ވަރަށް ހިތްވަރާއެކު މަސައްކަތް ކޮއްގެން މިރާއްޖެއަށް  "ޑިމޮކްރަސީ"އެވެ ކިޔާ ފިކުރީ ހަޤުރާމައިގެ ޤާނޫނު ތަޢާރަފް  ކުރައްވަވާ،  ތިރީސްއަހަރުވީ އަނިޔާވެރި  ވެރިކަމުގައި ސިއްކަޖަހާލެއްވި ހިތްވަރުގަދަ  މެރިން ސައިންޓިސްޓްގެ އާރުކާޓީކަމުގެދަށުން އުފައްދަވާފައިވާ "ދިވެހި  ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ" އެވެ ކިޔާ ސިޔާސީ ޕާޓީގެ އެތެރެކޮއިލުން  ނުސިޔާނު ކަންތަށްތަށް ފެންނަން ފެންނާންފަށައިފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ ގ.  ދުންފިނިގެއެވެ ކިޔާ ބަންޑާރަގޯތީގައި އޮތް ހުސްބިމެއްގައި ހަރުގެއެއް  ހަދާގެން މައުމޫނުގެ ދުވަސްވީ ސިޔާދަތާއި (ރަސްކަން) އިދިކޮޅު އެންމެން  ޖަމާވެގެންތިއްބާ މީހަކު މާހަރުއަޑަކުން "މާދަމާ ސިޔާސީ  ޕާޓީތަށް ރަޖިސްޓްރީކުރުމުގެ ދެވަނަދައުރު ފަށަނީޔޯލަ" ކިޔާފައި  މީހަކުގޮވާލިއަޑަށް އެންމެންތެޅިގަތީ ސިލޯނުގައި އުފައްދާފައިވާ، ސިޔާސީ ޕާޓީ ހެދުމުގެ ދެވަނަ ދައުރުގެ ފުރަތަމަ ސިޔާސީ ޕާޓީކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ  ރަސްމީކޮށް ރަޖިސްޓްރީކުރުމަށެވެ. ކޮންމެއަކަސް އަޅުގަނޑުގެ ސޮއިވެސް  ހިމަނާގެން މިޕާޓީ އެއްވަނަ ޕާޓީގެ ގޮތުގައި ރަޖިސްޓްރީވެ ނިމިއްޖެއެވެ.  މިޕާޓީ އުފެދިގެން ފުރަތަމަ އާންމު ބައްދަލުވުންބޭއްވީ 26 ޖޫން 2005 ވީ އާދީއްތަދުވަހުގެރޭ 9.30ގައި އިސްކަންދަރު ސްކޫލުގައެވެ.  
އެމްޑީޕީގެ ގައުމީ މަޖިސްލިސްގެ އަގުލަބިއްޔަތަށްވުރެންވެސް ބާރުގަދަ "މުރާބުގޭމުދިންބޭކަލުން" ކޮޅެއް މިޕާޓީތެރެއިން ފެންނާންފަށައިފިއެވެ. "މުރާބުގޭމުދިންބޭކަލުން"  އަށް ހީވާކަހަލަ އެމް.ޑީ.ޕީއަކީ އެބައިމީހުންގެ ހަރުމުދާގަޑެކޭ، ބަންޑާރަ  ހަސަނަށް މޫދު ހިތަކަށް ލިބުނީމާވާހެން އެމްޑީޕީއަށް ވެރިކަންލިބުމުން  މިބޭކަލުންނަށްވެސް ހީވާކަހަލަ ދެންމިހުރިޔާއެއްޗެއްމެ މިލްކުވީއެވެ.  ބަލަގަ! މުރާބުގޭމުދިންބޭކަލުންނޭ، އެމްޑީޕީއަށް ވެރިކަންލިބުނަސް  ދައުލަތުގެމުދަލާއި އެމްޑީޕީއަކީ ރައްޔިތުންގެ މިލްކެކެވެ. މައުމޫނުގެ  ޒަމާންވީ ވެރިކަންފުރޮޅާލެވުނީ ވަރަށްގިނަ ބައެއްގެ ޤުރުބާނީތަކެއްގެ  ސަބަބުންނެވެ. ހިތަށްއަރާހާގޮތަކަށް ކަންތަކެއްނުނިންމޭނެއެވެ.  އެކަމަކުވެސް ތިދަނީ ނިންމަމުންނެވެ. 
