ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ. ކުރީގެ އަދަދުތައް ކިޔާލުމަށް
.
ހަނދު އޭގެ ވާޖިބް އަދާކުރުމަށް ފަހު، އާދުވަހަކަށް މަރުހަބާ ކީ ޝަހީމާ، ލުޝްތާ ގޮވައިގެން އައި.ޖީ.އެމް.އެޗްއަށް ގޮސްސަ ހުއްޓައެވެ.އެތަނަށް ދިޔައީ ލުޝްތާގެ ހަށިގަނޑުގައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށާއި އަދި އޭގެ އިތުރުން އޭނަގެ ހަށިގަޑަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށެވެ.އެހާދިސާގެ ސަބަބުން، ލުޝްތާއަށް ހިގާ ބިގާވެ އުޅެންވެސް އުދަގޫވިއެވެ.އެތަށް ވޭނެއް ތަހައްމަލް ކުރަން ޖެހެވެ.ޑޮކްޓަރަށް ދައްކަން ވެގެން ނަމްބަރ ޖެހުމުން އޭނަ ގޮވައިގެން ޝަހީމާ އެތެރެއަށް ވަނެވެ.އެތާ ހުރީ އަންހެން ޑޮކްޓަރއެއް ކަމުން ޝަހީމާ ކުޑަކޮށް ހިތްހަމަޖެހުނެވެ.ވެގެން އުޅޭގޮތް އެންމެ ފަސޭހައިން އެއްވެސް ލަދުވެތިކަމެއް ނެތި ކިޔައިދެވޭނީ އަންހެން ޑޮކްޓަރަކަށް ކަމަށްވާތީއެވެ.އެމީހުން އެތެރެއަށް ވަނުމުން ޑޮކްޓަރ މިލްނާ އެމީހުންނަށް އިށީނުމަށް ތަން ދެއްކިއެވެ."ހެލޯ.."މިލްނާ މިހެން ބުނީ ލުޝްތާމެންނަށް ބަލައިލުމަށްފަހު ހިނިތުންވަމުންނެވެ.ރައްދުގައި ހިނިތުންވެލާނެހާވެސް ހިތްވަރެއްނެތް ޝަހީމާ ލުޝްތާއަށް ބަލައިލުމަށް ފަހު މަޑުމަޑުން ވެގެން އުޅޭގޮތް ކިޔަދެމުން ގެންދިޔައެވެ.އެރޭ ދިމާވި އެހިތްދަތި ހާދިސާއެވެ.އެ ހާދިސާއަށް ފަހު ލުޝްތާގެ ދިރިއުޅުމަށް އައި ބަދަލްތަކެވެ.ހިގަން އުނދަގޫވާ ކަމާއި އުނަގަނޑުން ތިރީގައި ރިއްސާފައި އަބަދުވެސް މޭނުބައިކޮށް ހޮޑުލަވާގޮތްވާ ވާހަކައެވެ.ކުޑަކަމުދާއިރު ވަރަށް ބޮޑަށް ތަދުވާ ވާހަކައެވެ.އޭރުވެސް ލުޝްތާ އިނީ އެތަނަށް ވަންގޮތަށް އިސްޖަހައިގެންނެވެ.މަޑުމަޑުން އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.ޝަހީމާގެ ވާހަކަ ނިމުނުއިރު މިލްނާއަށްވެސް ކޮންމެވެސް ވަރަކަށް އޭގެ އަސަރުކޮށްފައިވެއެވެ.އޭނަޔަކީވެސް އިންސާނަކަށްވެފައި އަދި އަންހެނަކަށްވުމުން ލުޝްތާއާއި ދިމާލަށް ބަލައިލެވުނީ ހަމްދަރުދީއިން ފުރިފައިވާ ނަޒަރަކުންނެވެ.ލުޝްތާގެ ބޮލުގައި އޭނަ މަޑުމަޑުން ފިރުމައިލުމަށްފަހު އޭނަޔާއެއްކޮށް އައުމަށް އެދުނެވެ.މިލްނާ، ލުޝްތާ ގޮވައިގެން ދިޔައީ އެމީހުން އިށީދެގެން ތިބި މޭޒުގެ ފަހަތުގައި ހުރި ފޮތިގަނޑެއްގެ ފުރަގަހަށެވެ.އެއީ ލުޝްތާ ޗެކް ކުރުމަށެވެ.
