ދާދިފަހުން އަޅުގަނޑުމެންނަށް ސިހުމެއް ލިބުނީ ރާއްޖެއަށް “ފަހު ޒަމާނުގެ ރަސޫލާ ކަމަށް ދަޢުވާ ކުރާ މީހަކު އައިސް ދިވެހިންގެ ބަޔަކު ހައްލައިގެން ސިލޯނުގެ އެޑަމްސް ޕީކް އަށް “ހައްޖަށް” ގެންދަން އެބައުޅޭ” ކަމުގެ ޚަބަރުންނެވެ. ކަމުގެ ޚަބަރު ބަލާލުމުން އެގުނީ މި މީހަކީ 31 ޖެނުއަރީ 1990 ވީ ދުވަހު އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ރަށެއްކަމުގައިވާ ޓަސްކަން ގައި ވަޅިހަރައި މަރާލައި ޒައިލޯލް އަޅާލެވުނު ނުބައި ކައްޛާބެއް ކަމުގައިވާ ރަޝާދު ޚަލީފާ ގެނައި އާދީނުގެ މިޝަނަރީ އެއް ކަމެވެ.
ރަޝާދު ޚަލީފާ ނުވަތަ “ރިޗަރޑް ކެލިފް”
މުސައިލަމަތުލް ކައްޛާބު، އަސްވަދުލް ޢަނަސީ، ” ބަހާއުﷲ”، މިރްޒާ ޣުލާމް އަޙުމަދު ގާދިޔާނީ ފަދަ ދޮގުވެރި ރަސޫލުންގެ ލިސްޓަށް އިތުރު ވެގެން ދިޔަ މި މީހާޔަކީ މިސްރަށް އުފަން މީހެކެވެ. އޭނާޔަކީ ޙަގީގަތުގައި މިސްރުގައި އުޅޭ ޤިބްޠީ (ކޮޕްޓިކް) ކްރިސްޓިއަނުންގެ މީހެއް ކަމަށާއި އޭނާގެ ޙަގީގީ ނަމަކީ ރިޗަރޑް ކަލިފް ކަމަށް މީނާގެ ކަންތައް ދިރާސާ ކުރި ބައެއް މީހުން ބުނެއެވެ. ނަމަވެސް އޭނާގެ ދީނުގެ މީހުން ބުނާގޮތުގައި އޭނާޔަކީ މިސްރުގެ މާބޮޑު ދަންނަބޭކަލެއްގެ ދަރިއެކެވެ. އޭނާ ކިޔެވީ މިސްރުގެ ޢައިން ޝަމްސް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު މިސްރު ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައި އެމެރިކާޔަށް ދިއުމުގެ ފުރުޞަތު ލިބި އެތާގެ ޔުނިވަރސިޓީ އޮފް އެރިޒޯނާ އަދި ކެލިފޯރނިއާ ޔުނިވަރސިޓީ ގައި ތަޢުލީމް ޙާސިލް ކޮށް ބައޯކެމިސްޓްރީ އިން ޕި.އެޗް.ޑީ ހޯދިއެވެ. އެމެރިކާގައި އުޅުނު ދުވަސްވަރު އެތާގެ މީހަކާ ކައިވެނި ކޮށް އެމެރިކާގެ ސިޓިޒަންޝިޕް ހޯދިއެވެ. އެއަށްފަހު، ދެ އަހަރެއްހައި ދުވަހު ލީބިޔާ ސަރުކާރުގެ “ސައިންސް އެޑްވައިޒަރ” ގެ ގޮތުގައި މަސައްކަތް ކުރިއެވެ. ލީބިޔާގައި މީނާ އުޅުނީ އެގައުމަކީ ތެލުގެ މުއްސަނދި ކަން ނުލާހިކު ބޮޑު ގައުމަކަށް ވެފައި، އަދި މީނާޔަކީ ކެމިސްޓްރީގެ މާމޮޅު މީހެއް ކަމަށާއި ތެލުން ޕްރޮޓީން އުފައްދާނޭ ސިއްރު ފޯރމިއުލާ އެއް މީނާޔަށް އެގޭކަމަށް ދަޢުވާ ކޮށްގެންނެވެ. އެދުވަސްވަރު މީނާޔާއި އެކީގައި މަސައްކަތް ކުރެއްވި މިޞްރުގެ ސައިންޓިސްޓެއް ކަމުގައިވާ ޑރ. މަބްރޫކް އައްޝަރްކާވީ ލިއުއްވާފައި ވެއެވެ. “ރަޝާދު ޚަލީފާ ލީބިޔާ އަށް ގެންދިޔައީ އޭނަޔަކީ މާމޮޅު ކެމިސްޓެއް ކަމުގައި އަޑުއަރާފައިވާތީ އާއި އަދި ސިއްރު ފޯމިއުލާ އެއް ބޭނުން ކޮށްގެން ތެލުން ޕްރޮޓީން އުފައްދަން އެގޭކަމަށް އޭނާ ދަޢުވާ ކުރާތީ ލީބިޔާގެ ތެޔޮވަޅުތަކުން ޕްރޮޓީން އުފައްދައި އެގައުމަކީ ޕްރްޓީން އެކްސްޕޯރޓް ކުރާ ގައުމަކަށް ހެދުމަށެވެ. އޭނާގެ ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު ދިނުމަށް ފަންނީ މީހުންނާއިއެކު ބޭއްވި ބައްދަލު ވުމަށް އަހަރެން ވެސް ދިޔައީމެވެ. އެއީ ޓްރިޕޮލީ ޔުނިވަރސިޓީގެ ފަރާތުންނެވެ. އޭނާ ދަޢުވާ ކުރާ ކަންތަކަކީ އެއްވެސް ޙަގީގަތެއް އެކުލެވިގެންވާ ކަމެއް ކަމުގައި އެތަނަށް ޙާޒިރުވި އެކްސްޕާރޓުންނަށް ސާބިތު ކޮށެއް ނުދެވުނެވެ. މާސުވާލު ތައް ގިނަވުމުން އިސްތިޢުފާގެ ސިޓީ ލާފައި ފުރައިގެން ދިޔައީއެވެ. ލީބިޔާގައި އުޅުނު ދުވަސްވަރު ދީނީ މަޥްޟޫޢު ތަކަށް ޓީ.ވީ ގައި ވާހަކަދައްކާ ހެދިއެވެ.”