އެމް.ޑީ.ޕީގެ ޗެއަރޕާސަން މާރިޔާދީދީ ރިޔާސަތުބެލެހެއްޓެވި ގައުމީ މަޖިލީހުގެ އެކާވީސްވަނަ ބައްދަލުވުމުގައި އަސްލަމް ޝާކިރު ހުށަހަޅުއްވާ ޝުއައިބު އަލީ ތާއިދުކުރައްވާ ޖަލްސާގައި ބައިވެރިވި ފަންސަވީސް މެންބަރުންގެ ތެރެއިން ނަވާރަމީހުންގެ ވޯޓާއެކު ފާސްކޮއްފައިވާ ހާއްސަގަރާރަކީ މިހާތަނަށް އެމް.ޑީ.ޕީގެ ގައުމީ މަޖިލިހުން ނިންމެވި އެންމެ ވިޔާނުދާ ހުތުރު ނިންމެވުމެވެ. މިޤަރާރަކީ އެމްޑީޕީގެ ދާއިރާތަކުގެ ރައީސްކަން އެދާއިރާތަކުގެ މަޖިލީސް މެންބަރުންނަށް ދުލަގަކަށްލާގެން ހަދިޔާކުރުމުގެ ގަރާރެވެ. މިގަރާރުގެ ސަބަބުން އެމް.ޑީ.ޕީއިން އާއު ސިޔާސީ ބޭފުޅުން އުފެދިގެން ދިއުމުގެ ދޮރުބަންދުވީއެވެ. ސަބަބަކީ އާންމު މެންބަރުންގެ ތެރޭއިން ޕާޓީގެ އިސްމަގާމުތަކަށް އަންނަން ބޭނުންވާ އަދި ސިޔާސީ މައިދާނުގެ ކުރީސަފަށް ނުކުންނަވާން ބޭނުންފުޅުވާބޭބޭފުޅުންނަށް ކުރިޔަށްދެވޭނެ އޮންނަ ދޮރަކީ ދާއިރާތަކުގެ އިސްމަޤާމުތަކުގެ ތެރެއިންކަމީ ދެބަސްވެވޭނެކަމެއްނޫނެވެ. މިގަރާރުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ ތަމްސީލުކުރާ މެމްބަރުންނަކީ އެބޭފުޅަކު ތަމްސީލުކުރާ އެމް.ޑީ.ޕީގެ ދާއިރާގެ ރައީސުންނެވެ. މިނިންމުމުގެ ސަބަބުން އެތަށްބަޔަކަށް ޕާޓީގެ ދާއިރާތަކުގެ ރައީސުންނަށް ވުމުގެ ފުރުސަތުގެއްލުނީއެވެ. އެމްޑީޕީ ބައްކުރައްވާގެން އުޅުއްވާ "މުރާބުގޭމުދިންބޭކަލުން" އަކީ ހިތްޕުޅަށް ހަމައަރާވަޑާގަންނަވާއިރަށް ވަގުތުން ވަގުތަށް ޤަރާރުނެރެ ފާސްކުރަމުންދާ ބަޔެކެވެ.

