3/11/11

ކިނބި ޒައީމް މިއުޅުއްވަނީ ކޮންފާޑަކަށް ހެއްޔެވެ.

މައުމޫނެވެ.ކިނބި ޒައީމެވެ. ކިނބި ރަސްގެފާނެވެ. ދިވެހިރައްޔިތުން ކަލެއަށް ހާދަ ގަދަރަކާ އިހުތިރާމެއް ކުރިއެވެ. އެހެންކަމުން ކަލޭ ދިޔައީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންނެވެ. ދިވެހިންގެ ތެރެއިން ބައެއް މީހުން ތީ މަތިން ފައިބާ ފައި ހުރި މީހެއްކަމަށް ވެސް ދެކުނެވެ. އަހަރެން މަންމަ ބުނާތީ އަޑުއަހަމެވެ. މައުމޫނަށް ދުނިޔޭގެ ހުރިހަ ގައުމެއްގެ ބަސްވެސް އެގެއެވެ. ގައުމަކަށް ގޮސް ޕޯޑިއަމްއެއްގެ ކައިރިއަށް ހުއްޓި އިގިރޭސިން ވާހަކަ ދައްކާލާއިރަށް މަންމަމެނަށް ހީވަނީ މައުމޫނު އެގައުމެއްގެ ބަހުން ވަހަކަ ދައްކަނީ ކަމަށެވެ. ކިނބި ޒައީމެވެ. ކަލޭ އެއްއަހަރަކު ރޯދަމަހުގެ ރޭތަޢް އިހުޔާކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގަ ބޭއްވި ޖަލްސާގައި އަރަބި ބަހުން ވާހަކަ ދައްކާތީ އަހަރެންގެ މުނިމާމަ އިނީ އުފަލުން ކަލޭ ވާހަކަ ދައްކާ ނިމެންދެން ވަރަށް ޝައުގުވެރިކަމާއެކީ ބަލާށެވެ.ކަލޭ ވާހަކަ ދައްކާ ނިމުމުން މާމަ އަހަރެން ކައިރީ ބުނީ'' ހުތާ ބަލެހޭ މައުމޫން މުޅެކަން. މި ދުނިޔެސް ނުހުއްނެއިޔާ ތިއެއްޓެން މުޅެމީހެކެ''(ދަރިފުޅާއެވެ. ބަލާބަލާށޭ މައުމޫންގެ މޮޅުކަން. މި ދުނިޔޭގަވެސް ތިޔައްވުރެ މޮޅުމީހަކު ނުހުއްނާނައެވެ) އެހާވެސް ދިވެހި ރައްޔިތުން ކަލޭދެކެ ލޯބިވިއެވެ.

ކިނބި ޒައީމެވެ. ކަލޭ ހީކުރީ އުމުރު ދުވަހު ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ކުރެވިދާނެ ކަމަށް ހެއްޔެވެ.ގޮޅާބޯއެވެ އަހަރެންވެސް އުމުރުން 17 އަހަރު ވަންދެން ކަލެއަށް ވަރަށް ތާއީދު ކުރީމެވެ. އެއީ އަހަރެންނަށްވެސް އޭރުރަގަޅަށް ވާނުވާ ނޭގޭތީއެވެ.

ކިނބި ޒައީމެވެ. ކަލެއަށް ދިވެހިން ކުރަމުން އައި އިހުތިރާމާއި ގަދަރު ގެއްލުވާ ތިލެއްވީ ހަމަ އަމިއްލަފުޅަށެވެ. ހިސާބަށްވުރެ ބޮޑަށް އަމިއްލަ އެދުން ބޮޑުވީމާ ވާނީ ތިއަހެންނެވެ.

ކިނބި ރަސްގެފާނެވެ. ކަލޭގެ ފަހު ދައުރުގައި ކަލޭގެ ތާއީދު އިންތިހާޔަށް ދަށަށް ދިޔަކަން އެގިލައްވާ ދެއްތޯއެވެ. އެވަރުންވެސް ކަލެއަށް ވިސްނި ވަޑައެއް ނުގަތެއްނުންހެއްޔެވެ. ރައްޔިތުން ތަޅައި ތިރިކުރަމުން މަވަރު މީހެއްނެއްކަމަށް ހެދިގެން އުޅުނީ ނޫންހެއްޔެވެ.

