
އަހަރުގެ އޯ.ލެވެލް އިމްތިހާން ނިމި ނަތީޖާވެސް ފާޅުކޮށްފިއެވެ.މުޅި ސްކޫލުންވެސް އެއްވަނަޔަށް އައީ ލުޝްތާއެވެ.އަދި މުޅި ރާއްޖެއިންވެސް ހޮވާލެވޭ ދިހަ ކުދިންގެ ތެރެއިން، އެއްވަނައިގައި އުޅޭ ފަސްކުދިންގެ ތެރެއިން ލުޝްތާވެސް ހިމެނުނެވެ.ލުޝްތާގެ މިކާމިޔާބާމެދު އައިސާފުޅޫ ފަޙުރުވެރިވެއެވެ.އޭނަ ފިރިމީހާގެ ނިޝާނަކަށް އޭނަޔަށް ލިބިފައިވާ ހަމައެކަނި މި ދަރިފުޅުގެ މޮޅުކަމާއި އަޙުލާގު ރަނގަޅު ކަމަށްޓަކައި އައިސާފުޅު ހިތާހިތުން މާތްﷲ އަށް ޝުކުރުވެރިވެއެވެ.ހިތާއި ދެކޮޅަށް ނަމަވެސް، ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ދަރިފުޅު މާލެ ފޮނުވަން އައިސާފުޅު ނިންމީ ވަރަށްވެސް ފޮނި އުންމީދުތަކަކާއި ހުވަފެންތަކަކާ އެކުގައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ.އެންމެފަހުން ދެމައިން ދެފަސްގަޑެއްގައި ވުމަށް މަޖުބޫރުވި ދުވަސް އައިސް ޖެހިއްޖެވެ.ލުޝްތާ ފުރަން ކައިރިވާ ވަރަކަށް އައިސާފުޅަށް ނުތަނަވަސްކަން އިހުސާސްކުރެވުނެވެ.ނަމަވެސް ދަރިފުޅުގެ ކުރިމަތީގައި ނުރޯން ހުރި އައިސާފުޅަށް އެންމެ ފަހު ވަގުތު އައިސް ޖެހުމުން ރޮވޭނެކަން ގައިމެވެ.ލުޝްތާގެ ހާލުވެސް ހަމަ މިފަދަ އެވެ.މަންމަ މުސްކުޅިވީ ދުވަހު އެކަނި ދޫކޮށްލާފައި އެހެން ފަސްގަޑަކަށް ދާން ޖެހުމުން އޭނަޔަށް ވެސް ކެތްނުކުރެވޭނެކަން ޔަގީނެވެ.ފުރަންވާ ވަގުތު ކައިރިވަމުން ދެއެވެ.އެއާ އެއްވަރަށް، އައިސާފުޅުގެ ނަސޭހަތްތައް މަދުވެ،މަޑު މަޑު ގިސްލުންތަކަކަށް ބަދަލުވާން ފެށިއެވެ.މި މަންޒަރު ބަލަން ހުރި ލުޝްތާއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެންދާ ހެންނެވެ.
އެވަގުތު ލުޝްތާ ހިތްދަތި ވީ ވަރުން އޭނަގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެސްފިޔަތަކުގެ ތެރެއިން ފޭދެމުން އައިސް މޫނު މައްޗަށް އޮހިގަތީ ވާރޭ ފެންތިކި ތަކެއްގެ ސިފައިގައެވެ.ކިތަންމެ ކެތްކުރަން ބޭނުންވިޔަސް މަންމަ ރޯތަން ދެކޭކަށް ލުޝްތާއަކަށް ކެތެއް ނުވާނެވެ.ލުޝްތާ މަޑުމަޑުން މަންމަގެ ކޮޑުގައި ބޯއަޅާލިއެވެ.އެވަގުތު ދެމީހުންގެވެސް ބަޑި ފަޅައިގެން ދިޔައެވެ.އެއްވެސް ހިފެހެއްޓުމެއްނެތި ގަދަޔަށް ރޮވެން ފެށުނެވެ.މި މަންޒަރު ފެނުނު ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެކަން ގައިމެވެ.ދެމައިންވެސް ހިތް ފުރެންދެން ރޮއެލުމަށް ފަހު ވަކިވުމުގެ ސަލާން ގަލާން ކޮށްފިއެވެ.އޭރުވެސް ލުޝްތާ ހަމަ ގިސްލަނީއެވެ.ނަމަވެސް އައިސާފުޅު، ލުޝްތާއަށް ވިސްނައިދިނެވެ.މަންމަޔާއި މިއަދު ވަކިވިޔަސް ދަރިފުޅު މާދަމާ މަންމަކައިރިޔަށް އަންނާނީ މޮޅު މީހަކަށް ވެގެން މުޅި އުމުރަށް ވެސް މަންމަ ކައިރީގައި ހުންނަ ގޮތަށް ކަން ވިސްނައިދިނެވެ.އަދި ރަށާއި މުޅި ގައުމަށް ޙިދުމަތް ކޮށްދޭން، މަންމަ ފަޙުރުވެރިވާފަދަ ދަރިއަކަށް ލުޝްތާ ވާން ޖެހޭނެކަމަށް ނަސޭހަތްތެރިވިއެވެ.
މަންމަގެ ނަސޭހަތްތައް ލުޝްތާ ކަނުލައި އަޑުއެހިއެވެ.އަދި މަންމަ އެދޭ ފަދަ ކުއްޖަކަށް ވާނެ ކަމުގެ ޔަޤީން ކަން މަންމައަށް ދިނެވެ.ދެމައިންނަށް ވެސް ހޭވެރިކަމެއްވީ ލޯންޗު ނައްޓާލަންވެގެން، އޭގެ ވެރިމީހާ ގޮވާލި އަޑަށެވެ.ލުޝްތާ އެބުރިލީ ހިތާއި ދެކޮޅަށެވެ.މަންމަޔާއި ވަކިވާން ޖެހޭތީއެވެ.މަޑުމަޑު ހިގުމެއްގައި ގޮސް ލުޝްތާ ލޯންޗަށް އަރަން އުޅެފައި ވެސް އަނެއްކާވެސް ފަހަތަށް އެބުރި މަންމަޔަށް ބަލައިލިއެވެ.އޭރު މަންމަ ހުރީ ހިސާބަކަށް ހެވި ފައެވެ.މަންމަގެ އެ ހިނިތުންވުން ފެނިފައި ލުޝްތާގެ ހިތަށް ފިނިކަމެއް ލިބުނެވެ.އަދި މަންމަޔަށް ރައްދު ދިނުމުގެ ގޮތުން ލުޝްތާވެސް މަންމަޔަށް ހިނިތުންވެލިއެވެ.އަދި ލޯންޗަށް އެރިއެވެ.މާގިނައިރުތަކެއްނުވެ ލޯންޗު ދުއްވާލިއެވެ.
ލޯންޗު ދުއްވާލިއެއް ކަމަކު އައިސާފުޅު އެތަނުން ނުދެއެވެ.އޭތި ލޯމައްޗަށް ގެއްލެންދެކަށް އެތާ ހުއްޓެވެ.ގެއަށް ހިގައިގަތީ ދަރިފުޅު އެބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.އައިސާފުޅު ގެއަށް ގޮސް،ދޮރު ހުޅުވާލިތަނާހެން.......
(ނުނިމޭ...)
No comments:
Post a Comment