މަތީގައެވާ ވީޑިއޯ އަކީ ބޭންކް އޮފް މޯލްޑިވެސް އިން ދެއްވަދޫގެ އޮޑިވެރިއަކަށް ޖެއްސިހާލު އޮޑިވެރިޔާގެ ދުލުން ކިޔާދޭތަނެވެ. މި ވީޑިއޯއިން އޮޑިވެރިޔާގެ ލޮލުން ކަރުނަ އައިސްފައި ނުވިކަމުގަ ވިއަސް މިއީ ވަރަށްވެސް އިހާނެތި ގޮތަކަށް ބޭންކުން ކޮއްފައިވާކަމެކެވެ. 17 ކުދިންނަށް ބޭންކް އޮފް މޯލްޑިވެސް އިންދިން ވަރައްވެސް ބޮޑު އަނިޔާ އެކެ. އަޅުގަޑަކީ އޮޑިވެރިޔާގެ ކާފަ ދަރިއަކްވީތީ މިއީ އަޅުގަޑައްވެސް ލިބުނު ބޮޑު ގެއްލުމެކެވެ.
18 ޖެނުއަރީ 2009ގަ އޮޑިޓާ ޖެނެރަލް މުހައްމަދު ނައީމް ސޮއިކުރައްވާ ނެރެފައިވާ އޯޑިޓް ރިޕޯޓްގަ ވާގޮތުން 2008 ވަނަ އަހަރު ނިމުނުއިރު ބޭންކުން ދޫކޮށްފަވާ އެއްމެ ބޮޑެތި ލޯންގެ ތެރެއިން ގިނަ ލޯނު ދޫކުރެވިފާވަނީ ލޯނު ދޫކުރެވިފައިވާ ފަރާއްތަކުގެ ސިޔާސީ މުހިއްމުކަމަށް ބެލެވިގެންނާ ނުފޫޒާ ބާރުގެވެރިކަމުގެ މައްޗަށް ބުރަވެވިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ފާހަގަކުރެވޭ ކަމށް މި ރިޕޯޓްގައި ބުނެއެވެ.
މީގެތެރޭގައި ޑީއާރްޕީ ގެ 3 ނާއިބް ޒައީމުންނާ،ބޭންކްގެ ބޯޑެ ޑިރެކްޓަރަކާ، ކުރީ ސަރުކާރުގެ 3 މިނިސްޓަރުންނާ، 16 ވަނަ ރައްޔިތުންގެ މަޖްލީހުގަ ހިމެނިވަޑައި ގަންނަވާ ޑީއާރްޕީ އަށް ނިސްބަތްވާ 4 މެމްބަރުންނާ، އެފަރާތް ތަކުގެ ތިމާގެ މީހުންނާ ސަރުކާރު ހިއްސާވާ 2 ކުންފުނި ހިމެނެއެވެ. މިއީ އެމް.އެމ.އޭ ހުއްދަކުރާ މިންގަޑަށް ވުރެ އިތުރަށް ދޫކޮއްފަވާ ލޯނުތަކެވެ. މިއީ ސާބިތު ހެކިތަކާއެކީ ފެންނަން ހުރި ކަންތަކެވެ.
މިހެން މިކަން ހުރިއިރު ނިކަމެތި ފަގީރުން ވިޔަފާރި ކުރަން ނަގާލޯނުތައް ނުދައްކި އެއްމެ މަހެއް ވިއަސް ބޭންކުން އެމީސް މީހުން ކޯޓަށް ގެންގޮސް މި ފައިސާތައް ހޯދައެވެ. އެހެންނޫނީ ލޯނު ނަގަން މޯގޭޖް ކުރިއެއްޗެއް ބޭންކުން އަތުލައެވެ. މަސްވެރިންނަކީ މަސް ނުބޭނޭނަމަ ލާރިލިބޭނެ އެއްވެސް ގޮތެއް ނެތިފަ ތިބޭބައެކެވެ. ނަމަވެސް މަތީގަ އެވާ ވީޑިއޯގަ ވާ މީހާގެ ދޯނި ބޭންކުން ވަނީ ލޯނުދައްކަން އިތުރު ފުރުސަތެއް ނުދީ ބޭންކުންކުން އަތުލާ ވިއްކާލާފައެވެ. ވީމާ ބޭންކަށް އިތުބާރުކުރާނީ ތިޔާގެ ތެރެއިން ކިތައްމީހުންބާ.؟؟
ކޮއްމެއަކަސް ނައީމްގެ އޯޑިޓް ރިޕޯޓައްފަހު ބީ.އެމް.އެލް. އާމެދު މީހުން ކުރަމުންއައި އިތުބާރުވަނީ ވަރަށްވެސް ބޮޑަށް ގެއްލިފައެވެ.ކަސްޓަމަރުން ވަނީ އެމީހުންގެ އެކައްންޓު ތަކުގަވާ ފައިސާތައް އެހެން ބޭންކް ތަކުގެ އެކުންޓް ތަކަށް ބަދަލުކުރަމުންނެވެ. މިހެން މިކަންވާ ކަމަށްވާނަމަ ބޭންކްގެ ލެންޑިންގ ކެޕޭސިޓީ ދައްވެ އަދި ބޭންކްގެ އޮޕަރޭޝަނައްވެސް ހުއްޓުން އަންނާނެ އެވެ.