ކިބި ޒައީމެވެ. ކަލެޔަށް މިހާރު ހުދުމުހުތާރު މިބަސް ކިޔަން އެގުނީތީވެސް މަ އުފާކުރަމެވެ. ކިނބި ރަސްގެފާނެވެ.ތަސްމީންގެ ހުދުމުހުތާރުކަން ފާހަގަކޮށް ތަސްމީންއަށް ކަލޭފޮނުވި ސިޓީއަށް ތަސްމީން ދިން ޖަވާބުން ދިވެހި ރައްޔިތުއްނަށް އޮއްނާނީ ހުދުމުހުތާރުވީ ކާކުކަން އެގިފައެވެ. ކިނބިއެވެ. އެއްމެނަށްވެސް ކަލޭގެ ހިޔާލާއި ތަފާތު ކޮއްމެ މީހަކީ ކަލޭ ސިފަކުރާގޮތުގަ ހުދުމުހުތާރު މީހެކެވެ.ޑީއާރުޕީ އަކީ ކަލޭ ސިފަކުރާ ގޮތުގަ ކަލޭގެ ހަރުމުދާ ގަޑެކެވެ. އެކަމަކު އެކަން އެހެންވާނީ ކޮންގޮތަކުން ހެއްޔެވެ. ޑީއާރުޕީގެ އަސާސީ ގަވާއިދަކީވެސް ކަލޭ ގަބޫލު ކުރާގޮތުގަ ކަލޭގެ ސިކުޑިއެވެ. ކަލޭގެ ހިޔާލާ ތަފާތު ވެއްޖާ އަސާސީ ގަވާއިދާވެސް ހިލާފްވީއެވެ. ކިނބި ޒައީމެވެ. 2007 ވަނަ އަހަރު ޑީއާރުޕީގެ ދެޕުޓީ ލާޑަރަކަށްހުރި ހަސަން ސައީދާ މެދުވެސް ކިނބި ލީޑަރު ކަމުގަ ހުރެގެންވަނީ ފިޔަވަޅު އަޅާފައެވެ. އެކަމަކު ތަސްމީންގެ ލީޑަރު ކަމުގަ އުމަރު ނަސީރު ޑެޕިއުޓީ ލާޑަރު ކަމުން ވަކިކުރަން އެޅީ ފިޔަވަޅު ޒައީމަށް ހުދުމުހުތާރު ވެއްޖާ، ޒައީމްގެ ލީޑަރު ކަމުގަ ހަސަން ސައީދާއި މެދުއެޅި ފިޔަވަޅަކީވެސް ހުދުމުހުތާރު ކަމެކެވެ. ޒައީމް މިހާރު ތިއުޅެނީ ވަރަށް އައްޗިކޮއްނެވެ. ތިޔަފޮނުވާ ސިޓީތަށް ކިޔާފަ ދިވެހި ރައްޔިތުއްން އައްނަނީ އަމަޝަކު ހިއްޏެއްނޫނެވެ. ޒައީމެވެ. ކިނބި ރަސްގެފާނެވެ. ގޮޅާބޯއެވެ. ކަލަގޮވުމަކީ ވަރަށްވެސް ހަޑި ކަމެކެވެ. ރައްޓެހިވެގެން އުޅުނު ދެމީހުން ރުޅިވީމާ، ނުވަތަ އިނދެގެން އުޅުނު ދެމީހުން ވަރިވީމާ، އެކަކު އަނެކަކަށް ކޮށްދީފައި ހުންނަ ކަންތަކާއި ނުކޮށްދީ ހުންނަ ކަންތަކުގެ ވާހަކަ ދެއްކުމާއި ދީފައި އޮންނަ ހަދިޔާ ބަދިޔާގެ ވާހަކައިން ކަލަގޮވުމަކީ ހުތުރުކަމެކެވެ. އެކަކު އަނެކަކުގެ އައިބުތައް ހާމަކުރުމަކީ ހުތުރު ކަމެކެވެ.

ކިނބި މައުމޫނެވެ. މިހާރު ތިހިރީ ވަރަށް ބޮޑަށް މުސްކުޅިވެ ގައިބާރުދެރަވެފަ ނޫން ހެއްޔެވެ. މިގައުމުގައި އެހާގިނަދުވަހު ވެރިކަން ކޮށްފިއި ހުރުމާއި އަދި މުސްކުޅި ފުޅު ވެފައި ހުރުމުން އަހަރެން ކިނބި މައުމޫނޭ ، ގޮޅާބޯއޭ، ކިނބި ރަސްގެފާނޭ، މިކަހަލަ ނަންތައް ކަލެޔާ ދިމާލަށް ކިޔާއުޅުނަސް އިހުތިރާމް ކުރަމެވެ. އެކަމަކު މިހާރު ތިއުޅުއްވާ ގޮތަކުން ނިކަން ފޫހިވެއެވެ. ތިއަހެން ނޫޅުއްވާ އުމުރުގެ ބާކީ މިއޮތް ދުވަސް ކޮޅު ރަގަޅު ގޮތުގައި ހޭދަކޮށް ގެއްލިފައިވާ އިއްޒަތާއި އަބުރު ހޯއްދެވޭތޯ ބައްލަވާށެވެ.

No comments:

Post a Comment