ޝަހީމާ އެތާ އިންނަތާ ފަނަރަވަރަކަށް މިނެޓްފަހެވެ.މިލްނާއާއި އެއްކޮށް ލުޝްތާ ނުކުމެގެންއައީ ކުރިމަތީގައިވާ ފޮތިގަނޑު ކަހައިލުމަށްފަހުގައެވެ.މިލްނާ ގޮޑީގައި އިށީނުމަށް ފަހު އެތާއޮތް ފޮތެއްގަ ކޮންމެވެސް އެއްޗެއް ލިޔެފައި އޭގެން ދެގަނޑު ނައްޓާފައި ޝަހީމާއަށް ދިއްކޮށްލިއެވެ."މި ޓެސްޓްތައް ކުރުމަށް ފަހު އަލުން އަޅުގަނޑާއި ބައްދަލް ކޮށްލައްވާ..ދެން...މިބޭސް ސިޓީއަށް ބޭސް ނަންގަވައިގެން ގަވާއިދުން ބޭސްކާންދޭތި..ގައިގައި ހުރި ޒަހަމްތަކުގައި ބޭސްއަޅުއްވަން،މި ތަނަށް ކޮންމެދުވަހަކުވެސް ދުރުވާތި...""ދެން...ލުޝްތާގެ އެގުނަވަނަށްވެސް ހުރީ އެކްސްޓަރނަލްކޮށް ވަރަށް ބޮޑަށް އަނިޔާވެފައި،އިންޓަރނަލްކޮށް އަނިޔާވެފައި ހުރިއްޔާމު އެނގޭނީ ރިޕޯރޓްތައް ލިބުމުން..އެހެންވީމަ ރިޕޯރޓްތައް ހިފައިގެން އަލުން ދުރުވާތީ.."ޝަހީމާ ބޯޖަހައިލުމަށް ފަހު ތެދުވެގެން ލުޝްތާގޮވައިގެން ހިގައިގަތީ ލެބޯޓްރީއާއި ދިމާލަށެވެ.ޓެސްޓުތައް ހައްދާ ނިމުމުން ރިޕޯރޓް ލިބޭނީ އެއްދުވަސް ފަހުން ކަމަށް ވާތީ އެމީހުން ދެން ދިޔައީ ގެޔަށެވެ.
ޒައުލް އިނީ ގޭގެ ސިޓިންގް ރޫމްގައި ޓީވީ ހުޅުވައިގެންނެވެ.އޭރު ޓީވީއިން ހެނދުނު ދިހައެއްގެ ހަބަރު އަންނަމުން ދިޔައެވެ.ޒައުލްގެ ދެލޯ ޓީވިއަށް ގޮސް ހުއްޓިފައިވާކަން އެކަންޏެވެ.އޭނަގެ ސިކުނޑި ވަނީ އެހެން ދުނިޔެއެއްގައެވެ. ލުޝްއަށް ދިމާވި ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރަން އޭނަ ބޭނުންވެއެވެ.އެކަންތައް ތަހުގީގު ކުރަން ބޭނުންވެއެވެ.އެ އަނިޔާ ދިން މީހުންނަށް އަދަބު ލިބެން ބޭނުންވެއެވެ.ނަމަވެސް އެމީހުންނަށް ލިބޭ ކުޑަކުޑަ އަދަބުން ގެއްލިފައިވާ ލުޝްގެ އިއްފަތްތެރިކަން އަލުން ލިބޭނެ ހެއްޔެވެ.ނޫނެކެވެ.ނޫނެކެވެ.އޭނަ، އެމީހުން އެހާ ފަސޭހައިން ދޫކޮށެއް ނުލާނެއެވެ.ޝަހިމާމެން ގެޔަށް ވަދެގެން އައިރުވެސް ޒައުލް އިނީ އޭނަގެ ދުނިޔޭގައެވެ.އެކަމާ ޝަހީމާވެސް އެހާބޮޑަކަށް އަޅައެއް ނުލައެވެ.މިދުވަސް ކޮޅު އެގޭތެރޭގައި އެންމެންގެ ހާލަތުވެސް ހުރީ އެހެން ކަމަށް ވާތީއެވެ.އެއްވެސް ދިރުމެއްނެތް ފަޅު ގެއެކޭ އެއްފަދައެވެ.ޝަހީމާގެ ފިރިމީހާ ފަހީމަށް މިކަންތައް އޭނަވަނީ ކުޑަގޮތަކަށް ނަމަވެސް ކިޔައިދީފައެވެ.އޭނަޔަށް މިހަބަރު ލިބުމުން ވަގުތުން މާލެއަށް އަންނަން އުޅުނެވެ.ނަމަވެސް ޝަހީމާ އޭނަ އައުމަށް ހުއްދައެއް ނުދިނެވެ.މާލެ އަޔަސް ވާނެ އިތުރު ފައިދާއެއް ނޯންނާނެތީވެއެވެ.ލުޝްތާ މިކަންތައް ފުލުހުންނަށް ރިޕޯރޓް ކުރާކަށް ބޭނުމެއް ނުވެއެވެ.އެ ކުޑަކުޑަ އާއިލާއަށް އޭނަގެ ސަބަބުން ނުރައްކާތެރި ކަމެއް ދިމާވާކަށް އޭނަ ބޭނުމެއް ނުވެއެވެ.