ބީ.އެމް.އެލް އަކީ ނޫސްވެރިންނާ އެއްގޮތަކަށްވެސް ރައްޓެހި ތަނެއްނޫނެވެ. މިހެން ކަމުން ކޮރަޕަޝަން ވަނީ އިންތިހާ އައް އެތާތެރޭ ހިގާފައެވެ. ނޫސްވެރިއަކު ސުވާލެއް ކޮއްލަން ބޭނުންވިއަސް ޖެހޭނީ ބޭންކަށް ސިޓީއެއް ފޮނުވާށެވެ. ގިނަފަހަރައް ފޮނުވާ ސިޓީތަކައް ޖަވާބެއްވެސް ނުލިބެއެވެ. އަޅުގަޑައް އެގިފަވާ ގޮތުގަ ދުނިޔޭގެ ކޮއްމެ ބޭންކް އެއްގެވެސް ކަސްޓަމަރުންނަށް ބޭންކްގެ ކަންތަކާ ބެހޭގޮތުން މައުލޫމާތު ދޭނެ މީޑިއާ އޮފިސަރަކު ހުރެއެވެ. އަޅުގަޑައް ލިބިފަވާ މައުލޫމާތް ދޮގުނޫން ކަމަށް ވާނަމަ ބީ.އެމް.އެލް ގަ މީޑިއާ އޮފިސަރަކު ނުހުރެއެވެ.
ދެންއޮތީ އޭޓީއެމްގެ މައްސަލަ. މިއީ ކަސްޓަމަރުންނަށް ވަރަށްވެސް ބޮޑުމައްސަލަ އަކށް ވެފާވާކަމެއް. ކޮއްމެ މަހެއްވެސް ފެށޭކޮޅުމަތީ ނޫނީ ދަންވަރު ގަޑިތަކުގަ އަބަދުވެސް އޭޓީއެމް ތައް ފެންނާނީ ''ވަގުތީގޮތުން ހިދުމތްކެޑިފަ'' މިހެންނެވެ. ގިނަފަހަރައް މި މެސެޖް ފެންނާނީ އޭޓީއެމް ގަ ލާރި ނެތީމައެވެ. ބޭރުގައުމު ތަކުގެ ބޭންކްގަ އޭޓީއެމް ރީލޯޑް ކުރެއްވުމައް 24 ގަޑިއިރު އެކަމަށް ވަކިން ހާއްސަ ޓީމްއެއް އޮވެއެވެ.
ދެންއެތީ ސޭލްސް މެޝިންގެ މައްސަލަ. ބީ.އެމް.އެލް އަކީ ހަމައެކަނި މިހިދުމައް ރާއްޖޭގަދޭ ބޭންކްއެވެ. ނަމަވެސް ރޭގަޑު ގަޑީގައި މިހިދުމައް ލިބިގަންނަން ވަރައްވެސް އުދަގުލެވެ. ސަބަބަކީ ރޭގަޑެ ގަޑިއަކީ އާއްމުކޮށް މީހުން މިހިދުމައް ބޭނުންކުރާ ގަޑިކަމަށްވެފާ ސޭލްސް މެޝިން ބިޒީ ވުމުގެ ސަބަބުން ގިނަފަހަރައް ޕޭމެންޓް ޑިކްލައިން ވާގޮތްވެއެވެ. އަދިމިހެން ވާފަހަރު އެމީހާގެ އެކައުންޓުން މިފައިސާ ބޭންކުން ކަޑާފަ ހޯލްޑް ކޮއްފަ ބަހައްޓާ އެކަން ކޮލިއާރ ކުރުމައް އެއްމަސް ދުވަސްނަގައެވެ.. މިއީ އެޅުގަޑައްވެސް ދިމާވެފާވާކަމެއް.
ބީ.އެމް.އެލް އިން މިހާބޮދަތި ލޯނުތައް ދޫކޮއްފަ މިވަނީ މުޅިންވެސް އަޅުގަޑުމެން ނިކަމެތި ފަގީރުންގެ ފައިސާއިންނެވެ. މި ލޯންތައް އަދި ދޫކުރަނީވެސް ބޮޑެތި ވިޔަފާރިވެރިންނަށާ ސިޔާސީ ފަރާއްތަކެށެވެ. ވީމާ އަޅުގަޑުގެ ގޮވާލުމަކީ އަވަހަށް އެމީހެއްގެ ބީ.އެމް.އެލް ގެ އެކައުންޓްގަ ވާ ފައިސާތައް ރާއްޖޭގަ ހިންގާ ކޮއްމެވެސް އެހެން ބޭންކް އަކަށް ބަދަލުކުރުމަށެވެ.
No comments:
Post a Comment