5/3/11

މާތްވެގެންވާ ދިވެހިއްނޭ! މިންވަރަށް ޝުކުރު ކޮއްބަލަ

އޭ ލޮބުވެތި  ދިވެހިއްނޭ،. ހުސް ބުޅީގައި ބާނާ މަސް ކައިގެންތިބި ދިވެހިއްނޭ ،މިންވަރަށް ނިކްން ޝުކުރު ކޮއްބަލާށެވެ. ތިހާ ފޮނިވެގެން ނޫޅެބަލާށެވެ. ބަނީ އިޒްރާއީލް ބައިގައިގެ މީހުން އެއްވެސް މަސެއްކަތެއް ނޮކޮށް މޫސާގެ ފާނުގެ އަރިހުގައި އެބައި މީހުން ކެއުމަށް އުޑުން ސަލްވައާއި މައްނަ ފޮނުއްވުމަށް އެދުނު ފަދައިން ރައީސް ނަޝީދުގެ އަރިހުން ނޭދޭށެވެ. ލިބޭ މިންވަރަށް ޝުކުރު ކޮށްގެން މިއަދުގެ މި ހާލަތުން އަރިގެން ކުރިޔަށް ދިޔުމަށް  ރޭގަޑު މަގުމަތީގައި އޮށޯވެތިބެ ނޮގޮވާ މާތް ރަސްކަލާންގެއަށް ނިކަން ދުއާ ކޮއްބަލާށެވެ. ކޮއްމެ ރެޔަކު 8:00 ފެށިގެން ފަތިސް ވަންދެން މާލޭގެ މަގުމަތީގައި މޮޔަ ވެގެން އުޅޭ ކުއްތާތަކެއް ފަދައިން ކަރު ބުޑުން ދިލަނަގާވަރަށް ގޮވަމުން އާއްމުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދިނުމުން އިގުތިސާދު ރަގަޅެއް ނުވާނެއެވެ. ހައްތާހާ ވަނީ ގޯހެވެ. ޗާންދަނީ މަގާއި މަޖީދީމަގު ޖަންގުޝަން ބަންދުކޮށްގެން ތިތިބޭ ތިބުން ހުރަސް އެޅިގެން އެދަނީ ކިތަށް ފިހާރަތަކަށްތޯއެވެ. 

އޭ ލޮބުވެތި ހޭބޯ ނަރައިގެން އުޅޭ މިއަޅާގެ ގައުމުގެ މީސްތަކުއްނޭ 1960 ގެ އަހަރުތަކުގައި ތިޔަބައި މީހުން  އުޅުނު ހާލު ނިކަން ހިތަށް ގެނަ ބަލާށެވެ. ހަދާން ނުހުއްނަ މީހުން ހަދާން ހުރި މީހުން ކައިރިން އަހައި އޮޅުން ފިލުވަބަލާށެވެ. އެ ހަދާންތަށް ހުރި މީހުން އަދިވެސް މި ލޮބުވެތި ފަސްގަޑުގައި ދިރި އެބަ ތިއްބެވެ. އޭރުގެ މީހުން ކައި އުޅުނީ މަގޫފަތާއި ފަޅޯގަހުގެ ދަނޑިގަޑު ފަދަ ތަކެއްޗެވެ. ގޭދޮށުގައި ހުއްނަ ވަޅުން ފެން ނަގައިގެން އޭގެ ތެރައަށް ހަކުރު ފޮދެއް އަޅައިގެން ގެމަނަފުޝީ އިލްހާމު އަށް  އޭނާގެ މައްމަ ބޯންދިން ހަދާން މިއަދު ނެތުނީ ކަމަށްވެސް ވެދާނެއެވެ. ލައިގެން ކާނެ އެއްޗެއް ނެތިގެން ކަޅުސައި ތަށިގެ ތެރެއަށް ހުނިލީ ރޮށި ފުދުވައިގެން ބުއި ހަދާން ނެތުނީ ތޯއެވެ

ތަކެތީގެ އަގު ބޮޑުވެއްޖެ ވާހަކަ ދައްކާއިރު އަދިވެސް ފެއްނަނީ ކޮއްމެ މީހަކުވެސް އެއްމެ އަގުބޮޑު ފޯނުތަކާއި ލެޕްޓޮޕް ފަދަ ތަކެތި ގަނެގެން ގެޔަށް ވައްދާ ތަނެވެ. އަތުކުރީގައި އަޅަނީ އެއްމެ އަގުބޮޑު ރޮލެކްސް ގަޑިއެވެ. ލާނީ  އެއްމެ އަގުބޮޑު ގަމީހާއި ޖީންސެވެ. އެކަމަކުވެސް މިތިބީ ހަނާވެފަ ބަޑަށެވެ.ދަންވާ ވަރަކަށް މިފެއްނަނީ މާލޭގެ ރެސްޓޯރަންޓު ތަކާއި ސައި ހޮޓާތައް ފުރި ބާރުވެގެން ދާތަނެވެ. އެކަމަކުވެސް ލިބޭ ލާރިން ދެކޮޅު ނުޖެހެއެވެ. އަދި މިހާލަތުގައި ވެސް ސުނާމީގައި ހާލުގައި ޖެހުން ކަމަށް ބުނާ މީހުން ހޭބޯނާރައިގެން ދުވަނީއެވެ. މިބައި މީހުއްނަށް ހީވި ގޮތުގައި ސުނާމީއަކީ އެމީހުއްނަށް މިންވަރުކުރުވި ބޮޑު ރޯއްޖެކެވެ. ރީތި ގެތަށް އަޅާ ދިނީމައި އެވަރުން ނުފިދިގެން މި އެދެނީ  ގޭގައި އޭސީ ހަރުކޮށްދީ ނީލަ ކޯރުން ކޮއްމެ ގެއަކަށް ފެންހޮޅިއެއް ގުޅާދޭށެވެ. ކޮއްމެ ދަރިއަކަށް ގެއެއް އަޅައިދޭށެވެ.މިއީ ހާދަކާ ފޮނިވެސް ބައްތާއެވެ. ތިމާމެއްނަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއިން އިބުރަތެއް ހާސިލުކޮށް ލިބޭ މިންވަރަށް ޝުކުރު ކުރަން ނިކްން ދަސްކޮށް ބަލާށެވެ. ސުނާމީގައި ހާލުގައި ޖެހުނު އެހެން ގައުމު ތަކުގެ މީހުއްނަށް އަދިވެސް އެއުޅެނީ މިހާރުވެސް ހަމަ ނުޖެހިގެއްނެވެ.