ގެޔަށްވަން ގޮތަށް ލުޝްތާ ދިޔައީ ކޮޓަރިއަށެވެ.މިއަދު ސްކޫލަށް ދާނެހާ ހިތްވަރެއްވެސް އޭނަގެ ކިބައަކު ނެތެވެ.ކެއުމެއް ބުއިމެއްވެސް ނެތެވެ.ދެލޯ ހުންނަނީ އަބަދު ކަރުނައިން ފޯވެފައެވެ.ކަރުނައިގެ ކޯރެއެގައި އަބަދުމެ ފަތާހެން ހީވާކަހަލައެވެ.އެއްވެސް މީހަކާ އަގައިންވެސް ނުބުނެއެވެ.ދުނިޔޭގައި ހުއްޓަސް ނެތް މީހެކޭ އެއްފަދައެވެ.ޝަހީމާ އޭނަޔަށް ކާންދޭންވެގެން ކޮޓަރިއަށް ކާއެއްޗެހި ގެނައުމުން ވެސް ލުޝްތާ އެކަމަށް މަނާކުރިއެވެ.އޭނަގެ ހަށިގަނޑުގައި އަޅާ ވޭނެއްގެ ސަބަބުން ކެއުންވެސް އޭނަޔަށް ހަރާމް ވެފައިވާ ކަހަލައެވެ.އެއިހްސާސްތައް ދަނެގަނެވޭނީވެސް އެފަދަ ކަމެއް ދިމާވުމުންނެވެ.
އޭގެފަހުން ސައުވީސް ގަޑިއިރު ފާއިތުވެގެން ހިގައްޖެއެވެ.ޑޮކްޓަރ މިލްނާގެ ރޫމްތެރެހީވަނީ ހިމޭން ކަމުގެ ސާލެއް އޮޅާލައިފައިވާހެންނެވެ.ޝަހީމާއަށް އިންތިޒާރު ކުރެވެމުން ދިޔައީ މިލްނާގެ ޖަވާބަކަށެވެ.އެވަގުތު މާޔޫސްވެފައިވާހާލު، މިލްނާ އިސްއުފުލާ ބަލައިލީ އެއްވެސް ހަރަކާތެއް ނެތް ލުޝްތާއަށެވެ.މިލްނާގެ މޫނުމަތީގައިވާ މާޔޫސްކަން ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޝަހީމާއަށް އެނގުނެވެ.ވައިގެތެރެޔަށް ފުންނޭވާއެއް ދޫކޮށް ލުމަށްފަހު މިލްނާ ވާހަކަ ދައްކަން ފެށިއެވެ."އަޅުގަނޑު އެތައްފަހަރަކު މި ރިޕޯޓްތައް ޗެކް ކޮށްފިން...ނަމަވެސް ނަތީޖާ ހަމަ ސޭމް...""ކީކޭތޯ ކިޔަން ތިއުޅެނީ ޑޮކްޓަރ؟"ޝަހީމާއަށް މިލްނާގެ ވާހަކަ މެދުކަނޑާލެވުނީ އޭނަޔަށް ލިބިފައިވާ ހާސްކަމެއްގެ ސަބަބުންނެވެ."އަޅުގަނޑު ބުނަން މިއުޅެނީ...އެހާދިސާގެ ސަބަބުން ލުޝްތާގެ ހަށިގަނޑުގެ އެތެރެއަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި...މިހެންވުމުގެ ސަބަބުން ދުވަހަކުވެސް ލުޝްތާއަށް ދަރިއަކު ނުލިބުން އެކަށީގެންވޭ.."