
ދިވެހިރާއްޖެއަކީ "ސައްތައިން ސައްތަ" އިސްލާމީ ޤައުމެކޭ ކިޔައިގެން އެންމެންވެސް ވާހަކަ ދައްކަމުންދާއިރު ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޮޑެތިވެގެންވާ ޖަރީމާ ތަކަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކު މިއަދު އިންތިހާއަށް ހިތާމަކުރަންޖެހޭ ކަންތައްތަކެކެވެ. އެންމެ ފާހާގަ ކޮށްލަން ޖެހޭ ކަމަކީ މި ރާއްޖޭގައި ހިންގަމުންދާ މާރާމާރީތަކުގެ ގިނަކަމެވެ.ކުޑަކުއްޖެއް، އަންހެނެއް އަދި މުސްކުޅިއެއް ބަލައިލުމެއްނެތި މަގުތައްމަތީގައި މީހުންގެ ގަޔަށް ތޫނު ތަކެތި ހަރައި، މީހުން ޤަތުލުކުރުމާއި، އަނިޔާވެރި ގޮތުގައި އެއްވެސް ޖެހިލުމެއް ބިރެއް ނެތި މީހުން މެރުމަކީ މިހާރު ދިވެހިރާއްޖޭގައި އާއްމުކަމަކަށް ވަނީވެފައެވެ.
މިފަދަ ރަހުމްކުޑަ ޖަރީމާތައް މިގައުމުގައި އާއްމު ވަމުންދަނީ މީހުން މަރާ މީހުންނަށް އިސްލާމީ ސަރީއަތުގައި އޮންނަ ހައްގު އަދަބު ނުދެވި އެ ތަންފީޒް ނުކުރެވޭތީކަން ޔަގީނެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައާފް ކޮއްދިނުމާއި އަދަބު ލުއިކޮއްދިނުމުގެ ބިލަށް ހުށަހެޅިފައިވާ އިސްލާހުގައި ވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮއްދެއްވުމަކީ މި ފަދަ ޖަރީމާތައް ތަކުރާރު ވިޔަނުދިނުމަށް އެޅިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ﷲ ޞުބްޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވައި، އިންސާނުން އެންމެހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި، އެ އިންސާނުންގެ ނަފްސުތަކަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމުގައި ލެއްވިއެވެ. ޙައްޤު ނޫން ގޮތުގައި އެއްވެސް އިންސާނަކު،އެ މީހެއްގެ އަމިއްލަ ނަފްސަށް ނުވަތަ އަނެއް އިންސާނަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ އިސްލާމްދީނުގައިކަނޑައެޅިގެން ޙަރާމްކުރައްވާފައިވާކަމެކެވެ.
މިކަމަކީ އިސްލާމްދީނުގައި މިހާމަތީދަރަޖައަކަށް ޙަރާމްކުރައްވާފައިވާ ކަމަކަށްވާއިރު އެއްވެސް ހުއްޓުމެއްނެތި މިކަންކަން ތަކުރާރުވަމުންދާ ސަބަބަކީ ދިވެހިރާއްޖޭގައި ހުރި ޢަދުލް އިންސާފް ގާއިމްކުރާ ތަންތަނުގައި ތިއްބެވި ފަރާތްތައް އިންސާފުން އެއްކިބާވެ، އެބައިމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮންނަންޖެހޭ ބިރު ނެތި، ރިޝްވަތުގައިޖެހި އެބައިމީހުންގެ ހިތުހުރިގޮތަކަށް ހުކުމްތަށް ކުރަމުން ގެންދިއުމެވެ. ކަންއޮތީ މިހެންނޫންނަމަ ދިވެހިރާއްޖޭގައި ނުހައްގުން މީހުންނަށް އަނިޔާދޭ އެންމެން މަގުތަށްމަތީގައި ވީއްލިގެން އެބައިމީހުންގެ ހިތުހިރިގޮތަކަށް އުޅުމުގެ ފުރުސަތެއް ނުލިބުނީހެވެ.އިސްލާމްދީނުގައި ކަޑައެޅިފައިވާ އަދަބުތަކުން ކުއްވެރީންނަށް އަދަބުދޭނަމަ ކުއްކުރާމީހުންގެ އަދަދު މަދުވާނެކަމީ އިސްލާމްދީނަކީ ކޯއްޗެއްކަން ދަންނަ އެއްވެސް މީހަކު އިނދިކޮޅު ހަދާނެކަމެއްނޫނެވެ
އަދުލު އިންސާފުން އެއްކިބާވެ، ހިތުހުރިގޮތަކަށް ހުކުމްތަށްކުރާ އަނިޔާވެރީންގެ ބާރު ކެޑި އެބައިމީހުން އިންސާފުގެ ދަރުބާރަށް ޙާޟިރު ކުރެވޭނޭ ދުވަސް ހަމަ ކަށަވަރުންވެސް އަންނާނެއެވެ. އެދުވަހަކީ އިންސާފް ނުލިބިވާ ކޮންމެ ފަރާތަކަށް އިންސާފް ލިބިގެންދާނެ ދުވަހެވެ. އެއްވެސް ތަފާތުކުރުމެއްނެތި އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބިގެން ދާނެކަން ކަށަވަރެވެ.
ތިރީގައި މިވަނީ ބައެއް އިސްލާމީ ގައުމުތަކުއައި މަރަށް މަރުހިފުމާއި ވައްކަންކުރާ މީހުންގެ އަތްކަޑާ މަންޒަރެވެ. ހިތްޕުޅުބަލި ބޭފުޅުން މި ފޮޓޯތައް ނުބެއްލެވުމަށް އެދެނެ.












No comments:
Post a Comment