2/9/11

''ކޯޑި ޖެހުން '' ދެއްވަދޫއިން އުވެމުންދާ ސަގާފީ ކުޅިވަރެއް

ކޯޑި ޖެހުމަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ވަރަށްކުރީ ޒަމާނުށްސުރެ ކުޅެއުޅޭ ކުޅިވަރެކެވެ.މިކުޅހިވަރުގެ އަސްލަކީ ކޮބާކަމެށް އަދިކޮންއިރަކު ފެށުނު ކުޅިވަރެއްކަމެއް ނޭގެއެވެ.ކޮއްމެއަކަސްމިޢީ މިހާރު ދިވެހިންގެ ތެރެއިން ނެތިގެއްލެމުންދާ ކުޅިވަރެކެވެ. މިކުޅިވަރަކީ ރަށްރަށުގައި ވަރަށް ފޯރިއާއެކު ކުޅޭކުޅިވަރެކެވެ.

މިބާވަތުގެ ޘަގާފީ ކުޅިވަރަކީ އެކިގައުމުގައި ގިނަފަހަރަށް އެކުޅިވަރެށް ފެށުނު ޒަމާނެއް އެއްވެސް މީހަކަށް ނޭގޭ ކަންތެކެވެ. ނަމަވެސް ކޮއްމެ ގައުމެއްގައިވެސް މިފަދަ ކަންތަކުގައި އެތަނެއްގެ އާދަކާދައާއި މީހުންގެ ދިރިއުޅުން ހުއްނަ ގޮތްތަކެއް އެކުލެވިފައި ހުރެއެވެ. ގަދީމީ ޒަމާނުގެ އަސަރުތަކެއް މިފަދަކުޅިވަރި ތަކުގެ ތެރއިން ފޭދިގެން ފައުޅުވެއެވެ. އެހެންކަމުން ބައެއްގެ ގަދީމީ ދިރިއުޅުމުގެ މައްޗަށް، ގަދީމީ މިޒާޖުގެ މައްޗަށް އަދި ގަދީމީ އާދަކާދައިގެ މައްޗަށް ވިސްނާމީހަކަށް މިފަދަ ކަންތަކުގައި ބޭނުންތެރި ސިއްރުތަކެއް ފޮރުވިފައި ވާނޭކަން ކަށަވަރެވެ.

އެކި އަތޮޅުތަކުގައި އަދި އެކިރަށުގައި ކޯޑިޖެހުމުގެ ކުޅިވަރު ކުޅުމުގައި ހިސާބަކަށް ތަފާތުހުރެ އެވެ .ނަމަވެސް ރާއްޖޭގެ ކޮއްމެ ތަނެއްގައިވެސް މިކުޅިވަރަކީ ރަށުގެ ވަރަށްގިނަ އަންހެނުންނާ ފިރިހެނުން ބައިވެރިވެގެން ކުޅޭ ކުޅިވަރެކެވެ.

ކޯޑިޖެހުން ދެއްވަދޫގައި އޮއްނަގޮތް ކުރިން ދެއްނެވުނުހެން ރާއްޖޭގެ އެހެން ރަށްރަށުގް މިކުޅިވަރު ކުޅެއުޅޭ ގޮތާ ވަރަށް ތަފާތެވެ. ހާއްސަކޮއް ރާއްޖޭގެ އުތުރުގެ ރަށްރަށާ އެވެ. ނަމަވެސް ކުޅިވަރަކި ހަމައެއް ކުޅިވަރެކެވެ.

ދެއްވަދޫގައި މިކުޅިވަރު ކުޅެނީ ބޮޑުއީދާ ދިމާކޮށެވެ. ކޯޑިޖެހުމުގެ ކަންތައް ފެށެނީ ހައްޖު މަހުގެ 13 ވަނަދުވަހުގެ ހެދުނުއެވެ.އެދުވަހު ހެދުނު ރަށުގެ ފިރިހެންނުން ވެގެން ރުއްތަކުން ފަންކަޑައިގެން އެކިވައްތަރުގެ ފަންލައިގެން އެއްޗެހި ވިޔަނީއެވެ. ދެން އާރުލާ ގަހަކުން ދަނޑި ގަޑެއް ކަނޑައިގެން ހަތަރު ކަފި ހަދާފަ އޭގެމަތީ ފަނުން ވިޔުނު އެއްވެހި ހަރުކުރެއެވެ. އޭގެ ފަހުގައި ފަންވަތުން ޒާތްޒާތުގެ ތަކެތި އެކިސިފަ ސިފާގައި ވިޔެފައި ކުރިން ހަރުކުރި ފަނުން ވިޔެފައިވާ އެތީގެ ތިރީގައި ވަށާގެން އެލުވަނީއެވެ.