މި ދަޑިވަޅަކީ ދިރިއުޅުމުގެ އެއްމެ ހަރަދު ކުޑަގޮތް ވިސްނައިގެން އުޅެންވީ ވަގުތެވެ. އެ އެއްޗެއް ކައިގެން އެއިން ގެއްލުން ނުވާ ކޮއްމެއެއްޗެއް ކައިގެން ބަނޑު ހައު ހޫނުކަން ފިލުވައިގެން ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ. ދުނިޔޭގެ ބައެއް ތަންތާގެ މީހުން ބަނޑުހައި ހޫނުކަން ފިލުވަން ކިސަޑުވެސް ކައި އުޅއެއެވެ. ތަކެތީގެ އަގުބޮޑު ވެފައިވާ މި ދަޑިވަޅުގައި އަޅުގަޑު ދެކޭ ގޮތުގައި ކިސަޑަކީ ކެއުމަށް ވަރަށްވެސް ރަގަޅު އެއްޗެކެވެ. އެހެނީ އޭގައި މިނަރަލް އކުލެވިގެންވާނަމަ ކާން ކިތައްމެހާވެސް ރަގަޅެވެ. ވިއެޓުނާމުގައި ކިސަޑުން އެކި ބާވަތް ބާވަތުގެ އެއްޗެހި ހަދައި ކައިއުޅެއެވެ.އެމީހުން ކިސަޑު ތައްޔާރުކުރަނީ ޗަކައާއި ކިސަޑު ހުންނަތަންތަނުން އެތަކެތި ނަގައިގެން އަވިން ހިއްކައިގެންނެވެ.އެއަށް ފަހު ކަނީ އަލިފާން ބޭނުންކޮށްގެން ނޫނީ އުނދުނުން މިކިސަޑު ހަނާކޮށްގެންނެވެ. ކިސަޑު ހަނާކުރަނީ އޭގެ ރަހަ މީރުކުރުމަށްޓަކައި ފޭރުފަތާއި އެނޫންވެސް ބައެއް ބާވަތްތަކުގެ ފަތްތައް އަޅައިގެންނެވެ

އަޅުގަޑު އުއްމީދު ކުރަނީ ރާއްޖޭގެ ބާޒާރުންވެސް ވަރަށް އަވަހަށް މިބާވަތުގެ ކާނާ ލިބެން ހުއްނާނެކަމަށެވެ. ހަނާވެގެން އުޅޭ ރައްޔިތުން ކާން މިއީ ވަރަށްވެސް ރަގަޅު އެއްޗެކެވެ. ރާއްޖެތެރޭގެ ރަށްރަށުން ވަރަށް ފަސޭހައިން ކިސަޑު ލިބޭނެއެވެ. ހާއްސަކޮށް ދާދި ފަހުން ދުވާފަރު ކައުންސިލްގެ އިދާރާ ހިސާރު ކޮށްގެން އުޅުނު ކަދޮޅުދޫ މީހުން ދުވާފަރުގައި އާބާދުވި ސަރަހައްދުން ލިބެން ހުއްނާނެއެވެ.

ބިންލާދީން މަރާލެވުނުއިރު ދިރިއުޅުނު ގެ

ތިރީގައިވާ ފޮޓޯތަކުން ތިޔަ ފެއްނަނަނީ އެމެރިކާ ސިފައިންގެ ހާއްސަ އޮޕަރޭޝަނަކުން މަރާލެވިފައިވާ އަލްޤައިދާގެ ލީޑަރު އޮސާމާ ބިންލާދީން މަރާލެވުނުއިރު އޭނާ ދިރިއުޅުނުކަމަށް ބުނާ ގެ އެވެ.




5/2/11

ވީރާނާވީ ހަޔާތް 8

ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ. ކުރީގެ އަދަދުތައް ކިޔާލުމަށް

