ރިފަރެންސް: ޑ.ޕ، ފަތްތޫރަ 
 އެމްޑީޕީ  ރަޖިސްޓްރީވެގެން އެކަމުގެ އުފަލުގައި އެމްޑީޕީއިން އިސްކަންދަރު  ސްކޫލުގައި 26 ޖޫން 2005 ދުވަހުގެރޭ ބޭއްވިޖަލްސާގައި ފެއިލް މުނައްވަރު  ކެބިނެޓުން ބޭރުކޮއްލި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން  ވަމުންގޮސް ބައިޅަށްޖެހި ގޯލެއްގައި ބުނީ މައުމޫން ބޭނުމިއްޔާ މިވަގުތުވެސް  މިހިރީ ގޯތިހަވާލުކުރާގޮތަށޭ، އަހަރެން ނެތީމޭ ނުހައްޤުން ދީފައިހުރި  ގޯއްޗެއްގައި ދިރިއުޅޭކަށޭ، މިހެން ކިޔައި އެންމެންގެ ތެރެއަށް ފަޟީހަތްވެ  މޮޔަގޮވޫއެވެ. އެކަމަކު މިއަދާހަމައަށް އައި އިރުވެސް ގޯތިހަވާލުނުކުރޭ،  އޭތް! މާލޭގެ އިއްޒަތްތެރި ކައުންސިލަރުންނޭވެ. ނުހައްގުން  ފެއިލްމުނައްވަރު މަގާމުގެ ނުފޫޒުބޭނުންކޮއްގެން ފޭރިގެންގައިހުރި  ގޯތިއޭނައަތުން އަތުލާށެވެ.
 އެމްޑީޕީ  ރަޖިސްޓްރީވެގެން އެކަމުގެ އުފަލުގައި އެމްޑީޕީއިން އިސްކަންދަރު  ސްކޫލުގައި 26 ޖޫން 2005 ދުވަހުގެރޭ ބޭއްވިޖަލްސާގައި ފެއިލް މުނައްވަރު  ކެބިނެޓުން ބޭރުކޮއްލި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން  ވަމުންގޮސް ބައިޅަށްޖެހި ގޯލެއްގައި ބުނީ މައުމޫން ބޭނުމިއްޔާ މިވަގުތުވެސް  މިހިރީ ގޯތިހަވާލުކުރާގޮތަށޭ، އަހަރެން ނެތީމޭ ނުހައްޤުން ދީފައިހުރި  ގޯއްޗެއްގައި ދިރިއުޅޭކަށޭ، މިހެން ކިޔައި އެންމެންގެ ތެރެއަށް ފަޟީހަތްވެ  މޮޔަގޮވޫއެވެ. އެކަމަކު މިއަދާހަމައަށް އައި އިރުވެސް ގޯތިހަވާލުނުކުރޭ،  އޭތް! މާލޭގެ އިއްޒަތްތެރި ކައުންސިލަރުންނޭވެ. ނުހައްގުން  ފެއިލްމުނައްވަރު މަގާމުގެ ނުފޫޒުބޭނުންކޮއްގެން ފޭރިގެންގައިހުރި  ގޯތިއޭނައަތުން އަތުލާށެވެ. މައުމޫނުގެ  ކެބިނެޓްގައި އެޓާނީޖެނެރަލްކަމުގެ މަޤާމު އަދާކުރެއްވި ފެއިލް މުހައްމަދު  މުނައްވަރުއަކީ ރަޝިޔާގެ ކޮމިޔުނިސްޓް ވެރިކަމުގެ ދުވަސްވަރު،  ކަނޑުފަޅުތަކުގެ ޤާނޫނުން ރަޝިޔާއިން ޕީއެޗްޑީ ހާޞިލުކޮށް ފައިވާ  ކޮމިޔުނިޒަމްއަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ. ކޮރަޕްޝަނާއި  ފަސާދައިގެ އަމަލުތައް އިންތިހާއަށް ބޮޑުވެ، ވިޔާނުދާ  އެތައްކަމެއްގެ ޝަކުވާ އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔުމާއި  ގުޅިގެން  މައުމޫނަށް މަޖުބޫރުވެވަޑައިގަތީ ފެއިލްމުނައްވަރު ކެބިނެޓުން ބޭރުކޮށްލުމަށެވެ.
