ކޮންމެ ފިރިހެނަކާ އަންހެނަކުވެސް ކެއްމަދުވެ ސިކުނޑި ހާސްކަމުގެތެރޭގައި ބޮލަށް ފިތާލާފައިވާ ރެއްސެއްގެ މިސާލުގައި މިތެޅިފޮޅެނީ ކިހިނެއްވެގެންބާއެވެ. ލޯބީގާ ތައައްސުންވެ އެކަމުގެ އެއްވެސް އުދާހެއް ނުވާހިނދުވެސް ޓީނޭޖް މިކިޔާ ގިންތީގާ ގިނަ ކުދިން އާވާރާވެ ބޮލަށް ތެޔޮއަރާފާ މިވަނީ ކިހާ މިންވަރަކަށް ބާއެވެ.
މިރާއްޖޭގެ ފިލޯސަފަރުން ބުނާގޮތުގައި ރަށުމީދާ ރަށަށްގަދަވާނެއެވެ. އަދި ރަށުން މީދާކޭ އުނބެއްލިބުނަސް ރަނގަޅުވާނެކަމަށް ލަފާދީ ބޯދާ ބަސްތަކާއި ހަރު ބަސްތައް ހަދާފަވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިބަސްތަކަކީ ކިހާ އޮއްޓަރަކާއި ފަންވަރެއް ހުރި ލަފުޒުތަކެއް ބާއެވެ. ނޫނީ މިއީ އެޒަމާނުގެ ބޯދާ މީހުން ދައްކާފައިވާ އެއްވެސް އުރައްޕެއްނެތް ފަސްކުޅަނދުމަދު ވާހަކަ ތަކެއްބާއެވެ. މިއަދު އަހަރެމެންގެ މިރާއްޖެއާއި އަދި ހުދު އަހަރެންގެ ވަޒަން ދެއްވަދޫގެ ވެސް ގިނަ ފަރުދުންގެ ހާލަތަކީ މިއީބާއެވެ. ރަށުމީދާ ރަށަށް ގަދަވެދާނެއެވެ. އަދި ހަމަ ރަށުމީދާ ރަށަށް ދެރަވެސްވެދާނެއެވެ. އެކަމަކު ރަށުން މީދާކޭ އުނބެއް ލިބުނަސް އެބަހުގެ މުރާދު ވަރަށް ސާދާއެވެ. 'މީހުންނާއިނދެ ވަރިވެ ނޫނީ ތިންފައްވެ އެހެންބީދައައުން ކިރަންޏާ 'އިއްދައިންކެނޑިފާ ވިޔަސް' ރަނގަޅު ވާނޭކަމަށެވެ.
އެހެނަސް ތަޖުރިބާކާރު ސިކުނޑިއަކުން މިނެކިރާލާއިރު މިވާހަކަތަކުގައި ހަންދަރެއް އަބަހުއްޓެވެ. ހަޤީގަތްތައް ސިކުނޑިއަށް ނުގެނެވޭހާ ގިނަގުނައެވެ. އެކަމަކު މިއަދު މިކަމާ ފިކުރު ހިންގަނީ ކިތައް ކިތައް ޖިސްމު ބާއެވެ. ހަމަ ހިތްކިޔާފަދަ ކުއްޖަކު ތަނަކުން ފެންނަ އިރަށް އެއީ ކޮން ގަބީލާއެއްތޯ އަދި ހަސަބާ ނަސަބަށްވެސް ބަލާލުމެއްނެތި ޖެހުނުހާ ގުލްޝަނަކުން މާބިނދެ އުލުފަތު ފޮޅުވަމުން އެދަނީ ކިތަށް ކިތަށް މީހުންބާއެވެ. އަހަރެމެންގެ ކާބަފައިން ދުރުމުސްތަޤުބަލަށް އަދި އަންނަންއޮތް ޖީލްތަކަށް ފިކުރު ނުހިންގާ މިފަދަ އެއްވެސް ބަހެއް ކޮށާމަށާ ކަބީލާ ތަރަ ކޮއްލާނޭބާއެވެ. މިއަދުގެ ތުއްތު ސިކުނޑިތައް ދުނިޔޭގެ އެތަންމިތާ އަދި ރާއްޖޭގެ ކަންކޮޅުތަކުގާ ޒަވާޖީ ހަޔާތް ބައްޓަން ކުރުމުގާާ އާވާރާވެދާ ހިނދު އެބައިމީހުންގެ ދިރި އުޅުން ތަމްސީލްކުރުން އޮތީ ކޮންގޮތަކަށް ކޮން މަންޒިލެއްގަ ބާއެވެ. ހަރުބަސްތަކުގައި ވާފަދައިން ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ. އެހެންވީމާ އިންސާނުންނަށްވެސް ހިނގޭނީ ދުނިޔޭގައި ވީތީ ހަމަ އެދުޅާވެގެން އެބީދައިންނެވެ
