
ނަޝީދޫ، ތައްކޫ މިގައުމުގެ ހުއްޓި މަ އެއްމެ ތާއީދު ކެރެނެ މީހާ. ތަވަރު މީހެކެ މިގައުމު އަދި ފަހަޓެސް ވެރިކަން ކެރެއްނި ތަނެކެ ފެނެއްނި ކަމެޓެ އައިކެ އުއްމީދު ނުކެރަން. ރިޔާސީ ދެވެނެ ދައުރެކެޓެ ތަހޮވެއްނެ އައިކެ މަޓެ ވިޔުނުހޭ މަސައްކަތެކެ ކެރެއްނިން. މަހިތެޓެ ރަގަޅެ ރިޔާސީ ދެވެނެ ދައުރެކެޓެ ތަހޮވީގެން ގާނޫން އަސާސީގައި އެއޮތެ ރައީސް ކަމުގެ ދެދައުރު ފުރިހަމެ ކޮއްލިމީހެކެޓެ ދެން ކުރިމަތި ނުލިޔެނެ ގޮތެޓެ އޮތެ މާއްދެޔާޓެ އިސްލާހެކެ ގެނަހަފެއި ތަގެ މުޅިއުމުރު ދޮހާވެރިކަން ކެރެވިޔެނެ ގޮތެޓެ ހަދެއިލިފެހެއި. އެވޭލެން މަނިކަން އުފާވެއްނި.
އެކަމަކު ރައީސޫ، ނަޝީދޫ، ކެނެރީގޭ ނަޝީދޫ މަ މިހުއްޓޫ މިކެލެ ތަދެކެ ވަރެޓެސް ބޮޑެޓެ ހިތްހަމަ ނުޖެހީފެއި. އޭބު ކެހެނެކުން ވެގެންކަމާ ތަޓެއެގެއި.؟ އޭބޫ ތަގާތު ތިގެނެ އޮއްނާ މީސް މީހިއްނެގެ ސަބަބުން. ތަގާތު ތަގެނެ ތިއޮއްނާ ބައެކެ މީހިއްނެއްކޫ ރައްޔިތުއްނެގެ ކުރިމަންތެ ނިކަންގެސް ބޮޑެޓެ އަގެއިންގޯތެއި ރައްޔިތުން ނިކަން ރޫޑި އަރެނެ ބައިކެނެ.
ރައީސޫ، ރައީސް ވެރިކަމާއި ހަވާލެ ވެގެން ކޮޅެ މަ އެއްމެ ހިތްހަމަ ނުޖެހުނެ ކަމެއްކޫ މި ގައުމުގެ ރައްޔިތުން ގާޓެ ބަޑި ޖަހައި ރަހީން ކޮޓެގެން ގެޔެ ބޮޑެ ޓެރެރިސްޓް ޝާހިދު އެޓެ ސްޓޭޓް މިނިސްޓަރުކަން ދިނުމާ. ރައީސް އެކަމާ ކޮޅެވޭލާސް އެގެއްނި އޭބު ރައްޔިތުން ނުރުހެއްނި ކަމެކެކަމާ. އެކަމަކުއެސް ކެންކެރެއްނު ރައީސް އެކަމާ ކޮޅައު ރައީސްގެ ޅިޔަނާ ބޮޑެ ސިއްކަ ރުހެނެ ގޮތެޓެ.
ރައީސޫ، ދެން މައެއްމެ ބޮޑެޓެ ހިތްހަމަ ނުޖެހުނެ ކަމާއްކޫ އޮރިޔާމް ފިލްމް ކޮއްޅީ އާދިލް ސަލީމް އެޓެ ބޮޑެތި މަގާމްދީގެން އެޔާ ގެނެއޮންޑުމާ. އެއްމެ ފަހުން މާބްލް ގެސްޓް ހައުސް އެތެރު ރާބޮއިގެން ދެ އަންހެނެ ކޫދުގާޓެ އާދިލް ސަލީމް އެރީމެއިއެސް އެކަމާސް ސިއްރު ކޮޅައު. އެކަމާ ސިއްރުކެރެއްނެ އެ ސީން އާޓެ ގެޔެ ޕޮލިސް ކުއްދާ އެއްމެ ފަހުން ވަޒީފާން ވަކިކޮޅައު.