މިލްނާގެ މިޖުމްލަޔާއެކު ލުޝްތާގެ މޫނުމައްޗަށް އަދިރިކަން ވެރިވެގެންދިޔައެވެ.ޝަހީމާއަށް އޭނަގެ ގައިގައި ނުހިފެހެއްޓުނު ނަމަ އޭނަ އޮންނާނީ ބިންމަތީގައިކަން ޔަގީނެވެ.މިލްނާވެސް އަވަހަށް އިންތަނުން ތެދުވެގެން ގޮސް ބޭރުން ނަރުހެއް ގޮވައިގެން އައެވެ.އަދި ތިންމީހުންވެގެން އެތާ ހުރި އެދުމަތީގައި ލުޝްތާ ގެންގޮސް ބޭއްވިއެވެ.
ލުޝްތާއަށް ހޭވެރިކަންވީއިރު އޭނަ ކައިރީގައި ޝަހީމާއިނެވެ.އޭރު އޭނަގެ އަތުގައި ފެންފޮތިގަނޑެއްވެސް އޮތެވެ.ލުޝްތާއަށް ވީގޮތް އޭނަގެ ހަދާނަށް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.ހުރިހާ ކަމެއް ހަދާނަށް އައުމާއެކު އޭނަގެ ބަޑި ފަޅައިގެން ދިޔައެވެ.ރޮމުން އެތަނުން ނުކުމެގެން ދުއްވައިގަންނަން އުޅެގަތެވެ.ނަމަވެސް ކައިރީގައި ހުރި ޝަހީމާޔާއި މިލްނާ އަދި ނަރުސްކުއްޖާ މާހުށިޔާރެވެ.ލުޝްތާ އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން އެމީހުން އޭނަ ހިފެހެއްޓިއެވެ.އަދި ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.ވަރަށް އުދަގުލުން އެންމެ ފަހުން ލުޝްތާ ކުރީގެ ހާލަތަށް އެނބުރި ރުޖޫއަ ވިއެވެ.އެތަނުން ނުކުމެގެން ޓެކްސީގައި ގެޔާއި ހަމަޔަށް ދިޔައިރުވެސް ދުލުން އެންމެ ލަފުޒެއްވެސް ބޭރެއް ނުކުރެއެވެ.ގެޔަށް އައިއިރު ގޭގައި އެކަކުވެސް ނޫޅެއެވެ.ޒަލާގެ ޓެސްޓް އޮތީ މިއަދު ކަމުން އޭނަވީ ޓެސްޓަށް ގޮހެވެ.ޒައުލްވެސް ގެޔަކު ނޫޅެއެވެ.ޝަހީމާ ގެޔަށް ވަދެފައި ލުޝްތާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ.ކުޑައިރުކޮޅަކު އޭނަ ކައިރީގައި އިދެލާފައި ޝަހީމާވެސް ދިޔައީ އޭނަގެ ކޮޓަރިއަށެވެ.މިވަގުތު ލުޝްތާ ބޭނުންވާނީ އެކަނިވެލަންކަން އޭނަގެ ސިކުނޑި އޭނަޔަށް ވިސްނައިދިންކަހަލައެވެ.
