3/30/11

ދެވެރިކަމުގެ ފޮނިބޯލުން

ދެވެރިކަމުގެ ފޮނިބޯލުމުކީ ސިޔާސީ ވަރަށްމަދު ބޭފުޅުއްނަށް ލިބިފައިވާ ނަސީބެކެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކޭ ގޮތުގައި ދެވެރިކަމުގެ ފޮނި ބޮވެނީ ނިކަން ހުށިޔާރު އަދި ވިސްނުން ތޫނު މީހުންނަށެވެ. މިގޮތުން މިބަލާލަނީ ކިނބިގަސް ދޮށުގޭ މައުމޫންއޭ ކިޔުނު ރަސްގެފާނުގެ ރަސްކަމުގެ ފޮނިބޮއިފަ، ގ.ކެނެރީގޭ މުހައްމަދު ނަޝީދުގެ ޑިމޮކްރެޓިކް ސަރުކާރުގެވެސް ފޮނިކޮޅު ބޯލަމުން ގެންދާ ދެބޭފުޅަކަށެވެ. 


އިބުރާހިމް ހުސެއިން ޒަކީ


ޒަކީ އަކީ މައުމޫންގެ ރަސްކަމުގެ ދައުރުގައި ސާކްގެ ސެކެޓްޓެރީ ޖެނެރަލް ކަމުގެ މަގާމާއި، ޓުއަރިޒަމް މިނިސްޓަރުގެ މަގާމާއި އަދި މީގެ އިތުރުންޕުލޭނިންގެ ނޭޝަލަން ޑިވިލޮޕްމެންޓްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މިހާރުގެ ރައީސް ވެރިކަމާއި ހަވާލުވިފަހުން ޒަކީ އަކީ ސުޕެޝިއަލް އެންވޯއީ ޓުދަ ޕުރެސިޑެންޓްއެވެ. ޒަކީ އަކީ ދެވެރިކަމުގެ ފޮނި ބޮމުންދާ ބޭފުޅެކެވެ. ޒަކީ އަރުގައި ދެވެރިކަމުގެ ފޮނި ލާފައި ވެއެވެ.


ޑރ.އަހުމަދު ޝަހީދު 

މައުމޫންގެ ރަސްކަމުގެ ފަހުކޮޅު އަދި ނަޝީދުގެ ސަރުކާރުގެ ކުރީކޮޅުގައި  ހާރިޖީ ވަޒީރުކަން މީނާވަނީ ކުރައްވާފައެވެ. މައުމޫނުގެ ރަސްކަން ނިމެން ކައިރިވެއްޖެކަން މީނާއަށް ވިސްނިގެން މައުމޫނު ރަސްކަމާއި ދެކޮޅުވެ ޑިމޮކްރެޓިކް ފޭރާމް ތުރުކުރައްވަގެން ނުކުއްނެވީ ރާއްޖޭގެ ދެވަނައަށް އެއްމެ ޝަރަފުވެރި މަގާމުކަމުގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑރ.ހަސަން ސައީދުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުމެ ރައްޔިތުންގެ އެހާބޮޑު ތާއީދެއް ނުލިބުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އާދެ މިހާރުގެ ރައީސުލް ޖުމުހޫރިއްޔާއާއި އިއްތިހާދުވިއެވެ. ރަސްކަން ބަދަލުވުމުން ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ވެސް ފޮރިން މިނިސްޓަރަކަށް ހަމަޖެއްސެވީ މީނާއެވެ. އެފަހަރު އަހަރެންގެ ހިތައް އެރި އެއްޗަކީ އަޅެފަހެ މި ޖަނާޒާ ކުޑޭ މި އުޅުއްވަނީ ފޮރިން މިނިސްޓްރީ ވަރުވާއަށް ލިއުއްވާގެން ހެއްޔެވެ؟  މީނާ އަކީ  ނިކަން ބޯބޮޑު އަދި ވިސްނުން ނިކަން ކުޅަދާނަ ބޭފުޅެކެވެ. މައުމޫން ބުޑުން ފެހިކަހާފައި މާމުއި ބޮއެބޮއެފައި ދެންދުވީ ނަޝީދު ބުޑުން ފެހި ކަހަމުންނެވެ.ރައްޔިތުންގެ މަޖުލީހުން ފޮރިން މިނިސްޓަރު ކަމުގައި މީނާ ހުރުމަށް ނުފެއްނަ ކަމަށް ނިއްމުމުން މިހާރު އެހުއްނެވީ ރައީސް ނަޝީދުގެ ފޮރިން އެޑުވައިޒަރެއްގެ މަގާމު ހަމަޖައްސަވާ އަދި ރިޔާސީ ކޮމިޝަންގެ މެމްބަރެއް ކަމަށްވެސް ހަމަޖައްސަވާފައެވެ. އެހެންވީމާ މީނާގެ އަރު ތެރޭގައިވެސް ދެވެރިކަމުގެ ފޮނިރަހަ ލާފައިވެއެވެ. 

No comments:

Post a Comment