ލީބިޔާއިން އެމެރިކާ އަށް އެނބުރި ދިއުމަށްފަހު އަހަރުތަކެއް ފަހުން، ކީރިތި ޤުރުއާނުގައި އެކުލެވިގެންވާ ’19′ މި ޢަދަދުގެ މައްޗަށް ބިނާވެގެންވާ މުޢުޖިޒާތެއްފަދަ ކޯޑެއް އޭނާޔަށް ހޯދިއްޖެ ކަމުގައި އިޢުލާން ކުރިއެވެ. އޭނާ ބުނިގޮތުގައި ސޫރަތް ތަކުގެ ޢަދަދާއި އެކިއެކި ކަލިމަ ތަކާއި މިފަދަ ވަރަށް ގިނަ ކަންތަކެއް އެކުލެވިގެންވަނީ 19 އިގެ ބަހާ ތަކެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނަކީ ދެމިގެންވާ މުޢުޖުޒާތެއް ކަމުން އެ ފޮތުގެ މުޢުޖިޒާތް ތަކުގެ ވާހަކަ ދެއްކުމަކީ ހުރިހާ މުސްލިމުން މަރުޙަބާ ކިޔާ ކަމެކެވެ. ރަޝާދު ޚަލީފާގެ “ހޯދުން ތައް” ވަރަށް މަޝްހޫރު ވެއްޖެއެވެ. އިސްލާމީ ޢިލްމު ވެރީންނާއި ދާޢީން އޭނާގެ “ހޯދުން” ތަކަށް ރިޢާޔަތް ކުރައްވައި ވާހަކަ ދައްކަވަން ފެށިއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ ބޭފުޅަކީ އަލް މަރްޙޫމް ޝައިޚު އަޙުމަދު ދީދާތެވެ. އޭނާގެ “ޤުރުއާން – ދި އަލްޓިމޭޓް މިރެކަލް” މި ބަޙުސްގައި ޤުރުއާނުގައި އެކުލެވިގެންވާ 19 އިގެ ބަހާ ތަކާއިމެދު ވާހަކަ ދެއްކެވިއެވެ. ނަމަވެސް އެއީ ރަޝާދު ޚަލީފާގެ ޙަގީގަތް ފާޅުވުމުގެ ކުރީންނެވެ. ފަހުން ޝައިޚު ދީދާތު އެކަންތަކާއި ދުރުވެ ބަރީއަ ވެ ވަޑައިގަތެވެ. ރަޝާދު ޚަލީފާ އޭނާގެ އައު “ހޯދުން” ތަކާއިގެން ކުރިއަށް ދިޔައެވެ. ދާދިއަވަހަށް އޭނާގެ ކަންތައް ޙައްދުން ނެއްޓިއްޖެއެވެ. ﷲ ސުބުޙާނަހޫ ޥަތަޢާލާގެ މަތިވެރިވެގެންވާ ފޮތަކީ އޭނާ ހިތުހުރިގޮތަކަށް ހިސާބު ތަކާއި ވިޔަތައް ހަދަން އޮތް އެއްޗެއް ކަމުގައި ހަދައިފިއެވެ. 19 އިން ގެއްލައި ގުނަކޮށް ހަދަމުންގޮސް އޭނާގެ 19 އިގެ ކޯޑަށް ނުފެތޭ ދެއާޔަތެއް (ތައުބާ ސޫރަތުގެ 128 އާއި 129 ވަނަ އާޔަތް) ކީރިތި ޤުރުއާނުގައި އެބަވާ ކަމަށާއި އެހެންކަމުން އެދެއާޔަތަކީ ޤުރުއާނަށް ފަހުން ވައްދާފައިވާ ދެއާޔަތެއް ކަމުގެ ނުބައިވެގެންވާ ދަޢުވާ ކޮށްފިއެވެ. އޮޅުމެއް ނެތްގޮތުގައި ކީރިތި ޤުރުއާނަކީ އެފޮތުގެ ކުރިމަތީންވިޔަސް އަދި ފަހަތުން ވިޔަސް އެއްވެސް ބާޠިލް ކަމެއް ނާންނާނެ ފޮތެއް ކަމާއި އަދި އެފޮތް ޤިޔާމަތަށް ދާންދެން ރައްކާތެރި ކުރެއްވުމަށް އެފޮތް ބާވައިލެއްވި ފަރާތުން ޖާމިނުވެވޮޑިގެންފައިވާ ފޮތެވެ. އެހެން ކަމުން 1400 އަހަރު ފަހުން އެމެރިކާގެ އެރިޒޯނާ ސަހަރާގައި އުޅެމުން އައި ކައްޒާބު މައްކާރެއްގެ މިވާހަކައަކީ މުސްލިމުންގެ ޢަގީދާ އާއި ފުށުއަރާ އަދި ނުރައްކާތެރި ވާހަކައެކެވެ. ރަޝާދު ނުވަތަ ރިޗަރޑް މިވަރުން ފުއްދާލީކީ ނޫނެވެ. އިސްލާމް ދީނުގެ ދެވަނަ ތަނބު އަދި ކީރިތި ޤުރުއާނުގެ ތަފްޞީލު ކަމުގައި ވާ މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީސް ތައް ނުވަތަ ސުންނަތަކީ އެއްގޮތަކަށްވެސް ގަބޫލުކޮށް ތަބާވާން ޖެހޭނޭ އެއްޗެއް ނޫން ކަމުގައި ބުނަން ފެށިއެވެ. މީނާ ސިލްސިލާ ކޮށް ލިޔަމުންދިޔަ ކީރިތި ޤުރުއާނުގެ ތަރުޖަމާ އާއި “ތަފްސީރު” ގައި ޤުރުއާނުގެ އާޔަތް ތައް ދިޔައީ އޭނާ ބޭނުންހައި ގޮތަކަށް މާނަކުރަމުންނެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެންމެފަހުގެ (ރަސޫލާ އަދި) ނަބިއްޔާ ކަމުގައި ޤުރުއާނުގައި (ސޫރަތުލް އަޙުޒާބުގެ 40 ވަނަ އާޔަތުގައި) އަންގަވާފައި އޮތަސް “ޚާތަމައް ނަބިއްޔީން” އޭ އޮތުމުން އޭގެ މާނަޔަކީ ނަބީ ކަން ޚަތިމު ކުރެއްވީ އެކަލޭގެފާނުން ކަމަށާއި ނަމަވެސް ރަސޫލުކަން އަދި ޚަތިމު ނުވާކަމަށްވެސް ބުނަން ފެށިއެވެ. ނަބީ ކަމަކީ ރަސޫލު ކަމަށްވުރެ ދަށް ފައްތަރެއްކަމަށާއި ކޮންމެ ރަސޫލަކީ ނަބީއެއް ކަމާއި ނަމަވެސް ކޮންމެ ނަބީބޭކަލަކީ ރަސޫލެއް ނޫންކަން އެއީ މުސްލިމް ކުޑަ ކުދީންވެސް ދަންނަ ކަމެކެވެ. ޔާސީން ސޫރަތުގެ 3 ވަނަ އާޔަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުޚާޠަބު ކުރައްވައި ވަޙީ ކުރައްވާފައިވާ “ހަމަކަށަވަރުން ކަލޭގެފާނަކީ ރަސޫލުންގެ ތެރެއިންހިމެނޭ ބޭކަލެކެވެ.” މިފަދައިން އެވަނީ އޭނާޔާއިމެދު ކަމުގައި ބުނެ އެންމެ ފަހުން ރަސޫލު ކަމަށްވެސް ދަޢުވާ ކުރީއެވެ. ޖިބްރީލުލް އަމީން އޭނާކާރިއަށް ވަޙީ ގެންނަވާކަމަށްވެސް ދަޢުވާ ކުރީއެވެ! އޭނާއަކީ އެހެން ހުރިހާ ރަސޫލު ބޭކަލުންނާއި އަދި ޚުދު ޚާތަމައްނަބިއްޔީން ކަމުގައިވާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވުރެވެސް މާމަތީ “ރަސޫލެއް” ކަމުގައި ވެސް ދަޢުވާ ކުރީއެވެ. މީނާގެ މަރުކަޒަކަށް ހަދާފައިވަނީ އެރިޒޯނާގެ ޓަސްކަން ގެ މިސްކިތެކެވެ. އެތައްބަޔަކު މީނާގެ ބަހަށް ހެއްލި އޭނާގެ އައު ދީނަށް ވަންނަން ފެށިއެވެ. އޭނާގެ ދީނުގެ މީހުންނަށް އޭނާ ދިން ނަމަކީ “ސަބްމިޓަރސް” އެވެ. މީނާގެ ނުބައިކަމާއި ނުލަފާކަން ހުރިހާ ހައްދުތަކެއް ފަހަނައަޅާ ހިގައްޖެހިނދު މީނާގެ ނުބައި ކަމުން ދުނިޔެއަށް އަރާމު ހޯދައިދީ މި އަބާއްޖަވެރިޔާ ދެމިގަރާރުވެ އޮންނާނެ ތަނަށް ފޮނުވައިލީ ޖަމާޢަތުލް ފުޤްރާ ކިޔާ ޖަމާޢަތެއްގެ “މުސްލިމް ޓެރަރިސްޓެކެވެ.” 31 ޖެނުއަރީ 1990 ވީ ދުވަހު ޖޭމްސް ވިލިއަމްސް އޭކިޔޭ މީހަކު މީނާގެ ގަޔަށް ވަޅި ހަރައި މަރާލުމަށްފަހު ޒައިލޯލް އޭކިޔާ ކެމިކަލެއް އަޅާ އަލިފާން ރޯކޮށްލަން އުޅުނެވެ. އަލިފާން ރޯކޮށްނުލެވުނީ ރަޝާދު ޚަލީފާގެ “އަސްޙާބުން” އެކަމަށް ހުރަސް އެޅުމުންނެވެ.

ރަޝާދް ޚަލީފާ އަންހެން ކުއްޖެއް ރޭޕް ކުރި މަސްއަލަ.
