4/5/11

ވީރާނާވީ ހަޔާތް 5

ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ
ރޭގަނޑުގެ އަނދިރި ކަމަށް ފަހު ފަތިހުގެ އަލިކަން ފައުޅުވީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ.ލުޝްތާއަށް ހޭލެވުނީ ފަތިހުގެ ފިނިކަން އޭނަގެ ހަށިގަޑަށް ވެރިވެގަތުމުންނެވެ.ކިތަންމެ ލަހުން ނިދިޔަސް ފަތިސް ނަމާދަށް ހޭލުމަކީ އޭނަގެ އާދައެކެވެ.އަރާމު ނިންޖަކުން ނިދާފައި އޮތް ޒަލާއަށް ލުޝްތާ ބަލައިލިއެވެ."ޒަލާ!ކަމޯން ދެން ތެދުވޭ....ބަންގިވެސް ގޮވައިފި.."ޒަލާ ނުހޭލުމުން ލުޝްތާ ގޮސްވަނީ ފާހަނަޔަށެވެ.ވަގުތު ފާއިތުވުމުގެ ކުރިން ވުޟޫކޮށްގެން ނަމާދު ކުރުމަށެވެ.އޭނަ ފާހާނައިން ނުކުތްއިރުވެސް ޒަލާއޮތީ ގަދަޔަށް ނިދާފައެވެ.އެވަގުތު ލުޝްތާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.މޫނުގައި ހުރި ފެންތަށް އަތުން ފޮހެލުމަށް ފަހު ޒަލާގެ މޫނަށް އަތްފޮޅާލިއެވެ.ކުއްލިއަކަށް ޒަލާ ތެދުވެ އެނދުގައި ދެފައި ވަތްކޮށްގެން އިށީނެވެ."ދެން ލުޝް...އެއޮށް ސަޅި ޑްރީމްއޭ ތި ދުއްވާލީ..ވަރަށް ފޫހިވޭ..."ޒަލާ އިނީ މޫނު ކުނިކޮށްގެންނެވެ."ދެން ޑްރީމް ބަލާނީ ފަހުން...ދޭ ވުޟޫކޮށްގެން އަންނަން..މިހާރުވެސް މާ ލަސްވެއްޖެ..."ލުޝްތާ ހެމުން ހެމުން ބުންޏެވެ.ލުޝްތާ ހޭތަން ފެނުނީމަ ޒަލާއަށް ވެސް ރުޅިމޫނު ހަދައިގެން ނީނދެވުނެވެ.އެންމެފަހުން އޭނަވެސް ފާހާނަޔަށް ވަނީ ހެމުންނެވެ.
ޝަހީމާ ނަމާދުކޮށް ނިންމާފައި ދިޔައީ ޒަލާމެންގެ ކޮޓަރިއަށެވެ.އެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދެކުދިންވެސް ނަމާދުކުރަން ތިބިތަން ފެނުނީމައި މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ.ލުޝްތާފަދަ ކުއްޖަކު އޭނަގެ ގޭގައި ހުރުމުން އެއީ އޭނަގެ ނަސީބޭ ހިތައް އެރިއެވެ.އެ ކޮޓަރީގެ ދޮރު ލައްޕާލައިފައި ދެން އޭނަ މިސްރާބުޖެހީ ޒައުލްގެ ކޮޓަރިއާއި ދިމާލަށެވެ.އެކޮޓަރީގެ ދޮރު ހުޅުވާލިއިރު ޒައުލް އެނދަކު ނެތެވެ.ނަމަވެސް ފާޙާނައިން ފެންވަރާ އަޑު އިވެއެވެ."ދަރިފުޅާ،ފެންވަރައިގެން ނަމާދު ކުރައްޗޭ،މަންމަ މިދަނީ ބަދިގެޔަށް ސައި ހަދަން...ނިންމާލައިފައި އާދޭ ސައިބޯން.."ޒައުލްއަށް އަޑު އިވޭއިރަށް މިހެން ބުނުމަށްފަހު ސައިހެދުމަށްޓަކައި އޭނަ ބަދިގެއާއި ދިމާލަށް ހިގައިގަތެވެ.މާ ލަހެއްނުވެ ލުޝްތާއާއި ޒަލާވެސް އެތަނަށް އައިސް ޝަހީމާއަށް އެހީތެރިވުމުގައި އުޅެން ފަށައިފިއެވެ. ސައި ހަދާނިމުނުތަނާހެން ޒައުލްވެސް އެތަނަށް އައިސްފިއެވެ.