މިގޮތައް ކޯޑިހަދާ ނިމުމަށްފަހު ކޯޑިހިފާގެން ހަވީރު ފިރިހެން ވެރިން ވަރަށް ރީއްވަޗަށް ލަވަކިޔާ ބެރުޖަހަމުން ނަށަމުން ރަށުގެ މަގުމަތީގައި ހިގާނެއެވެ. މިހިގާ ހިގުމުގައި އަންހެން ވެރިން ފެންޖަހައި އަދި ކޯޑި ހަލާކު ކޮއްލުމަށް މަސައްކަތް ކުރެއެވެ. އިރުއްސި މައުރިބްނަމާދަށް ބަންގިގޮވަން ކައިރިވުމުން ކޯޑި ގެންގޮސް ކޮއްމެވެސް ރުކެއްގަ އެލުވާލަތެވެ. އެޔައްފަހު ފިރިހެނުން ތިބެނީ ކޯޑިކަޑަނީ ކާކުތޯބަލަން ފާރަލާލައެވެ.

ކޮޑިއެލުވުމުން އަންހެން ވެރިން ކޮއްވެސް ފިރިހެންކަށް ލާރި ދިނުމަށް ފަހުކޯޑި ކަޑައެވެ. ކޯޑިކަޑާ މީހާ ކޯޑި ކަޑާ ރުކުން ވައްޓާފަ ނުފާބަނީސް ފިރިހެން ވެރިން ތިބޭނީ އެމީހާ ހިފެހެއްޓުމަށް ރުށްދޮށަށް އެއްވެއެވެ. އެމީހާ ރުކުން ފޭބުމުން ފިރިހެން ވެރިން އަނެއް ދުވަހު އިރުއަރެން ދެން އެމީހާ ހިފަހައްޓައެވެ.

އަނެއްދުވަހު ހެދުން ދެން އޮއްނާނީ ކޯޑި ކެޑިމީހާއަށް އަދަބު ދިނުމެވެ. މިގޮތުން އެމީހާ ގޯންޏެއް އަންދައި މުޅިގައިގަ ކަޅުތެލާ، ފާޑު ފާޑުގެ ކުނިވެފަ ހުއްނަ އެއްޗެހި އެމީހަގަޔައް އަޅައިގެން ރަށުތެރޭގައި ހިންގައެވެ. މިގޮތައް ހިންގާ ހިންގުމުގައި ކޮއްމެވެސް މީހަކު ގޮވާނެ '' އާބަކޯ މިހިރަ ތަންކޮޅު މަށާލަމާ'' ހަމަބުނުމާ އެއްކޮއް އެއްވަފާ ތިބިމީހުން އެއްއަޑަކުން ގޮވާނެ'' އާމަށާލާ'' މިހެއްނެވެ. ދެން ގެންގޮސްލާނީ މޫދަށެވެ.

ކޯޑިކެޑި މީހާ މޫދައްލުމުން ރަށުގެ އަންހެންވެރިންގެ ޓީމަކުން ގޮސް އެމީހާ ނަގާއިގެން ގެންދާނީ ކޮއމެވެސް ގެޔެއްގެ ގިފިއްޔަށެވެ. އެއިރު އެތަނުގައި ފެންހޫނު ކޮއްފަ ހުއްނާނެއެވެ. ދެން ހުރިހާ އަންހެނުން ވެގެން މިމީހާ ހޫނުފެނުން ފެންވަރުވައި ގައިމޮޑެހަދެއެވެ. އެއަށްފަހު އޭނާ ރީތިހެދުން ލައްވާ ނަލަހައްދާ ކަރުގައި ފައްޓަރުބާއެއް އަޅުވައެވެ. ދެން އަންހެން ވެރިން އެމީހާ ގޮވާގެން ހަވީރު ވުމުން ލަވަކިޔާ ބެރިޖަހާ ނަށަމުން ރަށުތެޜޭގަ ހިގާއެވެ. މިކުޅިވަރު ނިމޭނީ މަގްރިބް ނަމާދައް ބަންގިގޮވުމުއްނެވެ.

ދެއްވަދޫގަ އެއްމެ ފަހުން މިކުޅިވަރު ކުޅެފައިވަނީ 2007 ވަނަ އަހަރުގެ ބޮޑު އީދުގައެވެ. މަތީގައިވާ ވީޑިއޯއިން އފެއްނަނީ 2007 ވަނަ އަހަރު ހެދި ކޯޑި ހިފައިގެން އަންހެން ވެރިން ހިގާތަނަވެ

No comments:

Post a Comment