އެމް.ޑީ.ޕީ  އުފެދިގެން އައި އިރު،  އެންމެ ބޮޑު އެއް ގޮވުމަކީ(ޝަކުވާއަކީ) އެކަކު  މާގިނަ ވަޒީފައިތަކުގައި  ހުރުމުގެ މައްސަލައެވެ. އެގޮތުން އެންމެ އަޑަށް  ބާރުލާފައި އެމްޑީޕީއިން  ގޮވާލީ، ކުރީގެ ރައީސް، ސިފައިންގެ އެންމެ މަތީ  ވެރިޔާކަމާ، ގަވަރުނަރު  ކަމާ، ފިނޭސް މިނިސްޓްރީގެ އެންމެ މަތީ ވެރިޔާ  ކަމާ، ޕޮލިސްގެ އެންމެ މަތީ  ވެރިޔާ ކަމާ، މިހެންގޮސް ރައްޔިތުންނަށް ނެނގޭ  އެތައް މަގާމެއްވެސް  ހަވާލުވެގެން ހުރި ކިބިގަސްދޮށުގޭ މައުމޫނު،  އެމަގާމުތަކުން އިސްތިއުފާ  ދިނުމަށެވެ. މިއަދު އެމް.ޑީ.ޕީ ގެ ބައެއް  މެންބަރުން ތިން ހަތަރު މަގާމު  އަދާ ކުރަން ޖެހުމުން، ކަންކުރަންވީ އެންމެ  ރަގަޅަށް ނުކުރެވުމަކީ  ހަމައެކަށީ ގެން ވާކަމެކެވެ. މީއިރު މިވަގުތު  ޕާޓީއަށް ރަގަޅު ލީޑާސިޕްއެއް  ބޭނުންވެއެވެ. މިކަން ކުރެވެން އަންނަނީ  ގިނަ މަގާމުތަކުގައި ތިއްބެވި  ބޭފޫޅުން ކޮށްމެވެސް އެއްމަގާމެއް ހިޔާރު  ކުރައްވައި، އަނެއް މަގާމަކުން  އިސްތިއުފާދީގެންނެވެ.
މިއަދު  މިވަނީ، އެމް.ޑީ.ޕީގެ  ވިސްނުން ވަރަށް ބޮޑަށް ބަދަލު ކުރަން  ޖެހިފައިވެއެވެ. އެމް.ޑީ.ޕީ ގެ  ކުރީގެ ވިސްނުމަކީ ހުދުމުހުތާރު ސަރުކާރެއް  ވައްޓާލުމާއި، ރައްޔިތުންގެ  އަތްމައްޗަށް ވެރިކަން ގެނެސް ދިނުމެވެ.  ނަމަވެސް މިއަދު މިވަނީ މަތީގައި  ބަޔާންވެފައިވާ ކަންތައްތައް  ވައުދުތަކެއްގެ ސިފައިގައި އައިސް  މިކަންތައްތައް ރައްޔިތުންނަށްޓަކައި  ކުރަންޖެހިފައެވެ. މީގެ އިތުރުން  ކުރީގެ ހުދުމުހުތާރު ސަރުކާރުންވަނީ  ރާއްޖެ ދަރުވާލާފައެވެ. ކޮރަޕްޝަން  އާންމު ކުރުވާފައެވެ. ޑްރަގުގެ  ވަބާގައި އެތައް ބަޔަކު ޖައްސާފައެވެ.  ޑްރަގުގެ ވިޔަފާރި އާންމު  ކުރުވާފައެވެ. ސަރުކާރުގެ ސިވިލްސާވިސްގެ  އިސްމަގާމްތަކަށް ހިޔާނާތްތެރިން  އިސްކުރުވާފައެވެ. މިކަންކަމާއި މެދު،  މިއަދު އެމް.ޑީ.ޕި އިން  އާވިސްނުންތަކެއް ނުވަތަ ފިކުރު ތަކެއް އިސްކޮށް،  އިތުރުމީހުންނަށް  ފުރުސަތު ދޭން އެބަ ޖެހެއެވެ. ޒުވާނުންގެ ދައުރު ގައުމުގެ  އިޖްދިމާއީ،  އިގްތިޞާދީ، އަދި ހިންގުމުގެ ދާއިރާގައި އިތުރުކުރަން  ޖެހެއެވެ. 
ރެފެރެންސް: ގައުމަށްޓަކައި، ދެއްވަދޫ ކަލޯގެ ދިރާސާފޮތް، އެމްޑީޕީ ވެބްސައިޓް

No comments:
Post a Comment