2/10/11

ޒައީމަށް މުހިއްމުވީ ތަސްމީނުހެއްޔެވެ؟؟ ނޫނީ . އުމަރު ހެއްޔެވެ؟؟


ޒައީއްމެއެވެ. ތިޔައުޅުއްވަނީ ކޮންފާޑަކަށް ހެއްޔެވެ. އިއްޔެ ޒައީމްއަކީ ހުދުމުހުތާރު ޖައްބާރު ފިރުއަނު ކަލޭގެއަށްވުރެވެސް ނުބާމީހެއްކަމަށް ބުނަމުން ދުވި މީހާ މިއަދު ޒައީމްއަށް ސަނާކިޔަން ފެށީމާ ޒައީމް ތިޔަހުއްނެވީ އެކަން ގަބޫލުކޮއްގެން ހެއްޔެވެ. ރިޔާސީ އިންތިހާބުގަ ޒައީމް އަތުގަ ހިއްޕަވައިގެން ހިންގެވި މީހާއާއި އަތުންދޫކޮށް ދެކޮޅުވެ އޭރު ޒައީމްގެ ގަޔަށް އޮއްގާއުއްކަވަން ހުއްނެވި މީހާގެ އަތުގަހިފާގެން ޒައީމް މިއަދު ތިޔަހިގާ ހިގުމަކީ ކޮންފަދަ ބޭއިންސާފެއްހެއްޔެވެ. ޒައީމްއެވެ. އަހައްނަކީ ޒައީމްއަށް ހެޔޮއެދޭ މީހަކީމެވެ. ޒައީމްގެ ދިގު ތިރީސް އަހަރުގަ ރާއްޖެއަށް ތަރައްގީ ގެއްނެވި ސްޕީޑް އަހައްނެއް ހިއްހަމައެއް ނުޖެހެއެވެ. ޑިމޮކޮރަސީއޭ ކިޔާގެން ރައްޔިތުން ވާވައްދާގެން ޒައީމް ކުރެއްވި ވެރިކަން އަހައްނަށް ގަބޫލް ނުކުރެވޭތީ ނިމިދިޔަ އިންތިހާބުގައި އަހަރެން ވޯޓް ދިނީ ޒައީމް އާއި ދެކޮޅަށެވެ. އަހަރެން ބުނީ ޒައީމްއަށް ނޫނެކޭއެވެ. އެހެނަސް އަހައްނަކީ ޒައީމްއަށް އަބަދުވެސް ހެޔޮއެދޭ މީހެކެވެ. ސަބަބަކީ ޒައީމް އަކީ މިގައުމުގަ ވެރިކަން ކޮއަފައިވާ މީހަކަށް ވާތީއެވެ.

ޒައީމެވެ، އަހަރެން '' ޒައީމް'' މިބަސް ބޭނުން މިކުރަނީ މިލިޔުން ކިޔާލާ މީހުންގެ ހިތުގައިވެސް ޒައީމްއާއި ދޭތެރޭ ކޮއްމެވެސް ވަރެއްގެ ކުލުނެއް ޖެހޭތޯއެވެ. ޒައީމްވެސް އިސްލާމްދީނޭ ގައުމުގެ އެއްބައިވަންތަކަމޭ ކިޔައިގެން ކެމްޕޭން ކުރިގޮތަށް ޒައީމްއަށްވެސް މީހުންގެ ހިތްޖެހި ކުލުނެއް ލޯއްބެއް ޖެހޭތޯބަލަން ޒައީމަށް ކެމްޕެއިންއެއް ކޮއްލަނީއެވެ. އެކަމަކު ޒައީމް ތިޔަ އުޅޭގޮތަކުން އެކަކުވެސް ޒައީމް ބަލައިގައްނަހެނެއް ހިޔެއްނުވެއެވެ. އަދިވެސް ތިޔައުޅުއްވަނީ ހަމަ ސޫޖީ ބޮއިގެން އުޅޭގޮތަށެވެ.