މިކަހަލަ ހުރިހާ ދޮގުވެރީން ފަދައިން ރަޝާދު ޚަލީފާ އަކީވެސް ވަރަށް ދަށްފެންވަރުގެ ނުލަފާ މީހެކެވެ. މިގޮތުން އެއްކަމަކީ އެމެރިކާގެ އަންހެން ކުއްޖެއްގެ ޢިއްފަތް ފޭރިގަނެގެން އެކަން ފަޅާއެރުމެވެ. އިންސާނުންގެ ހަށިގަނޑުގައި އެކުލެވިގެންވާ “ޚާއްސަ ރޭޑިއޭޝަން” އެއް ހޯދުމުގެ އެކްސްޕެރިމެންޓެއް ކުރުމުގެ ނަމުގައި ނަމުގައި 16 އަހަރުގެ އަންހެން ކުއްޖެއް ވޮލަންޓިއަރެއްގެ ގޮތުގައި ހޯދައި އެފަދަ ރޭޑިއޭޝަން ހޯދޭނީ ހަށިގަނޑުގައި އެއްވެސް ފޮތިކޮޅެއް ނުވާ ޙާލުގައި ކަމުގައި ބުނެ މިގޮތުން އެކުއްޖާޔާއި ބަދުއަޚުލާގީ ޢަމަލު ހިންގައިގެން އެ އަންހެންކުއްޖާ މައްސަލަ ޖެއްސުމުން އެމެރިކާގެ ކޯޓެއްގައި ރަޝާދު ޚަލީފާގެ ސަރިޔަތް ކުރެވިފައި ވެއެވެ. އެވާހަކަ އެމެރިކާގެ ނޫހެއްގައި ޖަހާފައި ވެއެވެ.
“ސަބްމިޓަރސް” އަކީ މުސްލިމުންނެއް ނޫނެވެ. އެއީ އިސްލާމް ދީނުގެ ބޭރުގައިވާ “ކަލްޓް” އެކެވެ.
ރަޝާދު ޚަލީފާގެ ގަޔަށް ވަޅިޖަހައި، ޒައިލޯލް އަޅައި ދެމިއޮތުމުގެ ގޮވައްޗަށް ފޮނުވާލެވިފައިވިޔަސް އޭނާގެ ނުބައިކަމުން ދުނިޔެއަށް އަރާމެއް ނުލިބުނެވެ. ސަބަބަކީ އެނާޔަށް އީމާންވެގެން އޭނާގެ “ކަލްޓް” ފަތުރަން މަސައްކަތް ކުރާ އެތައް ބަޔަކު މިއަދު ދުނިޔޭގައި އުޅޭ ކަމެވެ. އެމީހުން އުޅެނީ މުސްލިމުންނަށް ހެދިގެންނެވެ. ކިޔަނީ މުސްލިމް ނަމެވެ. ރާއްޖެއަށް މިދާކަށްދުވަހު އައިސްގެން މިއުޅުނީވެސް އޭގެ މިޝަނަރީ އެކެވެ. ދެރަކަމަކީ 100 ޕަސެންޓް މުސްލިމުން ކަމަށް ދަޢުވާ ކުރާ މުސްލިމް ގައުމަކަށް އައިސް މިފަދަ ވިހަ ފަތުރާފައި ސަލާމަތުން ފުރައިގެން ދެވޭ ކަމެވެ. ދިވެހި އެތައް ޒުވާނުންނެއް މިހާރު މި ކަލްޓް ގަބޫލު ކުރާ ކަމުގައި ޚަބަރު ލިބެއެވެ. ރާއްޖެ އައިސްގެން އުޅުނު މީހާ އެތައް ބަޔަކާއި ބައްދަލު ކޮށް އެމީހުންގެ އާދީނަށް ގޮވާ ހެދިކަމަށް ޚަބަރު ލިބިފައި ވެއެވެ.
ޓަސްކަނީންގެ އުކުޅުތައް:
އެމީހުންގެ ވާހަކަތައް ހުންނަނީ ވަރަށް އިޔަހޫދީ މަކަރުވެރި ގޮތަކަށެވެ. އެމީހުންގެ މައިގަނޑު އެއް އަމާޒަކީ އެންމެ ފަހުގެ ނަބީ އަދި ރަސޫލު މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިމެދު އިސްލާމުން ދެކޭގޮތް ބަދަލު ކޮށްލައި، އެކަލޭގެފާނުންގެ ސުންނަތުގެ ބާރު ކަނޑުވާލުމެވެ. އަޅުގަނޑަށްޚަބަރު ލިބުނުގޮތުގައި މާލެ އައިސްގެން އުޅުނު މިޝަނަރީ މީހާގެ ވާހަކަތައް ހުރީ އަންނަނިވި ގޮތަށެވެ.
• ” ﷲ ގެ މަތިވެރި ކަމާއި މާތް ކަމާއި ކިބްރިޔާ ވަންތަ ކަން އެއީ އެއްވެސް އެހެން ކަމަކާ އެއްފަދަ ވާނެ ކަމެއް ހެއްޔެވެ؟” މިހެން ބުނުމުން މުސްލިމުން ޖަވާބު ދޭނީ “ހަމަހިލާ ނުވާނެއެވެ.” މިހިސާބުން އެމީހުން ބުނެއެވެ. “އެހެންވިއްޔާ، ޝަހާދަތުގެ ދެކަލިމައިގައި ﷲ ގެ އެއްކައު ވަންތަ ކަމަށާއި އެކަލާނގެ މެނުވީ އަޅުކަން ކުރެވޭނެ އެއްވެސް އިލާހެއް ނުވާ ކަމުގައި ބުނުމަށްފަހު އެކަލާނގެ މަތިވެރި އިސްމު ފުޅާއި ހަމަ ވިއްދައިގެން އިންސާނެއްގެ ނަން ގަންނަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ ﷲ އާއި އެހެން ފަރާތެއް ބައިވެރިކޮށް ޝަރީކު ކުރުން ނޫން ހެއްޔެވެ؟” މިހެން ބުނުމުން މާބޮޑު އެއްޗެއް ނޭގޭ މުސްލިމުން މަޑުޖެހި ވިސްނަން ޖެހޭގޮތް ވެއެވެ.
• ނަމަވެސް މީގެ ޖަވާބަކީ: “ބަލަ، ކަލޭގެ މޮޔަ ކަމާއި ނުބައިކަން ބޮޑު ކަމާއެވެ! ޝަހާދަތުގެ ދެވަނަ ކަލިމައިގައި މުސްލިމުން އެ އިޤްރާރުވެ ހެކިވަނީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ އަޅެއްކަމަށާއި އަދި އެކަލާގެ ފޮނުއްވި ރަސޫލެއް ކަމަށެވެ. ފަހަރެއްގައިވެސް އެކަލޭގެފާނަކީ ﷲ ގެ އުލޫހިއްޔަތުގައި އެއްވެސް ބައިވެރި ވުމެއް ނުވަތަ ޙިއްޞާ އެއް ވާ ބޭކަލެއް ކަމަކަށް ނޫނެވެ. މިފަދަ ގޮތަކަށް އެއްވެސް މުސްލިމަކު ދުވަހަކުވެސް އެކަލޭގެފާނާއި މެދު ދެކެފައެއް ނުވެއެވެ. އަދި އެފަދަ ގޮތަކަށް ގަބޫލު ކުރުމަކީ ކުފުރުވާނެ ކަމެކެވެ.” މިފަދަ ޖަވާބެކެވެ.