އެވަގުތު އެފެނުނު އެއްޗެއްގެ ސަބަބުން ޒައުލްގެ މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔައެވެ.ޒައުލްއަށް ވަގުތުން މޫނު އަނެއް ފަރާތަށް އަނބުރާލެވުނެވެ. ހިތާއިދެކޮޅަށް ނަމަވެސް ދެވަނަފަހަރަށް އެވީޑިއޯ ކްލިޕްއަށް ބަލާލެވުނީ އޭނަގެ މަގްޞަދު ކާމިޔާބު ކުރުމަށް ޓަކައި އޭގެ ސަބަބުން ކޮންމެވެސް ކަހަލަ އެހީއެއް އޭނަޔަށް ލިބިދާނެ ކަމުގެ އުންމީދުގައެވެ. އެނިކަމެތި މައުސޫމް އަންހެންކުއްޖާ އެފަދަ ހާލެއްގައި ވަނިކޮށް އޭނަ ދެކެން ބޭނުންނުވާތީއެވެ.އެ ކްލިޕްގަވާ އަންހެން ކުއްޖަކީ އޭނަގެ ލޯބިވާ ލުޝްތާ ފިޔަވައި ދެވަނަ އަންހެން ކުއްޖެއް ނޫނެވެ.އެއްވެސް ފޭރާމެއް ނެތި ބަރަހަނާ ކަންމަތީގައި އަލަށް ހަދަމުން އަންނަ ފަދަ ތަނެއްގެ ތެރޭގައި ލުޝްތާ އޮތްއިރު ހީވަނީ ފުންނިންޖަކުން ނިދާފައި އޮތް ހެންނެވެ.އެ ކްލިޕްގެ ވަކި ހިސާބަކުން ފެންނަނީ ފިރިހެނަކު އައިސް ލުޝްތާގެ އެނާޒުކް ހަށިގަނޑުގައި ނަހަމަ ގޮތުގައި ބީހެން ފެށިތަނެވެ.އެފަދަ މަންޒަރެއް ފެނުމުން ޒައުލްގެ ލޭ ކެކި އުތުރި އަރައިގަތެވެ.އެ ކްލިޕް ނިމެންދެންވެސް ދެއްކީ ތަފާތު ހަތަރު މީހަކު ވެގެން ލުޝްތާގެ އިއްޒަތް ވެއްޔާއި މޮޑޭތަނެވެ.އެހަތަރު މީހުންގެ މޫނު އެހާރީތިކޮށް ނުފެނުނަސް އެއީ ކޮންބައެއްކަން ވަކިވަކިން އައްމަޓީ ކިޔައިދެމުން ގެންދިޔައީ ވަރަށް ފަޙުރުވެރިކަމާއެކުގައެވެ.އެހަތަރު މީހުންނަކީވެސް އައްމަޓީގެ ގާތް ރަހުމަތްތެރިންކަން އޭނަ ކިޔައިދޭލެއް ފުރިހަމަ ކަމުންވެސް އިނގެއެވެ.އޭނަގެ ވާހަކައިން އެނގުނު ގޮތުގައި އެރޭ އޭނަޔަށް އެމީހުންނާއެކު ނުދެވުނީ އޭނަގެ މަންމަގެ ސަބަބުންނެވެ.މަންމަ އޭނަ ހިފެހެއްޓީއެވެ.
ޒައުލް އަށް މުއްކަވާލެވުނީ އައްމަޓިގެ ދުވަސްދުއްވާ ލުމުގެ ނިޔަތުގައެވެ.ޝިފާންމެންނަށް މިކަން ފާހަގަ ނުކުރެވުނީ އެވަގުތު އެމީހުންގެ ސަމާލުކަން ގޮސް ހުއްޓިފައިވަނީ އައްމަޓީއަށް ކަމަށް ވާތީއެވެ.ހިތްހަމަ ނުޖެހިފައި ތިއްބަސް އޭނަގެ ވާހަކަތައް އެމީހުން އަޑުއަހަމުން ދިޔައެވެ.އޭރު ޒައުލްގެ މޫނުމަތި ވަނީ ރުޅިއައިސް ރަތްވެފައެވެ.ދެބުމަވަނީ ގޮށްޖެހިފައެވެ.ނަމަވެސް ދެވަނަ ސިކުންތު ތެރޭގައި އޭނަގެ ރުޅި ހިންދާލީ ސިކުނޑިއަށް މާމޮޅު ޙިޔާލެއް ވަނީމައެވެ.އަނެއްކާވެސް ކޮފީތަށިން ކޮފީކޯވަރެއް ބޯލީ ތުންފަތް މައްޗަށް ނުލަފާ ހިންޏެއް ވެރި ކުރުވަމުންނެވެ.އެދުވަހުގެ ކޮފީ އެމީހުންނިންމާލިއިރު ހުރީ އިރުއޮއްސި އަނދިރިވެސްވެފައެވެ.ޒައުލް ގެޔަށް އައުމަށް ޓަކައި ސައިކަލަށް އެރީ އައްމަޓީއާއި ވަކިން ބައްދަލު ކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ.އޭރު ޝިފާނާއި އިއްސެ ގޮއްސިއެވެ.އައްމަޓީވެސް އޭނަގެ ނަމްބަރ ޒައުލް އަށް ދީފައި އޭނަގެ ގްރޫޕް ކައިރިއަށް ދިއުމަށް ޓަކައި ސައިކަލަށް އަރައި ސައިކުދުއްވާލީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށެވެ.އޭނަގޮސް އޮބާލަންދެކަށް ޒައުލްބަލަން ހުއްޓެވެ.މިވަގުތު އޭނަގެ ސިކުނޑީގައި އެބުރެމުންދާ އެއްޗެއް ދެނެވޮޑިގެންވާނީ ހަމައެކަނި ހެއްދެވި ފަރާތެވެ.
އޭގެ ދެދުވަހެއް ފަހެވެ.ވަގުތަކީ މެންދުރުގެ އެންމެ ހޫނުވަގުތެވެ.އައިސާފުޅު ހިގަމުން ދިޔައީ އޭނަގެ އަވަށްޓެރިއެއް ކަމަށްވާ މޫނިސާމެންގެޔާއި ދިމާލަށެވެ.ލައިގެން ކާނޭ އެއްޗެއް ނެތުމުން ކޮންމެވެސް އެއްޗެއް ލިބޭތޯއެވެ.ކޮންމެ ދުވަހަކުވެސް މޫނިސާގެ ފިރިމީހާ ނަފީސް މަހަށް ގޮސްފައައިސް އައިސާފުޅުމެންގެޔަށް މަސްކޮޅެއް ދޭނެއެވެ.ނަމަވެސް ރޭގަ ނަފީސް އެގެޔަށް އައިއިރު އައިސާފުޅުވީ ހެލްތްޕޯސްޓްގަ އޭނަގެ ޑިއުޓީ އަދާކުރުމަށެވެ.މިއަދު ހެނދުނުވެސް އައިސާފުޅު ސައިބުއީ ކުޑަކުޑަ ރިހާކޮޅަކާއި ރޮށިކޮޅަކުންނެވެ."އޭ އެއޮށް ދަނީދޯ އެއްކަލަ ބަޑި ލުޝްތާގެ މަންމަ....ހިތަށް އަރާ ސަހަރޯއޭ....ބަފާ މަރުވީމަވެސް އަދިވެސް ހަށިވިއްކަނީ..ޕިސްޕިސް ރަނގަޅަށް އުޅޭކަށް ނޭނގެ ވިއްޔާ....މާލެޔަށް ދެވުނީމަ ހީވަނީ ލައްކައެކޭ..."އައިސާފުޅު ސިއްސައިގެން ދިޔައީ މަގުގެ އެއްފަރާތެއްގައި ތިބި ޒުވާން ފުރައިގެ ދެތިން ފިރިހެން ކުދިންގެ ތެރެއިން އެކަކު މިހެން ބުނުމުންނެވެ.އެމީހުންނާއި ދިމާލަށް އޭނަޔަށް ބަލަން ހުރެވުނީ ދެންމެ އޭނަގެ ކަންފަތުގައި ޖެހުނު ބަސްތައް ގަބޫލުކުރަން ދަތި ފަދަ ގޮތަކަށެވެ.އޭނަގެ ދަރިފުޅާއި ބެހޭގޮތުން މިހާ މުޑުދާރު ގޮތަކަށް މިމީހުން ވާހަކަ މިދައްކަނީ ކީއްވެހެއްޔެވެ؟"ކޮއްކޯ...އެއްޗެއް ދުލުން ބޭރު ކުރުމުގެ ކުރިން އެބުނެވެނީ ކިހާ ބޮޑުއެއްޗެއްކަން ފުރަތަމަ ވިސްނާލަބަލަ...އަހަރެންގެ ދަރިފުޅު ކަލޭމެންނަށް ކީއްކޮށްގެންތަ އޭނަގެ އަބުރާއި ކަލޭމެން ތި ބެހެނީ؟