5/2/11

ވީރާނާވީ ހަޔާތް 8

ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ. ކުރީގެ އަދަދުތައް ކިޔާލުމަށް

އެވަގުތު އެފެނުނު އެއްޗެއްގެ ސަބަބުން ޒައުލްގެ މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔައެވެ.ޒައުލްއަށް ވަގުތުން މޫނު އަނެއް ފަރާތަށް އަނބުރާލެވުނެވެ. ހިތާއިދެކޮޅަށް ނަމަވެސް ދެވަނަފަހަރަށް އެވީޑިއޯ ކްލިޕްއަށް ބަލާލެވުނީ އޭނަގެ މަގްޞަދު ކާމިޔާބު ކުރުމަށް ޓަކައި އޭގެ ސަބަބުން ކޮންމެވެސް ކަހަލަ އެހީއެއް އޭނަޔަށް ލިބިދާނެ ކަމުގެ އުންމީދުގައެވެ. އެނިކަމެތި މައުސޫމް އަންހެންކުއްޖާ އެފަދަ ހާލެއްގައި ވަނިކޮށް އޭނަ ދެކެން ބޭނުންނުވާތީއެވެ.އެ ކްލިޕްގަވާ އަންހެން ކުއްޖަކީ އޭނަގެ ލޯބިވާ ލުޝްތާ ފިޔަވައި ދެވަނަ އަންހެން ކުއްޖެއް ނޫނެވެ.އެއްވެސް ފޭރާމެއް ނެތި ބަރަހަނާ ކަންމަތީގައި އަލަށް ހަދަމުން އަންނަ ފަދަ ތަނެއްގެ ތެރޭގައި ލުޝްތާ އޮތްއިރު ހީވަނީ ފުންނިންޖަކުން ނިދާފައި އޮތް ހެންނެވެ.އެ ކްލިޕްގެ ވަކި ހިސާބަކުން ފެންނަނީ ފިރިހެނަކު އައިސް ލުޝްތާގެ އެނާޒުކް ހަށިގަނޑުގައި ނަހަމަ ގޮތުގައި ބީހެން ފެށިތަނެވެ.އެފަދަ މަންޒަރެއް ފެނުމުން ޒައުލްގެ ލޭ ކެކި އުތުރި އަރައިގަތެވެ.އެ ކްލިޕް ނިމެންދެންވެސް ދެއްކީ ތަފާތު ހަތަރު މީހަކު ވެގެން ލުޝްތާގެ އިއްޒަތް ވެއްޔާއި މޮޑޭތަނެވެ.އެހަތަރު މީހުންގެ މޫނު އެހާރީތިކޮށް ނުފެނުނަސް އެއީ ކޮންބައެއްކަން ވަކިވަކިން އައްމަޓީ ކިޔައިދެމުން ގެންދިޔައީ ވަރަށް ފަޙުރުވެރިކަމާއެކުގައެވެ.އެހަތަރު މީހުންނަކީވެސް އައްމަޓީގެ ގާތް ރަހުމަތްތެރިންކަން އޭނަ ކިޔައިދޭލެއް ފުރިހަމަ ކަމުންވެސް އިނގެއެވެ.އޭނަގެ ވާހަކައިން އެނގުނު ގޮތުގައި އެރޭ އޭނަޔަށް އެމީހުންނާއެކު ނުދެވުނީ އޭނަގެ މަންމަގެ ސަބަބުންނެވެ.މަންމަ އޭނަ ހިފެހެއްޓީއެވެ.