• އައްޝައިޚު ޓަސްކަނީ މިވަރަކުން ނުފުއްދާނެއެވެ. ދެން އޭނާ ދިމާކުރާނީ ކުރިމަތީގައި ހުރި އާދައިގެ މުސްލިމް މީހާ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅު ތަކާއި މެދު ދެކޭގޮތް ބަދަލު ކުރުމަށެވެ. ބުނާނެއެވެ: “އެންމެ ރަގަޅެވެ. ކީރިތި ޤުރުއާނަކީ އެފޮތަށް އެއްވެސް އުނި އިތުރު ކަމެއް ނުގެނެވޭނޭގޮތަށް ﷲ ރައްކާތެރި ކުރައްވާފައިވާ ފޮތެކެވެ. ނަމަވެސް ރަސޫލާގެ ޙަދީސް ތައް ވަނީ އެފަދައިން ހެއްޔެވެ؟ ޙަދީސް ތައް ރައްކާތެރި ކުރައްވާނެ ކަމަށް ﷲ ނާންގަވައެވެ. އަދި އެ ޙަދީސްތައް ލިޔެވުނީ ރަސޫލާ އަވަހާރަވިތާ އެތައް ގަރުނެއް ފަހުންނެވެ. އަހަރެމެން ބައިބަލް ގަބޫލު ނުކުރުމަށްވެސް ދައްކާ ޙުއްޖަތަކީ އެ ބައިބަލް ލިޔެވުނީ ޢީސާގެފާނު އަވަހާރަވީތާ އެތައް ގަރުނެއް ފަހުންނޭ ނޫންހެއްޔެވެ؟ އަހަރެންގެ ބަހަކީ އަހަރެމެންނަށް ﷲ ގެ ފޮތްކަމުގައިވާ ޤުރުއާން ފުދެއެވެ. އޭގައިވާ ގޮތަށް އުޅުން މާ ރައްކާތެރިއެވެ.” މިހެން ބުނުމުން އިސްލާމްދީނާއިމެދު މާބޮޑު ވިސްނުމެއް ނުވަތަ މަޢުލޫމާތެއް ނުވާ ޒުވާނާ ހެއްލޭގޮތް ވެއެވެ. ނަމަވެސް މިއީއަކީވެސް ހަގީގަތުގައި އުދަގޫ ސުވާލެއް ނުނެވެ. މީޖެ ޖަވާބަކީ: ” ބަލަ ކަލޭމެން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތަށް ރުޖޫޢަނުވެ ޤުރުއާނަށް ތަބާވެ ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމާދު ކުރާނީ، ޒަކާތް ދޭނީ ނުވަތަ ޙައްޖު ވާނީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނުންގެ ޙަދީސް ފުޅު ތައް ނުވަތަ ސުންނަތަކީ އެގުރުއާނުގެ ޝަރަހައެވެ. ނުވަތަ އެކްސްޕްލެނޭޝަނެވެ. ޤުރުއާނުގެ ދިރިހުރި މިސާލަކީ އެކަލޭގެފާނުންގެ ޚުލްގު ފުޅާއި ހަޔާތް ޕުޅެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ ދުނިޔޭގެ ތާރީޚުގައި އެއްވެސް އެހެން އިންސާނެއްގެ ހަޔާތް ރެކޯރޑް ކޮށް ސްޓަޑީ ކުރެވިފައިނުވާ މިންވަރަކަށް ސްޓަޑީ ކުރެވިފައިވާ ޙަޔާތް ޕުޅެކެވެ. މިކަމަކީ އިސްލާމް ދީނުގެ ޢަދާވަތްތެރިން ވެސް އެއްބަސްވާ ކަމެކެވެ. އެކަލޭގެފާނުގެ ޙަދީސްފުޅުތައް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް ވަނީ ލިޔެވެން ފަށާފައެވެ. އަސްޙާބު ބޭކަލުންނާއި އަދި އެއަށްފަހުން ވަޑައިގެންނެވި ޖީލުކަމުގައިވާ ތާބިޢީބޭކަލުންގެ ޒަމާނުގައި ޙަދީސްފުޅުތައް އެކުލެވިގެންވާ ފޮތްތައް ވަނީ ލިޔެވިފައެވެ. މިގަރުނުގައި އިސްލާމީ އުންމަތުގައި އުފެދުނު އެންމެ ވަރުގަދަ ޢިލްމުވެރިޔާ އަދި ރިސާރޗް ސްކޯލަރ ކަމުގައިވާ ޕްރޮފެސަރ މުޙައްމަދު ޙަމީދުﷲ ގެ ހޯއްދެވުން ތަކުގެ ވާހަކަ ކަލޭ އަޑުނާހަން ހެއްޔެވެ؟ ޙަމީދުﷲ ވަނީ ސައްޔިދުނާ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ދަރިވަރެއްކަމުގައިވާ ޙައްމާމް ބިން މުނައްބަޙް ލިއުއްވި ޙަދީސް ފޮތުގެ އޮރިޖިނަލް މެނުސްކްރިޕްޓެއް ހޯއްދަވާފައެވެ. މިހާތަނަށް އައިއިރު ދުނިޔޭގައިވަނީ އޭގެ ދެ ކޮޕީއެވެ. އެއް ކޮޕީ ދިމިޝްޤްގެ ލައިބްރަރީ އެއްގައެވެ. އަނެއް ކޮޕީ ވަނީ ޖަރުމަން ވިލާތުގެ ބާރލިންގެ ލައިބްރަރީ ގައެވެ. ޙައްމާމް ބުނި މުނައްބަޙު ގެ ސަޙީފާ ގައިވަނީ 138 ޙަދީސެވެ. މީގައިވާ ހުރިހައި ޙަދީސެއް އަކުރުން އަކުރަށް ވަނީ އިމާމް އަޙުމަދުގެ މުސްނަދުގައި އައިސްފައެވެ. އެއްވެސް ތަފާތެއް ފެނޭތޯ އޮރިއެންޓަލިސްޓުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ވީމާ ކަލޭމެން ޙަދީސަށް އިންކާރު ކުރާމީހުންނަށް އަހަރެމެން ބުނާނޭ ބަހަކީ، ޙަދީސްޢިލްމުގެ ބޮޑެތި ފޮތްތައް އެކުލަވާލެވުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމުގެ މާފަހުން ކަމުގައި ވިޔަސް އެ ފޮތްތަކަކީ އެއިގެ ކުރީގައި ލިޔެވިފައިވާ އެތައް ކުދި ފޮތްތަކެއްގެ މައްޗަށް ބިނާކުރައްވައި ނުވަތަ އިތުބާރު ހުރި ތެދުވެރި މުސްލިމުންގެ ދޫމަތީން ރިވާކުރެވިގެން އައިސް، އަދި ދުނިޔޭގެ ތާރިޚުގައި އެއްވެސް ކަމެއް ތަޙުގީގު ނުކުރެވޭވަރަށް އެ ހަދީސްތަކުގެ ސައްޙަކަން ތަޙުގީގު ކުރައްވައި އެކުލަވާލެވިފައިވާ ފޮތް ތަކެކެވެ. ކަލޭމެންގެ ވާހަކައިގެ ދެކޮޅު ނުޖެހޭކަން ބަލާށެވެ. ކަލޭމެން ގުރުއާން ގަބޫލު ކުރާ ކަމުގައި ދަޢުވާ ކުރަމުއެވެ. ނަމަވެސް އެ ގުރުއާންވެސް އަހަރެމެންނާއި ހަމަޔަށް ވާސިލް ވެފައިވަނީ ހަމަ ޙަދީސްތައްވެސް އަހަރެމެންނާއި ހަމަޔަށް ވާސިލް ކޮށްދެއްވި ފަރާތް ތަކުންނެވެ. އެއީ އަސްޙާބު ބޭކަލުންނެވެ. ވީމާ އެއްކަމެއްގައި އެބޭކަލުންނަކީ ތެދުވެރީން ކަމުގައި ބަލާފައި އަނެއް ކަމެއްގައި އެބޭކަލުންނަކީ ދޮގުވެރިން ކަމުގައި ދެކެނީ ހެއްޔެވެ؟ ގުރުއާން ރައްކާތެރި ކުރެއްވުމުގެ މާނަޔަކީ އެގުރުއާނުގެ ލަފްޒު ތަކާއި އެގުރުއާނުގެ އެކްސްޕްލެނޭޝަނާއި ރައްކާތެރި ކުރެއްވުމެވެ. ކަލޭމެންގެ ކައްޒާބު އެރިޒޯނާ ސަހަރާއިން ފާޅުވެއްޖައުމަށްދާންދެން ވޭތުވެދިޔަ 1400 އަހަރު ގައިވެސް އެއްވެސް މުސްލިމަކު ޖުމްލަކޮށް ޙަދީސް ތަކަށާއި އަދި ސުންނަތަށް އިންކާރު ކޮށްފައެއް ނެތެވެ. ސަބަބަކީ އެ ސުންނަތަށް ޢަމަލު ނުކޮށް އިސްލާމް ދީނަށް ނޫޅެވޭނެތީއެވެ. ކަލޭމެންފަދައިން ތިމަންނާމެން ގަބޫލު ކުރާނީ ހަމައެކަނި ޤުރުއާނޭ، ގުރުއާން ފުދެއޭ، ޙަދީސެއް ނުވަތަ ސުންނަތެއް ގަބޫލު ކުރާކަށް ނުޖެހޭނެކަމަށް ބުނާ މީހުން ފަހުޒަމާނުގައި އަންނާނޭކަންވެސް އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަހަރެމެންނަށް އަންގަވައި ޚަބަރު ކުރައްވާފައެވެ. ވީމާ ކަލޭމެންގެ ތިޔަ މޮޔަ ދަޢުވާއިންވެސް އަހެރެމެންނަށް އެކަލޭގެފާނުގެ އިތުރު އެއް ޕްރޮފެސީ ސާބިތުވެ އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަމާއި އެކަލޭގެ ފާނުން ދައްކަވާ ކޮންމެ ވާހަކަފުޅަކީ އިލާހީ ތެދުމަގާއި އިލްހާމްގެ މަތީން ދައްކަވާފައިވާ ވާހަކަފުޅުތައްކަން އިތުރަށް ޔަގީންވުން ނޫން އެހެން ކަމެއް ނުވެއެވެ.”