ރައީސޫ، ރައީސް ޕާޓީ، އަދި އެޕާޓީ އެކާ ހެދީ މަ ދަމަކު ޖެހެމުން މިއެޔެނެ ޕާޓީއާ(އެމްޑީޕީ) ގެ ޕާލިމެންޓް ގުރޫޕްގެ ރައީސް ރީކޯ މޫސާ ކާރު އެތެރުން ފެނުނު ބަގުރާޓެސް އެއްމެ ފަހުން ނުއެގެއި ހެދީ ނުހެދީއެއްތެކެސް. އެ މައްސަލެޔާޓެސް ވީނުވީއެކެސް ނުއެގެއި. މިކަމާއްކޫއެސް އާދައިގެ ރައްޔިތެކެ ކާރުން ފެނުނެ އެއްތެކެ އެއްތެނަކައި މިހިދު އެމީހާ އޮއްނައު ޖަލުބާއިފެއި.
ރައީސޫ، އަބުﷲ ޔާމީން ގޭންގް ތަކެޓެ ހިތްވަރެ ދެނެ ވާހަކަޔާ ރައީސް ޕާޓީ މެމްބަރުން ޕޯޑިއަމް ތަކުގައި ތިބެގެން ދައްކެނެ ވާހަކަޔާ އައިކެ ނިކަން ގިނޭން އަޑާއަހަން. އެކަމަކު ރައީސް ތި ގާތެ ކޮޓެގެން އޮއްނާ ސަރަންގް އާދަމް މަނިކް އެއްޓެން ބޮޑެޓެ ގޭންގް ތަކަޓެ ހިއްވަރެ ދެނެ މީހެކެ މިގައުމު ނެތާ. އެޔާގެ ކުއްދާ ފަތެބޮއިގެން ފަތެ ވިއްކޭގެން ކޮޅުބު ފަންސަވީސް އަހަރެޓެ ހުކުމް ކޮޓެފެއި ބާއިފެއި އޮވެއި މި ރާއްދެއެޓެ ގެނާއްޑޫ އެއްގައުމުން އެނެކެ ގައުމެޓެ ކުއްވެރިން ބަދެލެ ކެރެނެ އުސޫލެކެޓެނުންކަމާ ރައީސް އެސް ގަބޫލެކެރާކުން. މާލޭ ގެނާޑި ލިކާޓެ އެޔާ އެދޮވެއްނު މަގުމަންތެ އެހެން މިހެން. ރައީސޫ، ސަރަންގޭ އެއްކޫ އެއްގޮތެކެޓެސް ގާތެ ކޮޓެގެން ގެނެއޮއްނާ ހެޔެވެނެ ވަރުމީހެކެނުން. ރައީސް އެޔާގާތެ ކޮޓެގެން ގެނެއޮއްނާފެހެއި ރައީސްގެ އަމިއްލެ ކަންތަކުގައި ގެނެއޮންޑިއެސް މަކެޓެ ތުރާލެކެނުވެއި. ސަރުކާރުގައި ރައްޔިތުންނެޓެ ހިދުމަތެ ކޮއްދެނެ މަގާމަކު ބާއްނެ އެޔާ ކުފޫހަމަނުވެއި. މިގެޔެ ރޯދެމަހު ދިޓީވީގެ ނޫސްވެރިޔެކެ އަތުއޮތެ ކެމެރެޔާ ނަގޭފެއި އެއްލުމާކޫއެސް ވަގުތުން އިސްތިއުފާދެއްނެ ޖެހެނެވަރުގެ ކަމެކެ.
ރައީސޫ، މިހިދެ އެއްމެ ގަދާޓެ މި ދެކެވެނެ ވާހަކާއްކޫ ރައީސްގެ ވަރަޓެ އަރިސް މީހެކުން އެމްއެސްއެން އިން އަންހެނެ ކުއްދެކެ ކަމަޓެ ހީކޮޓެ ބައިކެން ސޮފްޓްވެއާރ އެކެ ބޭނުން ކޮޅެގެން ކޮޅެ ވެބް ކެމް ޗެޓެކު ބެދީގެން އޮއްނާ ވާހަކަޔާ. ސައި ހޮޓަލެކެޓެ ވަނެސް، ފެރީއެކު އެތެރެޓެ އެރިޔެސް، ގޭ ހުއްނާ ޓީވީއާ ހޮޅުވިއެސް ، ރާއްދޭ ހަބަރެ ބަލޭލެއްނެ އިންޓަނެޓް ސައިޓެކެޓެ ވެދެލިޔެސް މިނޫން ދެވާހަކައެކެ. އެންޖެލިކް ޝެރެވޯން ކެޔެނެ ކުއްދެކުން ރައީސް ނަޝީދުއެގެ އަރިސް މީހެކުއްނެޓެ ވެބްކެމް އެކުން އާރާމް ދީފި ވާހަކަޔާ. ލަދުން ބޮލާފަޑޭގެން އެޔެނެ ވަރާވެގެ. ރައީސް އޮފީހް އެތެރު ރަސްމީ ގަޑިޔެ ޓައީޔާ އޮޑޭގެން މޭޒު ކަބެއްރެ އިދެގެން ފަޓްލޫނާ ބާއިގެން އިދެވެއި ކޮޅެ ކަންތެއްތަކުގެ ވީޑިއޯ އަދެ އެހެކުނެ ފޯނުން އެނެކެމީހާ ފޯނާޓެ ފޮނެވެމުން އޭޔެއްނޫ. ރައީސޫ، ރައީސް ޕާޓީއާޓެސް ހާދަ ހުތުރު ހުއްޓި ކަމެކެޔޭމީބޫ.
