4/11/11

ވީރާނާވީ ހަޔާތް 6

ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ.  ކުރީގެ އަދަދުތައް ކިޔާލުމަށް

އެވަގުތު ކުއްލިއަކަށް ގޭގެ ދޮރުހުޅުވުނެވެ.ޒައުލްއާއެއްކޮށް ލުޝްތާ އެތެރެއަށް ވަދެގެން އައިތަން ފެނުމުން ޝަހީމާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. ނަމަވެސް،ލުޝްތާ ހުރި ހާލު ފެނުމުން އަނެއްކާވެސް މޫނުމައްޗަށް ހާސްކަން ވެރިވިއެވެ.މިވަގުތު ލުޝްތާ ހުރި ހާލު ފެނުނު މީހަކު ކަރުނަ އަޅާ ރޯނެވެ.މުޅި ގައިގަޔާއި ހެދުމުގައި ކިލާހޭކިފައިވެއެވެ.އިސްތަށިގަނޑުވަނީ ހޭވިފައެވެ.ގައިގެ އެކިތަންތަނުން ލޭއައިސް ދުޅަވެފައި ހުއްޓެވެ.މޫނުގެ އެކިތަންތަން ރަތްވެފައި ލޯކައިރި ދުޅަވެފައި ހުރުމުން ވަރަށް ގިނައިރު ވަންދެން ރޮއެފައި ހުރިކަން އެނގެވެ.ޝަހީމާ ދުވެފައި ގޮސް ލުޝްތާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.އަދި ވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.ނަމަވެސް ލުޝްތާގެ އަގައިން އެންމެ ލަފްޒެއްވެސް ބޭރެއް ނުވިއެވެ.އޭރުވެސް އޭނަގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.ލުޝްތާ އެއްވެސް އެއްޗެއް ނުބުނުމުން ޝަހީމާގެ ހާސްކަން އިތުރުވަމުން ދިޔައެވެ.އެތަށް ފަހަރަކު އެހުމުންވެސް ލުޝްތާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.ޖެހި ބުދެއްހެން އެއްވެސް ހަރަކާތެއް ނެތިފައި ފާރާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ.އެންމެ ފަހުން ޝަހީމާއަށް ކެތް ނުކުރެވިގެން ލުޝްތާގެ ކޯތާފަތް މަތީގައި ވަރަށް ބާރަށް ޖެހިއެވެ.
ލުޝްތާއަށް ހޭވެރިކަމެއްވީ ދެނެވެ.މިރޭ ހިގި ހާދިސާމަތިން ކުއްލިއަކަށް ހަދާންވިއެވެ.އެވަގުތު އޭނަގެ ބަޑި ފަޅައިގެން ދިޔައެވެ.ބޮޑުދައިތަގެ ގައިގައި އޮޅުލައިގަނެފައި ބާރުބާރަށް ރޮމުން ދިޔައެވެ.މިއަޑަށް ޒަލާވެސް އެތަނަށް އައެވެ.ލުޝްތާގެ އެހާލަތު ފެނިފައި ޒައުލްވެސް ވަރަށް ދެރަވިއެވެ.އޭނަޔަށް ލުޝްތާ ފެނުނީ މާފަންނު ސަހަރާކައިރިންނެވެ.އޭނަޔަށް ލުޝްތާ ފެނުމުން އޭނަކައިރިޔަށް ގޮސް ސައިކަލް މަޑުކުރިއެވެ.ނަމަވެސް ލުޝްތާ އަޅާވެސް ނުލާ އިސްޖަހައިގެން ހުރެ މަޑުމަޑުން ކުރިޔަށް ހިގަމުން ދިޔައެވެ.