ޒައުލް އަށް މުއްކަވާލެވުނީ އައްމަޓިގެ ދުވަސްދުއްވާ ލުމުގެ ނިޔަތުގައެވެ.ޝިފާންމެންނަށް މިކަން ފާހަގަ ނުކުރެވުނީ އެވަގުތު އެމީހުންގެ ސަމާލުކަން ގޮސް ހުއްޓިފައިވަނީ އައްމަޓީއަށް ކަމަށް ވާތީއެވެ.ހިތްހަމަ ނުޖެހިފައި ތިއްބަސް އޭނަގެ ވާހަކަތައް އެމީހުން އަޑުއަހަމުން ދިޔައެވެ.އޭރު ޒައުލްގެ މޫނުމަތި ވަނީ ރުޅިއައިސް ރަތްވެފައެވެ.ދެބުމަވަނީ ގޮށްޖެހިފައެވެ.ނަމަވެސް ދެވަނަ ސިކުންތު ތެރޭގައި އޭނަގެ ރުޅި ހިންދާލީ ސިކުނޑިއަށް މާމޮޅު ޙިޔާލެއް ވަނީމައެވެ.އަނެއްކާވެސް ކޮފީތަށިން ކޮފީކޯވަރެއް ބޯލީ ތުންފަތް މައްޗަށް ނުލަފާ ހިންޏެއް ވެރި ކުރުވަމުންނެވެ.އެދުވަހުގެ ކޮފީ އެމީހުންނިންމާލިއިރު ހުރީ އިރުއޮއްސި އަނދިރިވެސްވެފައެވެ.ޒައުލް ގެޔަށް އައުމަށް ޓަކައި ސައިކަލަށް އެރީ އައްމަޓީއާއި ވަކިން ބައްދަލު ކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ.އޭރު ޝިފާނާއި އިއްސެ ގޮއްސިއެވެ.އައްމަޓީވެސް އޭނަގެ ނަމްބަރ ޒައުލް އަށް ދީފައި އޭނަގެ ގްރޫޕް ކައިރިއަށް ދިއުމަށް ޓަކައި ސައިކަލަށް އަރައި ސައިކުދުއްވާލީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށެވެ.އޭނަގޮސް އޮބާލަންދެކަށް ޒައުލްބަލަން ހުއްޓެވެ.މިވަގުތު އޭނަގެ ސިކުނޑީގައި އެބުރެމުންދާ އެއްޗެއް ދެނެވޮޑިގެންވާނީ ހަމައެކަނި ހެއްދެވި ފަރާތެވެ.
އޭގެ ދެދުވަހެއް ފަހެވެ.ވަގުތަކީ މެންދުރުގެ އެންމެ ހޫނުވަގުތެވެ.އައިސާފުޅު ހިގަމުން ދިޔައީ އޭނަގެ އަވަށްޓެރިއެއް ކަމަށްވާ މޫނިސާމެންގެޔާއި ދިމާލަށެވެ.ލައިގެން ކާނޭ އެއްޗެއް ނެތުމުން ކޮންމެވެސް އެއްޗެއް ލިބޭތޯއެވެ.ކޮންމެ ދުވަހަކުވެސް މޫނިސާގެ ފިރިމީހާ ނަފީސް މަހަށް ގޮސްފައައިސް އައިސާފުޅުމެންގެޔަށް މަސްކޮޅެއް ދޭނެއެވެ.ނަމަވެސް ރޭގަ ނަފީސް އެގެޔަށް އައިއިރު އައިސާފުޅުވީ ހެލްތްޕޯސްޓްގަ އޭނަގެ ޑިއުޓީ އަދާކުރުމަށެވެ.މިއަދު ހެނދުނުވެސް އައިސާފުޅު ސައިބުއީ ކުޑަކުޑަ ރިހާކޮޅަކާއި ރޮށިކޮޅަކުންނެވެ."އޭ އެއޮށް ދަނީދޯ އެއްކަލަ ބަޑި ލުޝްތާގެ މަންމަ....ހިތަށް އަރާ ސަހަރޯއޭ....ބަފާ މަރުވީމަވެސް އަދިވެސް ހަށިވިއްކަނީ..ޕިސްޕިސް ރަނގަޅަށް އުޅޭކަށް ނޭނގެ ވިއްޔާ....