ލުޝްތާ އޮތީ ފާރުގައިވާ ގަނޑިއަށް ކަޅި ހުއްޓައިލައިގެންނެވެ.ގަނޑިއަކަށް ފަހު ގަނޑިއެއް ފާއިތުވަމުން އާދެވެ.އެއިން ކޮންމެ ގަނޑިއެއްވެސް ނިމިގެން އެދަނީ އެބުރިއައުމެއް ނުވާ ގޮތަށެވެ.ލުޝްތާގެ ދިރިއުޅުމުގަ ވެސް ފާއިތުވެގެން ގޮސްފައިވާ ގަނޑިތައް އަނބުރާ ނުގެނެވޭހެނެވެ.އެގަނޑިތައް އަނބުރާގެނެވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟އެހެންނޫންނަމަ މިއަދު އޭނަޔަށް މިފަދަ ހާލަތެއްގައި ހުންނާކަށް ނުޖެހޭނެއެވެ.ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ.އޭނަގެ ހަޔާތުގައި މިހާތަނަށް އުފަލެއް ލިބިފައިވީ ކޮންއިރަކު ހެއްޔެވެ؟އޭނަޔަށްވުރެން ބަދުނަސީބު މީހަކު މިދުނިޔޭގައި ހުންނާނެހެނެއްވެސް ހިޔެއްނުވެއެވެ.މިއަދު އޭނަޔަކީ އެއްވެސް ބޭނުމެއް ހިފޭނެ މީހެއް ނޫނެވެ.ދެން ޒައުލްވެސް އޭނަ ބޭނުމެއް ނުވާނެއެވެ.މިކަހަލަ ހިޔާލްތައް ހިތައް ވަންނަން ފެށުމުން ލުޝްތާއަށް ރޮވޭގޮތް ވިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ.ޒައުލްއިނީ އޯޝަންބްރީޒްގެ ހިތްގައިމު މާހައުލުގައެވެ.ޒައުލް އެތަނަށް އައިސްއިނީ އޭނަޔާއި އެއްކޮށް މަސައްކަތް ކުރާ އޭނަގެ އެންމެ ގާތް އެކުވެރިޔާ، ޝިފާންގެ ދައުވަތަކަށެވެ."ހައި ޕާރޓް"ޒައުލް ބަލައިލިއިރު ޝިފާންއާއި އަދިވެސް އެހެން ދެމީހަކު އޭނަ ކައިރީގައި ތިއްބެވެ.ޒައުލް ޝިފާންއަށް ރައްދު ދިނީ ލުއި ހިނިތުން ވުމަކުންނެވެ.މިދުވަސްކޮޅު ލުޝްތާގެ ހާލަތު ހުރިގޮތުން މިކަހަލަ ތަނަކަށް އައިސް މަޖާކޮށް އުޅެލާނެހާ ހިތްވަރެއްވެސް ނެތް ޒައުލް އެތަނަށް އައީ ޝިފާން އާދޭސްކުރާވަރުންނެވެ.ޒައުލްގެ އެހާލަތު ދެކެން އޭނަޔަށް ކެތް ނުވާތީއެވެ.އޭނަ ލުޝްތާދެކެ ލޯބިވާ މިންވަރު ޝިފާންއަށްވެސް އެނގެއެވެ.ދުވަހަކުވެސް ޝިފާންއަށް އަދި ލުޝްތާ ނުފެނުނަސް ޒައުލްއަށް އެކުއްޖާ ކަމުދާނީ ކޮންމެވެސް ހާއްސަ ސިފަތަކެއް ހުރުމުންކަން ޝިފާންއަށް ވެސް އިނގެއެވެ."ޒައުލް.މީ އައްމަޓީ،ދެން މީއިނީ އިއްސެ،ގައިޒް މީ ޒައުލް އިނގޭ،މައި ބެސްޓް ފްރެންޑް"އެދެމީހުންގެ ތެރެއިން އައްމަޓީގެ ބޯ ކޮނޑާއި ހަމަޔަށް ދިއްކޮށްފައިވެއެވެ.އޭނަ ލައިގެން އިނީ ކަޅު ކުލައިގެ ދިގު ޓީޝާރޓްއަކާއި ފަޔަށް ހިމަކޮށް ހުންނަ ކަޅުކުލައިގެ ސްކިނީއެކެވެ.ބަލާލައިފައި ހީވަނީ ބޮޑު ޕާރޓޭއެއްހެންނެވެ.އެއާއި ހިލާފަށް އިއްސެގެ ބޯވަނީ ރީތިވަރަކަށް ކޮށާފައެވެ.ލާފައި ހުރީ އަތްކުރު ރަތްގަމީހެކެވެ.ބަލާބެލުމަށް ވައްތަރީ ފުލުހަކާއެވެ."އޭ ކީއްވެ މާވަރަކަށް އެދެމީހުންނަށް ތިބަލަނީ"ޝިފާން މިހެން ބުނުމުން ޒައުލްގެ ކައިރިޔަށް ކޮންމެވެސް ވަރަކަށް ހިނިއައެވެ."ބަލާނެއްނު...އަލަށް ދިމާވީމަ..."ކޮފީތަށިން ކޮފީކޯވަރެއް ބޮއެލުމަށް ފަހު ޒައުލް ބުނެލިއެވެ."ހުމް..ދެން ބުނެބަލަ! މިހާރަކަށް އައިސްސަ މާމަޑުން ތި ހުންނަނީ ކީއްވެ؟އަނެއްކާ ލުޝްތާ ނޫނެކޭ ބުނީތަ؟"ޝިފާންގެ މިޖުމްލަޔާއެކު އަނެއްކާވެސް ޒައުލްގެ މޫނުމަތި މޯޅިވެއްޖެއެވެ.