އޭގެ  ފަހުން ފެއިލްމުނައްވަރު އެމްޑީޕީއަށް ސޮއިކޮށް، އެމްޑީޕީގެ އިސް  ސަފުގައި ހަރަކާތްތެރިވާން ފެށިއެވެ. ފެއިލްމުނައްވަރަކީ އޭނާގެ  މިޒާޖުގައިވެސް ވެރިކަމާއި، އާރާބާރު ބޭނުންވާ މީހެކެވެ. އަދި އަބަދުވެސް  “ބޭފުޅު” ދިރިއުޅުމެއް އުޅެން ބޭނުންވާ، އެހެން ރައްޔިތުންގެ  އިޙްސާސްތަކަށް އިހްތިރާމްކުރަން ދަންނަ މީހެއްނޫނެވެ. އަނިޔާވެރިވުމާއި،  އަމިއްލަ އެދުންބޮޑުކަން ފެއިލްމުނައްވަރުގެ އަމިއްލަ ޒާތީ ދިރިއުޅުމުންވެސް  ފެންނަން އެއޮތީއެވެ.
އެމްޑީޕީގެ  ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމުގެ މަޤާމަށް ވާދަކޮށްގެން  ފެއިލްވެގެން ދިޔައީއެވެ. އޭގެފަހުން ޕާޓީގެ ހަރަކާތްތަކާ ދުރުގައި  ހުރުމަށްފަހު، އަނެއްކާވެސް ޕާޓީގެ ރައީސްކަމުގެ މަޤާމު ހުސްވުމުން  އެމްޑީޕީގެ އިސް ސަފަށް ނިކުތީއެވެ. އެފަހަރުގެ އިންތިޚާބުގައި ފެއިލްމުނައްވަރުއާ ވާދަކުރާނެ ރަގަޅު ކެންޑިޑޭޓެއް ނެތުމުގެ ސަބަބުން، ވަރަށް  ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކޮށް، އެމްޑީޕީގެ 2 ވަނަ ރައީސްކަމުގެ  މަޤާމު ފެއިލްމުނައްވަރު ހޯދިއެވެ. އެހެނަސް އެކަމުގައިވެސް ފެއިލްމުނައްވަރަށް  ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. ހަޤީޤަތުގައި މިނާކާމިޔާބީއަކީ އެމްޑީޕީގެ  ގިނަ ބަޔަކު ފެއިލްމުނައްވަރަށް އިތުބާރު ނުކުރުމާއި، ފެއިލްމުނައްވަރުގެ  ކިބައިގައިވެސް މީހުން ރުއްސައިގެން ގެންގުޅުމުގެ ލީޑަރޝިޕް ކޮލިޓީގެ  ނެތުމެވެ.
އެމްޑީޕީއިން  ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއާއި ވާދަކޮށް ވަރަށް ފުރިހަމަ  ބައްޔަކުން ބަލިވުމުން އަނެއްކާވެސް ސިޔާސީ މައިދާނުން ދުރަށް ފޭޔަށް ފެއިލްމުނައްވަރު ޖެހިލިއެވެ. ސިޔާސީ ހަލަބޮލި މައިދާނުގައި ފެއިލްމުނައްވަރުގެ ނަން މިވަނީ ފުހެވިގެން ގޮސްފައެވެ. އެހެނަސް ފެއިލްމުނައްވަރަކީވެސް ބައިބޯ އައްޑޫސިޓީއަށް ނިސްބަތްވާ، ތައުލީމީ  އާއިލާއެއްގެ މީހަކަށްވާތީ، ސިޔާސީ މައިދާނުގައި ފެއިލްމުނައްވަރު އަޅާ  ފިޔަވަޅުތަކަށް ބަލާ ހޯދާ އޭނާއަށް ތާއީދުކުރާނެ ކޮންމެވެސް ބަޔަކުވެސް  ތިބެދާނެ ތޯއްޗެކެވެ.
