2/24/11

މެދުއިރުމަތީގެ ހާލަތު ބަދަލުކޮއްލި ޒުވާނާ


މެދުއިރުމަތީގެ ޙާލަތު މުޅީން ބަދަލުވެގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރީން ޓިޔުނީޝިއާގެ ޒުވާނަކު އަމިއްލަޔަށް މަރުވި ޙާދިސާއާ ހަމައިންނެވެ. މި ދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަމިއްލަޔަށް ގައިގައި ރޯކޮށްލައިގެން މަރުވި މުޙައްމަދުލް ބޫޢަޒީޒީއަކީ ޔުނިވަރުސިޓީން ތަޢުލީމު ޙާޞިލުކުރުމަށްފަހު، ވަޒީފާއެއް ނުލިބިގެން މަގުމަތީގައި ތަރުކާރީ ވިއްކަން އުޅުނު ޢުމުރުން 26 އަހަރުގެ ޒުވާނެކެވެ. އޭނާ އަމިއްލަ ނަފުސާއި ޢާއިލާއަށް ޚަރަދުކުރުމަށްޓަކައި ތަރުކާރީ ވިއްކައިގެން ލިބޭ ކުޑަކުޑަ ފައިސާކޮޅަކުން ކިރިޔަކިރިޔާ ފުއްދާލައިގެން އުޅެނިކޮށް، ފުލުހުން އޭނާގެ މަސައްކަތް ހުއްޓުވައި، ތަރުކާރީ ވިއްކަން އޭނާ ގެންގުޅުނު ސާމާނުތަކާއި، އޭނާ ވިއްކަން އިން ތަރުކާރީކޮޅު ހިފެހެއްޓިއެވެ. އެއީ އޭނާގެ އަތުގައި މަގުމަތީގައި ތަރުކާރީ ވިއްކުމުގެ ލައިސަންސް ނެތޭ ބުނެއެވެ. މި ޙާދިސާގެ ތެރޭގައި ފުލުހުން އޭނާއާ ދިމާކޮށް، އަނިޔާކޮށްފައި ވެސް ވެއެވެ. އެ ދުވަހުގެ ހަވީރު އޭނާ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ޝަކުވާކުރިއެވެ. ނަމަވެސް އޭނާގެ ޝަކުވާއަށް އިދާރާތަކުން ދިނީ ބީރު ކަންފަތެކެވެ. އެއަށްފަހު ބޫޢަޒީޒީ އޭނާގެ ފޭސްބުކް ޞަފުޙާގައި ލިޔުނު މެސެޖެއްގެ ޒަރީޢާއިން އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދުމަށްފަހު އަމިއްލަ ގަޔަށް ތެޔޮ އަޅައި ރޯކޮށްލިއެވެ. އަލިފާނުގެ ސަބަބުން ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށް އޭނާ މަރުވީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެޔަށްފަހު ތޫނިސްގެ ރައްޔިތުންގެ ރުޅިވެރިކަން އުތުރިއަރައިގެން ގޮސް ރައްޔިތުން ބެންއަލީގެ ވެރިކަމާ ދެކޮޅަށް އިޖްތިހާދު ކުރަން ފެށުމުން ދެން ވެރިކަމުގައި ނުހުރެވޭނޭކަން ޔަގީންވުމުން އެއްމެފަހުން ގައުމުން ފިއްލަވައިގެން ސައުދީއަރަބިއާގެ ހިމާޔަތް ހޯދައި ސައުދީއަރަބިއާއަށް ވަޑައިގަތެވެ. ތޫނިސްގެ ރއްޔިތުންގެ ކިބައިން ހިތްވަރުލިބިގެން މިސްރުގެ ރައްޔިތުންވެސްވަނީ މިސްރުގެ ވެރިކަމާ ދެކޮޅުހަދާ 14 ދުވަހު މުޒާހަރާ ކުރުމަށްފަހު މިސްރުގެ ވެރިކަމަށް އިންގުލާބެއް ގެނެސްފައެވެ. ސީރިޔާ،ލީބިޔާ،އޮމާން،ގަތަރު ފަދަ ގައުމުތަކުގެ ރައްޔިތުން ދަނީ މަގުމަށްޗަށްނުކުމެ ވެރިކަމާ ދެކޮޅުވެރިކަމުގެ ޝުއޫރު ފާޅުކުރަމުއްނެވެ. މިހާރު ވެރިކަމުގެ މަރުތުންފަތް މަތީގައޮތީ ލީބިޔާގެ ރައީސް ގައްޒާފީއެވެ. ގައްޒާފީ ދަނީ ކުލީ ސިފައިން ބޭނުއްކޮއްގެން މުޒާހުރާ ކުރާ ރައްޔިތުއްނަށް ހަމަލާދޭން ފަށާފައެވެ. އެހެނަސް ރައްޔިތުން ބުނަމުންދަނީ މިސްރާއި ތޫނިސްއަށް ގެނައިފަދަ އިންގްލާބެއް ލީބިޔާއަށް ނުގެނެސް ތިމައްނާމެން ހުއްޓާނުލާނެ ކަމަށެވެ.

ބޫއަޒީއަތް ރަހުމަތް ލެއްވުންއެދި އިސްލާމީ ދުނިޔޭގެ އިލްމްވެރިން ދުއާކުރެއްވިއެވެ. ބޫއަޒީޒީ އަމިއްލައަށް މަރުވި ހާދިސާ ދިރާސާކޮށް އޭނާގެ ހާލަތަށްއަލިއަޅުވައިގެން ހާއްސަ ފަތުވާއެއް ނެރެވުނެވެ.

އަރަބިދުނިޔޭގެ ސަރުކާރުތަކުން އަނިޔާލިބިފައިވާ އެތައް ބަޔަކު ، ބޫއަޒީޒީއަށް ތަބާވެ އެގޮތަށް އަމަލުކުރިއެވެ. ނަމަވެސް އިލްމްވެރިން އިރުޝާދު ދެއްވީ، އެކަން ނޮކޮށް މުޒާހަރާ ކުރުމަށެވެ. އޭނާއަތް ތަބާވުމަކީ އަނިޔާވެރި ސަރުކާތަށް ވައްޓާލުން ކަމަށް އިލްވެރިން ޒުވާނުއްނަ ވިސްނަދިނެވެ. އަޒީޒީ އަކީ ބަތަލެއްގެ ގޮތުގައި މުޅި ދުނިޔެވެސް ދެކެއެވެ.


ވީޑިއޯ:: ޔޫޓިއުބް

No comments:

Post a Comment