3/14/11

ކިނބި މައުމޫންގެ އަސްލު ނަމަކީ އަބުދުﷲ މައުމޫން


ރައްޓެއްސަކާ އެއްކޮށް ހަވީރު ސައިފޮދެއް ބޯލަން ހެންވޭރު ކޮޅުގަ ހުއްނަ ޗިބޯ ހޮޓަލަށް ސައިބޯން ވަދެތިއްބާ، އަހަރުމެއްނާ ޖެހިގެން ހުރި މޭޒުގަ ސައިބޯންތިބި ބަޔަކު ދެއްކި ވާހަކައަކުން މަމިހުރީ ހައިރާންވެފައެވެ. އެމީހުން ދެއްކީ ޒައީމް މައުމޫންއޭ މިކިޔާ މީހާ ޑީއާރުޕީ ތެރެއަށް އަތްގަދަކުރަން އުޅޭ ވާހަކައެކެވެ. އެމީހުންތިބީ އަހަރުމެއްނާ ޖެހިގެންހުރި މޭޒުގަ ކަމުން ދެއްކި ހުރިހާ ވާހަކައެއް ވަރަށް ސާފްކޮށް އިވުނެވެ. މިމީހުން ދެއްކި ވާހަކަތަކުގެ ތެރެއިން އަހަރެން އެއްމެ ހައިރާންވި ވާހަކައަކީ މައުމޫން އޭނާގެ ނަން ބަދަލުކުރި ވާހަކައެވެ. ނަން ބަދަލު ކުރުމަކީ އެއްވެސް ގޮތަކަށް މީހަކު އަދި ހައިރާންވާ ވަރުގެ ކަމެއްނޫންކަން އަހަރެއްނަށް އިގެއެވެ. އެކަމަކު މަ ހައިރާންވީ ﷲ ގެ އިސްމަފުޅު މިކަލޭގެ ނަމުގެ ކުރިޔަށް އޮއްވާ ހުތުރު ވެގެން ނަން ބަދަލު ކުރީތީއެވެ.
މައުމޫނުގެ ނަމަކީ މައުމޫން އަބުދުލް ގައްޔޫމެއް ނޫނެވެ. މީނާ ވަނީ މީނާގެ މައިންބަފައިން މީނާއަށް ކީ ނަން އަމިއްލައަށް ބަދަލު ކޮށްފައެވެ.

މައުމޫންގެ ބައްޕަ ދޮން ސީދީއަށް ފުރަތަމަ ތިން ފިރިހެން ކުދިން ލިބުނެވެ. އެތިން ކުދިންވެސްވަނީ ޅަފަތުގައި ނިޔާވެފައެވެ. އެހެންވެ މައުމޫންގެ ބައްޕަ ނަދުރެއްބުނި ކަމަށްވެއެވެ. މައުމޫންގެ ބައްޕަ ބުނި ނަދުރެއްކަމަށް ވަނީ، އޭގެ ފަހުން ލިބޭ ފިރިހެން ދަރިންގެ ކުރިޔަށް އަބުދު ﷲ އޭ ކިޔާނެ ކަމަށެވެ. މާޅެހު ނަސީރު ރާއްޖޭގެ ވެރިކަން ކުރެއްވި ތިން ރައީސުންގެ އާއިލާއާ ބެހޭ ގޮތުން ލިޔުނު ފޮތުގަ މައުމޫންގެ އާއިލާއާއި ބެހޭ ގޮތުން ލިޔެފައޮއްވާ އަހަރެން ދުށީމެވެ'' ރައީސް މައުމޫންގެ ކާފާފުޅު މާފަތް ތަކުރުފާންގެ ބައްޕަ އޭނާއަށް ފުރަތަމަ ލިބުނު ހުރިހާ ކުދިންވެސް ވިހެއުމަށްފަހު މަރުވަމުންދާތީ ނަދުރެއް ބުނި ކަމަށްވެއެވެ. އެނަދުރުގާ މާފަތް ތަކުރުފާންގެ ބައްޕަ ބުނިކަމަށް ވަނީ ދެން ވިހާ ކުއްޖަކަށް މަރުދުރު ކިޔާނެކަމަށެވެ. މިބުނާ މަރުދުރު އަކީ މާފަތް ތަކުރުފާންއެވެ.

