2/10/11

''އަހަރުމެން ގައިގަ މިހުރީ އޭ ޕޮސިޓިއު ލޭ. ކަލޭމެން ގައިގަ ތިހުރީ ކަޅުބިލަ މަހުގެލޭ''ކަރިމްބެއްޔާ ޝަހާ

05 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެވަގުތީ ނަތީއްޖާ އިއުލާން ކުރުމުން ދެއްވަދޫ އެމްޑީޕީ ފަރާތުން ކުރިމަތިލާފަތިބި ފަސް ކެންޑިޑޭޓުންގެ ތެރެއިން ތިން ކެންޑިޑޭޓަކު ނޮހޮވުމުން އެއްބަޔަކު އަނެއްބަޔަކަށް އެކަމުގެ ތުހުމްތުގެ އިގިލި ދިގުކުރިއެވެ. އެމްޑީޕީ ސަޕޯޓަރުން ތިބީ ނަތީޖާއާމެދު ވަރަށް ބޮޑަށް މާޔޫސް ވެފައެވެ.އެމީހުން ބުނަނީ އެމްޑީޕީ ސަޕޯޓަރުންގެތެރެއިން ބަޔަކު ފަނިހެދީ ކަމަށެވެ.

ކޮއްމެއަކަސް މިލިބުނު ނާކާމިޔާބުގެ ތެރޭ އެމްޑީޕީ ސަޕޯޓަރުން ފެންކަޅިވެފަ ތިއްބާ ޑީއާރުޕީ ސަޕޯޓަރުން ގެ ތެރެއިން މައްސޫދު އިބުރާހިމް އާއި ، އަލީ ޝަހީދު، އާޖް އެމީހުއްނަށް ލިބުނު ކާމިޔާބީގެ އުފާފާޅު ކުރުމުގެ ގޮތުން އެމްޑީޕީ ސަޕޯޓަރުއްނަށް ބަހުގެ ހަމަލާތައް ދިނެވެ. މިކަން ހޫނުވެ އެރޭ ބޮޑު ޒުވާބުގަޑެއް ދެފަރާތުގެ މެދުގަހިގިއެވެ. އެމްޑީޕީ ސަޕޯޓަރުން މައްސޫދު އިބުރާހިމްއާއި ދިމާލަށް ބުނީ ''ކޮބާކަލޭގެ ބޭބެ ބޮއްކޮރެޔާގެ ނަން ކަޑާލާފައޮތްތަން ފެނުމުން ވަރަށް އަސަރު ކޮއްފިދޯ؟''

މައްސާ: އެއްވެސް އަސަރެއްނުކުރޭ. އަހަރުމެން ބޭނުންވި ގޮތް އެއޮތީވެފަ. ދެއްވަދޫ އިންވެސް މެޖޯރިޓީ. މުޅި ރާއްޖެއިންވެސް މެޖޯރިޓީ.

ކެޕްޓަން: ކަލޭމެއްނަނަށް މެޖޯރިޓީ ލިބިގެން ދެން ނިކަން ކަމެއްކޮއްބަލަ. ލާހިކައެއްނުން ދެއްވަދޫގެ ދަނޑުވެސް ހަދާކަށް. އިންޖީންގެ ވެސް ރައްޔިތުންގެ އިންޖީން ގެއަކަށް ބަދަލު ކޮއްލާކަށް

އައްޔާ: ކަލޭމެން ހޭވި ހަޑިތިއޮތީ އަތަށް ގޮވާފަ. ދެންތިބޭތިހެން ފެލިފެލި. މޫނުމަތިން ކުލަދައްކައިގެން ތިއާލާތުން ތިބެނީ. ތިމައްނެމެން ގައިގެ ތަނެއް ކަޑާލިޔަސް އައްނާނީ ރީދޫލޭއޭ ކިޔާފަ މާޕާޓީވެގެން.

ޕިންޑޭ: އައްޔާ ކޮބާ މައްސަލައަކީ. އާ މަމިބުނަނީ އެމްޑީޕީ ނޫން މީހަކަށް މަދުވަހަކުވެސް ވޯޓެއް ނުދޭނަން. މަގޭވާހަކަ މަމިބުނަނީ. ބޮއްކޮރެޔާއެއް އެހެންމީހެއްނޯއްނާނެ މަބަލާނީ ޕާޓީއަށް.

އާޖް: ޕިންޑޭ ކަލޭ ހުވާކޮއްފަބުނެބަ ކަލޭ އެމްޑީޕީ ފަސް މީހުއްނަށް ވޯޓްލީ ކަމަށް. ކަލެއަށް ކެރޭނަމަ ހުވާކޮއްބަ މިތާ. ކަލޭ އިއްޔެ މަކައިރީ ބުނީ ތިމައްނަ އެމްޑީޕީއޭ ކިޔާފަ ފާޑުފާޑުގެ މީހުން ނެރެފަ ހުއްޓަސް ވޯޓެއް ނުދޭނަމޭ. އެމްޑީޕީ ހަތަރު މީހަކަށޭ ތިމައްނަ ވޯޓްދޭނީ. މިއެއްމެންގެ ތެރޭ ކަލެ ބޭޒާރު ކުރަން މަނުބުނާނަން ކަލޭ ވޯޓް ނުލަނީ ކާކަށް ކަމެއް.

އައްޔާ: އެހެންވީމައޭ މަމިބުނަނީ ތިއާލާތުންތިތިބީ ކަޅުބިލަމަސް ކައިކައި މޮޔަވެފައޭ. ކަޅުބިލަ މަސްވެސް ހުސްބުޅި ވައްޓާލީމައައިސް ބުޅީގަ ހިފައެއްނުން. ހަމައެމިސާލު ކަލޭމެން. ކަޅުބިލަ މަހުގެ ލޭ ކަލޭމެން ގައިގަ ތިހިގަނީ. ކަލޭމެއްނަށް ނޭގުނީ ތިއިންތިހާބް ކާމިޔާބް ކުރަން. ދުވަހަކުވެސް ކަލޭމެއްނަކަށް ދެއްވަދޫއިން ކާމިޔާބީއެއް ނުވާނެ. .



No comments:

Post a Comment