• މިފަދަ ވާހަކަތަކުން އައްޝައިޚު ތިސްޢަތަ ޢަޝަރަ މާޔޫސް ވިއެއްކަމަކު އަދިވެސް ދުލެއް ނުކުރާނެއެވެ. ބުނާނެއެވެ. “ނަމާދު ކުރާނެ ގޮތާއި ޙައްޖު ވާނެ ގޮތާއި މިފަދަ ކަންކަމާއިމެދު އައިސްފައިވާ ޙަދީސް ތައް އަހަރެމެންވެސް ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެމެންނަށް ގަބޫލު ނުކުރެވެނީ ސައިންސްގެ ހޯދުން ތަކާއި ޚިލާފް ތަކެތި އައިސްފައިވާ ޙަދީސް ތަކެވެ. މިސާލަކަށް ބޯންއިން ފެންތައްޓަށް މެއްސެއް ވެއްޓުމުން އެއެތި ތަށީގެ ތެރެއަށް ގަންބާލުމަށާއި އެއިގެ އެއްފިޔައިގެ ދަށުގައި ވަނީ ބަލި ކަމަށާއި އަނެއް ފިޔައިގެ ދަށުގައި ވަނީ ފަރުވާ ކަމަށް އެއޮންނަ ޙަދީސް މިއޮތްފަދަ ޒަމާނުގައި ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟”
• ބުނާށެވެ. ” މެއްސަކީ ބައެއް ބަލި ތައް ޖައްސާ ޖަރާސީމް އުފުލާ އެއްޗެއްކަން އިންސާނުންނަށް ޔަގީންވީ މައިކްރޮސްކޯޕް އީޖާދު ވީ ފަހުންނެވެ. ނަމަވެސް އެކަން އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ 1400 އަހަރު ކުރިން އަންގަވާފައެވެ. ނަމަވެސް މެހީގައި ލައްވާފައިވާ ޝިފާގެ ބައި އަދި ނުހޯދެނީއެވެ. އެކިއެކި ބަލީގެ ޝިފާ ކަމުގައި ހިމެނޭ އެންޓި ބަޔޮޓިކް ތައް އެކިއެކި އާދަޔާޚިލާފް ހައިވާނު ތަކުން ލިބޭކަމަކީ ސައިންޓިފިކް ހަގީގަތެކެވެ. ހަރުފަ ޔަށް ބަލާށެވެ. އެއިގައި ވަރުގަދަ ވިހަ އެއް ވެއެވެ. އަދި އެ ވިހައިގެ މައިތިރި ނުވަތަ ފަރުވާ ނުވަތަ އެންޓިޑޯޓް ވެސް އެހަރުފައިގެ ހަށިގަނޑުގައި ވެއެވެ. ހަރުފަ ވިހައިގެ އެންޓިޑޯޓް ހޯދަނީ ފާރމް ތަކުގައި ގެންގުޅޭ ހަރުފައިންނޫން ހެއްޔެވެ؟ ސްޓެންފޯރޑް ޔުނިވަރސިޓީގެ ސައިންޓިސްޓެއް ބުނެފައި ވެއެވެ. “މެހި، މަދިރި، ކުރަފި ފަދަ ޙައިވާން ތައް އެ ގްރޫޕަކަށް ނިސްބަތްވާ އިންސެކްޓްސް އޭ ކިޔޭ ބާވަތުގެ ސޫފާ ސޫފީގެ ހަށިތަކުން އެންޓިބަޔޮޓިކް ތައް ހޯދުމަށް މަސައްކަތް ކުރުމަކީ ބުއްދި ގަބޫލު ކުރާ ކަމެކެވެ. ސަބަބަކީ އެތަކެތި ދިރިއުޅޭ މާހައުލަކީ ވަރަށް ހަޑިމުޑުދާރު ތަންތަނެވެ. ވީމާ ހުރިހާ ބާވަތެއްގެ ޖަރާސީމް ތައް އެތަކެއްޗަށް ހުށަހޮޅޭނެއެވެ. އަދި އެ ޖަރާސީމު ތަކުން ދިފާޢު ވެގަތުމުގެ ބާރު އެތަކެތީގެ ހަށިތަކުގައި ހުންނާނެއެވެ. އިންސެކްޓް ތަކުގައި ވަރަށް ގިނަ އެންޓިބަޔޮޓިކް ތަކުގެ މައްޗަށް އެކުލެވިގެންވާ ދިފާޢީ ނިޒާމެއް އެކުލެވިގެން ވެއެވެ.” މިފަދަ މިފަދަ ކަންތަކުންވެސް އަހަރެމެންނަށް އެނގި ޔަގީންވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅުތަކަކީ ހަމަ ޙައްގު ތެދު ކަމެވެ

އޮނަވިހި ޢަދަދުގެ މައްޗަށް ބިނާކޮށް ޓަސްކަނީން ހިންގާފައިވާ ޖަރީމާތައް:
19 އިގެ ގެއްލޭ ބަހާ ތަކެއް ކީރިތި ޤުރުއާނުގައި ހިސާބަކަށް ވާކަމީ ޙަގީގަތެކެވެ. މިސާލަކަށް ސޫރަތް ތަކުގެ ޢަދަދު ކަމުގައިވާ 114 އަކީ 19 އިގެ 6 ގުނައެވެ. އަދިވެސް މިފަދަ އެތައް ޢަދަދު ތަކެއް ވާކަމުގައި ވެއެވެ. ނަމަވެސް ޤުރުއާނުން އެކި އެކި ޢަދަދު ތައް ނެރެ އެއްކޮށް ކަނޑާ ގުނަކޮށް ގެއްލާ ހެދުމުގައި ރަޝާދު ޚަލީފާ ވަރަށް ބޮޑަށް މަކަރު ހަދާފައި ވެއެވެ. ޓަސްކަނީން މި 19 އެއްގައި ހިފީ ނަރަކައިގެ އަހުލު ވެރިންގެ މައްޗަށް ވަރުގަދަ ޒަބާނިއްޔަ މަލާއިކަތުންގެ 19 ބޭކަލުން ލައްވާފައިވާ ކަމުގައި ސޫރަތުލް މުއްދައްޘިރު ގެ 30 ވަނަ އާޔަތުގައި އޮންނަ ވަހީބަސްފުޅަށް ނިސްބަތް ކޮށް އެ 19 ޔަކީ ހަގީގަތުގައި ޤުރުއާނުގެ މައްޗަށް ފާރަވެރިވުމަށް ލައްވާފައިވާ 19 އިގެ ކޯޑެއް ކަމުގައި ދަޢުވާ ކުރަމުންނެވެ. ޢަދަދު ތައް އޭނާގެ އެޖެންޑާ ފުރިހަމަވާނެހެން ފެއްތުމަށްތަކައި ރަޝާދު ޚަލީފާ ހިންގާފައިވާ ޖަރީމާގެ އެންމެ މިސާލެއް ލިޔެލާނަމެވެ.