ޒައުލް ފުރަތަމަ ހީކުރީ ލުޝްތާ ރުޅިއައިސްފައި ހުރި ކަމަށެވެ.ނަމަވެސް އޭނަގެ ހަޑިވެފައިވާ ހެދުމާއި މިލާވެފައިވާ މޫނުފެނުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒައުލްގެ ސިކުނޑި އޭނަޔަށް އަންގައިދިނެވެ.އެތާގައި ހުރި ޕާރކިން ޒޯނުގައި ސައިކަލް ޕާރކް ކޮށްލާފައި ސައިކަލުން ފައިބައިގެން އޭނަ ދުވެފައި ގޮސް ލުޝްތާއާއި ވާހަަކަ ދައްކަން ފެށިއެވެ.ނަމަވެސް ލުޝްތާއަށް އެއަޑު އިވޭހެނެއް ހިޔެއް ނުވެއެވެ.އެންމެ ކުޑަމިނުން އިސްއުފުލާ ބަލާވެސް ނުލިއެވެ.އެންމެފަހުން ޒައުލް ލުޝްތާ މަޑުކުރުވިއެވެ.އޭނަގެ އަތުގައި ހިފައިގެންގޮސް ސައިކަލަށް އެރުވިއެވެ.ލުޝްތާ އޭރުވެސް ހުރީ ގަބުވެފައެވެ.އޭނަ ސައިކަލަށް އެރުވިއިިރުވެސް އެއްވެސް ވަރަކަށް ދެކޮޅެއްވެސް ނަހަދައެވެ.ޒައުލްއަށް އޭނަގެ ހިޔާލީ ދުނިޔެއިން ބޭރަށް އާދެވުނު އިރުވެސް ލުޝްތާ އަޑުން އަޑު ނަގާފައި ރޮމުން ގެންދިޔައެވެ.އޭރު ޝަހީމާއާއި ޒަލާއަށް ވެސް ތިބެވުނީ ވާނުވާ ނޭނގޭހާލު ރޮވިފައެވެ.
"ދަރިފުޅާ!ދެން ނުރޮއެ ވެގެން އުޅޭގޮތް ކިޔައިދީބަލަ،ތި ގޮތަށް ކިތަންމެ އިރެއް ވަންދެން ރުޔަކަސް ވެގެން އުޅޭގޮތެއް ނުބުނަންޏަކާމު ނޭނގޭނެއްނު،ބުނެބަލަ ކްލާސް ކުއްޖަކާއި އަރާރުންވީތަ؟"ޝަހީމާ މިހެން ބުނުމުން ލުޝްތާ ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.އޭރުވެސް ގިސްލަ ގިސްލާފައި އޭނަ ރޮނީއެެވެ."ލުޝް ޕްލީޒް..ހެޔޮނުވާނެ..ވެގެން އުޅޭގޮތް ކިޔައިދީބަލަ.."ޒަލާވެސް މިހެން އަހާލީ ލުޝްތާ ރޯތަން ދެކެން އޭނަޔަށް ކުޅަދާނަ ނުވީމައެވެ."ބޮޑުދައިތާ..އެމީހުން...އެމީހުން..""ކީކޭ ތިކިޔަނީ؟ކޮންބައެއް ކީއްކުރީ؟ލުޝްތާ ނިކަން ދައްތަ ކައިރީގައި ތި ވެގެން އުޅޭގޮތެއް ކިޔައިދީބަލަ"ޝަހީމާ މިހެން އަހައިލީ ލުޝްތާ ކިޔަން އުޅޭ އެއްޗެއް ރަނގަޅަށް ސާފް ނުވުމުންނެވެ."އަހަރެން ހުރީ ޒަލާގެ އިންތިޒާރުގައި....."މިރޭ އޭނަޔަށް ދިމާވި ހިތްދަތި އަދި ހިތުން ނުފިލޭވެނެ އެބިރުވެރި ހާދިސާ ލުޝްތާ ކިޔައިދެމުން ދިޔައެވެ.ރޮމުންނެވެ.ގިސްލަމުންނެވެ.ތުރުތުރު އަޅައަޅާ ހުރި ހާލުގައެވެ.