ޒައީމެވެ މީހަކު ހެޔެހިތުން ކަމެއްކޮއްދިނީމާ އެމީހަކަށް ތެޔޮހަމެއް ދިނުމް އެއީ ކޮންކަހަލަ ކަމެއްހެއްޔެވެ؟؟ ޒައީމްއާއި ޒައީމްގެ ޕާޓީ އެއްމެހާލުގަ ޖެހުނުއިރު ތިޔަ ޕާޓީނަގާ ކޮޅަށް ޖެހީކާކު ހެއްޔެވެ. މިއަދު ތިޔަޕާޓީތެރެއް ކަތުރުފަނި ފުއްމައިލައިގެން ޕާޓީ ހަލާކު ކޮއްލަން އުޅޭއިރު ޒައީމް ތިޔަހުއްނަވަނީ އެމީހާގެ ފަހަތުގައެވެ. ޒައީމްއެވެ.ޒައީމް ތިޔަކައިރި ކޮއްގެން އުޅޭމީހާއަކީ މިރާއްޖޭގަ އެއްވެސް ސިޔާސީ ކުރިއެރުމެއް ލިބިފައިވާ މީހެއް ނޫނުވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެއްމެ ފުރަތަމަ ފާޑެއްގެ މެނިފެސްޓޯއެއް ހިފައިގެން އިންތިހާބު ފެށެން ތިންއަހަރު އޮއްވާ ކެމްޕެއިން ފެށިމީހާއަށް އިންތިހާބުން ލިބުނީ ކިތައް ވޯޓްހެއްޔެވެ. ބަލިވީމާ އިންތިހާބުގެ ދެވަނަ ބުރުގަވެސް ޒައީމް އަތުގަހިފީކީއެއްނޫންހެއްޔެވެ. ޒައީމް އެވެ. ޒައީމް ތިޔަ ކައިރިކޮއްގެން އުޅޭމީހާއަކީ ވެރިކަން ކުރާހިތުން ދަހިވެތިވެފައި ހުރިމީހެކެވެ. އެހެން ކަމުން އޭނާއައް އެއްމެ ފަސޭހައިން ވެރިކަން ކާމިޔާބު ވާނީ ބޮޑޫފާޓީއަކާގުޅިގެންކަން އޭނާއަށް އިގޭތީ ހަދައިގެން އުޅުނު ނަމުން އިސްލާމިކް ޑިމޮކްރެޓިކް ކިޔާ ޕާޓީ އުވާލާ ޑީއާރުޕީ އާއި ގުޅުނީ އެމްޑީޕީއިން އޭނާ ބަލައި ނުގައްނާނެ ކަން އިގޭތީއެވެ.

ޒައީމްއެވެ. އޭނާވެރިކަން ބޭނުން ވެފަހުރިވަރުން އެއްމެ ފުރަތަމަ ކުރެއްވަން އުޅުނުކަމަކީ ޕާޓީގެ އިސްކޮތް ތިއްބެވި ބޭފުޅުއްނަށް ފާޑުކިޔާ އެމީހުންގެ ދުވަސް ދުއްވާލާށެވެ. މިގޮތުން އެބޭބޭ ފުޅުންގެ އިސްތަށިފުޅުގައި ކަރަޕްޝަންގެ ތުހުމަތު އެޅުވިއެވެ. ޒައީމް ތިޔަހުއްނެވީ އެކަންވެސް ގަބޫލުކޮއްގެއްނެވެ. ޒައީމްއެވެ ޒައީމް ތިޔަ އުޅުއްވަނީ ކޮންފާޑަކަށް ހެއްޔެވެ. އަހަރެން ޒައީމް ތިޔައުޅޭގޮތް ފެނިފަ ހަމަ އަޖައިބުވެ ހައިރާން ވަމެވެ. ޒައީމްއެވެ ގައުމު ތަކުގެ ގިނަދުވަސް ވަންދެން ވެރިކަން ކުރެވުމަށް ފަހު ވެރިކަމުން ފައިބާފަ ތިބި އެހެން މީހުން އުޅޭގޮތް ކުޑަކަށް ބަލާލެބަލާށެވެ. މައުލޫމާތް ލިބިފައި ނުވާނަމަ ގޫގަލް ސާރޗް ކޮއްގެން ނަމަވެސް ބަލާލެ ބަލާށެވެ.

ޒައީމްއެވެ. ދުނިޔޭގެ ގިނަދުވަހު ވެރިކަންކޮށް ، ނުވަތަ ވެރިކަމުން އިސްތުއުފާ ދީފާ ތިބޭމީހުން ދެން ނުކުމެ ސިޔާސީ ލީޑަރުއްނަށްވެގެން އަގަ ގަދަވެ ނޫޅެއެވެ. މިއަދު ޒައީމް ތިޔައުޅޭ ގޮތަކުން ދިވެހިން އައްނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ތިޔައީ ޒުވާން ލީޑަރެއް ހެއްޔެވެ. އަދިވެސް ވެރިކަން ކުރެވުނުލެއް މަދުކަމުން ގައިން ހީބިހިނަގައިގެން ތިޔަދުވަނީ ލޮނުމަދު ކައިގެން ދޯއެވެ. ތިއީ ހާދަހާވާ ދަށުދަރަޖައިގެ އަމަލެކެވެ. ޒައީމެވެ. މައުމޫނެވެ. ކިބި ޒައީމެވެ . ވިސްނާބަލާށެވެ. ތިހެން އުޅެން ހަދައިގެން އާހިރުގައި ވާނީ ފަލީހަތެވެ. މީހާގެ މުޅި ހަޔާތުގެ ބާކީއޮތް ދުވަސްތައްވާނީ ނިކަމެއްޗެވެ. ޒައީމްއެވެ. ނިކަން ފުންކޮށް ވިސްނާބަލާށެވެ.

No comments:

Post a Comment