ސޫރަތުލް ބަޤަރާގެ 30 ވަނަ އާޔަތުގެ ތަރުޖަމާ ޢަބްދުﷲ ޔޫސުފު ޢަލީގެ އިގިރޭސި ތަރުޖަމާގައި ވަނީ އަންނަނިވި ފަދައިންނެވެ.
(YUSUF ALI — 2:30) Behold, thy Lord said to the angels: “I will create a vicegerent on earth.” They said: “Wilt Thou place therein one who will make mischief therein and shed blood?- whilst we do celebrate Thy praises and glorify Thy holy (name)?” He said: “I know what ye know not.”
” އިނބަގެ ވެރި ރަސްކަލާނގެ މަލާއިކަތުންނަށް ބަސްވަޙީކުރެއްވި އިރު ހަދުމަ ކުރައްވާށެވެ. ތިމަންﷲ ބިންމަތީގައި ޚަލީފާ އެއް އެބަ ލައްވަމެވެ……”
ހަމަ މިއާޔަތް ރަޝާދު ޚަލީފާ ތަރުޖަމާ ކޮށްފައިވަނި މިފަދައިންނެވެ.
(RASHAD KHALIFA — 2:30) Recall that your Lord said to the angels, “I am placing a representative (a temporary god) on Earth.” They said, “Will You place therein one who will spread evil therein and shed blood, while we sing Your praises, glorify You, and uphold Your absolute authority?” He said, “I know what you do not know.”
” އިނބަގެ ވެރި ރަސްކަލާނގެ މަލާއިކަތުންނަށް ބަސްވަޙީކުރެއްވި އިރު ހަދުމަ ކުރައްވާށެވެ. ތިމަންﷲ ބިންމަތީގައި މަންދޫބެއް (ވަގުތީ އިލާހެއް) އެބަ ލައްވަމެވެ……”
މިގޮތަށް އެއާޔަތް “ތަރުޖަމާކޮށްފައި” އިތުރު ތަފްސިލެއްގެ ގޮތުގައި ރަޝާދު ޚަލީފާ ލިޔެފައި ވެއެވެ.
[The word "Rashad" occurs in 40:29 & 38. The word "Khalifa" occurs in 2:30 and 38:26. The first "Khalifa", namely, Satan, while the second occurence (Sura 38), refers to a human "Khalifa". If we add the numbers of suras and verses of "Rashad" (40:29,38) and "Khalifa" (38:26) we get 40+29+38+38+26=171=19x9]
)” ޤުރުއާނުގައި “ރަޝާދު” މިބަސް އައިސްފައިވަނީ 40 ވަނަ ސޫރަތުގެ 29 އަދި 38 ވަނަ އާޔަތުގައެވެ. އަދި “ޚަލީފާ” މިބަސް އައިސްފައިވަނީ 2 ވަނަ ސޫރަތުގެ 30 ވަނަ އާޔަތުގައްޔާއި އަދި 38 ވަނަ ސޫރަތުގެ 26 ވަނަ އާޔަތުގައެވެ. ނަމަވެސް މިތަނުން ފުރަތަމަޔަށް ބަޤަރާ ސުރަތުގެ 30 ވަނަ އާޔަތުގައި އެއަންނަ ޚަލީފާ ނިސްބަތް ވަނީ އިބިލީހަށެވެ. އިންސާނީ ޚަލީފާ އަކީ ދެވަނައަށް އެނަންގަނެވުނު ޚަލީފާއެވެ. ވީމާ “ރަޝާދު” އަދި “ޚަލީފާ” މިދެލަފްޒު އައިސްފައިވާ ސޫރަތް ތަކާއި އާޔަތް ތަކުގެ ޢަދަދު އެއްކުރުމުން ވަނީ (171=26+38+38+29+40) 171 އެވެ. އެ ޢަދަދަކީ 19 × 9 އެވެ.”( – ރަޝާދު ޚަލީފާގެ “ތަރުޖަމާ”
އޭނާގެ އަމިއްލަ ނަން 19 އިގެ ކޯޑަށް ފެއްތުމަށްތަކައި މި ނުބައި މީހާ ހިންގި ޖަރީމާ ދެކޭށެވެ. ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައިވާ “ޚަލީފާ” މިބަހުން އިޝާރަތްކުރެވެނީ އާދަމުގެ ފާނާއި އަދި އާދަމުގެ ދަރީންނަށް ކަމީ ކުޑަކުދީންވެސް ދަންނަ ކަމެކެވެ. ނަމަވެސް މި އާޔަތުގެ ޢަދަދު ލައިގެން ހިސާބު ހަދާނަމަ އެނާގެ އަމިއްލަ ނަން 19 އިން ނުގެއްލެއެވެ. ވީމާ އެބުނީ އެތާގައި އެވަޙީ ކުރައްވަނީ އަސްލުގައި އިބިލީސް ގެ ވާހަކަ ކަމުގައެވެ. އަދި ބްރެކެޓެއްގައި ލިޔެފައި އެވަނީ އެއީ “ވަގުތީ ކަލާނގެ” އެއް ކަމަށެވެ. އެހެން ކަމުން ރަޝާދު ޚަލީފާ ޙަގީގަތުގައި އެބުނަނީ އިބިލީހަކީ ވަގުތީ އިލާހެއްގެ ގޮތުގައި ބިންމައްޗަށް ﷲ ފޮނުއްވި މަންދޫބެކެވެ!! މީހަކު ނުވަތަ ކުފުރު ވިޔަސް މިވަރު ތަންކޮޅެއް ބޮޑު ނޫންހެއްޔެވެ؟
އެހެންކަމުން 19 ޔަކީ މިބައިމީހުންނަށް އޮތް ބޮޑުވެގެންވާ ފިތުނައެއްކަމުގައި ނުވޭ ހެއްޔެވެ؟ ސޫރަތުލް މުއްދައްޘިރުގެ 31 ވަނަ އާޔަތުގެ ތަރުޖަމާ ބައްލަވާށެވެ. އެ ޢަދަދަށް (19) ޒަބާނިއްޔަ މަލާއިކަތުން ލައްވާފައިވަނީ ކާފަރުންނަށް އޮތް ފިތުނައެއްގެ ގޮތުން ކަމުގައި އެ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. މިޢަދަދާއިކުޅެން ހަދައިގެން އޭނަޔާއި އަދި އެތައް ބަޔަކު މަގުފުރެދި އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެއްޖެއެވެ. އިގިރޭސި މުޙަވިރާގައި ބުނާ ގޮތުން އެއީ އެމީހުން އަމިއްލަޔަށް ދަންޖެހެން ދެއްވާފައިވާ ވާގަނޑެކެވެ! މި 19 އިގެ މައްޗަށް ބިނާކޮށް ޓަސްކަނީން ކޮށްފައިވާ ބައެއް ކަންތައް:
(1) ﷲ ގެ ފޮތުން 2 އާޔަތެއް އުނިކުރުން. މިއީ އެމީހުން ބޭނުންވާ ގޮތެކެވެ. ނަމަވެސް ހަމަހިލާ އެކަމެއް ނުވާނެއެވެ. ސަބަބަކީ އެފޮތް ރައްކާތެރި ކުރެއްވުމަށް އެފޮތް ބާވައިލެއްވި ފަރާތުން ވަނީ ޖާމިނު ވެ ވޮޑިގެންފައެވެ.
(2) އާ “ރަސޫލަކަށް” އެމީހުން އީމާން ވެއެވެ.
(3) މުޅިން އާ ދީނެއް އެމީހުން ވަނީ އުފައްދާފައެވެ.
އެމީހުންގެ ދީން:
• އެމީހުން އަމިއްލަޔަށް އެމީހުންނަށް ކިޔަނީ މުސްލިމުން މި ނަމަކުން ނޫނެވެ. ނަމަވެސް މުސްލިމް މި ބަހުގެ އިގިރޭސި ތަރުޖަމާ އެއް ކަމުގައިވާ “ސަބްމިޓަރސް” މި ނަމުންނެވެ. އެމީހުންގެ “އުންމަތަށް” ކިޔަނީ “އިންޓަރނޭޝަނަލް ކޮމިއުނިޓީ އޮފް ސަބްމިޓަރސް” އެވެ.
