ބޮޑުޗުއްޓީޖެހުމުން އަހަރެންވެސް އާދަކާދަމަތިން އަވަސްވެގަތީ ރަށަށްދެވޭތޯއެވެ. އޭރުއެޒަމާނުގައި ކާޑެއްދޫ އެއަރޕޯޓްވެސް ނޯވެއެވެ. އެހެންވެ އިދިހެނެބައްތެލިން (ފްލައިޓް) އިން ރަށަށްދެވޭނެ ގޮތެއްނޯވެއެވެ. ދާންޖެހޭނީ ފާގަތިބޯޓުން ނުވަތަ މާކަރީބޯޓުންނެވެ. މިގޮތުން ބާޒާރުމައްޗަށްގޮސް މާކަރީބޯޓު ވެރިމީހާ ކައްދެއްކަލޯއާއި ލައިގެނެވީމެވެ. ބޯޓުގެޖާގަނެތް ކަމަށް ކައްދެއްކަލޯބުންޏެވެ. ވަރަށް މާޔޫސްވަފައިހުޓާ ކައްދެއްކަލޯ އަހަރެންގެ ކޮނޑުގައި ޖަހާލާފައިބުނެލި "ކަލޯ ތައައްޕާ މަޓެ ހިތާހޭނުކެރެންނި ތަލައިފެއި އެބެގެފެހޭ، އެހެންމެއި ތަންމެއްތާހިފޭގެންބައި މިރޭފަތޮހައި، ފަތޮހައި ހުރެންނާ". މަހިތެވަރާއިގެން ވީއުފާ ބުނެދޭކަށްވެސްނޭގެއެވެ.
ފަތިސްނަމާދުން ފައިބައިގެން އަހަރެންބޯޓަށް އަރާފީމެވެ. މާތްކަމޯ! ބޯޓުގައި ފައިޖައްސާލާނެ ތަނެއްވެސްނެތް. މުޅިބޯޓު އިތީފުރިފައި، ހުރިހާ ފިރިހެނުން ބޯޓުގެ މަތީ ޑެކްގަ، ހުރިހާ އަންނެނުން ތިރީގައި. ކޮންމެއަކަސް ބޯޓުނައްޓާލާފި. ބޯޓުނެރުން ނުކުމެގެން މާލެވިލިގިނލި އާއި ހަމައަށްނުދެވެނީސް އަންހެންވެރިން ހޮޑުލާންފަށާފި. އޭރު އެޒަމާނުގައި މިހާރުމިހުންނަކަހަލަ ބާރަށްދުވާ ބޯޓުފަހަރު ނުހުންނަކަމުންނާއި އަދި ޖީޕީއެސް ނުހުންނާތީ ރޭގަޑުބޯޓުދަތުރުނުކުރެއެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސުނީމާ ނަގިލިއަޅާގެންތިބެނީއެވެ. މިހެންގޮސް ކަނޑުމަތީގައި ހަތަރުދުވަސްހޭދަވީފަހުން ހުވަދުއަތޮޅުގެ މަލަމަތި މާމުޓާ ފެނިއްޖެއެވެ. އޭގެ އަށްގަޑިއިރު ފަހުން ބޯޓުގޮސް ދެއްވަދޫ ފާލުމާ ދިހެރެއަށް ގާތްކޮއްފިއެވެ. ދެންއެފުށުނީ ބޮއްކުރާ ކަބާށެވެ. ފަހަރަކު ބޮއްކުރަޔަކުން ގެންދެވެނީ ހަމީހުންނެވެ. އަހަރެންއަށްވެސް ހިސާހިތަކުރަށް ފޭބިއްޖެއެވެ.
އެރޭނިދާފައި ޖެހިގެންއަދިދުވަހު ހަވީރު އަހަރެމެން އޭލިއެންސް (އެޒަމާނުގައި ދެއްވަދޫގެ އެންމެ ނުފޫޒުގަދަ ޖަމާއަތް) އިބިއްރާބޭގެ ގޭ ސަރަހައްދައްދިޔާމެވެ. ދިޔައިރު ސާލާބޭމެންގޭތެރެއިން ބިޓެއްފެނިއްޖެއެވެ. އަހަރެންގެ އެދުމަކަށް އަމްޖަދު އޭނައަށް "ރަތެފިނިފެންމަލެކުން" ސަލާމްބުނެފިއެވެ. ޖަވާބުގައި "އަންމާގާތު ބޮނެންނިން" އެކުއްޖާބުންޏެވެ. ދެން އެކުއްޖާ ޢާއިބުވެއްޖެއެވެ.
ޖެހިގެންއައިދުވަހުގެ މެންދުރުގަޑިއެވެ. ފަރީދެއްތާ އަހަމެދާ އާއި އާދިލާ އާއި ދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް އަހަރެންނާއި އަމްޖަދު އ.ދ ހެދިގެން އާދިލާ އާއި ބައްދަލުކުރަންދިޔާމެވެ. އޭރު އަހަރެމެންގެ ތެރެއިން ބިޓެއްނަގާގެން އުޅެނީ ފަރީދެއްތަ އަހަންމެދާއެކަންޏޭވެ. ދެންކޮމެއަކަސް އަހަރެން ދިއުމުން އާދިލާ ބުނީ "އައްމަޑޭއްކޫ އޮފީހުމީހެކުނެގެ ކުއްދެކެ، މަމީ ނިކަމެތި މަސްވެރިޔެކުންނެގެ ކުއްދެކެ" މިހެންނެވެ. ދެން އެދެމީހުންގެ އެގުޅުންކެޑުނީއެވެ.
އެދުވަހު ހަވީރު އެސްޓަންވިލާމެން ގޭ އަތިރިމަތީގައި ހަދާފައިވާ ހިތްފަސޭހަ މައިދާނުގައި "އޭލިއެންސް" ގްރޫޕްގެ ބައްދަލުވުމެއްބޭއްވުނެވެ. ބައްދަލުވުން ނިމިގެންދިޔައީ އަހަންމެދާއަށް ޝަނީޒާ ސެޓްކޮއްދީ އަދި އަހަރެން އަށް ޝަހީދާ........... ނުނިމޭ
No comments:
Post a Comment