އޭ ލޮބުވެތި ދިވެހިއްނޭ،. ހުސް ބުޅީގައި ބާނާ މަސް ކައިގެންތިބި ދިވެހިއްނޭ ،މިންވަރަށް ނިކްން ޝުކުރު ކޮއްބަލާށެވެ. ތިހާ ފޮނިވެގެން ނޫޅެބަލާށެވެ. ބަނީ އިޒްރާއީލް ބައިގައިގެ މީހުން އެއްވެސް މަސެއްކަތެއް ނޮކޮށް މޫސާގެ ފާނުގެ އަރިހުގައި އެބައި މީހުން ކެއުމަށް އުޑުން ސަލްވައާއި މައްނަ ފޮނުއްވުމަށް އެދުނު ފަދައިން ރައީސް ނަޝީދުގެ އަރިހުން ނޭދޭށެވެ. ލިބޭ މިންވަރަށް ޝުކުރު ކޮށްގެން މިއަދުގެ މި ހާލަތުން އަރިގެން ކުރިޔަށް ދިޔުމަށް ރޭގަޑު މަގުމަތީގައި އޮށޯވެތިބެ ނޮގޮވާ މާތް ރަސްކަލާންގެއަށް ނިކަން ދުއާ ކޮއްބަލާށެވެ. ކޮއްމެ ރެޔަކު 8:00 ފެށިގެން ފަތިސް ވަންދެން މާލޭގެ މަގުމަތީގައި މޮޔަ ވެގެން އުޅޭ ކުއްތާތަކެއް ފަދައިން ކަރު ބުޑުން ދިލަނަގާވަރަށް ގޮވަމުން އާއްމުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދިނުމުން އިގުތިސާދު ރަގަޅެއް ނުވާނެއެވެ. ހައްތާހާ ވަނީ ގޯހެވެ. ޗާންދަނީ މަގާއި މަޖީދީމަގު ޖަންގުޝަން ބަންދުކޮށްގެން ތިތިބޭ ތިބުން ހުރަސް އެޅިގެން އެދަނީ ކިތަށް ފިހާރަތަކަށްތޯއެވެ.
އޭ ލޮބުވެތި ހޭބޯ ނަރައިގެން އުޅޭ މިއަޅާގެ ގައުމުގެ މީސްތަކުއްނޭ 1960 ގެ އަހަރުތަކުގައި ތިޔަބައި މީހުން އުޅުނު ހާލު ނިކަން ހިތަށް ގެނަ ބަލާށެވެ. ހަދާން ނުހުއްނަ މީހުން ހަދާން ހުރި މީހުން ކައިރިން އަހައި އޮޅުން ފިލުވަބަލާށެވެ. އެ ހަދާންތަށް ހުރި މީހުން އަދިވެސް މި ލޮބުވެތި ފަސްގަޑުގައި ދިރި އެބަ ތިއްބެވެ. އޭރުގެ މީހުން ކައި އުޅުނީ މަގޫފަތާއި ފަޅޯގަހުގެ ދަނޑިގަޑު ފަދަ ތަކެއްޗެވެ. ގޭދޮށުގައި ހުއްނަ ވަޅުން ފެން ނަގައިގެން އޭގެ ތެރައަށް ހަކުރު ފޮދެއް އަޅައިގެން ގެމަނަފުޝީ އިލްހާމު އަށް އޭނާގެ މައްމަ ބޯންދިން ހަދާން މިއަދު ނެތުނީ ކަމަށްވެސް ވެދާނެއެވެ. ލައިގެން ކާނެ އެއްޗެއް ނެތިގެން ކަޅުސައި ތަށިގެ ތެރެއަށް ހުނިލީ ރޮށި ފުދުވައިގެން ބުއި ހަދާން ނެތުނީ ތޯއެވެ
ތަކެތީގެ އަގު ބޮޑުވެއްޖެ ވާހަކަ ދައްކާއިރު އަދިވެސް ފެއްނަނީ ކޮއްމެ މީހަކުވެސް އެއްމެ އަގުބޮޑު ފޯނުތަކާއި ލެޕްޓޮޕް ފަދަ ތަކެތި ގަނެގެން ގެޔަށް ވައްދާ ތަނެވެ. އަތުކުރީގައި އަޅަނީ އެއްމެ އަގުބޮޑު ރޮލެކްސް ގަޑިއެވެ. ލާނީ އެއްމެ އަގުބޮޑު ގަމީހާއި ޖީންސެވެ. އެކަމަކުވެސް މިތިބީ ހަނާވެފަ ބަޑަށެވެ.ދަންވާ ވަރަކަށް މިފެއްނަނީ މާލޭގެ ރެސްޓޯރަންޓު ތަކާއި ސައި ހޮޓާތައް ފުރި ބާރުވެގެން ދާތަނެވެ. އެކަމަކުވެސް ލިބޭ ލާރިން ދެކޮޅު ނުޖެހެއެވެ. އަދި މިހާލަތުގައި ވެސް ސުނާމީގައި ހާލުގައި ޖެހުން ކަމަށް ބުނާ މީހުން ހޭބޯނާރައިގެން ދުވަނީއެވެ. މިބައި މީހުއްނަށް ހީވި ގޮތުގައި ސުނާމީއަކީ އެމީހުއްނަށް މިންވަރުކުރުވި ބޮޑު ރޯއްޖެކެވެ. ރީތި ގެތަށް އަޅާ ދިނީމައި އެވަރުން ނުފިދިގެން މި އެދެނީ ގޭގައި އޭސީ ހަރުކޮށްދީ ނީލަ ކޯރުން ކޮއްމެ ގެއަކަށް ފެންހޮޅިއެއް ގުޅާދޭށެވެ. ކޮއްމެ ދަރިއަކަށް ގެއެއް އަޅައިދޭށެވެ.މިއީ ހާދަކާ ފޮނިވެސް ބައްތާއެވެ. ތިމާމެއްނަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއިން އިބުރަތެއް ހާސިލުކޮށް ލިބޭ މިންވަރަށް ޝުކުރު ކުރަން ނިކްން ދަސްކޮށް ބަލާށެވެ. ސުނާމީގައި ހާލުގައި ޖެހުނު އެހެން ގައުމު ތަކުގެ މީހުއްނަށް އަދިވެސް އެއުޅެނީ މިހާރުވެސް ހަމަ ނުޖެހިގެއްނެވެ.