ޝިފާންއަށް މިކަން ފާހަގަ ކުރެވުނީ ކަންނޭގެއެވެ.އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.ޒައުލް އޭނަޔަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން ޝިފާންއަށް އެނގެއެވެ.ނަމަވެސް ވަގުތުގެ ގޮތުން ޝިފާން މައުޟޫ ބަދަލުކޮށްލީ ރަނގަޅުވަގުތެއްގައި ވެގެން އުޅޭ ގޮތް ޒައުލް ކައިރިން އެހުމުގެ ނިޔަތުގައެވެ.އެހެންކަމުން އެކި ވާހަކަތައް ދައްކަން ފެށިއެވެ.ޒައުލްގެ މޫޑު ރަނގަޅު ކުރުމުގެ ނިޔަތުގައެވެ."އޭ ތިއެއް ނޫނޭ.....ވަރަށް ފައްކާ އެއްޗެއް ދައްކަންތަ؟"އައްމަޓީ މިހެން ބުނެލުމަށް މޭޒުމަތީގައިވާ އޭނަގެ ފޯންނަގައިގެން ކުޅެން ފެށިއެވެ.އޭރު އެންމެންވެސް ތިބީ އޭނަ ދައްކަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.އައްމަޓީ އޭނަގެ ފޯން އެންމެ ފުރަތަމަ ވެސް ދައްކާލީ އިއްސެއަށެވެ.އެއެއްޗެއް ފެނުމުން އިއްސެގެ އަނގަވެސް ހުރީ ތަންމިނަށް ހުޅުވިފައެވެ.ފަހަރަކު މީހަކު ބެލުމަށް ފަހު އެންމެފަހުން ޒައުލްއާއި ހަމަޔަށް ފޯނުއައެވެ.އޭރު އައްމަޓީ ލާނެތް ފާޑަކަށް ހެވިފައި ބަލަން ހުއްޓެވެ.ޝިފާންއާއި އިއްސެ ތިބީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.އެ ފޯނުން ފެނުނު އެއްޗެއްގެ ސަބަބުންނެވެ.ޒައުލްވެސް އެއެއްޗެއް ބަލައިލުމުގެ ނިޔަތުގައި ފޯނަށް ބަލައިލިއެވެ.އޭރު ޑިސްޕްލޭގަ އިނީ ވީޑިއޯ ކްލިޕްއެއް ކަމުން ޒައުލް އޭތި ޕްލޭކޮށްލިއެވެ.އެވަގުތު އެފެނުނު އެއްޗެއްގެ ސަބަބުން ޒައުލްގެ މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔައެވެ.

ނުނިމޭ.............
Salhi. anehbayah inthizaaru kuran
ReplyDeleteހީކޮއްގެން ހުރި ގޮތާ ވަރަށްވެސް ބޮޑަށް ތަފާތުކޮށް ވާހަކަ ލިޔެފަ މިއޮތީ. ވަރަށްވެސް މޮޅު.
ReplyDeletemi vaahakaige vaane goiy igeyny liyuntheriaa ah. kiyuntherein visnaa gothaa thafaath vun a'ee vaahaka liyaa kujjaa ge molhukan
ReplyDelete