އަހަންނަށް އެނގޭ އަހަރެމެންނަކީ ނިކަމެތި ބައެއްކަން...އެކަމަކު އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެ އަބުރާއި ބެހުމުގެ އެއްވެސް ހައްގެއް ނޯންނާނެ...މުއްސަންޖަކަށް ވިޔަސް ފަގީރަކަށް ވިޔަސް..."މިހެން ބުނުމަށްފަހު އައިސާފުޅު ހިގައިގަތީ އަނެއްކާވެސް އެގެޔާއި ދިމާލަށެވެ.އެވަގުތު އަނެއްކާވެސް އެކުދިންތައް ލުޝްތާއާއި ބެހޭގޮތުން ފާޑުފާޑުގެ އެއްޗެހިކިޔަން ފެށިއެވެ.އޭނަޔަށް ނޭނގުނަސް އޭނަގެ ދަރިފުޅު މާލޭގައި ހުރެގެން ކުޅޭ ކުޅިގަނޑު ރަށުގެ ރައްޔިތުންނަށް އެނގޭކަމާއި އޭނަޔަށްވެސް ކޮންމެވެސް ދުވަހަކުން އެކަން އެނގޭނެ ވާހަކައެވެ.ނަމަވެސް މިއިން އެއްވެސް ވާހަކަޔަކަށް އޭނަ އަޅާނުލީ ރަށުގައި ލުޝްތާ ހުރިއިރުވެސް ވަރަށް ގިނަކުދިން މިގޮތަށް ލުޝްތާޔާއި ޖައްސާލައިގެން އުޅޭތީއެވެ.އެހެންނަމަވެސް މިފަދަ ވާހަކައެއް މީގެ ކުރިން ދުވަހަކުވެސް ނުކިޔައެވެ.އައިސާފުޅު މިފަދަ ހިޔާލްތަކެއްގައި ހުރެގެން ކުރިޔަށް ހިގަމުން ދިޔައިރު އެހެން ކަމެއްވެސް އޭނަޔަށް ފާހަގަ ކުރެވުނެއެވެ.އެހެން ދުވަސްތަކުގައި އޭނަ ފެނުމުން ހީލާހަދާ މީހުން މިއަދު އޭނަ ފެނުމުން މޫނު އަނެއް ފަރާތަށް އަބުރާލައެވެ.މިވަނީ ކީއްކަމެއްވެސް ނޭނގޭ ހާލު އައިސާފުޅުގޮސް މޫނިސާ މެންގެޔަށް ވަނެވެ.އޭރު ޖޯލިފަތީގައި ހަނޑޫހޮވަން މޫނިސާއިނެވެ.އޭނަވެސް މިއަދު އައިސާފުޅު ފެނުމުން ހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.
އޭނަގޮސް މޫނިސާ ކައިރީގައި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ."މޫނިސާ...ކިހިނެއްވެފަ ތިއިނީ..މިއަދު ހާދަ ފާޑަކަށް އިންހެން ހީވޭ..މަށަކަށް ނޭނގެ މިއަދު މިވަނީ ކީއްކަމެއް؟"މިހެން ބުނެފައި މިއަދު އޭނަ އެގެޔަށް އަންނަނިކޮށް މަގުމަތީގައި ހިގައިދިޔަ ކަންތައް ވަކިވަކިން ކިޔައިދެމުން ގެންދިޔައެވެ.މިވާހަކަތައް އަޑުއަހާފައި މޫނިސާ ހައިރާނެއް ނުވެއެވެ."އެއީ ދޮގެއް ކަމަށްތަ އައިސާފުޅު ހީކުރަނީ؟"މޫނިސާގެ މިޖުމްލަޔާއެކު އައިސާފުޅުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ."ކީކޭ ތި ބުނީ؟""މި ބުނީ އެވާހަކަ ތަކަކީ ދޮގެއް ނޫނޭ...މީހުން ހަދަހަދައިގެން ދައްކާ ވާހަކަ ތަކެއްވެސް ނޫނޭ..އަހަރެންގެ ދަރިފުޅު ނާއިޝް މިއަދު ހެނދުނު އޭނަގެ ފޯނުން މާވަގު ވަގަށް އެއްޗެއް ބަލަން އިންތަން މަށަށް ފެނުނު...އޭނަ އެބަލަނީ ރަނގަޅު އެއްޗެއް ނޫންކަން މަށަށް ވިސްނުނީމަ މަ އޭނަގެ އަތުން ފޯނު ޖަހައިގަތިން..އެގޭތަ އެފޯނުން އެވަގުތު ފެންނަމުން ދިޔައީ ކޯއްޗެއްކަން..." "ކޯއްޗެއް؟"އޭރު އައިސާފުޅުގެ މޫނުމައްޗައް ވަނީ ނޭނގޭ ބިރުވެރި ކަމެއް ވެރިވެފައެވެ."އައިސާގެ ދަރި ލުޝްތާ...ހެއްދެވި ގޮތަށް...އޭނަގެ ގައިމަތީގައި ތިން ފިރިހެނުން އޮތް...އެމީހުންވެސް އެހާލުގަ...މަށަށް ބަލަން ނުކެރިގެން ފޯނު ބިންމައްޗަށް އެއްލާލީ..."މޫނިސާގެ މިޖުމްލަޔާއެކު އޭނަގެ މޫނުމައްޗަށް އަނދިރި ވެގެން ދިޔަހެން އޭނަޔަށް ހީވިއެވެ.މުޅި ދުނިޔެވެސް އޭނަ ވަށައިގެން އެނބުރޭ ކަހަލައެވެ.ނޫނެކެވެ.ނޫނެކެވެ.އޭނަގެ ދަރިފުޅު އެކަހަލަ މުޑުދާރު އަމަލެއް ނުހިންގާނެއެވެ.އެއީ އެޔަށްވުރެން މާބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ.އައިސާފުޅު އިންތަނުން ތެދުވެގެން ދުއްވައިގަތީ ފޯނު ބޫތާއި ދިމާލަށެވެ.މޫނިސާއަށް ވެސް ބަލަން ހުރެވުނީ ހަމްދަރުދީއިން ފުރިގެންވާ ނަޒަރަކުންނެވެ.
ޝަހީމާ އިނީ އިއްޔެގަ ދޮވުނު އެއްޗެހި ފަށްޖަހާށެވެ.މަޑުމަޑުން ލުޝްތާގެ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ.ކުޑަކޮށް މީހުންނާއި އަގައިން ބުނެލާ ހަދައެވެ.މިވަގުތު ލުޝްތާއިނީ ސިޓިންގްރޫމްގެ ސޯފާއެއްގައި ޓީވީ ބަލާށެވެ.އިރުކޮޅެއްވަންދެން އިދެލާފައި އޭނަ ހިގައިގަތީ ފާހާނަޔަށް ވަނުމަށެވެ.ޝަހީމާވެސް ކުރަން ހުރި ކަންތައް ކޮށް ނިންމާލައިފައި ބޭރަށް ނުކުތެވެ.އެވަގުތު ކުއްލިޔަކަށް ގޭގެ ދޮރުން އެތެރެއަށް ވަދެގެން ފަހީމްއައެވެ.ފަހަތުން ޒައުލްވެސް ފޮށި ހިފައިގެން ވަނެވެ.ޝަހީމާޔަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.މިދަޑިވަޅުގައި އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއްވެސް އޭނަޔަކަށް ނޭނގުނެވެ."ޝަހީމާ.."ފަހީމް ގޮވާލަމުން އެތެރެއަށް ވަދެގެން އައިސް ޝަހީމާ ކައިރިޔަށް ހުއްޓިލިއެވެ."ފަހީމް...ކީއްވެ އަންގާވެސް ނުލާ ތިއައީ..ބުނީމެއްނު މާދަމާއޭ އަންނަނީ..""ހުމް...މާދަމާ އަންނަ ގޮތަށް ކުރިން އޮތީ..އެކަމަކު މަސައްކަތް ނިމުނީމަ ދެން އެތާގަ ހުންނަ ހިތް ނުވީ..ކޮބާތަ ލުޝްތާ؟މިހާރު ކިހިނެއްތަ އެމަންޖެ؟"ފަހީމް މިހެން ބުނުމުން ޝަހީމާ ހިނިތުންވެލިއެވެ.ނަމަވެސް ލުޝްތާގެ ވާހަކަ އެހުމުން ކުޑަކޮށް ދެރަވާގޮތްވިއެވެ."ދެންމެ މިތާ އިނދެފައި ފާހާނަޔަށް އެވަނީ..މިހާރު ކުރިޔަށް ވުރެން ތަންކޮޅެއް ރަނގަޅު..."ޝަހީމާ މިހެން ބުނިތަނާހެން ސިޓިންގްރޫމް ގައިވާ ފޯން ރިންގްވާން ފެށިއެވެ.