"ސުބުހާނައްﷲ..."ޝަހީމާގެ އަގައިން ބޭރުވީ މިހެން އެކަންޏެވެ.ގޮތް ހުސް ވެފައިވާ ހާލު ބިންމައްޗަށް ތިރިވިއެވެ.އޭރު އޭނަގެ ދެލޮލުން ހޯސްލާފައި ކަރުނަ އާދެވެ.ފެންކޯރެއްގެ މިސާލުގައެވެ.ކައިރީގައި ހުރި ޒަލާއަށް ވެސް ވީ މިވަރެވެ.ޒައުލްއަށް ހުރެވުނީ ފާޑަކަށް ހުއްޓުންއަރާފައެވެ.ދެންމެ އޭނަޔަށް އަޑުއިވުނު ވާހަކަތަކުގެ ސަބަބުން،ޒައުލް ކައިރިޔަށް ވަރަށް ބޮޑަށް ރުޅިއަތުވެއްޖެވެ."މަންމާ...ލުޝްގެ ދިރިއުޅުން ފުންވަޅުގަނޑަކަށް ވައްޓާލި ބަޔަކަށް ދުވަހަކުވެސް އަހަރެން މާފެއް ނުކުރާނަން!އޭގެ މީހެއް އަހަރެންގެ އަތުގައި ޖެހިއްޖެއްޔާމު ދުވަސް ދުއްވާލާނަން..."ޒައުލްގެ ހަށިގަނޑުގައި އެވަގުތު އުތުރި އަރަމުން ދިޔައީ ވަރަށް ވަރުގަދަ އަލިފާންގަޑެކެވެ.ތެދެކެވެ.އޭނަޔަށް އޭގެ މީހެއް ފެނިއްޖެއްޔާމު މަރާލާކަށް ވެސް ފަހެއް ނުޖެހޭނެވެ."ދަރިފުޅާ،ރުޅިއައު މަކުން ވާނެ ފައިދާއެއް ނޯންނާނެ،ކޮންމެއަކަސް ވީ ކަމެއް ނުވާކަމަކަށް ނެހެދޭނެ،މިހެން މިކަންތައް ދިމާމިވީވެސް މަންމަގެ ފަރުވާ ކުޑަކަމުން،ލުޝްތާއަތަށް ފޯނެއް ދީފައި އޮވެވުނު ނަމަ މިއަދު މިހެން ނުވީސް...ލުޝްތާކޮއްކޯ ދައްތަޔަށް މާފުކުރޭ..""ނޫން ދައްތާ، ނޫން..."ލުޝްތާ ދެއަތަށް ބޯހޫރާލަމުން ރޮމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.
އޭނަ ކުރާނީވެސް ފަހެ ކީއް ހެއްޔެވެ؟ކިޔާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ތަގްދީރުގައި ވާން ހުރި ކަމެއް ވާނެވެ.އެއްވެސް މީހަކަށް އެކަމެއް ނުހުއްޓުވޭނެއެވެ.ލުޝްތާއަށް މިކަން ޕުލުހުންނަށް ރިޕޯޓްވެސް ކުރެވިދާނެވެ.ޕުލުހުން އެމީހުން ހޯދައިގެން އެމީހުންނަށް އަދަބުދީފައި ދޫކޮށްލާނެވެ.އޭރުން އަނެއްކާވެސް އެމީހުންގެ ކުޅިގަނޑު ފެށޭނެއެވެ.އަނެއްކާވެސް އެމީހުން، ލުޝްތާއެކޭ އެއްގޮތަށް އެހެން އަންހެން ކުދިންނާއި ދޭތެރޭގައިވެސް ކަންތައް ކުރަން ފަށާނެއެވެ.އޭނަ ކަހަލަ މައުސޫމް އެތައް ކުދިންގެ ދިރިއުޅުން ބަރުބާދުކުރަމުން ދާނެއެވެ.ގެއްލިގެން ދިޔަ އިއްޒަތާއި އަބުރު އަލުން އަނބުރާ ގެނެވޭނެ ހެއްޔެވެ؟ވެއްޔާއި މޮޑެވިގެންދިޔަ އިއްފަތްތެރިކަން އަނބުރާ ލިބޭނެ ހެއްޔެވެ؟އެރޭ ހަތަރު ދަމު އޭނަ ރުޔެއެވެ.ރުއިމަކުން މީހަކަށް ފައިދާވާނަމަ އޭނަޔަށްވެސް ފައިދާކުރާނެވެ.ނަމަވެސް،އާހް..