މާލެޔަށް ދެވުނީމަ ހީވަނީ ލައްކައެކޭ..."އައިސާފުޅު ސިއްސައިގެން ދިޔައީ މަގުގެ އެއްފަރާތެއްގައި ތިބި ޒުވާން ފުރައިގެ ދެތިން ފިރިހެން ކުދިންގެ ތެރެއިން އެކަކު މިހެން ބުނުމުންނެވެ.އެމީހުންނާއި ދިމާލަށް އޭނަޔަށް ބަލަން ހުރެވުނީ ދެންމެ އޭނަގެ ކަންފަތުގައި ޖެހުނު ބަސްތައް ގަބޫލުކުރަން ދަތި ފަދަ ގޮތަކަށެވެ.އޭނަގެ ދަރިފުޅާއި ބެހޭގޮތުން މިހާ މުޑުދާރު ގޮތަކަށް މިމީހުން ވާހަކަ މިދައްކަނީ ކީއްވެހެއްޔެވެ؟"ކޮއްކޯ...އެއްޗެއް ދުލުން ބޭރު ކުރުމުގެ ކުރިން އެބުނެވެނީ ކިހާ ބޮޑުއެއްޗެއްކަން ފުރަތަމަ ވިސްނާލަބަލަ...އަހަރެންގެ ދަރިފުޅު ކަލޭމެންނަށް ކީއްކޮށްގެންތަ އޭނަގެ އަބުރާއި ކަލޭމެން ތި ބެހެނީ؟އަހަންނަށް އެނގޭ އަހަރެމެންނަކީ ނިކަމެތި ބައެއްކަން...އެކަމަކު އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެ އަބުރާއި ބެހުމުގެ އެއްވެސް ހައްގެއް ނޯންނާނެ...މުއްސަންޖަކަށް ވިޔަސް ފަގީރަކަށް ވިޔަސް..."މިހެން ބުނުމަށްފަހު އައިސާފުޅު ހިގައިގަތީ އަނެއްކާވެސް އެގެޔާއި ދިމާލަށެވެ.އެވަގުތު އަނެއްކާވެސް އެކުދިންތައް ލުޝްތާއާއި ބެހޭގޮތުން ފާޑުފާޑުގެ އެއްޗެހިކިޔަން ފެށިއެވެ.އޭނަޔަށް ނޭނގުނަސް އޭނަގެ ދަރިފުޅު މާލޭގައި ހުރެގެން ކުޅޭ ކުޅިގަނޑު ރަށުގެ ރައްޔިތުންނަށް އެނގޭކަމާއި އޭނަޔަށްވެސް ކޮންމެވެސް ދުވަހަކުން އެކަން އެނގޭނެ ވާހަކައެވެ.ނަމަވެސް މިއިން އެއްވެސް ވާހަކަޔަކަށް އޭނަ އަޅާނުލީ ރަށުގައި ލުޝްތާ ހުރިއިރުވެސް ވަރަށް ގިނަކުދިން މިގޮތަށް ލުޝްތާޔާއި ޖައްސާލައިގެން އުޅޭތީއެވެ.އެހެންނަމަވެސް މިފަދަ ވާހަކައެއް މީގެ ކުރިން ދުވަހަކުވެސް ނުކިޔައެވެ.އައިސާފުޅު މިފަދަ ހިޔާލްތަކެއްގައި ހުރެގެން ކުރިޔަށް ހިގަމުން ދިޔައިރު އެހެން ކަމެއްވެސް އޭނަޔަށް ފާހަގަ ކުރެވުނެއެވެ.އެހެން ދުވަސްތަކުގައި އޭނަ ފެނުމުން ހީލާހަދާ މީހުން މިއަދު އޭނަ ފެނުމުން މޫނު އަނެއް ފަރާތަށް އަބުރާލައެވެ.މިވަނީ ކީއްކަމެއްވެސް ނޭނގޭ ހާލު އައިސާފުޅުގޮސް މޫނިސާ މެންގެޔަށް ވަނެވެ.އޭރު ޖޯލިފަތީގައި ހަނޑޫހޮވަން މޫނިސާއިނެވެ.އޭނަވެސް މިއަދު އައިސާފުޅު ފެނުމުން ހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.