އެނގޭހާވެސް އެކައްޗެއް އަބައޮތެވެ. ރަށުން މީދާކޭއުނބެއްލިބުނަސް ރަށުން ބޭރުމީހަކާއި ނުއިނުމަށް ޝަރުތުކޮށްފައިވާ ޝަރުތަކީ ޙަޤީގަތެއްކަމެވެ. އެއްރަށުގެ ދެމީހުން ކައިވެނި ކުރެވި ރަނގަޅު ހަޔާތެއް ބައްޓަން ކުރެވިވާހިނދު ސަފަރުވެރިންނާއި އިނދެގެން އުޅޭ މީހުންގެ ހާލަތު ނިކަމެއްޗޭ ބުނެވިދާނެބާއެވެ. ކޮންމެ މީހަކީ މާލޭގައި ގެދޮރުހުރި މީހަކަށްވެސް ނުވާނެއެވެ. ކޮންމެވެސް ދުވަހަކުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް ހިޖުރަކުރަންޖެހޭނޭ ފަރުދެއްކަން ދެނެހުންނަންވެސްޖެހޭނެ މީހެކެވެ. ތެދުތެދަށް ބުނަނީނަމަ ބީރައްޓެހި އަންހެނުންނާ އިންނަ ފިރިހެނުންނަށްވުރެ ރަށުން ބޭރު ފިރިހެނުންނާ މިގުޅުން ޤާއިމްކުރާ އަންހެން ކުދިން މިއަދު މިވަނީ އަހަރެމެންގެ ވަޒަނުގާވެސް ގިނަވެފައެވެ. ސުވާލަކީ ރަށުގެ ފިރިހެން ކުދިން ރަށުގެ އަންހެން ކުދިންނާ މިހަޔާތް ބައްޓަން ކުރުމަށް އުޒުރުވެރިވާ ސަބަބަކީ ކޮބާބާއެވެ. މައިން ބަފައިންގެ ނުފޫޒު ހިންގާތީބާއެވެ. ނޫނީ ހަމަ ހިތްގައިމު ނޫނީ ބާއެވެ.
ރަށުން ބޭރު މީހުންނާ އިންނަ އަންހެން ކުދިންވެސް ރަށުގައި އަމިއްލަ ވަޒަނުގައި އުޅުމަށް އުޒުރުވެރިވަނީ ކީއްވެގެން ބާވައެވެ. މިހަޤީގަތަށް ވާސިލުވާހިނދު ހިތައްއަރާ އެހެނިހެން ޝުއޫރެއް ހިއްސާކޮށްލާނަމެވެ. އެހެނިންހެން ރަށްފުށުގެ ކުދިން އެއީ އަންހެނެއްކަމުގައިވަނީ ނަމަ ދުލައްބާރުލާ އެކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އެކުއްޖަކު ރަށުގައި އަމިއްލަ ފަސްގަނޑުގައި ގެންގުޅުމަށް އިރުޝާދު ދެއެވެ. އަދި އެބައިމީހުންގެ އަންހެން ދަރިން އެހެން ރަށްތަކަށް ދިރިއުޅެން ފޮނުވަން ނަފްރަތުކުރެތެވެ. އެއީ އެދަރިފުޅަށް ލިބިދާނޭ ނިކަމެތިކަމާއި ލޯމަތިން ގެއްލިގެން ހިގައިދާނޭކަމުގެ ބިރައް ޓަކާ ކަމުގައި ބުނަމުންނެވެ. ނަމަވެސް ފިރިހެންދަރިއެއްނަމަ އެކަމާ އެހާބޮޑަށް ކަން ކަންބޮޑެއް ނުވެތެވެ. އެހެނަސް މިއަދު މިމަންޒަރުތައް މިވަނީ ބަދަލުވެފައެވެ.
އަންހެން ކުއްޖާ މީހަކާ އިނދެގެން ދާންޖެހޭނީ ފިރިމީހާގެ ވަޒަނަށެވެ. ފިރިހެން ކުއްޖާ އަންހެންކުއްޖާގެ ވަޒަނަށް ދިއުމަކީ އަނބި ދަށުވުންފަދަ ބޮއްކުރާ ދަށަށް އޮޑިކެނބުން ކަހަލަ ނާ ތަހްޒީބު ފިނޑިއަމަލެކެވެ. ކަން މިހެން ހުރި އިރު މިކަމުގެ ހަޤީގަތަކީ ގިނައިން އިނދެ ވަރިކޮށްފައިވަނީ ދެޖަޒީރާގެ ދެފަރުދުންނެވެ.
