީ ޝަހީމާއާއި ފަހީމްގެ ހުރި ހަމައެކަނި ދެދަރިންކުރެ އެންމެ ހަގު ދަރިފުޅެއެވެ.ޒަލާއާއި ޒައުލް އަކީ އެދެމީހުންނަށް މާތްﷲ ދެއްވާފައިވާ ވަރަށް ވެސް އަގުހުރި ނިއުމަތެކެވެ.އެހާމެ މޮޅު އަދި އަޙުލާޤް ވެސް އެހާމެ ރަނގަޅެވެ.ޒަލާއަކީ މިޙާރު ޑޮކްޓަރ ކަން ކިޔަވަމުންދާ ވިސްތޫނު ދަރިވަރެކެވެ.އަދި ޒައުލްއަކީ މާލޭ އިންޓަރ ނޭޝަނަލް އެއާރޕޯޓުގެ ޕައިލޮޓެއްގެ މަޤާމް އަދާކުރަމުންދާ ހީވާގި މުއައްޒިފެކެވެ.
ޝަހީމާއަށް އޭނަގެ ޙިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ނިދާފައި އޮތް ޒަލާ އަނެއް ފަރާތަށް ފުރޮޅިލުމުންނެވެ.'ޒަލާ...ޒަލާ..ދަރިފުޅު...ދެން ތެދުވޭ، ތެދުވެގެން ފަތިސްނަމާދު ކުރަން އުޅޭ..''މަންމާ..އަދި މަޑުކޮށްބަ،ޕްލީޒް ގިވްމީ ފައިވް މޯރ މިންޓްސް.."ޒަލާ ބޭނުންވަނީ އަދިވެސް އިތުރަށް ނިދާލާށެވެ.'އުހޫ ދެން ތެދުވޭ،މިހާރު ހައެއް ޖަހަން އެއުޅެނީ...ދޮންބެވެސް ހިގައްޖެ އައިސައްތަގެ ދަރިފުޅ ލުޝްތާ ބަލާ..އެމީހުން އަންނަން ވާއިރަށް ސައި ތައްޔާރު ކުރަންވެސް ޖެހޭ..ދެން ތެދުވޭ ދަރިފުޅު..

ނުނިމޭ

No comments:

Post a Comment