ޒައުލް އޮތީ އޭނަގެ އެނދުގައެވެ.ނިތްކުރި މައްޗަށް އެއް އަތް އެއްލައިގެން އޮތްއިރު އޭނަ އޮތީ ހިޔާލީ ދުނިޔެއެއްގައެވެ.އޭރު އޭނަގެ ހިތަށް ވެރިވެފައިވަނީ ބުނެދޭންވެސް ނޭނގޭ ކަހަލަ ހިތްދަތި ކަމެކެވެ.މިވީ ކިހިނެއް ހެއްޔެވެ.އޭނަ އެންމެ ލޯބިވާ ކުއްޖާއަށް މިވަރުގެ ބޮޑު އަނިޔާއެއް ލިބުނުއިރު އޭނަޔަށް އެންމެ ކުޑަމިނުން އެހީގެ އަތެއްވެސް ދިއްކޮށެއް ނުލެވުނެވެ.ކުއްލިޔަކަށް ޒައުލް ތެދުވެގެން ހިގައިގަތެވެ.އޭނަގެ މިސްރާބު ހުރީ ލުޝްތާގެ ކޮޓަރިއާއި ދިމާލަށެވެ.އޭރު ސިޓިންގް ރޫމްގައި ޒަލާޔާއި ޝަހީމާޔާއި ދެމީހުން ތިއްބެވެ.ޒަލާ ހިޔާލީ ދުނިޔެއެއްގައި އިންއިރު ޝަހީމާ މަޑުމަޑުން ގިސްލަމުން ދިޔައެވެ.މިރޭ މި ދިމާވި ހާދިސާގެ ސަބަބުން ނިދި އެމީހުންނާއި އަލްވަދާއު ކިޔާފައިވާ ކަހަލައެވެ.އޭރު ގަޑިން ތިނެއްވެސް ޖަހައި ބޮޑުވެއްޖެވެ.މަދުން ނަމަވެސް ދުއްވަމުންދާ ދުއްވާ އެއްޗެހީގެ އަޑުތައް ކޮންމެވެސް ވަރަކަށް ގޭތެރެއަށް އިވެމުން ދިޔަައީ އެތާގައިވާ ހިމޭންކަމުގެ ސަބަބުންނެވެ.ގޭގެ އެންމެން ހޭލާ ތިއްބަސް އެއްވެސް މީހަކު އެކަކު އަނެކަކާއި އަގައިން ބުނެއެއް ނަހަދައެވެ.
އެ ކޮޓަރީގެ ދޮރު ޒައުލް ހުޅުވާލިއިރު،ލުޝްތާ އިނީ ކޮޓަރީގެ ކަނެއްގައެވެ.ބިންމަތީގައި އިށީދެލައިގެން، ދެކަކޫ މަތީ ދެއަތް އަޅައިގެން، ފާރުގައި ލެގިލައިގެން އިންއިރު އެދެލޯވަނީ ކަރުނައިން ފުރިފައެވެ.އެތާގައި ޒައުލް ހުރިކަން ވެސް އޭނަޔަށް އިހްސާސް ނުވާކަހަލައެވެ.ޒައުލް މަޑުމަޑުން ގޮސް ލުޝްތާ ކައިރީގައި އިށީނެއެވެ.ލުޝްތާގެ އަތްމަތީގައި ޒައުލް އޭނަގެ އަތް ބާއްވާލިއެވެ.އެވަގުތު ކުއްލިއަކަށް ލުޝްތާ އޭނަގެ އަތް ދަމައިގަތީ މީހަކު ކަރަންޓް ޖެހުނީމަ ތެޅިގަންނަ މިސާލުގައެވެ.އޭނަޔަށް ޒައުލްވެސް ފެނުނީ އެ ނުލަފާ މީހުންގެ ސިފައިގައެވެ.އިންތަނުން ތެދުވެގެން ލުޝްތާ ހިގައިގަންނަން އުޅުނީމަ ޒައުލް އަނެއްކާވެސް އޭނަގެ އަތުގައި ހިފެހެއްޓިއެވެ.އެވަގުތު ލުޝްތާ އޭނަގެ އަތް ފޮޅާލިއެވެ."އަހަންނާއި ކައިރިނުވޭ،ދުރުގަ ހުރޭ..."ލުޝްތާގެ މިޖުމްލައިން ޒައުލްގެ ހިތަށް އަސަރުކުރި ނަމަވެސް އޭނަޔަށް ލުޝްތާގެ ހާލަތު ދެނެގަނެވުނެވެ.އެ ހާދިސާގެ ސަބަބުން ލުޝްތާއަށް އެވަނީ ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްފައެވެ."ލުޝް،ހަމަޖެހިބަލަ!މީ ޒައުލްއޭ..""މި ބުނީނު މަށާއި ކައިރި ނުވާށޭ...އަޑެއްނީވޭތަ؟"ލުޝްތާގެ އަޑު ކުރިޔަށް ވުރެން ގަދަވިއެވެ.ސިޓިންގްރޫމްގައި ތިބި ޒަލާގެ ދެމައިންނަށްވެސް މިއަޑު އިވުނެވެ.އެހެންކަމުން ދުވެފައި އައިސް އެކޮޓަރިއަށް ދެމައިން އެކު އެކީގައި ކަަހަލަ ގޮތަކަށް ވަނެވެ."ލުޝްތާ.."ލުޝްތާއަށް އޭނަގެ ބޮޑުދައިތަގެ އަޑު އިވުމާއެކު ދުވެފައި ގޮސް އޭނަގެ ގައިގައި އޮޅުލައިގަތެވެ."ދައްތާ އަހަރެން ސަލާމަތް ކުރޭ..."ލުޝްތާ ރޮމުން އާދޭސްކުރަމުން ދިޔައެވެ."މަންމާ އަހަރެން..."ޒައުލްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝަހީމާ ޒައުލްގެ ކޮޑުގައި ފިރުމާލީ މަންމަ އަށް ވިސްނިއްޖެއޭ ބުނާފަދަ ގޮތަކަށެވެ.
އެރޭ ފާއިތުވެގެން ދިޔައިރު ގޭގެ އެކަކުވެސް ނުނިދައެވެ.ލޮލަކަށް ނިންޖެއްވެސް ނާދެއެވެ.ތިންމީހުންވެސް ހޭލާ ލުޝްތާ ކައިރީގައި ތިބީއެވެ.ޒައުލް ހެނދުނު ޑިއުޓީއަށް ނުކުންނަން ޖެހޭއިރު ޒަލާއަށް މާދަމާ ނޫން އަނެއް ދުވަހު ޓެސްޓްވެސް އެބައޮތެވެ.ނަމަވެސް ދެމީހުން ކުރެ އެކަކަށް ވެސް ލުޝްތާއަށް ވުރެން އެދެކަންތައް މުހިންމެއް ނޫނެވެ.ހާއްސަކޮށް ޒައުލްއަށެވެ.އޭނަގެ މުޅި ދިރިއުޅުން ލުޝްތާއަށްޓަކައި ހޭދަކުރަން ޖެހުނަސް އޭނަ ހޭދަކޮށްފާނެވެ.އެހާވެސް އޭނަގެ ހިތުގައި ލުޝްތާއަށް ދެވިފައިވާ މަގާމް އަގުހުރިއެވެ.ޝަހީމާވެސް ދެކެނީ ލުޝްތާ،އޭނަގެ ދަރިއެއްގެ ގޮތަށެވެ.ޒައުލްގެ ހަޔާތަށް އެންމެ އެކަށީގެންވަނީ ލުޝްތާކަން އޭނަ ފެނުނު ފުރަތަމަ ދުވަހުވެސް ޝަހީމާއަށް އެނގުނެވެ.ނަމަވެސް ތަގްދީރު އެ ކުއްޖާޔާއި ކުރިމަތި މި ކުރުވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ.ރަށުގައި ހުރި މުސްކުޅި މައިމީހާޔަށް މިހަބަރު ލިބުމުން ވާނެގޮތް ހިތަށް އަރުވާލަން ވެސް ދައްޗެވެ.ޝަހީމާ މަޑުމަޑުން ބަލައިލީ ރޮއެރޮއެ ވަރުބަލިވެގެން ނިދިފައިވާ ލުޝްތާއަށެވެ.އެ ފަކީރުގެ ދެލޯ ވަނީ އެއްކޮށް ވަޅު ވަދެފައެވެ.މޫނުމަތި ވަނީ މިލާފައެވެ.ޝަހީމާ ލުޝްތާގެ އެފަން އިސްތަށިގަޑުގައި މަޑުމަޑުން ފިރުމާލީ އޭނަޔަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ކުރާހާލުގައެވެ.