ރަށުން ބޭރުން ދުރު ޢާއިލާތަކާ ގުޅެނީ އެ ތެއްކަން ސިކުނޑީގައި ބަހައްޓައިގެންކަމަށް ވެދާނެބާއެވެ. އަދި އެދެމަފިރިންގެ ދަރިންގެ ވިސްނުމާއި ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުވެސް ހިތުގައި އޮތީ ކިހާމިންވަރަކަށް ބާއެވެ. އަދި މިދަފަ ވިސްނުމެއްގައި ޒަވާޖީ ހަޔާތް ބައްޓަށް ކޮށްގެން އުޅެނީ ކިތައްކިތައް މީހުން ބާއެވެ. އެހެނަސް ކުރީގެ މާޒީގައި އެކިއެކި މައްސަލަތަކުގައި އަދަބު ކަނޑައެޅުމުން އެހެން ރަށްތަކަށް ފޮނުވާލުމުން އެބައިމީހުން އެރަށްރަށުން މީހުންނާ އިނދެގެން ލިބުނު ދަރިންގެ ވިސްނުމުގެ ތޫނު ފިލިކަންހުރީ ކިހާ މިންވަރަކަށްތޯ ބަލާލުންވެސް މުހިންމެވެ.
ދެން އޮތީ މިގޮތަށް ރަށުން ބޭރު މީހުންނާ އިނދެގެން ދިޔަ ކިތައް ކުދިންތޯއޭ އެނބުރި ވަޒަނަށް އައީ އަދި ކިތައް ކިތައް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތޯއޭ އެބައިމީހުންނަށް ތަހައްމަލުކުރަންޖެހުނީ ހަމަ މިބީދައިން ނަޒަރު ހިންގާލާ އިރު ރަށުން ބޭރު އަންހެނުންނާ އިންނަ ފިރިހެނުންގެވެސް ހާލަތުއޮތީ މިކަހަލަ ގޮތަކަށެވެ. ކިތައް އަނބިންތޯއޭ އެފިރިހެނެއްގެ ވަޒަނަށް ގެނެވިފައިއޮތީ އަދި އެގެނެވުނު މީހުންގެ ދިރިއުޅުންވެސް ބާއްޖަވެރިތޯ ނުވަތަ ނޫންތޯ މިއީ މިއަދުގެ ޖީލްތައް ވިސްނާލުން ބުއްދިވެރި ކަމެއްކަމުގައި ބުނަންޖެހެއެވެ. ކުރެވުނު ހުރިހާ ސުވާލެއްގެ ޖަވާބުވެސް ވަރަށް ސާދާއެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ބުނެވޭނީ ލޯބި ނުވާތީއެވެ. ނަމަވެސް މިހެން ބުނެ ފުއްދާލެވޭކަށް ނެތެވެ. އިންނަން އުޅުނުއިރުވީ ކޮންފަދަ ލޯތްބެއް ހެއްޔެވެ. ކުރީގައި ރަންގަނޑަކަށްވެފައި މިއަދު އެރަންގަނޑު ދުރަންގަނޑަކަށް ވުން އެއީ ޤަބޫލުކުރެވޭނޭ ހެއްކެއްނޫނެވެ.
ވީމާ ޒަވާޖީ ހަޔާތެއް ބައްޓަން ކުރަން ކަމަރުބަނދެގެން ތިބި ޅަ ސިކުނޑިތަކަށް ބުނެލަން ބޭނުންވަނީ ރަށުން އިންނާނޭ ގެވެހި ރަނގަޅު ކުދިން ތިއްބާ ސަފަރު ވެރިންނަށް ދެއްވަދޫގެ ލަގަންތައް ދޫކޮށްލުމަކީ ފަހުން އެކަމާ ހިތާމަކޮށް އަދި އެކަމުގެ ހިޔަނި މުސްތަގުބަލަށްއެޅި ބަނަވެދޭނޭ ކަމެއްކަމުގައެވެ.

ތިއުޅުއްވަނީ 2011 ގައިތޯ އެކަމަކު އާރޓިކަލް ކިޔލުމުން އަންނަނީ މާބޯދާ ތަޢުބީރެއް
ReplyDeletekomme thaakun myhakaa inas ragalhu myhaa ragalhu vaany... thimaaa aa thimaage main bafainna aaailaa ah heyo vaane myhaku hoadhan shey kiyaafa rashu myhaku hoadhun eiii beykaaru kameh... e theory work kury maa kurin..mihaaru komme myhaku vx ulheyny thimaage ufalah... eiii rashu myhakas rashun beyru myhakas... rashu myhaa adhi maa nubai hen mashah hyvany...
ReplyDeletearticle ga evany v bodu hageegatheh.. rashu meehunaa ineema baehfaharu dhiri ulhun roolhifaves ebahuri. ekamaku ehen rahrashuge meehunaa indhegen ulhey meehunge dhiri ulhun roolheyleh nisbathun ginakamah faahanga kurevey.. mamma men buneulhey "ratun meedhalaa kahi othe obeke lebunas ehen maa rangalhe yau"
ReplyDelete