ކޮރަޕްޝަނާއި އަދި މީހުއްނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މިސްރުގެ ކުރީގެ ރައީސު ހުސްނީ މުބާރަކުއާއި ދައުލަތުގެ ވަކީލުން ސުވާލުކުރަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ޝަރުއް ޝައިހުގެ ހޮސްޕިޓަލްގައި އެޑުމިޓް ކޮއްފިއެވެ
މިސްރުގެ ސަރުކާރު ރައްޔިތުން ނުކުމެ ވައްޓާލުމަށްފަހު ގިނަ ބަޔަކު އެދެމުންދަނީ މުބާރަކުގެ ވެރިކަމުގައި ހިނގާފައިވާ ޖަރީމާތަކާއި ކޮރަޕްޝަންގެ ތަހުގީގު ހިންގާ މުބާރަކްއަށް ހައްޤު އަދަބު ދިނުމަށެވެ. އެގޮތުން މުބާރަކްގެ އާއިލާގެ ބޭފުޅުން ސަރުކާރުގެ ޚަޒާނާއިން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ އެމީހުންނަށްވެސް އަދަބު ދިނުމަށް މިސްރުގެ ގިނަ ބަޔަކު ވަނީ ދާދިފަހުން ވަރުގަދަ މުޒާހަރާއެއްވެސް ކޮށްފައެވެ
މުބާރަކުގެ ފިރިހެން ދެ ދަރިން ދެ ހަފްތާއަށް ޖަލަށް ލާފައި ވަނިކޮން މުބާރަކް ހައްޔަރު ކުރުމަށްފަހު ވަނީ މުޒާހަރާތަކުގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރިކަމުގެ މައްސަލާގައި ސުވާލުކޮށްފައެވެ. މިސްރުން ބޭރަށް ދިއުން މަނާކޮށްފައިވާ މުބާރަކް މިހާރު ދަނީ މިސްރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. ފަރުވާ ކޮށް ނިމުމުން އަނެއްކާވެސް މުބާރަކްގެ މައްޗަށް އުފުލިފައިވާ މައްސަލަތަކަށް ސުވާލުކުރެވޭނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ
.
އަނިޔާވެރި ހުރިހާވެރިންގެ ނިމުންވެސް ނިމިގެންދާނީ މިކަހަލަ ގޮތަކަށެވެ. 23 އަހަރުގެ ހުދުމުހުތާރު ވެރިކަމެއްކޮށް ގައުމުގެ ހަޒާނާއެއްކޮށް ބަދުއަޅާލި ތޫނިސްގެ ރައީސްގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ނުކުމެ ކުރި އިހުތިޖާދަށް ބިރުން ގައުމުން ފިލައިގެން ސައުދީ އަރަބިއާގެ ހިމާޔަތް ހޯދައި އެގައުމަށް ދިޔަ ބެން އަލީވެސް ވަނީ ހަށިގަޑު އެއްފަޅިއަށް ވާގިނެތޭ ބަލިޖެހިފައެވެ. ލީބިއާގެ ރައީސް ކާނަލް ގައްޒާފީގެ ވެރިކަން ނިމިގެންދާނެ ގޮތްބަލަން ތިބެމާހިގާށެވެ. ހަމަގައިމުވެސް ރައްޔިތުންގެ ރުހުމާ ނުލާ ވެރިކަމެއް ގަދަބާރުން ނުކުރެވޭނޭކަން މިދަނީ ފެއްނަމުއްނެވެ. ޑިކްޓޭޓަރަކަށް 30 އަހަރު 40 އަހަރު ވެރިކަން ކުރެވިދާނެއެވެ. އެހަނަސް މިކަހަލަ ހުދުމުހުތާރު ވެރިކަން ނިމިގެންދާނީ ވަރަށްވެސް ހިތިކޮށެވެ
No comments:
Post a Comment