4/3/11

ރަސޫލެއްކަމަށް އަމިއްލައަށް ދަޢުވާކުރާމީހެއް މިވަގުތު ރާއްޖެއައިސް އެބައުޅޭ.

ހަބަރު ރާއްޖެ އިސްލާމުން.
 އަމިއްލައަށް ތިމަންނާއަކީ ރަސޫލެއްކަމަށް ދަޢުވާކުރާ ޕާކިސްތާނު މީހެއް މިވަގުތު ރާއްޖެއައިސް އެބައުޅެއެވެ. މިމީހާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހެކެވެ. މީނާ ރާއްޖެއައިސްގެން އުޅެނީ މީނާއަށް ތަބާވާ ދިވެހިންކޮޅެއްގެ ދަޢުވަތަކަށެވެ. ރާއްޖޭން މީނާއަކީ ރަސޫލެއްކަމަށް ޤަބޫލުކުރާ މީހުންގެ ތެރޭގައި އެމް.އެން.ޑީ.އެފްގައި ކޯޕްރަލްއެއްގެ ރޭންކުގައި ހުރި އަމީރު ނަމަކަށްކިޔާ މީހަކު ހިމެނެއެވެ. އަދި މިއަމީރު މިހާރުވަނީ ސިފައިންގެ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައެވެ. ރަސޫލުކަމަށް ދަޢުވާކޮށްގެން އުޅޭ މިމީހާ ހުންނަނީ ފަރީދީމަގުގައި ހުންނަ މޮނަލާލާސް ކައިރީ ހުންނަ  ގެއެއްގައެވެ. ކުރިން ދެންނެވުނު އަމީރުގެ ޢާއިލާވެސްވަނީ މި ކަނު ވިސްނުމުގެ ތެރެއަށް ޣަރަޤުވެފައިކަމަށް ރާއްޖެއިސްލާމުގެ ފަރާތުން ދިވެހި ހުރިހައި މުސްލިމުންނަށް ކަށަވަރުކޮށްދެމެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ. މިއީ ސަތޭކަޕަސެންޓު ތެދު ވާހަކައެކެވެ.
މިބައިމީހުންނަކީ އިސްލާމްދީނުގެ ދެވަނަ މަޞްދަރުކަމަށްވާ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ސުންނަތް އެއްގޮތަކަށްވެސް ޤަބޫލުކުރާ ބައެއްނޫނެވެ. ކީރިތި ޤުރްއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު محمد صلى الله عليه وسلم ދޮގުކުރުމަށްފަހު، މިބައިމީހުން ބުނާ ގޮތުން މިބައިމީހުން ޤަބޫލުކުރަނީ ޤުރްއާން އެކަންޏެވެ.

މިހިނގާ އޭޕްރީލްމަހުގެ 4 ވަނަދުވަހު އަމީރު އާއި އޭނާގެ ޢާއިލާގެ މެންބަރުންތައް ގޮވައިގެން ރަސޫލެއްކަމަށް މިދަޢުވާކުރާ މީހާ، ސްރީލަންކާއަށް ޙައްޖަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުން މާދަމާރޭގެ ދަންވަރުގެ ފްލައިޓުން ލަންކާއަށް ފުރާނެކަމުގައި ޚަބަރުލިބިފައިވެއެވެ. މިބައިމީހުން ބުނާގޮތުން މައްކާގެ ޙަރަމްފުޅު މިހާރުވަނީ ބުދަށް އަޅުކަންކުރާ ކާފަރުންގެ އަތްދަށުގައެވެ. އެހެންކަމުން މިހާރު އެތަނަށް ޙައްޖަށް ނުދެވޭނެ ކަމަށް މިމަގުފުރެދިފައިވާ ބައިގަނޑު ބުނެއެވެ.

މިކަމާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި، ފުލުސް އޮފީހަށާއި އަދިވެސް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ވަނީ ލިބިފައެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ކަމާއިބެހޭ ހުރިހާ ފަރާތަކަށް މިކަމުގެ މަޢުލޫމާތުތައް ލިބިހުރެމެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމީ ސުވާލު އުފެދޭ ކަމެކެވެ.

މަގުފުރެދިފައިވާ ތަފާތު ފިކުރުތައް ދިވެހިރާއްޖޭގައި ދަނީ ފެތުރެމުންނެވެ. އޭގެ ތެރެއިންވެސް ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ރިސާލަތު ދޮގުކުރާ ޖަމާޢަތެއް މިޤައުމުގާ އުފެދުމީ އަޅުގަނޑުމެން އެކަމަކާމެދު ސަމާލުވާންޖެހޭ ކަމެކެވެ. އަދި ތިމާމެންގެ ދީން ރައްކާތެރިކުރުމަށްޓަކައި ޝަރުޢީ ޢިލްމު އުނގެނުމަކީ ކޮންމެ މީހެއްގެ ވާޖިބެކެވެ.

ވަރަށް ކައިރި މުސްތަޤްބަލެއްގައި މުރުތައްދުވެފައިވާ، މިބައިމީހުންގެ ނަންތަކާއި ފޮޓޯތައް އަދި ހުރިހައި މަޢުލޫމާތުތަކެއް ރާއްޖެއިސްލާމުން إنشاء الله ހާމަކުރާނަމެވެ

No comments:

Post a Comment