ޒުވާނުންގެ މުޒާހަރާގެ ނަމުގައި މާލޭގައި ރޭ ބޭއްވި މުޒާހަރާ އަކީ ގައުމު ހަލަބޮލި ކޮއްލުމަށް ސިޔާސީ ލީޑަރުން ރައްޔިތުން ލައްވާ ކުޅުވި ފިލްމެކެވެ. ތަކެތީގެ އަގުބޮޑުވުމުން އެކަމުގެ އަސަރު ދިވެހި ހުރިހާ ރައްޔިތުއްނަށްވެސް ކުރާނެއެވެ. އަޅުގަޑު ކައިރީގަ ރައްޓެއްސަކު ރޭގަ ކުރި ސުވާލަކީ'' މަޗާ ކަލޭމެއްނަށް ހެޔޮދޯ ކޮއްމެ ގޮތެއްވިއަސް. ތަކެތީގެ އަގުބޮޑުވިއަސް އެމްޑީޕީގެ މެމްބަރަކަށް ވީތީ އެއްވެސް އަސަރެއް ނުކުރޭދޯ؟'' އަޅުގަޑުގެ އެކުވެރިޔާއަށް އަޅުގަޑު ދިން ޖަވާބަކީ ''ބަލަ އެމްޑީޕީގެ މެމްބަރެއްވިއަސް ތަކެތީގެ އަގު ލިބޭ އާމްދަނީއާއި އަޅާ ބަލާފަ އިންތިހާއަށް ބޮޑު ވުމުން އެކަމުގެ އަސަރު ނުކުރާންވީ ކީއްވެގެންތޯއެވެ. އެމްޑީޕީ ގެ މެމްބަރުން ފިހާރަތަކުން އެއްޗެހި ގަނެފަ ރައީސް އޮފީހަށް ނޫނީ އެމްޑީޕީގެ އޮފީހަށް އިންވޮއިސް ފޮނުވަނީތޯ'' އެވެ.
ރޭގެ މުޒާހަރާ އަކީ އެއްވެސް ގޮތަކަށް ތަކެތީގެ އަގުބޮޑުވެގެން ކުރި މުޒާހަރާއެއްހެން އަހައްނަކަށް ސިފަ ނުވެއެވެ. މުޒާހަރާ ފެށުނު ވަގުތުން ފެށިގެން ރޭގެ 3 ޖަހަންދެން މުޒާހަރާގެ ހިގަމުންދާގޮތް ބެލުމަށް ރާއްޖޭގެ އެކި އެކި ޓީވީ ޖެނެލްތަކުން ފޮނުވަމުން ދިޔަ މުޒާހަރާގެ ކަވަރޭޖު ބަލަން އިނީމެވެ. ސުލްހަވެރި މުޒާހަރާ ކުރަން އަދިވެސް ދިވެހިއްނަކަށް ދަސްނުވަނީ ކަމަށްވެސް ވެދާނެއެވެ. މަގުމަތީގައި ޖަހާފައި ތިބި ގާތައް ނައްޓައި އެގާތަކުން އަމަން ބަލަހައްޓަންތިބި ފުލުހުއްނަށް ހަމަލަ ދިނުމުން ދޭހަވަނީ މިގައުމުގެ އަމަން ނަގާލަން ރައްޔިތުންގެ ހައްޤުގައޭ ކިޔާފައި ވަކާލާތް ކުރާ ބޭފުޅުން ތިބިކަމެވެ. މަގުމަތީގައި ތިބި ސައިކަލު ތަކުގަ ރޯކުރުމުން ތަކެތީގެ އަގު ތިރިވާނެތޯއެވެ. މިޔަށްވުރެ ހަމަޖެހޭ ވިސްނުމެއް މިގައުމުގެ އިދިކޮޅު ސިޔާސީ ބޭފުޅުން ވިސްނަން ވެއްޖެ ނޫންތޯއެވެ. ގައުމުގެ އަމާންކަން ގެއްލިގެންދާކަމަށް ބުނެ ވަކާލާތް ކުރާ ބޭފުޅުން އަމަން ނަގާލަން ނުކުތުމުން ދެންވާނީ ކިހިނެއްތޯއެވެ. ރޭގެ މުޒާހަރާއިން އާއްމުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިރޭވެސް މުޒާހަރާ ބާއްވާނެ ކަމަށް އެވަނީ އިއުލާނު ކޮށްފައެވެ
ޤައުމަށްޓަކައި ދީނަށްޓަކައި މިރާއްޖޭގެ ރައްޔިތުން ލޭއޮހޮރުވާ ހިސާބަށްދާޖެހުން ކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު މިފެންނަނީ ރާއްޖެ ރޫޅެމުންދާ ތަނެވެ. އެއްބައިވަންތަކަން ގެއްލެމުންދާ ތަނެވެ. އަދުގެ ހާލަތާ މެދު ދުރާލާ ނުވިސްނާފިނަމަ މިހާރަށްވުރެ ބޮޑު މުސީބާތްތަކެއް ރާއްޖެއަށް ކުރިމަތިވެދާނެއެވެ. ޤައުމެއްގެ އެންމެ ބޮޑު ހަލާކަކީ އަމަން އަމާންކަން ނެތިދިއުމެވެ
No comments:
Post a Comment