މި ދަޑިވަޅަކީ ދިރިއުޅުމުގެ އެއްމެ ހަރަދު ކުޑަގޮތް ވިސްނައިގެން އުޅެންވީ ވަގުތެވެ. އެ އެއްޗެއް ކައިގެން އެއިން ގެއްލުން ނުވާ ކޮއްމެއެއްޗެއް ކައިގެން ބަނޑު ހައު ހޫނުކަން ފިލުވައިގެން ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ. ދުނިޔޭގެ ބައެއް ތަންތާގެ މީހުން ބަނޑުހައި ހޫނުކަން ފިލުވަން ކިސަޑުވެސް ކައި އުޅއެއެވެ. ތަކެތީގެ އަގުބޮޑު ވެފައިވާ މި ދަޑިވަޅުގައި އަޅުގަޑު ދެކޭ ގޮތުގައި ކިސަޑަކީ ކެއުމަށް ވަރަށްވެސް ރަގަޅު އެއްޗެކެވެ. އެހެނީ އޭގައި މިނަރަލް އކުލެވިގެންވާނަމަ ކާން ކިތައްމެހާވެސް ރަގަޅެވެ. ވިއެޓުނާމުގައި ކިސަޑުން އެކި ބާވަތް ބާވަތުގެ އެއްޗެހި ހަދައި ކައިއުޅެއެވެ.އެމީހުން ކިސަޑު ތައްޔާރުކުރަނީ ޗަކައާއި ކިސަޑު ހުންނަތަންތަނުން އެތަކެތި ނަގައިގެން އަވިން ހިއްކައިގެންނެވެ.އެއަށް ފަހު ކަނީ އަލިފާން ބޭނުންކޮށްގެން ނޫނީ އުނދުނުން މިކިސަޑު ހަނާކޮށްގެންނެވެ. ކިސަޑު ހަނާކުރަނީ އޭގެ ރަހަ މީރުކުރުމަށްޓަކައި ފޭރުފަތާއި އެނޫންވެސް ބައެއް ބާވަތްތަކުގެ ފަތްތައް އަޅައިގެންނެވެ
އަޅުގަޑު އުއްމީދު ކުރަނީ ރާއްޖޭގެ ބާޒާރުންވެސް ވަރަށް އަވަހަށް މިބާވަތުގެ ކާނާ ލިބެން ހުއްނާނެކަމަށެވެ. ހަނާވެގެން އުޅޭ ރައްޔިތުން ކާން މިއީ ވަރަށްވެސް ރަގަޅު އެއްޗެކެވެ. ރާއްޖެތެރޭގެ ރަށްރަށުން ވަރަށް ފަސޭހައިން ކިސަޑު ލިބޭނެއެވެ. ހާއްސަކޮށް ދާދި ފަހުން ދުވާފަރު ކައުންސިލްގެ އިދާރާ ހިސާރު ކޮށްގެން އުޅުނު ކަދޮޅުދޫ މީހުން ދުވާފަރުގައި އާބާދުވި ސަރަހައްދުން ލިބެން ހުއްނާނެއެވެ.
kihinetha dhivehin maai v...?
ReplyDeletekadumas kaathy. hehe
ReplyDeletemee dhivehinna mala mai koffa liyefai va MDP ge mi verikama thaaidhu kuraa beafulhege liume kan vara rangalha kiyaalumun engigije...me liun theriya ah ok gaumuge verin konme gothaka ulhunas...
ReplyDeleteey bala braanthin thakaa maumoonu ulhunu goi miadhu handhaan nethuneetha,koba elha migaumuga hingi jareemaathaka faahish amaluthah, adhaalathu meehunna miadhu maumoonu muslimakah veetha?
ReplyDelete