• އެމީހުން ދަޢުވާ ކުރާ ގޮތުގައި ޙަގީގީ މުސްލިމުންނަކީ އެމީހުންނެވެ. އަސްޙާބުންގެ ޒަމާނުންފެށިގެން މިހާތަނަށް މިއުޅުނު އެތައް ސަތޭކަ ޖީލުގެ މުސްލިމުންނަކީ މަގުފުރެދިފައިވާ ބައެކެވެ. ޙަގީގީ އިސްލާމް ދީން ވަނީ ރަސޫލާ ސުވަރުގެ ވަޑައިގަތުމާއިއެކު ބަދަލު ކޮށްފައެވެ.
• ޙަދީސް ގަބޫލު ކޮށް ސުންނަތަށް ޢަމަލު ކުރުމަކީ އެއްގޮތަކަށްވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ސުންނަތަކީ ޢަރަބީންގެ އާދަކާދަ އެވެ. ޤުރުއާން “ޤަބޫލު” ކުރުމުން ފުދެއެވެ.
• މުޙައްމަދުގެފާނުންގެ ނަންފުޅު:
(1) ޝަހާދަތުގެ ދެކަލިމައިގައިވެސް،
(2) ބަންގީގައި ވެސް،
(3) އައްތަޙިއްޔާތުގައި ވެސް، މިފަދަ އެއްވެސް ތަނެއްގައި ކިޔައިގެން ނުވާނެއެވެ. އެއީ ޝިރުކެއް ކަމުގައި ބުނެއެވެ.
• އެމީހުން ބުނާ ގޮތުގައި، މުޙައްމަދުގެ ފާނަކީ އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. ނަމަވެސް އެންމެ ފަހުގެ ރަސޫލާ އެއް ނޫނެވެ. ސޫރަތު އާލަޢިމްރާނުގެ 81 ވަނަ އާޔަތުގައި އެބޭކަލެއްގެ ރަސޫލުކަމަށް ހެކިވެވަޑައިގަތުމަށް އެންމެހައި ނަބީބޭކަލުންގެ ކިބައިން މީޘާޤު ނުވަތަ ޢަހުދު ކަށަވަރު ހިއްޕަވާފައިވާ ރަސޫލަކީ ނުވަތަ “މެސެންޖަރ އޮފް ދަ ކަވެނަންޓް” އަކީ މުޙައްމަދު ޞައްލﷲ ޢަލައިހި ވަސައްލަމް އެއް ނޫނެވެ. އެއީ ރަޝާދު ޚަލީފާއެވެ.
• އޫރުގެ މަސް ޙަރާމެވެ. ނަމަވެސް ސަރުބީ ހުއްދައެވެ.
• ޚިތާން ކުރުމަކީ އޮތް ކަމެއް ނޫނެވެ.
• އަންހެނުން ބުރުގާ އަޅައި ޢައުރަ ނިވާ ކުރާކަށް ނުޖެހޭނެއެވެ.
• މަރަށް މަރު ހިފައިގެން ނުވާނެއެވެ. ފިދުޔަ ދިނުމުން ފުދޭނެއެވެ.
• ވައްކަން ކުރާ މީހުންގެ އަތް ކަނޑާނެ ކަމެއް ނެތެވެ. އެމީހާގެ ގައިގައި ފާހަގަ އެއް ޖަހާލުމުން ފުދޭނެއެވެ.
• ކުރަންޖެހެނީ 3 ނަމާދެވެ. އަންހެނުން ޙައިޟުގެ ދުވަސްވަރުވެސް ނަމާދު ކުރަން ޖެހެއެވެ.
• މުކައްލަފަކަށް ވަނީ ޢުމުރުން 40 އަހަރު ވުމަށް ފަހުގައެވެ. 40 އަހަރު ނުވަނީސް މަރުވެއްޖެ މީހަކު، އެއީ ކިތަންމެ ބޮޑު މުޝްރިކަކަށް ވިޔަސް، ކިތަންމެ ނުބައި މީހަކަށް ވިޔަސް ދާނީ ސީދާ ސުވަރުގެއަށެވެ.
• މުސްލިމުންނަކީ ޝިރުކު ކުރާ ބައެކެވެ. ރާއްޖެ އައި ޓަސްކަނީންގެ މިޝަނަރީ ގެ ބަހަށް ހެއްލުނު ދިވެހިން ގޮވައިގެން ސިލޯނަށް ހައްޖަށް ދާން ޖެހުނީވެސް ކަޢުބަތުﷲ ގެފުޅު ވަނީ “މުޝްރިކުން” ގެ ބާރުގެ ދަށުގައި ކަމަށް ވާތީޔޯލައެވެ.
މި އާދީނުގެ ހަގީގަތް:
މިއާދީނަކީ އިސްލާމީ އުންމަތް ބަލިކަށިކޮށް މުސްލިމުން ބައިބައި ކުރުމަށްޓަކައި މުސްލިމުންގެ އެންމެބޮޑު ޢަދުއްވުން ކަމުގައިވާ ޒަޔަނިސްޓުން އަޑީގައި ތިބެގެން ރާވައި ހިންގާ ޙަރަކާތެކެވެ. މިމީހުންގެ މިޝަނަރީ ޙަރަކާތް ތަކަށް އެހާގިނަ ފައިސާ ލިބެނީ ޒަޔަނިސްޓުންގެ ފަރާތުން ކަމުގައި ދިރާސާ ކުރާ މީހުން ބުނެއެވެ. މި ޙަރަކާތް މިހިންގަނީ ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ ބާރު ކަނޑުވާލައި މުސްލިމުން ދީނާއި ދުރުކުރުމަށްޓަކައެވެ. މީގެ ކުރީންވެސް މިފަދަ އާ “ރަސޫލެއް” އެމީހުން އުފެއްދިއެވެ. އެއީ އިންޑިއާގެ ގާދިޔާނޭ ކިއުނު ރަށުން އައި މިރްޒާ ޣުލާމް އަޙުމަދު ގާދިޔާނީ އެވެ. އެއީ އިންޑިއާގެ މުސްލިމުން އިގިރޭސި އިސްތިޢުމާރާއި ދެކޮޅަށް ޖިހާދު ކުރާތީ އެކަން ހުއްޓުވޭތޯ އިގިރޭސީން އުފަންކުރި “ރަސޫލެކެވެ”. މީނާ ދަޢުވާ ކުރީ ސަލާމް ލެއްވި ޢީސާ ޢަލައިހިއްސަލާމް ޤިޔާމަތާއި ކާރިގައި ނުވަތަ ފަހު ޒަމާނުގައި ވަޑައިނުގަންނަވާނޭ ކަމަށާއި އެކަލޭގެފާނުވަނީ ޠަބީޢީ އަވަހާރަވުމަކުން (އިންޑިއާގެ ކަޝްމީރުގައި!) އަވަހާރަވެފައި ކަމަށާއި އެކަލޭގެފާނުން އަލުން ވަޑައިގަންނަވާނޭ ކަމުގައި އައިސްފައި އެވަނީ މާނަވީ ގޮތެއްގައި ކަމަށެވެ. އަދި އެންމެފަހުން އެ ވަޢުދު ކުރެވިގެންވާ މަސީޙަކީ އޭނާ ކަމަށް ދަޢުވާ ކުރިއެވެ. ޖިހާދު ކުރުމަކީ މިހާރު މަންސޫޚު ވެފައި ވާ ކަމެއް ކަމުގައި ދަޢުވާ ކުރިއެވެ. އިގިރޭސިން އެދިފައިވާ ފަދައިންނެވެ. ނަމަވެސް ގާދިޔާނިންގެ ދީން މުސްލިމުންގެ ތެރޭގައި ވައިގައި ހިފާ ގޮތެއް ނުވިއެވެ. އެހެންކަމުން އެހެން “ރަސޫލެއް” ގެނެސްގެންވެސް މިކަންތައް ކަމުފޮޅާ ގޮތަކަށް ވޭތޯ އަދިވެސް ބެލީއެވެ.
