މިރާއްޖޭގައި މިހާރުމިވަނީ ގަތުލުއާންމުވެފައި ކަމާމެދު ދެބަސްވެވޭކަށްނެތެވެ. ނަފްސެއް ދުއްވާލުމަކީ ކިހާބޮޑުކަމެއްކަން މިބައިމީހުންނަށް ނޭގެނީބާއެވެ؟ ނޫނީ ޑިމޮކްރެސީން ކުށްވެރިންނަށް ހިމާޔަތްދެނީތޯއެވެ؟ ހަޤީޤަތަކީ ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި ޒިނޭކުރުމާއި، ޤަޒުފުކުރުމާއި، ބަނގުރާބުޔުމާއި، ވައްކަންކުރުމާއި، ޙަރާބާއި، މުރުތައްދުވުމާއި، ބަޢާވާތުކުރުމް މިވަނީޢާންމުވެފައެވެ.
ޑިމޮކްރަސީއަކީ އިސްލާމީ ޝަރީޢަތުންބައެއް ނާހިޔާތަށް (ކޮންސެޕްޓް) ނަގާގެން ހަދާފައިވާ އެއްޗެކެވެ. އިސްލާމީ ޝަރީއަތާއި ޑިމޮކްރަސީގެ އަސްލުމަޤުސަދު ނުވަތަ ލަނޑުދަޑި އެއްގޮތްވީނަމަވެސް، މިއެއްގޮތްވުމަކީ ހަމައެކަނި ބޭރުފުށުން އެއްގޮތްވާ އެއްގޮތްވުމެކެވެ. މިކަން އިސްލާމީ ޝަރީއަތާއި ޑިމޮކްރަސީގެ އަސާސްތަކަށް ބަލާލުމުން ފާހަގަވެގެންދާނެއެވެ.
1. އިސްލާމީ ޝަރީއަތުގެ މަސްދަރަކީ ނުވަތަ އަސްލަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާއެވެ. އެހެނީ އިސްލާމްދީނަކީ އެކަލާނގެ ހަޞުރަތުން އައިސްފައިވާ އެއްޗެކެވެ. ޑިމޮކްރަސީގެ މަސްދަރަކީ ނުވަތަ އަސްލަކީ އިންސާނުންނެވެ. އެޤާނޫނުތަށް ހަދާމީހުންނެވެ.
2. އިސްލާމީ ޝަރީއަތުގެ ހުރިހާ ޙުކުމެއްވެސް ކަނޑައެޅިފައިވަނީ ކީރިތިޤުރުއާނުނާއި ކީރިތި ރަސޫލާ(ޞއވ)ގެ ސުންނަތުންނެވެ. އިސްލާމީ ޝަރީއަތުގައި ޖަރީމާއެއްކަނޑައެޅެނީ އިސްލާމްދީނުގެ މިންގަނޑުތަކުގެ ދަށުންނެވެ. އިސްލާމްދީނުގެ އަސްލުތަކާއި ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ. މިއުސޫލުތަކަކީ އިސްވެދެންނެވިފަދައިން މާތްﷲއާއި އެކަލާނގެ ރަސޫލާގެ ކިބައިން އައިސްފައިވާ ހުކުމްތަކެކެވެ. މިކަންކަމުގެ ސަބަބުން އިސްލާމީ ޝަރީއަތަށް ލިބިގެންވާ ހާއްސަދެކަމެއްވެއެވެ.
ހ. ސާބިތުކަމާއި ދެމިގެންވުން. އެހެނީ ޙާކިމުންނާއި، މުޖުތަމައުތަކުގެވެރީން ބަދަލިވިކަމުގައިވިޔަސް އިސްލާމީޝަރީއަތް ބަދަލުވުމެއްނުވެއެވެ. އެހެންކަމުން ޙާކިމާއަކީ ކުރިންހުރިމީހާކަމުގައިވިޔަސް، ނުވަތަ ފަހުން އައިމީހެއްކަމުގައިވިޔަސް، ނުވަތަ ވެރިކަން ހިންގުމުގެ ނިޒާމަކީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްކަމުގައިވިޔަސް އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށާއި ޤަވާއިދުތަކަށް އެއްވެސްބަދަލެއް ނާންނާނެއެވެ. ނަމަވެސް ޑިމޮކްރެސީގައި ޤާނޫނުހަދާމަޖިލީހުގައި އޭރު މެޖީރިޓީ އޮތްބަޔަކު ބޭނުންގަޑިޔަކު ބޭނުން ޤާނޫނަކަށް ބަދަލުގެނެވެއެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޖަމިލިސް އަކީ މިކަމުގެ ލާމަސީލު މިސާލެކެވެ.
ށ. އިސްލާމީ ޝަރީއަތަށް ފުރިހަމައަށް އިހުތިރާމް ލިބިގެންވެއެވެ. އެހެނީ ޙުކުމް ކުރެވޭމީހާއާއި ޙުކުމް ކުރާމީހާއާއދެމެދު، އިސްލާމީ ޝަރީއަތް ތަންފީޒުކުރުމުގައި އެއްވެސް ފަރަޤެއްނުވެއެވެ.
====>>> ނުނިމޭ އިންޝާﷲ ދެވަނަބައި ވަރަށް އަންނާނެ. އިންތިޒާރުކޮއްލައްވާ!
No comments:
Post a Comment