(ނުނިމޭ...)

9 comments:

  1. ހާދަ ރީތި ވާހަކައެކޭމި. ކިޔާލާހިތުން މިވާހަކަ މިކިޔަނީ. މިސައިޓް ކޮއްމެ ދުވަހަކު ބަލަނީ ވީރާނާވި ހަޔާތް ވާހަކަ ކިޔާލަން ވެގެން. އަޕޮޑޭޓް ވުން އަވަސް ކޮއްލިއްޔާ ރަގަޅު. ޝާދިޔާގެ އަރިހުން އެދެނީ އަނެއްބައި އަވަހަށް ގެނެސްދިނުމަށް

    ReplyDelete
  2. ޝާދިޔާގެ އުމުރަކީ ކިހާވަރެއް. އަދި ފޮޓޯއެއް އަޕޮލޯޑް ކޮއްލެވިދާނެތަ

    ReplyDelete
  3. mi vaahaka nimey goiy mihaaru eba hiyaalu kurevay.

    ReplyDelete
  4. އަނެއްކާ ވާހަކަ ލިޔާ ކުއްޖާގެ އަމިއްލަ ލައިފްއާއި ގުޅުމެއްވޭބާ މި ވާހަކަ

    ReplyDelete
  5. shadhiya: comment kuri enmmenah thankx,konmme monday eh ga vaahaka update vaane iraadha kurehviyya,mee hama hiyaalee vaahaka eh,lyf aa ehvves varakah....

    ReplyDelete
  6. v reethi.shaadhiyaa v molhu.akam miyah kuda kuda ba ah ithuru kollinama v salhivaane kamah faney..aee akujjayah akan kuribayakah haggu adhabu libeyne gothah polihaha report koh,adhi akujjayah sihheegothun libifaivaa gellun balalan dr dhaan ameehun avass vegathun.. airun akujjayah bodah alhaalikan faahaga va akujjayah ameehun hunna varu faahaga vaane.heheheh

    ReplyDelete
  7. Komme Monday aku mi site ah vannaanan dhen. aharen kiyaa hiyvany hama ekani vaahaka. siyaasy varah foohi. ekam siyaasy kanthah dheke loabi vaa kudhinves ulheyne dhw.

    ReplyDelete
  8. Aharen mi vaahaka baraabarah kiyan. ekamku hama hithuga ufedhifaivaa suvaaleh kollaahithun hunnathaa varah gin dhuvas vejje. 4 vana bai kiyaali irugaves vahaka fashamun note ge gothuga mathyga liyefai evaa ehchakah '' Ga.Dhevvadhoo, Hadhuvary Assayru Muneerbe ge Shaadiya'' mihen jahaifai mi innany kyvvegenbaa. ? Muneerbe aky Mashooru meehehbaa. noony mihen bunumun gina meehunnah igeynybaa. ? hama hithuga ufedhunu suvaaleh kollymi.

    ReplyDelete
  9. Al-maurhoom muneerube akee mi site hinngaa meehaa varah ihthiraam kuraa meeheh. adhi dhevvadhoo meehun, thimaa ah vure umurun bodu meehakaa muhaathabu kuranchaa kuranee BEYBE fahathah laagen

    ReplyDelete