ޝަހީމާގޮސް ފޯނުގެ އަތްގަޑު ނަގާ ކަންފަތުގައި ޖައްސައިލިއެވެ."ހަލޯ،ޝަހީމާތަ؟މީ އައިސައޭ..ލުޝްތާގެ މަންމަ،ލުޝްތާ ކޮބާ؟.."ޝަހީމާޔަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން އައިސާފުޅު ފަތިވަރުތަކެއް އަމުނާލިއެވެ.އޭނަގެ އަޑުން އޭނަ އެހެރީ ވަރަށް ހާސްވެފަކަން ޝަހީމާޔަށް އެނގުނެވެ."ލުޝްތާ އެބައުޅޭ..ކިހިނެއްތަ އައިސާ..ހާދަ ހާސްވެފައި ހުރިހެން ހީވޭ..ހުރިހާކަމެއްވެސް ރަނގަޅުތަ؟""އެއްވެސް ކަމެއް ރަނގަޅެއް ނޫން..އަހަންނަށް ރަށުތެރެއިން މިއަދު މިއިވޭ ވާހަކަތަކުން ލަދުން ބޯފަޅައިގެން ދާ ވަރުވެފަ މިހިރީ..."އޭނަ މިހެން ބުނުމުން ޝަހީމާވެސް ކުޑަކޮށް ހާސްވާ ގޮތްވިއެވެ.އަނެއްކާ އައިސާޔާ ހަމަޔަށް އެވާހަކަ ދިޔައީ ހެއްޔެވެ؟"ހަލޯ...ހަލޯ..""ހުމް އެބަހުރީމޭ...ކާކު ކީކޭ ކީތަ އަނެއްކާ؟"އެވަގުތު އައިސާފުޅު މިއަދު އޭނަޔަށް ދިމާވި ކަންތައްތަކުގެ ވާހަކަ އަކުރުން ފިއްޔަށް ކިޔައިދޭން ފެށިއެވެ.އެ ފިރިހެން ކުދިންގެ ވާހަކަޔާއި ރަށު މީހުން އޭނަ ފެނުމުންވެސް ނުފެންނަ ކަމަށް ހަދާ ވާހަކައެވެ.މޫނިސާގެ ދަރިފުޅުގެ ފޯނުގައި ހުރި ވީޑިއޯގެ ވާހަކައެވެ.ޝަހީމާޔަށް އެވީޑިއޯގެ ވާހަކަ އޭނަގެ ކަންފަތުގައި ޖެހުމުން ހީވީ ހޮނު ގުގުރިއެއް ކަންފަތަށް އެޅިހެންނެވެ.އެވަގުތު އޭނަގެ އަތުން ފޯނުގެ އަތްގަޑު ދޫވެގެން ދިޔައެވެ.ޒައުލްއާއި ފަހީމްއަށް ވެސް އެދިމާލަށް ބަލައިލެވުނީ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ.އޭރު އައިސާފުޅު "ހަލޯ ހަލޯ"އޭ ކިޔަމުން ގެންދިޔައެވެ.
ޝަހީމާގެ މިހިމޭންކަމުގެ ސަބަބުން އައިސާފުޅަށް އެއީ ތެދެއްކަން ގަބޫލް ކުރެވުނެވެ.ނަމަވެސް އަދިވެސް ހަގީގަތް އޮތީ ފޮރުވިފައެވެ.އޭނަޔަށް އަޑުވިފައި ހުރިވާހަކަ ތަކަކީ ހަގީގަތާއި ޙިލާފް ވާހަކަތަކެއް ކަމެއް އޭނަޔަކަށް ނޭނގެއެވެ.ކުއްލިޔަކަށް އޭނަގެ މެޔަށް ތަދެއް އެރުމާއެކު ފޯނު ބޫތު ތެރެއަށް އޭނަ ތިރިވިއެވެ.މަގުމަތީގައި އެވަގުތު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ހަޅޭއްލަވަން އުޅެއުޅެވެސް އަޑެއް ނުނިކުތެވެ.އިރުކޮޅެއް ވަންދެން ވޭނުގައި ތެޅިތެޅި އޮވެފައި ހަބަރު ހުސްވެއްޖެއެވެ.
މޫނިސާ އައިސާފުޅު މެންގެޔަށް ދިޔައީ އޭނަގެ ހިތުގައިވާ ހަމްދަރުދީއެއްގެ ސަބަބުންނެވެ.އެދެމީހުންގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ސަބަބުންނެވެ.ނަމަވެސް އެގެޔަށް ގޮސް މުޅި ގޭތެރެއާއި ގޯތިތެރެ ބަލައި ނިމުނު އިރުވެސް އެއްވެސް ތާކުން މޫނިސާއަކަށް އޭނައެއް ނުފެނުނެވެ.އޭނަޔަށް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ.މަގުމައްޗަށް ނުކުމެފައި ފޯނު ބޫތާއި ދިމާލަށް ދުއްވައިގަތެވެ.ތަންކޮޅަކަށް ދެވުނު ތަނާހެން އަންހެން ކުއްޖަކު އޭނަޔަށް ގޮވައިލައިފައި ވަރަށް އަވަހަށް ހެލްތް ޕޯސްޓަށް އައުމަށާއި އައިސާފުޅުގެ ހާލު ވަރަށް ގޯސް ކަމަށް ބުންޏެވެ.އެވަގުތު މޫނިސާއަށް ދުއްވައިގަނެވުނީ ހެލްތް ޕޯސްޓާއި ދިމާލަށެވެ.އެތަނަށް ދެވުނުއިރު އެތާގައި ބައިވަރު މީހުން އެއްވެފައި ތިއްބާ މޫނިސާއަށް ފެނުނެވެ.އޭރުވެސް އެކިމީހުންގެ ތުންތުން މަތިން ދެކެވެމުން ދިޔަައީ ލުޝްތާގެ ވާހަކައެވެ.މުސްކުޅި މަޔަކު އެކަނިކޮށްލާފައި އޭނަ ގޮސް އުޅޭ މުޑުދާރު ގޮތުގެ ވާހަކައެވެ.މޫނިސާ އެމީހުންގެ ވާހަކަތަކަށް ސަމާލު ކަމެއް ނުދީ އެތެރެއަށް ވަދެގެން ވާރޑާއި ދިމާލަށް ދިޔައެވެ.އެވަގުތު އައިސާފުޅު އޮތް ހާލު ފެނުމުން އޭނަގެ ދެލޮލުން ކަރުނަ ހިލުނެއެވެ.ކައިރިޔަށް ގޮސް މަޑުމަޑުން އައިސާ ފުޅަށް ގޮވައިލިއެވެ.އެވަގުތު މަޑުމަޑުން އޭނަ ދެލޯ ހުޅުވާލައިފައި ބަލިގޮތަކަށް މޫނިސާޔަށް ބަލައިލިއެވެ.އޭރު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ.މޫނިސާ މަޑުމަޑުން އައިސާފުޅުގެ އަތުގައި ހިފަހައްޓައިލިއެވެ."އަހަންނަށް މާފްކުރޭ..މިއަދު އަހަންނަށް ވާހަކަ ދެއްކުނީ ވަރަށް ހަރުކަށިކޮށް""ނޫން..މޫނިސާ ނޫން...އަހަންނަށް ކަމެއް ކޮށް ދެންޏާމު އަހަރެންގެ ދަރިފުޅު އަހަރެންގެ ކައިރިޔަށް ގެނެސްދީ..ހެޔޮނުވާނެ.."އައިސާފުޅުގެ މި ޖުމްލަޔަށް މޫނިސާ ބޯ ޖަހައިލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ.އަދި އޭނަގެ ޖީބުގައިވާ ފޯނު ނަގައިގެން ނަމްބަރ ތަކަކަށް ފިތައިލިއެވެ.
(ނުނިމޭ......)