އޭނަގޮސް މޫނިސާ ކައިރީގައި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ."މޫނިސާ...ކިހިނެއްވެފަ ތިއިނީ..މިއަދު ހާދަ ފާޑަކަށް އިންހެން ހީވޭ..މަށަކަށް ނޭނގެ މިއަދު މިވަނީ ކީއްކަމެއް؟"މިހެން ބުނެފައި މިއަދު އޭނަ އެގެޔަށް އަންނަނިކޮށް މަގުމަތީގައި ހިގައިދިޔަ ކަންތައް ވަކިވަކިން ކިޔައިދެމުން ގެންދިޔައެވެ.މިވާހަކަތައް އަޑުއަހާފައި މޫނިސާ ހައިރާނެއް ނުވެއެވެ."އެއީ ދޮގެއް ކަމަށްތަ އައިސާފުޅު ހީކުރަނީ؟"މޫނިސާގެ މިޖުމްލަޔާއެކު އައިސާފުޅުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ."ކީކޭ ތި ބުނީ؟""މި ބުނީ އެވާހަކަ ތަކަކީ ދޮގެއް ނޫނޭ...މީހުން ހަދަހަދައިގެން ދައްކާ ވާހަކަ ތަކެއްވެސް ނޫނޭ..އަހަރެންގެ ދަރިފުޅު ނާއިޝް މިއަދު ހެނދުނު އޭނަގެ ފޯނުން މާވަގު ވަގަށް އެއްޗެއް ބަލަން އިންތަން މަށަށް ފެނުނު...އޭނަ އެބަލަނީ ރަނގަޅު އެއްޗެއް ނޫންކަން މަށަށް ވިސްނުނީމަ މަ އޭނަގެ އަތުން ފޯނު ޖަހައިގަތިން..އެގޭތަ އެފޯނުން އެވަގުތު ފެންނަމުން ދިޔައީ ކޯއްޗެއްކަން..." "ކޯއްޗެއް؟"އޭރު އައިސާފުޅުގެ މޫނުމައްޗައް ވަނީ ނޭނގޭ ބިރުވެރި ކަމެއް ވެރިވެފައެވެ."އައިސާގެ ދަރި ލުޝްތާ...ހެއްދެވި ގޮތަށް...އޭނަގެ ގައިމަތީގައި ތިން ފިރިހެނުން އޮތް...އެމީހުންވެސް އެހާލުގަ...މަށަށް ބަލަން ނުކެރިގެން ފޯނު ބިންމައްޗަށް އެއްލާލީ..."މޫނިސާގެ މިޖުމްލަޔާއެކު އޭނަގެ މޫނުމައްޗަށް އަނދިރި ވެގެން ދިޔަހެން އޭނަޔަށް ހީވިއެވެ.މުޅި ދުނިޔެވެސް އޭނަ ވަށައިގެން އެނބުރޭ ކަހަލައެވެ.ނޫނެކެވެ.ނޫނެކެވެ.އޭނަގެ ދަރިފުޅު އެކަހަލަ މުޑުދާރު އަމަލެއް ނުހިންގާނެއެވެ.އެއީ އެޔަށްވުރެން މާބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ.އައިސާފުޅު އިންތަނުން ތެދުވެގެން ދުއްވައިގަތީ ފޯނު ބޫތާއި ދިމާލަށެވެ.މޫނިސާއަށް ވެސް ބަލަން ހުރެވުނީ ހަމްދަރުދީއިން ފުރިގެންވާ ނަޒަރަކުންނެވެ.
ޝަހީމާ އިނީ އިއްޔެގަ ދޮވުނު އެއްޗެހި ފަށްޖަހާށެވެ.މަޑުމަޑުން ލުޝްތާގެ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ.ކުޑަކޮށް މީހުންނާއި އަގައިން ބުނެލާ ހަދައެވެ.މިވަގުތު ލުޝްތާއިނީ ސިޓިންގްރޫމްގެ ސޯފާއެއްގައި ޓީވީ ބަލާށެވެ.އިރުކޮޅެއްވަންދެން އިދެލާފައި އޭނަ ހިގައިގަތީ ފާހާނަޔަށް ވަނުމަށެވެ.ޝަހީމާވެސް ކުރަން ހުރި ކަންތައް ކޮށް ނިންމާލައިފައި ބޭރަށް ނުކުތެވެ.އެވަގުތު ކުއްލިޔަކަށް ގޭގެ ދޮރުން އެތެރެއަށް ވަދެގެން ފަހީމްއައެވެ.ފަހަތުން ޒައުލްވެސް ފޮށި ހިފައިގެން ވަނެވެ.ޝަހީމާޔަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.މިދަޑިވަޅުގައި އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއްވެސް އޭނަޔަކަށް ނޭނގުނެވެ."ޝަހީމާ.."ފަހީމް ގޮވާލަމުން އެތެރެއަށް ވަދެގެން އައިސް ޝަހީމާ ކައިރިޔަށް ހުއްޓިލިއެވެ."ފަހީމް...ކީއްވެ އަންގާވެސް ނުލާ ތިއައީ..ބުނީމެއްނު މާދަމާއޭ އަންނަނީ..""ހުމް...މާދަމާ އަންނަ ގޮތަށް ކުރިން އޮތީ..އެކަމަކު މަސައްކަތް ނިމުނީމަ ދެން އެތާގަ ހުންނަ ހިތް ނުވީ..ކޮބާތަ ލުޝްތާ؟މިހާރު ކިހިނެއްތަ އެމަންޖެ؟"ފަހީމް މިހެން ބުނުމުން ޝަހީމާ ހިނިތުންވެލިއެވެ.ނަމަވެސް ލުޝްތާގެ ވާހަކަ އެހުމުން ކުޑަކޮށް ދެރަވާގޮތްވިއެވެ."ދެންމެ މިތާ އިނދެފައި ފާހާނަޔަށް އެވަނީ..މިހާރު ކުރިޔަށް ވުރެން ތަންކޮޅެއް ރަނގަޅު..."ޝަހީމާ މިހެން ބުނިތަނާހެން ސިޓިންގްރޫމް ގައިވާ ފޯން ރިންގްވާން ފެށިއެވެ.
