ކީރިތި ޤުރުއާނުގައި ވާގޮތުން އިސްލާމްދީނަށް ވަނުމުގައި އެއްވެސް މަޖުބޫރު ކަމެއްނެތެވެ. ބައެއްމީހުން އިސްލާމު ދީނަކީ ކަޑިން ފެތުރިގެންއައި ދީނެކޭ ބުނެ ވާހަކަ ދައްކަމުންދަނީ އެބައި މީހުންގެ ހިތުގައި މާތްވެގެންވާ އިސްލާމް ދީނާއި މެދު އޮއްނަ ނަފުރަތެއްގެ ބޮޑުކަމުން ދައްކާ ވާހަކައެކެވެ. އެއްވެސް މީހަކު މަޖުބޫރު ކޮށްގެން އިސްލާމް ދީނަށް ވެއްދުމަކަށް ޤުރުއާނުގައި އަންގަވައިފައި ނުވެއެވެ. އެހަނަސް އިސްލާމު ދީނުން ބޭރު ވެއްޖެ ނަމަ އެމީހަކާއި މެދު ދީނުގައި އެވާ ހުކުމް ތަންފީޒު ކުރަން ޖެހެއެވެ.
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރެވުނު އިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް މިކަމާއި ބެހޭގޮތުން ވަނީ ވަރަށް ފުޅާކޮށް ބަހުސް ކޮއްފައެވެ. އަދި ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކާއި މަޝްވަރާވެސް ކޮއްފައެވެ. މިގޮތުން ރާއްޖެ ގެނެވުން ޕްރޮފެސާރ ޑރ ކަމާލީ ދެއްވި ލަފާއަކީ ދިވެހި ރާއްޖޭގައި ދީނީ މިނިވަންކަން އޮއްނަން ފެއްނަ ކަމަށެވެ. އެހެނީ ދީނީ މިނިވަންކަމަކީ އިންސާނީ ހައްގެއް ކަމުގައެވެ. އަޅުގަނޑު ދަންނަވާފައިވާނެ. އިސްލާމްދީން އެހެންދީންތަކަށް އުޅުން މަނާ ނުކުރާކަމަށް. އަދި ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކޮށްފައި ވާކަމަށް. މިގޮތުން ޤުރުއާނުގައި ސާފުކޮށް ބަޔާންކުރޭ “لاَ إِكْرَاهَ فِي الدِّينِ” އެއީ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް.” އޭނާ ވިދާޅުވި ގޮތުގައި އެހެން ދީންތަކެއް އައުމުން ދިވެހި ރާއްޖޭގައި ހަމަ ނުޖެހުން ތަކެއް ނުހިގާނެވެ. ރާއްޖޭގައި ދީނީ މިނިވަންކަން އޮއްނަން ފެއްނަ ކަމަށް އެތަކެއް ބަޔަކު ދަނީ ބުނަމުއްނެވެ.
ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް އުޅެން ބޭނުންވާ މީހުން މިއަދު އެބައުޅެއެވެ.ރާއްޖޭގެ ގާނޫން އަސާސީގައި ވާގޮތުން ދިވެއްސަކަށް ވެވޭނީ މުސިލިމެއް ކަމުގައި ވެގެއްނެވެ. އެހެންކަމުން މިބައި މީހުން އެމީހުންގެ ވަޡަނީ ޙައްޤު ގެއްލިގެން ދާނެތީ ތިބީ މުސްލިމުން ކަމުގައި ހެދިގެއްނެވެ.އެމީހުންގެ އަޑަކީ މީގެ ކުރިން ފަޑު އަޑެއް ކަމުގައި ވިއަސް މިއަދު އެމީހުން ދަނީ ފާޅުގައި އެމީހުންގެ ދީނީ މިނިވަން ކަމަށް ވަކާލާތް ކުރަމުއްނެވެ. އެގޮތުން 2010 ވަނަ އަހަރު ދިވެއްސަކު ވަނީ ފާޅުގައި އެތަކެއް ދިވެހިންގެ ކުރިމަތީގައި އޭނާ އަކީ މުސްލިމެއް ނޫންކަމަށާއި އެއްވެސް ދީނެއް ގަބޫލު ނުކުރާކަން އިއުލާން ކޮށްފައެވެ
މީގެ އިތުރުން ދިވެއްސަކު ވަނީ ދީނީ މިނިވަންކަން ނެތްކަމަށް ބުނެ އަމިއްލައަށް ދަންޖެހި މަރުވެސް ވެފައެވެ.ދިވެހި ރާއްޖޭގައި ދީނީ މިނިވަންކަން ހޯދައި ދިނުމަށް ބޭރުގެ ފަރާތް ތަކުންވެސް ދަނީ އެތަކެއް މަސައްކަތް ކުރަމުއްނެވެ. މިގޮތުން ފޯރަމް އަށާރަ އިން ދަނީ ދިވެހި ސަރުކާރަށް ޕްރެޝަރ ކުރަމުއްނެވެ
ރާއްޖޭއަކީ ދީނީ މިނިވަންކަން އެއްމެ ކުޑަ 11 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށް ކަޑައަޅައި ރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ހޯދަދޭން އެމެރިކާ ސަރުކާރަށް ހުށަހަޅައި އިތުރު މަންދޫބުން ރާއްޖެއަށް ފޮނުވަން މަސައްކަތް ކުރާނެ ކަމަށް އެމެރިކާކެ ކުރިސްޓިއްނ ދީން ފަތުރަން މަސައްކަތްކުރާ ޖަމާއަތަކުން ވަނީ ދާދި ފަހުން ބުނެފައެވެ.
ދިވެހި ރާއްޖޭގައި ދީނީ މިނިވަންކަން އޮއްނަން ފެނޭތޯ ބެލުމަށް ގައުމީ ޓީވީއިން( ޓީވީއެމް) އިން ވަނީ 2009 ވަނަ އަހަރު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައެވެ ފޭސްބުކުގައި މިހާރު ވެސް ދަނީ މިކަމާއި ބެހޭގޮތުން ހިޔާލު ފާޅު ކުރެވެމުއްނެވެ. މި ޕޮލް އަށް މިހާ ތަނަށް ފެއްނަ ކަމަށް ވޯޓު ދެއްވާފައިވަނީ 212 ފަރާތެވެ. ނުފެއްނަކަމަށް 454 ފަރާތަކުން ވަނީ ވޯޓު ދެއްވާފައެވެ
No comments:
Post a Comment