ބިންލާދީން މަރާލުމަށްފަހު އޭނާގެ ހަށިގަޑު ކނޑުފައްތައިފި

އަލްޤައިދާގެ ލީޑަރު އުސާމާ ބިންލާދީން މަރާލުމަށްފަހު ކަނޑު ފައްތައިލައިފިކަމަށް ހަބަރުތަށް ބުނަމުންދެއެވެ. އެމެރިކާގެ އޮފިޝަލަކު ނޫސް އެޖެންސީ ތަކަށް ހަބަރުދިން ގޮތުގައި ބިންލާދީންގެ ހަށިގަޑު ވަޅުލާނެ ތަނަކާއި މެދު ވަރަށް ވިސްނުމަށްފަހު މިހާރު ވަނީ ހަށިގަޑު ކަނޑު ފައްތާލެވިފައެވެ. މިފަދަ ނުރައްކާތެރި މީހަކު ވަޅުލާނެ ގައުމެއް ހޯދުމަކީވެސް އުދަގޫ ކަމެއް. އެހެންކަމުން އަޅުގަޑުމެން ނިއްމީ ކަނޑު ފައްތާލަން. އޮފިޝަލް ވިދާޅުވިއެވެ. މިގޮތައް ނިއްމަން ޖެހުނު ސަބަބަކީ ސަހަރާއެއްގައި ވަޅުލައިފިނަމަ ގަބުރު ކޮނެ ނަގައިގެން ގެއްލުން ދީފާނެތީ ކަމަށްވެސް  އޭނާ އިތުރަށް ވިދާޅުވިއެވެ