އެންމެން އެކީ ސައިބޮމުން ދިޔައިރުވެސް ލުޝްތާގެ ކަޅިހުއްޓިފައިވަނީ ޒައުލްއަށެވެ.ނަމަވެސް ޒައުލް އޭނަޔާއި ދިމާލަށް އެންމެ ފަހަރަކުވެސް ބަލާނުލައެވެ.އެކަމާއި ލުޝްތާ އިނީ ވަރަށް ދެރަވެފައެވެ.ނަމަވެސް އޭނަގެ ހިތް ބުނެއެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ.މިއަދު ސްކޫލް ނިންމާފައި އައިސް ޒައުލްއަށް އޭނަގެ ހިތުގެ ހާލަތު ބަޔާންކޮށްދޭނެވެ.ކައި ނިންމާލައިފައި ޒައުލް ދިޔައީ ޑިޔުޓީއަށެވެ.އޭނަ ނުކުމެގެން ދިޔައިރުވެސް ލުޝްތާ ބަލަން ހުއްޓެވެ.
ހަވީރު ފަސްގަޑި ބައި އެހާކަން ހާއިރެވެ.ލުޝްތާ ހުރީ ވިލާ ކޮލެޖްގެ ގޭޓް ކުރިމަތީގައެވެ.ޒަލާވެސް ކްލާސް ނިންމާފައި މިހާރު އަންނާނެތީވެ އޭނަގެ އިންތިޒާރުގައެވެ.އެއްގަޑި އިރު ފާއިތުވެގެން ހިގައްޖެވެ.އޭގެ ފަހުން ދެގަޑިއިރުވެސް ފާއިތުވެގެން ހިގައްޖެވެ.ނަމަވެސް ޒަލާއެއް ނުނުކުތެވެ.ލުޝްތާ ކަންބޮޑުވާން ފެށިއެވެ.މިހާރު ގަޑިން ހަތްގަޑި ބައި ވެއްޖެއެވެ.ރޭގަނޑުވެ އަނދިރިވެއްޖެވެ.މި ގަޑީގައި އެކަނި ގެޔަށް ދާން ޖެހިލުންވެސް ވިއެވެ.ނަމަވެސް އެތާނގަ ހުރުމަކުންވެސް ވާނެ ފައިދާއެއް ނޯންނާނެވެ.ޒަލާ ނާންނާނެކަން ޔަގީންވުމުން ލުޝްތާ ހިގައިގަތީ ގެޔަށް ދިޔުމަށްޓަކައެވެ.
ރޭގަނޑުގެ އެއަނދިރި ކަމުގެ ތެރޭގައި އެކަނިމާއެކަނި އޭނަ ހިގަމުން ދިޔައިރު ހިތަށްވަނީ އިންތިހާ ދަރަޖައަށް ބިރުވެރިކަން ވަދެފައެވެ.ހޭދަވެގެންދާ ކޮންމެ ސައުވީސް ގަޑިއިރެއްގައި، ކޮންމެވެސް މީހަކު ރޭޕްކޮށްފިއޭ ނުވަތަ ބޮޑުމީހަކު ކުޑަކުއްޖަކާއެކު ބަދުއަޙްލާގީ އަމަލެއް ހިންގައިފިއޭ ނުވަތަ ބޮޑުގްރޫޕެއް އައިސް ކޮންމެވެސް މީހެއްގެ ގަޔަށް ވަޅިހަރައިފިޔޭ ނުވަތަ ސައިކަލެއްގަ ދިޔަ ބަޔަކު މީހަކު ފޭރިގެންފިއޭ މިހެން ޙަބަރުތަކުގަ ނުކިޔާ އެންމެ ދުވަހެއްވެސް ނާދެވެ.މި މުޖްތަމައުގައި އެއްވެސް ރައްކާތެރިކަމެއްނެތެވެ.އެހާވެސް ނާމާނެވެ.މިކަހަލަ ހިޔާލްތަކެއްގައި ހުރެގެން ލުޝްތާ ހިގަމުން އާދެވެ.އިޝާނަމާދުގެ ވަގުތުކަމުން މަގުމަތީގައި ދެތިން މީހަކު ފިޔަވައި އިތުރު މީހަކު ނެތެވެ.ގެޔާއި ވަރަށް ކައިރިޔަށް އާދެވިފައި ހުއްޓާ ފަހަތުންއައި ކާރެއް ލުޝްތާ ކައިރިޔަށް މަޑުކޮށްލިއެވެ.ބަލައިލިއިރު އޭގެތެރޭގައި ދެތިން ހަތަރު މީހުން ތިއްބެވެ.އެންމެންވެސް ތިބީ މިކިޔާ "ޕާރޓޭ" ސްޓައިލްއަށެވެ.ކުއްލިއަކަށް އޭގެ ތެރެއިން އެކަކު މަގުމައްޗަށް ފޭބިއެވެ.އަދި ލުޝްތާގެ ފުރަގަހަށް ވަދެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލީ ކާރު ތެރެއަށެވެ.ލުޝްތާ ހަޅޭއްލަވަން ވަރަށް މަސަކަތް ކުރިއެވެ.ނަމަވެސް އެމީހުން އެއަށްވުރެން މާހުޝިޔާރެވެ.އޭނަގެ އަގަމަތީގައި ފާޑެއްގެ ފޮތިގަނޑެއް އެޅިކަން އެގެއެވެ.އޭގެ ފަހުން ވީ ގޮތެއް ނޭނެގެވެ.
