4/16/11

ގެމަނަފުށީ ކައުންސިލުން ނިންމި ބޯގޯސްނިންމުގެ ހިތިކަން

ރާއްޖޭގެ ރަށްތަކަށް ވާރޭ ނުވެހި އޮއްނަތާ ގިނަދުވަސް ވެފައިވަމުން ރަށްރަށުގެ މީހުން ވަނީ ވަރަށްބޮޑަށް ބޯފެނަށް ޖެހި ރަށްތަކުގެ މަގުތައް ހިރަފުސްވެފައެވެ. މިހެން ކަމުން ރަށްރަށައް ބޯފެން ސަރުކާރުން ގެންދަނީ ފޯރުކޮށްދެމުއްނެވެ.
މިގޮތަށް ގއ.ގެމަނަފުއްޓަށް ވާރޭ ނުވެހި މަގުތަށް ހިރަފުސް ވެފައިވާތީ ބޯފެން ހޯދުމަށާއި، މަގުތަކުގެ ހިރަފުސް ކޮންޓުރޯލޮ ކުރުމަށް ރައްޔިތުން ރަށު ކައުންސިލުގަ ޝަކުވާ ކުރުމުން ބޯފެން ހޯދުމަށް އަޕާސައުތު ޔޫޓިލިޓީސް އާއި ވާހަކަ ދައްކާ ރަށު ކައުންސިލިނު ވަނީ ނިއްމާފައެވެ. ހިރަފުހުގެ އުދަގުލުން ސަލާމަށްވުމަށް ކައުންސިލަރުން ނިއްމީ މަގުތަކަށް މޫދު ލޮނުފެން ޖެހުމަށެވެ. މޫދު ލޮނުފެން ޖެހުމަށް މިދިޔަ ހަފުތާގައި ކަޅުހަން ތާގީގެ 12 ތާގީގެ ލޮނުފެން ވަނީ މަގުމައްޗަށް ޖަހާފައެވެ.

ކޮއްމެއަކަސް ލޮނުފެން ޖެހުމުން ރަށުތެރޭ ހިރަފުސް ވަނީ ކޮންޓޮރޯލް ކުރެވިފައެވެ. ލޮނުފެން ޖެހިތާ އެއް ހަފުތާ ފަހުން ރަށުގެ ހުރިހާ ގަސްތައްވަނީ މަރުވެފައެވެ. ގޭދޮށުގައި ހައްދާފައިވާ ބަގީޗާ ގަސްތަކާއި،މޭވާ ގަސްތަގަކާއި ރަށުގެ ހޮޅުއަށީގައި ހިޔާ ހޯދުމަށް އިންދާފައިވާ ބިޔަ ނިކަގަސްތައްވެސް ވަނީ މަރުވެފައެވެ. މިކަމާ އިޖުތިހާދު ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންވަނީ ރަށުއިފީސް ދޮށައް އެއްވެ ކައުންސިލަރުންގެ އިސްތިއުފާއަށް ގޮވާފައެވެ. އާދީއްތަ ދުވަހު ކައުންސިލަރުއްނަށް އޮފީހަށްވެސް ނުވަދެވޭނެ ކަމަށް ރައްޔިތުންދަނީ ބުނަމުއްނެވެ.

މައިދެއްވަދޫ.ކޮމް ގެ ފަރާތުން މިކަމާ ބެހޭ އިތުރު މައުލޫމާތް ހޯދާލުމަށް ގއ.އަތޮޅު ކައުންސިލަރު އާމިރު އަލީ އަށް ގުޅާލުމުން ވިދާޅުވީ ކައުންސިލަރުން އެގޮތައް ނިއްމީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ''ލޮނުފެން ޖެހުމުގެ ހިޔާލު ދެއްވީވެސް ރަށުގެ ރައްޔިތުން. އެކަމަކީ ސީދާ ކައުންސިލަރުންގެ އަމިއްލަ ނިއްމުމެއްނުން. ރައްޔިތުއްނާ މަޝްވަރާ ކުރުމް ރައްޔިތުން ނިއްމީ ލޮނުފެން ޖެހުމަށް. ދެން މިހާރު މިވެގެން އުޅޭ ގޮތެއްނޭގޭ. ކައުންސިލަރުން ގޯސްމިވީ.'' އާމިރު ވިދާޅުވިއެވެ. އިތުރަށް މިކަމާބެހޭ މައުލޫމާތު ހޯދާލުމަށް ގެމަނަފުށީ ކައުންސިލަރު ފިޔާޒުއަށް ގުޅުމުން އެބޭފުޅާ ވިދާޅުވީ މިފެއްނަނީ ގެމަނަފުށީ ރައްޔިތުންގެ މޮޔަކަން ކަމަށާއި އަދި މިކަމުގައި ކައުންސިލަރުންގެ އެއްވެސް ކުށެއްނެތް ކަމުގައެވެ

2 comments:

  1. abadhuves nan vaanee dhevvadhoo meehun, ekamaku hurihaa boa galhi kanthah kuranee gemanafushee meehun

    ReplyDelete
  2. ey gemanafuttey kiyaafa anga gadhah nukuraathi.... dhaairaain beyru kohlafaane

    ReplyDelete