ވޭތުވެދިޔަ  3 އަހަރުގެ ތެރޭގައި ފެއިލްމުނައްވަރާ ބެހޭ ގޮތުން ތަފާތު އަޑުތައް ވަނީ  މީޑިޔާގައި ފެތުރިފައެވެ. މިގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ  އިންތިޚާބުގައި ޖުމްހޫރީޕާޓީއާ ގުޅިގެން ޤާސިމް އިބްރާހިމް ގެ  ރަނިންމޭޓެއްގެ ގޮތުގައި ނިކުންނާނެކަމަށްވެސް ވާހަކަ ދެކެވުނެވެ. އަދި  އޭގެ ފަހުން ފެއިލްމުނައްވަރު ވަނީ ޕީޕަލްސް އެލަޔަންސްއާ ގުޅުމަށްވެސް  މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ފެއިލްމުނައްވަރުއަށް ވަފާތެރި ބަޔަކު  ވަނީ ތަފާތު ފަހަރުތަކުގެ މަތީން ސިޔާސީޕާޓީ އުފައްދަން މަސައްކަތްކޮށް  ނާކާމިޔާބުވެފައެވެ. އޭގެ ފަހުން ފެއިލްމުނައްވަރު ޑީއާރުޕީއާ ގުޅުމުގެ  އަޑުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
 ފެއިލްމުނައްވަރުއާބެހޭ ގޮތުން އެންމެ ފަހުން އިވިގެން  ދިޔަ ޚަބަރުތަކަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު ހޯދުމަށް ފެއިލްމުނައްވަރު މަސައްކަތް ކުރަމުން ގެންދާކަމުގެ ޚަބަރެވެ. ނަމަވެސް  ސަރުކާރު ހިންގާ އެމްޑީޕީ އާއި އިދިކޮޅު ޑީއާރުޕީ-ޕީއޭ ކޯލިޝަންގެ  ތާއީދެއްވެސް ފެއިލްމުނައްވަރު މިކަމުގައި ނުލިބޭނެކަން ޔަޤީންވުމުން  ސިޔާސީޕާޓީއެއްގެ ކެހިވެރި މަޅި ޖެހީއެވެ.
މޯލްޑިވްސް  ރިފޯމް މޫވްމަންޓުގެ ނަމުގައި ކުއްލިގޮތަކަށް ސިޔާސީޕާޓީއެއް  ރަޖިސްޓްރީކުރުމަށް ފެއިލްމުނައްވަރު އިސްވެ ހުރެގެން އިލެކްޝަން ކޮމިޝަނަރަށް  ވަނީ ހުށަހަޅިއެވެ. ފެއިލްމުނައްވަރުއަށް   9 މަސްދުވަހުގެ މުއްދަތެއް ލިބުނެވެ. މަހަކު 333 މީހުންގެ ސޮއި  ހޯދައިގެންވެސް، 9 މަސްދުވަހުގެ ތެރޭގައި 3000 މީހުން ލިބެންޖެހޭނެއެވެ.  އެކަންވެސް ނުވުމުން ގޯސްވީ އިލެކްޝަން ކޮމިޝަނަރެވެ. ރާއްޖޭގެ ސިޔާސީ  މައިދާނުގައި ރީކޯ އިބުރާހިމް މަނިކުއަށް ވީވަރުވެސް ފެއިލްމުނައްވަރަކަށް  ނުވިއެވެ. ސިޔާސީ ގޮތުން މުޅިން ފެއިލްވެފައިވާ މީހަކު ނިކުމެ، ރީތި ނަމެއް   ކިޔައިގެން މޫވްމަންޓު އުފައްދަން މަސައްކަތް ކުރިކަމުގައިވިޔަސް، “ރިފޯމް”  މިބަހަކީ މިހާރު ދިވެހިންނަށް ބޮޑު ނަފްސާނީ ބައްޔަކަށް ވެފައިވާ  ބަހެކެވެ. މީހާވެސް ފެއިލްވެފައެވެ. ނަންވެސް ފެއިލްވެފައެވެ.
*ޔަގޫލުލް  މުތަރުޖިބް: ދެންފަހެ ހަސަންކާރީގެ ޑރ. މުހައްމަދު މުނައްވަރުއަށް ފެއިލް  މުނައްވަރު އެވެ ކިޔުނުކަމީ ހައިރާންވާންވީ ކަމެއްނޫނެވެ. މީނާގެ  ފެއިލްވާހަކައާއި ނާގާބިލު ކަމުގެ ވާހަކަތަށް މިބާބުގައިއިސްވެ  ހިގާއްޖެއެވެ.  
 

 
 
 
 
 
 
No comments:
Post a Comment