3/2/11

ދެއްވަދޫގެ އިއްޒަތްތެރި ކައުންސިލަރުން އަމަލީގޮތުން ރައްޔިތުއްނަށް ހިދުމަށްދޭން ނުކުމެއްޖެ


ދެއްވަދޫގެ ވެރިން އޮފީހާ ހަވާލުވިތާމިވީ އެއްމެ ދެދުވަހެވެ. ކައުންސިލަރުން އޮފީހާއި ހަވާލުވިއިރު މަސައްކަތް ކުރެވޭނޭ އިންތިޒާމް އޮފީހުގެ ޖާގަކުޑަކަމުން އަދިހަމަޖެހިފައިނެތް ކަމުގަވީނަމަވެސް، ކައުންސިލަރުން ގެންދަވަނީ އޮފީސް ގޯތިތެރޭ ހުރި މިދިލިގަސް ދޮށުގައިތިބެ ރަތްޔިތުއްނަށްޓަކާ ކޮތްދޭނޭ ކަންތަށްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުއްނެވެ. މިގޮތުން އިއްޔެ ކޮށްދެއްވި ކަމަކީ ރަށުގެ މަސްވެރިންނަށާއި އަދި ރަށަށް އައްނަ އެހެން މަސްވެރިންނަށް ސާފްބޯފެން ފޯރުކޮށްދިނުމަށް ރަށުގެ ބަދަރުމަތީގައި ބެހެއްޓިފައިވާ ތާގީތަކުން ފެންހުސްވެފައިވާތީ ތާގީތަށް ސާފްކޮށް ކުއްޔަށް ދޯންޏެއް ހިފައިގެން ރަޝާކައިރީގައިވާ މައުއްޑޫ ރިޒޯޓުން ފެންގަނެގެން ފެންތާގީތަށް ފުރާލާފައެވެ. ފެންތާގީތަށް ސާފުކުރުމަށް ހަރަދުވި ފައިސާ ހަރަދުކޮށްފައިވަނީ ކައުންސިލަރުންގެ އަމިއްލަ ޖީބުއްނެވެ. މިމަސަތްކަތުގައި ކައުންސިލަރުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ހަމަހަގީގަތުގައިވެސް އިއްޔެއަކީ އަޅުގަޑުވަރަށްވެސް އުފާވި ދުވަހެކެވެ. އެހެނީ އަޅުގަޑުގެ އުފަން ވަޒަންކަމުގައިވާ ދެއްވަދޫގެ އިއްޒަތްތެރިން ކައުންސިލަރުން އެދެއްކެވި ލާމަސީލް ނަމޫނާއަކީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުންވެސް ނަމޫނާއަކަށް ބަލަންޖެހޭ ފަދަކަމެކެވެ. ކުރިޔަތް އޮތްތާގައިވެސް ހުރިހާ ކައުންސިލަރުންވެސް ތިބީ ސިޔާސީ ވަކިފިކުރަކަށް ނުބަލާ ރަށުގެން އަމަން އަމާން ކަމާ ސުލްހަ އިސްކުރަތްވާގެން މަސަތްކަތް ކުރުމަތް އަތާއިއަތް ގުޅައިލައިގެއްނެވެ.

މިގޮތިން ކުރިއަށް އިންތިޒާމް ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި މިއަދުވަނީ ދެއްވަދޫގެ ހުކުރު މިސްކިތުގަ ސައުންޑް ސިސްޓަމްއެއް ހަރުކުރަން ނިއްމާފައެވެ. މިއައްނަ ހަފްތާގައި ކައުންސިލަރުން ރަށުގެ ގެތަކަށް ގޮސް ރައްޔިތުއްނާ ބައްދަލުކޮށް މިވަގުތަށް ރައްޔިތުއްނަށް ހުރި ދަތިކަންތައްތަށް އޮޅުން ފިލުވުމަށް ވަނީ ނިއްމާފައެވެ.މީގެއިތުރުން ދެއްވަދޫ ރަސްގެފާންގެ މިސްކިތުގެ ފުރާޅު ބަދަލުކޮށް އިހުގައިވެސް އެމިސްކިތް ހުއްނެވިގޮތަށް ހަދައި އެތަން ޓޫރިސްޓް މަންޒިލްއެއްގެ ގޮތުގައި ހެދުމާއި، ދެއްވަދޫގެ ފުޓްބޯޅަ ދަނޑު ހެދުމާއި، ކޮއްމެ ގެޔެއްގެ މަގުފާރު ރޭނުމާއި، ކުޑަކުދިންގެ ބަގީޗާއެއް ހެދުމާއި،ރަށާއި ކައިރީގައިވާ ފަޅުރަށްތައް ކުއްޔައް ހިފައި އެތަން ވޔާފާރީގެ އުސޫލުން ހިންގުމަށް ބީލަމަށް ލުމުގެ ކަންތަށްވެސް ވަނީ ހަމަޖައްސަން ނިއްމާފައެވެ.

No comments:

Post a Comment