ރައީސޫ، އަދެ މަދެރެވެނެ ކަމާއްކޫ ރައީސްއެޓެ މީ ކޮންބައިކެނެ ކަމާ އެގެނެވޭލާސް އަދިޔެސް އެމީސް މީހިނެ ރައްޔިތުއްނެޓެ ހިދުމަތެ ކޮއްދެއްނެޔޯ ކެޔފެއި މަގާމުގައި ބާއިގެން އޮއްނާހެދީ. މިފެދެ ހަޑި މުޑުދާރެ އަމެލެ ހިގެވީ މީހިނެ އެގީ އެގީ ހުއްޓެއި މަގާމްގައި ބާއިގެން ތިއޮއްނައު ރައްޔިތުން އިތިއްރެޓެ ރޫޑިއަރެވެއްނެ ވެގޯދާ؟ ރައީސޫ، ދުނިޔޭގެ އެހެން ތަންތާސް ސިޔާސީ މީހިނެ މިކަހަލަ ކަންތެތި ވިޔުނެމެއި ވަގުތުން އިސްތިއުފާ ދީފެއި ތައްޔިތުން ގާތުން މާފެޓެ އެދެއްނު. އެއްމެ ފަހުން މައަޑާ އެހޫ، އެމެރިކާގެ ގާނޫން ހަދެނެ މަޖްލީހުގެ މެއްމްބަރެކުނެ (ކުރުސް ލީ) މިމަހު ނެވެނެދޮހާ މިކަހަލަ ކަމަކާއި ގުޅީގެން އިސްތިއުފާދިނެ ވާހަކަޔާ. އެޔާ އިސްތިއުފާ ދިއްނު ފަޓްލޫނާ ލައިގެން ގަމީހާ ނުލައި ހުއްޓެއި އަމިއްލާޓެ ފޮޓޭއެކެ ނަގޭފެއި އަންހެނެ ކުއްދެކެޓެ ފޮނެވީ މައްސަލެޔާ ފެންމަތިވެގެން. އަދި މީގެ އިތިއްރެޓެ އެމެރިކާއި އިގިރޭސީ ވިލާތުގެ އެތެކެ ސިޔާސީ މީހިނެ މިކަހަލަ ކަންތެތި ވިޔުނެމެއި ވަގުތުން އިސްތިއުފާދީފެއި ވެއްނު. މިހިދެ އެއްމެ މަޝުހޫރު ވާހަކަޓެ ބޭރު ދުނިޔޭން މިބާވަތުގެ ކަމެކެ ދިމާވެގެން ދެކެވެމުން އެއްނު އިޓަލީގެ ޕްރައިމް މިސްޓަރާ ބެހެނެގޮތުން. އިޓަލީ ރައްޔިތުން ގޮވެމުން އޭޔެއްނު ހަމަ މިވަގުތު އެޔާ އިސްތިއުފާދެއްނެ.
ރައީސޫ، މި މައްސާލާގައި ސަރުކާރުގެ އިސްވެރިންނެގެ އެތެރުން އެމްއެސްއެން ވެބްކެމް ޗެޓްގައި އެންޖެލިކް ޝެރެވޯންގެ މަޅީގައި ޖެހީފެއި ވެނެކަމެޓެ ސައިހޮޓެލެ ތަކުއްނާ ، ފެރީތަކާއި އިންޓަރނެޓް ފޯރަމްތަކުން އެގެނެ ގޮތުގައި ބޮނެއްނު ސަރަންގް އާދަމް މަނިކް ، ކެބިނެޓް ސެކެޓްރީ އަބުދުއްލާ ސައީދު، ކަރޯއައްބާސް އާއި ތިނެވެނެ ކަމެޓެ ވެއްނު. އެހެންވީމެއި އަވަހައި މިމީސް މީހިނެ މަގާމުން ވަކިކެރެއްނެ އޮޅަ. އެހެން ނުންފެހެއި 2013 ގައި އޮތެ އިންތިހާބާ ކާމިޔާބް ވެއްނިޔޯ އައިކެ ނޮބޮނެއްނިން.
No comments:
Post a Comment