3/1/11

އެމް.އެމް.އޭގެ ގަވަރަނަރު ފަޒީލު ނަޖީބު މަގާމުން ދުރުކުރުމަކީ ދިވެހި ދިރިތިބީންގެމައްޗަށް ކިފާއަތުގެ ފަރުޞެއް

އެމް.އެމް.އޭގެ ގަވަރަނަރުގެ  މަގާމުގައިހުރި ފަޒީލު ނަޖީބު  އެމަގާމުން ދުރުކުރުމަކީ ދިވެހި ދިރިތިބީންގެމައްޗަށް ކިފާއަތުގެ ފަރުޞެއްކަމަށް މިއަދުމިވަނީވެފައެވެ. އެހެނީ ބޮޑު މުސީބާތެއްޖެހޭއިރު އެކަމަކުން ސަލާމަތް ވުމަށް މަސައްކަތްކުރުމަކީ ކިފާޢަތުގެ ފަރުޞެކެވެ. ކިފާއަތުގެ ފަރުޞަކީ އެންމެންގެ މައްޗަށް ކުރުން ވާޖިބު ނަމަވެސް ބަޔަކު މީހުން އެކަން ކޮއްނިންމައިފިނަމަ އެކަމުގެ ފަރުޝު އެންމެންގެ ކިބައިން ކެޑިގެންހިގާދާނެ ކަމެކެވެ. އިލްމީ ނަޒަރަކު ބަލާލާ ޤިޔާސް ކޮއްލާއިރު ޑޮލަރުގެ މައްސަލައަށް ތަރުޖަމާވެގެން ނުކުންނަ ޖަވާބަކީ "ކިފާޢަތުގެ ފަރުޞު" (ވާޖިބު). މިއެވެ. ބޭންކުތަކުން ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން ކާޑުގެބާވަތް ތަކާއި ދިރިއުޅުމަށް ބޭނުންވާ ހުރިހާ މުދަލެއްގެންނަނީ ބޮޑު އަގުގައި ޑޮލަރުގަނެގެންނެވެ. ނަތީޖާއަކަށްވާނީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަޒީލުނަޖީބު ކުރައްވަންޖެހި ވަޑައިގަންނަވާނީ އެންމެ ދެކަމެވެ. ޑްވެލް ކަރަންސީ ސިސްޓަމް އުވާލުން، ދިވެހިރާއްޖޭގެ އެއްވެސް ރިސޯޓެއްގައި އަދި އެއްވެސްތަނެއްގައި ރާއްޖޭގައި ގާއިމްވެފައިވާ ބޭންކެއްނޫން އެހެން ބޭންކެއްގެ ޕީއޯއެސް މެޝިން ބެހެއްޓުންމަނާކުރުން. މިދެކަންތަށް ކުރުމުން އިންޝާﷲ ރާއްޖޭގައި ޑޮލަރުގެ މައްްސަހައްލުވީއެވެ
ޔަގޫލުލް މުތަރުޖިމް: ޑްވެލް ކަރަންސީ ސިސްޓަމަކީ ދުނިއޭގެ އެއްވެސް ގައުމެއްގައި އޮންނަ ސިސްޓަމެއްނޫނެވެ. އެގައުމެއްގައި އެބައިމީހުން ބޭނުންކުރާނީ އެބައެއްގެ ފައިސާއެވެ. ގައުމުން ބޭރަށް ޓީޓީ އެއްފޮނުވާންޖެހުނަސް އެބައިމީހުން ގެންދާނީ އެބައިމީހުންގެ ފައިސާއެވެ. ބޭންކުތަކުން އެކުރާކަމެއްކޮއްފައި، އެޓީޓީއެއް ފިނުވާފަތެވެ. ރާއްޖޭގައި ގާއިމުވެފައިވާ ބޭންކެއްނޫން ބޭންކެއްގެ ޕީއޯއެސް މެޝިން (ކާރޑް މެޝިން) ބެހެއްޓުމުން ހުރިހާލާރިއެއް ސީދާ ދާނީ ގައުމުން ބޭރުގައި ހުންނަ އެމެޝިނެއްގެ ބޭންކަކަށެވެ. އެހެންވީމާ ހިސާބުތަކުން ބޭރުފައިސާވަންނަތަން ފެންނާންހުއްޓަސް އެއީ ނުވަންނައެއްޗެކެވެ.
ޤައުމަށް ދިމާވެފައިވާ ބޭރުފައިސާ (ޑޮލަރު) ގެ މައްސަމިހާ ކުޑަ ކަމެއް ކޮއްލާގެން ހައްލުވާން އޮތްއިރު ފަޒީލުނަޖީބު ބަލަހައްޓާގެން އެހުންނަވަނީ ޚީއްވެބާއެވެ. މީނާގެ މަގުސަދު ރަގަޅުނުވަނީއެވެ. ނޫނީ ގަސްތުގައި މިގައުމު އިގުތިސާދީ ބޮޑުވަޅުގަޑަކަށް ވައްޓާލަން ފަޒީފު ނަޖީބް ބޭނުންފުޅުވެލައްވީތޯޗެކެވެ.

No comments:

Post a Comment