ޝަހީމާގޮސް ފޯނުގެ އަތްގަޑު ނަގާ ކަންފަތުގައި ޖައްސައިލިއެވެ."ހަލޯ،ޝަހީމާތަ؟މީ އައިސައޭ..ލުޝްތާގެ މަންމަ،ލުޝްތާ ކޮބާ؟.."ޝަހީމާޔަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން އައިސާފުޅު ފަތިވަރުތަކެއް އަމުނާލިއެވެ.އޭނަގެ އަޑުން އޭނަ އެހެރީ ވަރަށް ހާސްވެފަކަން ޝަހީމާޔަށް އެނގުނެވެ."ލުޝްތާ އެބައުޅޭ..ކިހިނެއްތަ އައިސާ..ހާދަ ހާސްވެފައި ހުރިހެން ހީވޭ..ހުރިހާކަމެއްވެސް ރަނގަޅުތަ؟""އެއްވެސް ކަމެއް ރަނގަޅެއް ނޫން..އަހަންނަށް ރަށުތެރެއިން މިއަދު މިއިވޭ ވާހަކަތަކުން ލަދުން ބޯފަޅައިގެން ދާ ވަރުވެފަ މިހިރީ..."އޭނަ މިހެން ބުނުމުން ޝަހީމާވެސް ކުޑަކޮށް ހާސްވާ ގޮތްވިއެވެ.އަނެއްކާ އައިސާޔާ ހަމަޔަށް އެވާހަކަ ދިޔައީ ހެއްޔެވެ؟"ހަލޯ...ހަލޯ..""ހުމް އެބަހުރީމޭ...ކާކު ކީކޭ ކީތަ އަނެއްކާ؟"އެވަގުތު އައިސާފުޅު މިއަދު އޭނަޔަށް ދިމާވި ކަންތައްތަކުގެ ވާހަކަ އަކުރުން ފިއްޔަށް ކިޔައިދޭން ފެށިއެވެ.އެ ފިރިހެން ކުދިންގެ ވާހަކަޔާއި ރަށު މީހުން އޭނަ ފެނުމުންވެސް ނުފެންނަ ކަމަށް ހަދާ ވާހަކައެވެ.މޫނިސާގެ ދަރިފުޅުގެ ފޯނުގައި ހުރި ވީޑިއޯގެ ވާހަކައެވެ.ޝަހީމާޔަށް އެވީޑިއޯގެ ވާހަކަ އޭނަގެ ކަންފަތުގައި ޖެހުމުން ހީވީ ހޮނު ގުގުރިއެއް ކަންފަތަށް އެޅިހެންނެވެ.އެވަގުތު އޭނަގެ އަތުން ފޯނުގެ އަތްގަޑު ދޫވެގެން ދިޔައެވެ.ޒައުލްއާއި ފަހީމްއަށް ވެސް އެދިމާލަށް ބަލައިލެވުނީ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ.އޭރު އައިސާފުޅު "ހަލޯ ހަލޯ"އޭ ކިޔަމުން ގެންދިޔައެވެ.