އެމެރިކާގެ އޮފިޝަލު ވިދާޅުވާ ގޮތުގައި ބިންލާދީންގެ ހަށިގަޑު ކަނޑު ފައްތާލައިފައި ވަނީ  އިސްލާމްދީނުގައި މައްޔިތަކު މަރުވުމުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮއްފައި ކަމަށެވެ. ސައުދީ އަރަބިއާގި ވެސް ރަސް ރަސް ކަލުން މަރުވުން ވަޅުލައި އުޅެނީ އާއްމުއްނަށް ނޭގޭ ތަންތާގައެވެ ހަބަރުތަށް ބުނާގޮތުން ބިންލާދީން މަރުވެފައި އޮއްވާ ނަގާފައިވާ ކަމަށްބުނެ ޕާކިސްތާން ޓީވީ ޖެނެލްތަކުން އާއްމު ކުރި ފޮޓޯ އަކީ ފޭކު ފޮޓޯއެއް ކަމައްވެސް މިހާރު ދަނީ ވާހަކަ ދެކެވުމުއްނެވެ. ނަމަވެސް އެމެރިކާއިން ބުނާގޮތުގައި އެމީހުން ނެގި ޑީއެންއޭ އިން އެއީ ބިންލާދީން ނޫންކަމަށް އެއްވެސް ޝައްކެތް ނެތް ކަމުގައެވެ.

މިހާ އަވަހަށް ބިންލާދީންގެ ހަށިގަޑު ކަނޑު ފައްތާލައިފައިވާތީ މިކަމުގައި ސުވާލު އުފެދޭގޮތް މިހާރު އެބަވެއެވެ. އެހެނީ  އިރާގުގެ ރައީސް ސައްދާމު ހުސައިންގެ ދެ ދަރިން ކަމުގައިވާ އެދޭ އާއި ގުސޭގެ ހަށިގަޑު ވަޅުލައިފައި ވަނީ މަރުވިތާ 11 ދުވަސް ފަހުއްނެވެ

މަރުވެފައިވާ މައްޔިތަކު ކަނޑު ފައްތާލުމަކީ ބައެއް ހާލަތްތަކުގައި ހުއްދަކަމެއް ކަމުގައި ދީނީ ދައްނަބޭކަލުން ވަނީ ފަތުވާ ދެއްވާފައެވެ

އެއްހާލަތަކީ ދިގު ދަތުރެއް ކުރަމުން ދަނިކޮށް މީހަކު މަރުވެއްޖެ ނަމަ އެ ދަތުރު ކުރަންމުންދާ މަންޒިލަކާ ހަމައަށް ދެވެން ގިން އިރު ވާނަމަ މައްޔިތާ ކަނޑު ފައްތާލެވިދާނެއެވެ. އަނެއްހާލަތަކީ މައްޔިތާ ވަޅުލާފިއްޔާ މައްޔިތާ ކޮނެ ނަގައިގެން ނޭދެވޭ ކަންތައްތަކެއް މައްޔިތާއަށް ކޮއްފާނެ ކަމުގެ ބިރުއޮށް ކަމަށް ވާނަމަ އެވެ.


ހޮޕް ހޮޕް ބިންލާދީން މަރާލައިފި

ދެހާސް އެއްވަން އަހަރުގެ ސެޕްޓެމްބަރ މަހުގެ އެގާރަ ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓުރޭޑް ސެންޓަރު ގޮއްވާލައި އެތަކެއް ކުށެއްނެތް ބައެއް މަރާލި ހަމަލާގެ މޭސްތިރިއާ (މުސްލިމުއްނަށް ކުރިމަތިވި ބޮޑު ބަލާވެރި މުއްލާ) އަލްޤައިދާގެ ލީޑަރު އުސާމާ ބިންލާދީން މަރާލެވިއްޖެ ކަމުގެ ހަބަރު އެމެރިކާގެ ރައީސް ބަރަކު އޮބާމާ ވަނީ ރޭގެ އިއުލާނު ކުރައްވާފައެވެ

އޮބާމާ ވިދާޅުވި ގޮތުގައި ބިންލާދީން މަރާލައިފައިވަނީ މިދިޔަ އޮގަސްޓްމަހު އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގަމުން އައި ހާއްސަ އޮޕަރޭޝަންގައި ޕާކިސްތާނުގެ އިސްލާމް އާބާދާއި 150 ކިލޯމީޓަރު ދުރުގައި ހުރި ގެއެއްގައި އޭނާ އިންދައި އެމެރިކާގެ އެމެރިކާ ސިފައިން ދިން ހަމަލާއެއްގައެވެ. މި އޮޕަރޭޝަން ހިންގުމުގައި ޕާކިސްތާނުގެ އިންޓެލިޖެންސްގެ އެހީ ވަރަށްބޮޑަށް ލިބުނު ކަމަށް އޮބާމާ ވިދާޅުވިއެވެ

ދެހާސް އެއްވަނަ އަހަރު ފިލިގޮތަށް 10 އަހަރު ފަހުން އޮސާމާ މަރާލައިފިކަން އިއުލާނު ކުރުމުން އެކަން ޤަބޫލު ކުރެވޭނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އުސާމާ ބިން ލާދިންގެ ހަށިގަނޑު ފެނިފައި ވުމުން އޭނާ މަރުވިކަމާ ދޭތެރޭ މީހުން ޝައްކުކުރާނެ ޖާގައެއް ނޯންނާނެ ކަމަށެވެ.ބިންލާދީންގެ ހަށިގަޑު ވަނީ މިއަދު ޕާކިސްތާނުގެ 2 ޓީވީ ޖެނަލަކުންވެސް ދައްކާފައެވެ. ބިންލާދީން މަރާލެވުމުން އެކަމާ އެމެރިކާއާއި ޕާކިސްތާނުގައި ދަނީ އުފާ ފާޅު ކުރަމުއްނެވެ. .

