ދުނިޔޭގެ ވަރަށް ގިނަ  ޤައުމުތަކުގައި އެކި އެކި ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅައެވެ.  މިގޮތުން އެމެރިކާ، ޗައިނާ ފަދަ ޤައުމުތަކުގައި ވެސް މަރުގެ އަދަބު ދެއެވެ.  އަދި ސަޢޫދީ ޢަރަބިއްޔާގައި ވެސް ދެނީ ޝަރުޢީ އިމުގެ ތެރެއިންނެވެ. ކުރީގެ  އުންމަތްތަކުގެ މައްޗަށް ވެސް ﷲ ވަނީ ޤިޞާޞްގެ ޙުކުމްތައް  ފަރުޟުކުރައްވާފައެވެ. އަދި މުޙައްމަދުގެ ފާނުގެ ޝަރީޢަތުގައި އެ  ޙުކުމްތައް ސާބިތުކުރައްވައި އެޙުކުމްތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ.  مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن  قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا  قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ  جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ  كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ﴿ المائدة :  ٣٢﴾ އެކަމަށްޓަކައި އިސްރާއީލްގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ  ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް  އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ  މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި  ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.  ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން  އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން  ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ:  މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން  ކަށަވަރެވެ.
އަދިވެސް ﷲ  ވަޙީކުރައްވާފައިވެއެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ  بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ  بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ  بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ  اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿ المائدة: ٤٥﴾ އެ توراة ގައި  އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول)ކަނޑައެޅުއްވީމެވެ.  ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް  ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ  قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ.  އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ،  އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. 

 

 
 
 
 
 
 
No comments:
Post a Comment