އިހުޒަމާނުގައި ގެދޮރު އިމާރާތް ކުރެވިފައިވާ ގޮތުންނާއި، އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރު ހުންނަގޮތުން އެއްވެސް ގެއެއްގެ އެއްވެސް ތަނެއްގައި ތަޅުން އަޅާފައި ނުހުރެއެވެ. އެހެންކަމުން ކޮންމެ ރޯދަމަހައްޓަކައި ތައްޔާރުކުރާ ކަންތައްތަކުގެ ތެރޭގައި ގޭތެރެއަށައި އަދި ގޯތިތެރެއަށް ކަށިވެލިލުން އޮވެއެވެ. މިކަންކުރާގޮތަކީ ކޮންމެ އަހަރަކުވެސް ރޯދަމަސްޖެހެން ހައެއްކަމަސް ދުވަހަށް ވުމުން ކަށިވެލި ގިނައިން ލައްގާ ކައިރީގަ ތިބޭ ފަޅުރަށް ރަށަށް ގުރޫޕްހަދާލައިގެން ގޮހެވެ.
ވެލި ފުނި އަތިރިމަތީ އެއްގަމަށް ޖަމާކޮށް ނިމުމުން އެވެލި ބޮއްކުރާއަށްލާ ދޯނަޏަށް ލައިގެން ރަށަށް ގެނެސް އަނައްކާވެސް ބޮކުރާއަށް ލައިގެން ރަށަށްބާލާ ގެއަށް އުފުލަނީ އެދުވަސްވަރު ހުންނަ ދެފުރޮޅުލީ ދަމާގާޑިޔަލުގައި ފިރިހެނުންނެވެ. ގާޑިޔަލަކުން ފަހަރަކު ގެނެވޭނީ އާންމުގޮތެއްގައި 6 ބަސްތާ ވެއްޔެވެ.
ކޮންމެއަކަސް ޝައުބާންމަސް ނިމި ރޯދަމަސް ފެށޭއިރު ކޮންމެގެއަކަށް ފުދޭހާ ވެލި ހުންނަނީ އެގެއެއްގެ ގޯތިތެރެއަށް ޖަމާކޮށްފައެވެ. ދެން ރޯދަމަހުގެ ފުރަތަމަދުވަސް ފެށޭއިރު، ގޯތިތެރޭގައިވާ ވެލިލާ ހުރިހާތަނެއްގައި ކުރިން ހުންނަ ބައުވެލި ނަގައި އައުވެލި ލާފައެވެ. އަދި ވެލިލާ ނިމުމުން ވެލިގަނޑުގައި ހުންނަ ކަޅުއޮށާއި، އެނޫންވެސް ބޮޑެތި އޮށްތައް ނަގައި ރީތިކުރާނެއެވެ. ރޯދަމަހަށް ހަނދުބަލާ ދުވަހުގެ އިރުއޮއްސޭއިރު ކޮންމެ ގެއަކަށްވެސް ވެލިލާ ނިންމައި ގޭތެރެއާއި،ގޯތިތެރެ ހުންނަނީ ރީތިކޮށް އެކީ އެކަށްޗަކަށް ސާފުހުދުކުލައިން ޒީނަތްތެރިވެފައެވެ.
މިހާރަކަށްއައިސް ގޭގޭގެ ހުރިހާތަނެއްގައި ހެން ތަޅުން އަޅާ ފައިހުރި ނަމަވެސް އަދި ރަށްގިރަމުން ދާތީ ރަށްކައިޜީ ތިބޭ ފަޅުރަށްތަކުގެ ގޮނޑުދޮށުން ވެލިނެގުމަކީ ރަށުއޮފީހުގެ ހުއްދަނެތި މަނާކަމަކަށް ވީނަމަވެސް، މިހާރުވެސް ގިނަބަޔަކު ގޯތިތެރޭގެ ބައެއް ތަންތަނުގައި، އުދޯލިގެފަދަ ތަންތަނަށް ރޯދައަށް ވެލިލައެވެ. އެކަމަކު މިހާރު އިހްޒަމާނުގައި މިމަސައްކަތް ކުރިގޮތާއި ވަރަށްތަފާތެވެ.

No comments:
Post a Comment