5/1/11

ސިޔާސީ ބޭނުންތަކަށް ގައުމު ހަލަބޮލިކުރަނީ

ޒުވާނުންގެ މުޒާހަރާގެ ނަމުގައި މާލޭގައި ރޭ ބޭއްވި މުޒާހަރާ އަކީ ގައުމު ހަލަބޮލި ކޮއްލުމަށް ސިޔާސީ ލީޑަރުން ރައްޔިތުން ލައްވާ ކުޅުވި ފިލްމެކެވެ. ތަކެތީގެ އަގުބޮޑުވުމުން އެކަމުގެ އަސަރު ދިވެހި ހުރިހާ ރައްޔިތުއްނަށްވެސް ކުރާނެއެވެ. އަޅުގަޑު ކައިރީގަ ރައްޓެއްސަކު ރޭގަ ކުރި ސުވާލަކީ'' މަޗާ ކަލޭމެއްނަށް ހެޔޮދޯ ކޮއްމެ ގޮތެއްވިއަސް. ތަކެތީގެ އަގުބޮޑުވިއަސް އެމްޑީޕީގެ މެމްބަރަކަށް ވީތީ އެއްވެސް އަސަރެއް ނުކުރޭދޯ؟'' އަޅުގަޑުގެ އެކުވެރިޔާއަށް އަޅުގަޑު ދިން ޖަވާބަކީ ''ބަލަ އެމްޑީޕީގެ މެމްބަރެއްވިއަސް ތަކެތީގެ އަގު ލިބޭ އާމްދަނީއާއި އަޅާ ބަލާފަ އިންތިހާއަށް ބޮޑު ވުމުން އެކަމުގެ އަސަރު ނުކުރާންވީ ކީއްވެގެންތޯއެވެ. އެމްޑީޕީ ގެ މެމްބަރުން ފިހާރަތަކުން އެއްޗެހި ގަނެފަ ރައީސް އޮފީހަށް ނޫނީ އެމްޑީޕީގެ އޮފީހަށް އިންވޮއިސް ފޮނުވަނީތޯ'' އެވެ. 

ރޭގެ މުޒާހަރާ އަކީ އެއްވެސް ގޮތަކަށް ތަކެތީގެ އަގުބޮޑުވެގެން ކުރި މުޒާހަރާއެއްހެން އަހައްނަކަށް ސިފަ ނުވެއެވެ. މުޒާހަރާ ފެށުނު ވަގުތުން ފެށިގެން ރޭގެ 3 ޖަހަންދެން މުޒާހަރާގެ ހިގަމުންދާގޮތް ބެލުމަށް ރާއްޖޭގެ އެކި އެކި ޓީވީ ޖެނެލްތަކުން ފޮނުވަމުން ދިޔަ މުޒާހަރާގެ ކަވަރޭޖު ބަލަން އިނީމެވެ. ސުލްހަވެރި މުޒާހަރާ ކުރަން  އަދިވެސް ދިވެހިއްނަކަށް ދަސްނުވަނީ ކަމަށްވެސް ވެދާނެއެވެ. މަގުމަތީގައި ޖަހާފައި ތިބި ގާތައް ނައްޓައި އެގާތަކުން އަމަން ބަލަހައްޓަންތިބި ފުލުހުއްނަށް ހަމަލަ ދިނުމުން ދޭހަވަނީ މިގައުމުގެ އަމަން ނަގާލަން ރައްޔިތުންގެ ހައްޤުގައޭ ކިޔާފައި ވަކާލާތް ކުރާ ބޭފުޅުން ތިބިކަމެވެ. މަގުމަތީގައި ތިބި ސައިކަލު ތަކުގަ ރޯކުރުމުން ތަކެތީގެ އަގު ތިރިވާނެތޯއެވެ. މިޔަށްވުރެ ހަމަޖެހޭ ވިސްނުމެއް މިގައުމުގެ އިދިކޮޅު ސިޔާސީ ބޭފުޅުން ވިސްނަން ވެއްޖެ ނޫންތޯއެވެ. ގައުމުގެ އަމާންކަން ގެއްލިގެންދާކަމަށް ބުނެ ވަކާލާތް ކުރާ ބޭފުޅުން އަމަން ނަގާލަން ނުކުތުމުން ދެންވާނީ ކިހިނެއްތޯއެވެ. ރޭގެ މުޒާހަރާއިން އާއްމުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިރޭވެސް  މުޒާހަރާ ބާއްވާނެ ކަމަށް އެވަނީ  އިއުލާނު ކޮށްފައެވެ

ޤައުމަށްޓަކައި ދީނަށްޓަކައި މިރާއްޖޭގެ ރައްޔިތުން ލޭއޮހޮރުވާ ހިސާބަށްދާޖެހުން ކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު މިފެންނަނީ ރާއްޖެ ރޫޅެމުންދާ ތަނެވެ. އެއްބައިވަންތަކަން ގެއްލެމުންދާ ތަނެވެ. އަދުގެ ހާލަތާ މެދު ދުރާލާ ނުވިސްނާފިނަމަ މިހާރަށްވުރެ ބޮޑު މުސީބާތްތަކެއް ރާއްޖެއަށް ކުރިމަތިވެދާނެއެވެ. ޤައުމެއްގެ އެންމެ ބޮޑު ހަލާކަކީ އަމަން އަމާންކަން ނެތިދިއުމެވެ

ޖަޕާނަށް އައި ސުނާމީއާއި ގުޅިގެނެ މަރުވި ކަމަށްބުނާ މަސްތައް

އެމެރިކާގެ ކެލިފޯނިއާ ސިޓީގެ ބަނދަރަކަށް މިލިއަނަކަށްވުރެ ގިނަ އަދަދެއްގެ މަސްތަކެއް މަރުވެގެން ލެއްގީ ޖަޕާނަށް ސުނާމީއާއި ގުޅިގެން ނިކުލިއަރ ޕުލާންޓްތަކުން ލީކުވި ރޭޑިއޭޝަނުން ކަމަށް އިންޓަނެޓް ސައިޓްތަކުން ދަނީ ބުނަމުއްނެވެ. ނަމަވެސް މި ހާދިސާއާއި ޖަޕާނަށް އައި ބިންހެލުމާއި ގުޅުވޭނެ އެއްވެސް ގޮތެއްނެތެވެ. މި ހާދިސާ ހިގައިފައިވަނީ މާރޗް 8 ވަނަ ދުވަހުގެ. ޖަޕާނަށް ބިންހެލުން އައީ މާރޗް މަހުގެ 11 ވަނަ ދުވަހުގައެވެ. އެހެންކަމުން މި ހާދިސާއާއި ޖަޕާނަށް އައި ބިންހެލުމަކާއި އެއްވެސް ގުޅުމެއްނެތެވެ.  މާރޗު މަހުގެ 8 ވަނަ ދުވަހު މިހާދިސާގެ ހަބަރު ވަނީ އޭއެފްޕީ އިން ގެނެސްދީފައެވެ.