އަބުދުﷲ ހަމީދު އަބުދުލް ގައްޔޫމު، އަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމު، އަދި މަޢުމޫންގެ ނަންފުޅަކީ، އަބުދުﷲ މައުމޫން އަބުދުލް ގައްޔޫމެކެވެ. އަދި އެމީހުން ދެއްކިވާހަކައިން އިގޭގޮތުގައި ބައެއް މީހުން ބުނާ ކަމަށްވެއެވެ، މަޢުމޫންގެ ނަމުގެ ފަހަތަށް ޙައިރީ ކިޔައި އުޅެއެވެ މިގޮތުން އަބުދުﷲމަޢުމޫން ޙައިރީއެވެ

މައުމޫންނަކީ ތުއްޕުޅު އިރުވެސް އެހެން މީހުން ތަފާތުކޮށް އުޅެން ބޭނުންވާ ކުއްޖެއް ކަމަށް ވެއެވެ. އޭރުވެސް އމިއްލަ ގޮތްތަކެއް ގެންގުޅޭ މީހެއްކެވެ. އެގޮތުން އާއިލާގެ ދެންތިބި މީހުންނާއި ތަފާތުވުމުގެ ގޮތުން އަބުދުއްﷲ ކަޑާލުމަށްފަހު މައުމޫން ޢަބުދުލް ގައްޔޫމު މިހެން، އަމިއްލައަށް ކިޔައި އުޅުނީކަމަށް ވެއެވެ. އެންމެ ފަހުންގޮސް އެނަން ހަރު ވީކަމަށް ބުނެއެވެ. އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހާފާ އަޅުގަނޑު ހިތުގައިވެސް ޝައްކުތަކެއް އުފެދުނެވެ.އެއީ ބައެއް މީހުން މައުމޫންއަށް ކުޑަ އަބުދުﷲ އޭ ކިޔާތީއެވެ. ކޮންމެ އަކަސް މިވާހަކަޔަކީ ކިހާވަރެއްގެ ތެދު އަދި ދޮގު ވާހަކައެއް ކަމެއް އެހެންބުނެދޭކަށް ނޭގެއެވެ.

4 comments:

  1. އެންމެ ފަހުން ތިބުނީ ގާތްގަނޑަކަށް ރަނގަޅަށެވެ. މައުމޫނުގެ އަސްލުނަމަކީ ކުޅައަބުޅޯއެވެ. މީނާއަށް މިސްރުމީހުން ކިޔަނީ ބަކަރިކޮއެވެ. އެއީ މީނާ ބަކައްޓަކާއެކު ނުބައިކުރަނިކޮށް މިސްރުގެ ހިލްމިއްޔާއޭ ކިޔޭ ރަށުބަޔަކަށް ފެނުމުން މީނާއަށް ދިން ނަމެކެވެ. މީނާގެ އަންހެނުން ނަސްރީނާއަށް މިސްރުމީހުން ކިޔަނީ ކުއްސުއްޒިބާލާ (ފަރުޖުކުނިގޮނޑު) އެވެ. ކުއްސަކީ ކުރިމަތިފަރާތު ދޮރެވެ. ޒިބާލާއަކީ ކުނިގޮނޑެވެ. ނަސްރީނާއަށް މިސްރުމީހުން މިނަން ކިއުނީ މައްސަރުކަންތައް ޖެހުނީމާ ބޭރުވާ ލެއިން މައުމޫނާއި ފަތުހުއްލޯއާއި ޒާހިރުހުސޭނަށް ލޯބީގެ ސިޓީލިޔާތީއެވެ. އަސްލު މި ކުއްސުއްޒިބާލާގެ ފުރަތަމަ ބިޓަކީ ފަތުހުއްލޯއެވެ.

    ReplyDelete
  2. suruheee mulhin aamunna olhuvaalaafa

    ReplyDelete
  3. މައުމޫންގެ އާއިލާ އަކީ ލެއްގި ބަބުރު އާއިލާ ކަމަށް ބައެއްމީހުންބުނޭ.

    ReplyDelete