2/13/11

ކުށްކުރެވޭނީ އިންސާނުންނަށެވެ.


ކޮއްމެ އިންސާނަކަށްވެސް ކުށްކުރެވޭނެއެވެ. މާތްކަލާންގެ މިދުނިޔެއަށް ފޮނުއްވި ރަސޫލުބޭކަލުންނަށްވެސް ކުށް ކުރެވުނެވެ. އެހާމާތް މަތިވެރި ބޭކަލުންނަށް ކުށް ކުރެވުނު އިރު އާދައިގެ އިންސާނުންނަށް ކުށެއްނޮކޮށް މިދުނިޔެ ދޫކޮށްފަދާނެބާ؟؟ އެހެނީ އިންސާނުންގެ ދަރިސްފަކޮޅުގެ ބައްޕަ (އާދަމްގެފާން) މިދުނިޔެއަށް ފޮނުއްވަން ޖެހުނީވެސް ކުރެވުނު ކުށެއްގެ ސަބަބުންނެވެ.


އަހަރެންގެ އުމުރުން މިހާޜު މިވަނީ 24 އަހަރުވެފައެވެ. ލިސްޓް ނުކުރުވޭހާ ބައިވަރު ކުށްތަނއްވަނީ ކުރެވިފައެވެ. އެހަނަސް އެއިން އެއްވެސް ކަމަކާ މިއަދު އަހަރެން ދެރައެއް ނުވެއެވެ. ސަބަބަކީ އުމުރަކީ ވަރަށްވެސް ކުރުއެއްޗެކެވެ.ނަމަވެސް ހެޔޮ ވިސްނުމުން ދެން އުމުރުގެބާކީ ދުވަސްތަކުގަ އެކަމާ ދެރަވެ ހިތާމަ ކުރުމުގެ ބަދަލުގަ އެފަދަކަމެއް ނުކުރާނެ ކަމަށް އަޒުމް ކަޑައަޅެމެވެ. ކުރެވުނު ކުށްތަކުން އިބުރަށްތަކެއް މިއަދު އަހަރެންނަށް ހާސިލް ކުރެވިއްޖެއެވެ.

އުމުރުގާވެސް އަހަރެން ގަބޫލުކުރާ ގޮތުގަ އަހަންނަށް ކުރެވުނު އެއްމެ ބޮޑު ކުށަކީ އަންހެން ކުދިންނަށް އޮޅުވާލައި އެކުދިންގެ ހިތްތަކާ ކުޅުމެވެ. . އުމުރުން 13 އަހަރުގަ އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީމެވެ. އެވެސް އެހެން ބޭނުމެއްގައެވެ. ވަގުތީ އުފަލަކަށް ފޫހިފިލުވާ ލުމަށެވެ. މިގޮތައް އެތައް އަންހެން ކުދިންގެ ހިތްތަކާ ކުޅެ އެކުދިންނަށް ވޭންތަކެއް ދިނުމަށްފަހު އަހަރެންގެ އުމުރުން 21 އަހަރުގަ އަހަންނަށް ވެސް ކުއްޖަކުދެކެ ހަގީގީ ލޯބިވެވުނެވެ. އެކަމަކު ހަގީގީ ލޯބިވެރިޔާ އެއްކޮށް އުޅެމުން ގެންދިޔައިރުވެސް ބައިވަރު ސައިޑް ބިޓުން ގެންގުޅުނީމެވެ. ކޮއްމެ ކުއްޖަކާވެސް ރުޅިވާއިރު އަހަންނަށް ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް ދުވަހުވެސް ނުލިބޭނެ ކަމަށާއި އަދި އެފަދަ ދުވަހެއް ނައުމަށް އެދި ދުއާކުރާނެކަމައްވެސް ބުނެއެވެ. އެކަމަކު ހިތަށް ހަމަ 'ބަލި ތާވަޅެކޭވެސް' ނާރުވަމެވެ. މިހެން އުޅެނިކޮށް މިހުރިހާ ކަމެއް ބަސްޓްވެ، އަހަރެންގެ ހަގީގީ ލޯބިވެރިޔާ އަހަންނާ ރުޅިވުމުން ކުރެވުނު އިހުސާސް ތަކުން އެހެން މީހުންނަށްވެސް ކުރާނެ އިހުސާސް އަހަންނަށް ވިސުނުނެވެ. އަންހެން ކުއްޖަކު ކައިރީ ރޮއެފަ އަހަރެން އާދޭސް ކުރާނެ ދުވަހެއް ދުވަހަކުވެސް އަންނާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. 4 މަސް ދުވަސް ވަންދެން ހަގީގީ ލޯބިވެރިޔާ ލިބޭތޯ މަސައްކަތް ކުރީމެވެ. ދެން އެކަހަލަ ގޮތަކަށް ނޫޅޭނެކަމަށް ވައުދުވުން އަނައްކާވެސް އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ލިބުނެވެ. މިހާރު އަހަރެން މިވަނީ ދެންއެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަޑައަޅައިގެންނެވެ. މިލުޔުން ކިޔާ އެއްމެނަށް އަހަރެން ދޭންއޮތް މެސެޖަކީ '' ކުށެއް ކުރެވުން ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމައް އަޒުމް ކަޑައަޅާށެވެ. ކުރެވުނު ކުށުން އިބުރަށް ހާސިލް ކުރާށެވެ''


ނޯޓް:: މިލިޔުމަކީ ދެއްވަދޫގެ އުތުރު އަވަށުގެ ޒުވާނަކު އޭނާގެ ޓީން އޭޖްގަ ކުރެވުނު ކަންތަކުން އިބްރަތެއް ހާސިލް ކުރާކަމަށް ބުނެ ލިޔެފައިވާ ލިޔުމެކެވެ. ލިޔުމުގާ މިޒުވާނާ ބޮޑަށް އަލިއަޅުވާލައިފައިވަނީ ލޯބީގެ ހަޔާތުގަ އަންހެން ކުދިއްނާ ދޭތެރޭ ކުރެވުނު ކަންތަކަށެވެ.



No comments:

Post a Comment