ޝަހީމާގެ މިހިމޭންކަމުގެ ސަބަބުން އައިސާފުޅަށް އެއީ ތެދެއްކަން ގަބޫލް ކުރެވުނެވެ.ނަމަވެސް އަދިވެސް ހަގީގަތް އޮތީ ފޮރުވިފައެވެ.އޭނަޔަށް އަޑުވިފައި ހުރިވާހަކަ ތަކަކީ ހަގީގަތާއި ޙިލާފް ވާހަކަތަކެއް ކަމެއް އޭނަޔަކަށް ނޭނގެއެވެ.ކުއްލިޔަކަށް އޭނަގެ މެޔަށް ތަދެއް އެރުމާއެކު ފޯނު ބޫތު ތެރެއަށް އޭނަ ތިރިވިއެވެ.މަގުމަތީގައި އެވަގުތު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ހަޅޭއްލަވަން އުޅެއުޅެވެސް އަޑެއް ނުނިކުތެވެ.އިރުކޮޅެއް ވަންދެން ވޭނުގައި ތެޅިތެޅި އޮވެފައި ހަބަރު ހުސްވެއްޖެއެވެ.
މޫނިސާ އައިސާފުޅު މެންގެޔަށް ދިޔައީ އޭނަގެ ހިތުގައިވާ ހަމްދަރުދީއެއްގެ ސަބަބުންނެވެ.އެދެމީހުންގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ސަބަބުންނެވެ.ނަމަވެސް އެގެޔަށް ގޮސް މުޅި ގޭތެރެއާއި ގޯތިތެރެ ބަލައި ނިމުނު އިރުވެސް އެއްވެސް ތާކުން މޫނިސާއަކަށް އޭނައެއް ނުފެނުނެވެ.އޭނަޔަށް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ.މަގުމައްޗަށް ނުކުމެފައި ފޯނު ބޫތާއި ދިމާލަށް ދުއްވައިގަތެވެ.ތަންކޮޅަކަށް ދެވުނު ތަނާހެން އަންހެން ކުއްޖަކު އޭނަޔަށް ގޮވައިލައިފައި ވަރަށް އަވަހަށް ހެލްތް ޕޯސްޓަށް އައުމަށާއި އައިސާފުޅުގެ ހާލު ވަރަށް ގޯސް ކަމަށް ބުންޏެވެ.އެވަގުތު މޫނިސާއަށް ދުއްވައިގަނެވުނީ ހެލްތް ޕޯސްޓާއި ދިމާލަށެވެ.އެތަނަށް ދެވުނުއިރު އެތާގައި ބައިވަރު މީހުން އެއްވެފައި ތިއްބާ މޫނިސާއަށް ފެނުނެވެ.އޭރުވެސް އެކިމީހުންގެ ތުންތުން މަތިން ދެކެވެމުން ދިޔަައީ ލުޝްތާގެ ވާހަކައެވެ.މުސްކުޅި މަޔަކު އެކަނިކޮށްލާފައި އޭނަ ގޮސް އުޅޭ މުޑުދާރު ގޮތުގެ ވާހަކައެވެ.މޫނިސާ އެމީހުންގެ ވާހަކަތަކަށް ސަމާލު ކަމެއް ނުދީ އެތެރެއަށް ވަދެގެން ވާރޑާއި ދިމާލަށް ދިޔައެވެ.އެވަގުތު އައިސާފުޅު އޮތް ހާލު ފެނުމުން އޭނަގެ ދެލޮލުން ކަރުނަ ހިލުނެއެވެ.ކައިރިޔަށް ގޮސް މަޑުމަޑުން އައިސާ ފުޅަށް ގޮވައިލިއެވެ.އެވަގުތު މަޑުމަޑުން އޭނަ ދެލޯ ހުޅުވާލައިފައި ބަލިގޮތަކަށް މޫނިސާޔަށް ބަލައިލިއެވެ.އޭރު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ.މޫނިސާ މަޑުމަޑުން އައިސާފުޅުގެ އަތުގައި ހިފަހައްޓައިލިއެވެ."އަހަންނަށް މާފްކުރޭ..މިއަދު އަހަންނަށް ވާހަކަ ދެއްކުނީ ވަރަށް ހަރުކަށިކޮށް""ނޫން..މޫނިސާ ނޫން...އަހަންނަށް ކަމެއް ކޮށް ދެންޏާމު އަހަރެންގެ ދަރިފުޅު އަހަރެންގެ ކައިރިޔަށް ގެނެސްދީ..ހެޔޮނުވާނެ.."އައިސާފުޅުގެ މި ޖުމްލަޔަށް މޫނިސާ ބޯ ޖަހައިލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ.އަދި އޭނަގެ ޖީބުގައިވާ ފޯނު ނަގައިގެން ނަމްބަރ ތަކަކަށް ފިތައިލިއެވެ.
(ނުނިމޭ......)

No comments:

Post a Comment