ދަންނާށެވެ! ރަޝާދު ޚަލީފާ ނުވަތަ “ރިޗަރޑް ކެލިފް” ގެ ޖަމާޢަތުގެ މީހުންނަކީ ގާދިޔާނީންނަށް ވުރެ މާ ނުބައިކަންބޮޑު ބައެކެވެ. އެމީހުންގެ މިޝަނަރީން ދުނިޔޭގެ އެތަން މިތާގައި ޙަރަކާތް ތެރި އެބަ ވެއެވެ. މި ސަރަހައްދުގެ މުސްލިމުން މަގުފުރެއްދުމަށްޓަކައި އުފައްދާފައިވާ އެމީހުންގެ މަރުކަޒު ހުންނަނީ ޕާކިސްތާނުގައެވެ. މި ރާއްޖެއަށްވެސް އެމީހުން މިހާރު ވަނީ އައިސްފައެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެމީހުންނަށް ހެއްލި އެމީހުންގެ ދީނަށް ވަނދެފައިވާ ކަމުގައި ވާހަކަ އެބަ ދެކެވެއެވެ. މީގެ ތެރޭގައި ގިނައީ ޒުވާން އަންހެން ކުދީން ކަމުގައިވެސް ބުނެވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި މީހުންނަށް އަލުން ހިދާޔަތު ދައްކަވާފާނދޭވެ! އަދި ދިވެހި ރާއްޖޭގެ މުސްލިމުން ކާފަރު ކުރުމަށްޓަކައި ބޭރުންނާއި އެތެރެއިން މަސައްކަތް ކުރާ އެންމެހައި މަލްޢޫނުންގެ ނުބައިކަމުން ދިވެހިން ސަލާމަތް ކުރައްވާނދޭވެ! އާމީން.
ސަމާލުވޭ!
އިސްލާމް ދީނުގެ ނަމުގައި ދޮގުވެރިން އުފައްދާފައިވާ އެތައް “ދީން” ތަކެއް ނުވަތަ “ކަލްޓް” ތަކެއް ވެއެވެ. މީގެ ތެރޭގައި ބަހާއީ ދީން، ގާދިޔާނީ ދީން، އަދި ސަބްމިޓަރސް ގެ ދީން ހިމެނެއެވެ. ބަހާއީން މިހާރު ވަނީ އެމީހުންނަކީ އިސްލާމް ދިނާއި އެއްވެސް ގުޅުމެއް ނެތް މުޅިން އެހެން ދީނެއް ކަމުގައި އިޢުލާން ކޮށްފައެވެ. އަޅުގަނޑުމެން ދިވެހިން ޚާއްސަގޮތެއްގައި ގާދިޔާނީންނާއި އަދި ސަބްމިޓަރސް ގެ ދީނާއި މެދު ޚަބަރުދާރުވެ ތިބެން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ. އެއްވެސް މީހަކު ސަލާމް ލެއްވި ޢީސާގެ ފާނާއިމެދު ޒަމާނުއްސުރެ މުސްލިމުން ގަބޫލު ކުރަމުން އަންނަ ސައްޙަ ނުވަތަ އޯރތޮޑޮކްސް ޢަގީދާ އާއި ޚިލާފަށް އެކަލޭގެފާނު ވަނީ އަވަހާރަވެފައޭ ދެން ވަޑައެއް ނުގަންނަވާނެޔޭ މިފަދަ ވާހަކަތަކެއް ދައްކާ ނަމަ އެމީހަކު ވުން ގާތީ ގާދިޔާނި ދީނުގެ މިޝަނަރީ އެއް ކަމުގައެވެ. ހަމަ މިފަދައިން އެންމެ ފަހުގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީސް ފުޅު ތަކާއި ސުންނަތުގެ ބާރު ކަނޑުވާލައި، އިސްލާމް ދީނުގެ ދެވަނަ ތަނބާއިމެދު ޝައްކު އުފައްދަން އުޅޭނަމަ އެމީހަކު އެވަކާލާތު ކުރަނީ ރަޝާދު ޚަލީފާ ގެ ދީނަށްކަން ދަންނާށެވެ.
ﷲ މެނުވީ އަޅުކަމެއް ކުރުން ޙައްގު ވެގެންވާ އެއްވެސް ފަރާތެއް ނުވާ ކަމަށާއި އެ އިލާހަށް އެއްވެސް ޝަރީކެއް ނުވާކަމަށާއި އަދި އަޅެމެންގެ ލޯބިވެތި ޙަބީބު ސައްޔިދްނާ ވަ މަޥްލާނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ އަޅާކަމަށާއި އަދި އެންމެ ފަހުގެ ރަސޫލާ އަދި ނަބީ ކަމުގައި އަޅު ހެކި ވަމެވެ. އަދި ސަލާމް ލެއްވިގެންވާ މަސީޙު ޢީސަ ބުނި މަރްޔަމް އަކީ އެއްވެސް ބަފައިކަލެއްގެ މެދުވެރި ވުމެއްނެތި ﷲ ޚަލްގު ކުރެއްވި އެކަލާނގެ އަޅެއް އަދި ލޮބުވެތި ރަސޫލެއް ކަމަށާއި އެކަލޭގެފާނުން ވަނީ ހަށިކޮޅާއި އަދި ފުރާނަ ފުޅާއިއެކު އުފުއްލެވިގެން ކަމާއި އަދި އެކަލޭގެފާނު އަވަހާރަ ނުވާ ކަމާއި ޤިޔާމަތް ޤާއިމް ވުމުގެ ކުރީން އެކަލޭގެފާނުން އަދި ފައިބާ ވަޑައިގަންނަވާނޭ ކަމަށާއި ދޮގުވެރި މަސީޙު ނުވަތަ މަސީޙުއްދައްޖާލު ގަތުލު ކުރައްވާނޭ ކަމާއި، ޤިޔާމަތް ގާއިމް ވުމުގެ ކުރީގައި އިސްލާމީ ޚިލާފަތް އަލުން ގާއިމް ވާނެ ކަމާއި، އިމާމް މަހުދީ ވަޑައިގަންނަވާނޭ ކަމާއި އަދިވެސް ފަހު ޒަމާނުގައި ފާޅުވާނޭ ކަމުގައި އެންމެ ފަހުގެ ރަސޫލާ ޚަބަރު ކުރައްވާފައި ވާ މިފަދަ ހުރިހައި ކަންތައް ތަކަކީ ތެދު ޙަގީގަތް ކަމުގައި އަޅު ހެކި ވަމެވެ. އަދި، މުސައިލަމަތުލް ކައްޛާބު އާއި އަސްވަދުލް ޢަނަސީ އަކީ ދޮގުވެރިންނަށް ވީފަދައިން ބަހާއީ ދީން އުފެއްދި ބަހާއުﷲ (ކްރިސްޓިއަން ތާރީޚުން 1863 ގައިބަޣުދާދުގައި ނަބީކަމަށް ދަޢުވާ ކުރި މީހެއް) އާއި ޤާދިޔާނީ ދީން އުފެއްދި މިރުޒާ ޣުލާމް އަޙުމަދު ޤާދިޔާނީ (ކްރިސްޓިއަން ތާރީޚުން 1835 އިން 1908 އަށް އިންޑިއާގައި އުޅުނު މީހެއް) އާއި އަދި ސަބްމިޓަރސް ގެ ދީން ގެނައި ރަޝާދު ޚަލީފާ އާއި މިއެންމެންނަކީ އެންމެ ފަހުގެ ރަސޫލާގެ މާތް ދޫފުޅުން އެފަދަ ދޮގުވެރި ރަސޫލުން ފާޅުވާނެ ކަމުގައި އަންގަވާފައިވާ ދޮގުވެރިންގެ ތެރެއިން ހިމެނިގެންވާ ކައްޛާބުން ކަމުގައިވެސް އަޅު ހެކި ވަމެވެ.

ޑރ. މަޢުރޫފް ޙުސޭން ދި އިސްލާމު ވެބުސައިޓުގައި ލިޔުއްވާފައިވާ ލިޔުމެއް
No comments:
Post a Comment