ލުޝްތާއަށް ހޭވެރިކަމެއްވިއިރު އޭނަ އޮތީ އަލަށް ހަދަމުންދާ އިމާރާތެއްގެ ތެރޭގައެވެ.ތެދުވާން މަސަތްކަތް ކުރުމުންވެސް އޭނަޔަކަށް ތެދެއް ނުވެވުނެވެ.ގައިގެ އެތަންމިތާގައި ރިއްސައެވެ.އުނަގަނޑުން ތިރި ހީވަނީ ހަށިގަޑާއި ވަކިވެގެން ހިގައިދާނެހެންނެވެ.އެހާވެސް ބޮޑަށް ވޭން އަޅައެވެ.ގައިގެ އެތަންމިތަނުން ނަގާ ދިލަތަކުން ހީވަނީ އެތަންތާގައި ވަރަށް ގަދަޔަށް ވަކި އަޅާފައި ހުރިހެންނެވެ.ކުއްލިޔަކަށް އެތާކައިރީގައި ހުރި ގާތަކެއްގެ މަތީގައި އޭނަގެ ހެދުން އޮތްވާ ލުޝްތާއަށް ފެނުނެވެ. އޭނަގެ ގައިގައި އެއްވެސް ފޭރާމެއް ނެތްކަން އޭނަޔަށް އިހްސާސްވީ ދެނެވެ.އެވަގުތު މުޅިމީހާ ހުއްޓުން އެރިއެވެ.ވަރަށް ބާރަށް ރޯން ހިތަށްއެރިއެވެ.ނަމަވެސް، އަޑެއް ބޭރެއްނުވިއެވެ.
އާއެކެވެ.އެގޮތް ނޭނގޭ މީހުންތަށް އޭނަގެ އިއްޒަތް ވެއްޔާއި މޮޑެލީއެވެ.އޭނަގެ އިއްފަތްތެރިކަން ނިއުޅައިގަތީއެވެ.އޭނަގެ ހުވަފެންތަކުގަ ހުޅުޖެހީއެވެ.އޭނަގެ އަތުގައިވާ އެންމެ އަގު ބޮޑު އަމާނާތް ފޭރިގަތީއެވެ.އެ އަމާނާތަކީ އަންބެއްގެ ފަރާތުން ފިރިއަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ.މާތްކަލާކޯއެވެ.އޭނަގެ ދިރިއުޅުމަށް މިވީ ކިހިނެއްހެއްޔެވެ.ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ އެއުފާވެރި ދިރިއުޅުން ވީރާނާވެގެން ދިޔައީއެވެ.އުންމީދުތައް ފުޑުފުޑު ވެގެން ދިޔައީ އެވެ.އޭނަގެ ހިތައް މީގެ ކުޑަހިނދުކޮޅެއްކުރިން ވެރިވެފައިވާ ބިރުވެރިކަން ހަގީގަތަކަށްވީއެވެ.ކޮންފަދަ އަނިޔާވެރި އަމަލެއް ހެއްޔެވެ.
ގަޑިއަކަށް ފަހު ގަޑިއެއް ވޭތުވަމުން އާދެވެ.ޝަހީމާ އިންތިޒާރު ކުރަމުން ދިޔައީ ލުޝްތާ އަންނާނެ ވަގުތަކަށެވެ.އެހެން ރޭރެއާއި ހިލާފަށް މިރޭ ލުޝްތާ ވަރަށް ލަސްވެއްޖެވެ.ޒަލާގެ ޓެސްޓު މާދަމާ ނޫން އަނެއް ދުވަހު ފެށޭތީވެ އެމީހުން މިއަދު މާއަވަހަށް ގެޔަށް ފޮނުވާލީއެވެ.ޒަލާ މިހާރުވެސް އިނީ ފިލާވަޅު ދަސްކުރާށެވެ.އޭނަވެސް އިރުއިރުކޮޅާ ބޭރަށް ނުކުމެ ލުޝްތާ ގެޔަށް އައިތޯ ބަލައިލައެވެ.ލުޝްތާގެ ފިކުރު އޭނަޔަށްވެސް ކުރެވޭތީއެވެ.މިރޭ ލުޝްތާ ގެއަށް އައުން ލަސްވަނީވެސް އޭނަގެ ސަބަބުންނެވެ.އޭރު ޒައުލްވެސްވީ ލުޝްތާ ފެނޭތޯ ހޯދަން ގޮހެވެ.ޝަހީމާ ބިރުގަތީ ގަޑިން ބާރަ ޖެހުމުންނެވެ.ކޮންމެވެސް ބޮޑުކަމެއް ވެއްޖެޔޭ އޭނަގެ ހިތް ބުނާކަހަލައެވެ.އޭނަގެ ހިތަށް މިކަހަލަ ބިރުވެރި ހިޔާލްތައް ވަންނަން ފެށުމުން،މޭޒުމަތީގައިވާ މޯބައިލް ނަގާފައި އެއިން ޒައުލްގެ ނަމްބަރަށް ޑައެލްޑްކޮށްލިއެވެ.އެވަގުތު ކުއްލިއަކަށް ގޭގެ ދޮރު ހުޅުވުނެވެ.

ނުނިމޭ. . . . . . .. . .. . . . . 

1 comment:

  1. I am not a fan of stories, but I must admit this gal has got good talent. Well done & keep it up...!!

    ReplyDelete