3/28/11

އެމްޑީޕީގެ ރައީސްއަކަށް ފޭކް ޒަކީ ގެނައުމަށް އެމްޑީޕީހިންގާ މުރާބުގޭމުދިމުން ނިންމައިފި

ޑރ. ޑީޑީ އެމްޑީޕީ ގެ ރައީސްކަމަށް އައުމަށް ބޭނުންވެގެން ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް ޑރ.ޑީޑީ އެ މަޤާމަށް ނުހޮވާގޮތަށް އެމްޑީޕީހިންގާ މުރާބުގޭމުދިމުން ހަމަޖައްސާފައިވާކަމަށް އެމްޑީޕީ ގެ ވަރަށް އިސްފަރާތަކުން ބުނެފައިވެއެވެ. އަދި، މިހާރު މި މަޤާމަށް ފޭކް ޒަކީ ހޮވުމަށްޓަކައި އެމްޑީޕީހިންގާ މުރާބުގޭމުދިމުންބޭލަކުންގެ އެންމެ އިސް ފަރާތްތަކުން ވަރަށް ވަރުގަދަޔަށް ކެމްޕެއިން ކުރަމުން އެބަގެންދެއެވެ.
އަދި، މިކަން ކިޔައިދިން އެމްޑީޕީ ގެ އިސް ސަފުގައި މަސައްކަތް ކުރަމުންގެންދާ މީހަކު ކިޔާދިންގޮތުގައި ޑރ.ޑީޑީ ހޮވައިފިނަމަ ޑރ. ފެއިލްމުނައްވަރަށް ވީގޮތް ވެގެންދާނެ ކަމަށާއި، މިކަން މިގޮތަށް އެއްގޮތަކައްވެސް ވިޔަ ދީގެންނުވާނެކަމަށް އެމްޑީޕީހިންގާ މުރާބުގޭމުދިންބޭކަލުންގެ އެންމެގާތް ފަރާތްތަކުގައި ބުނަމުން އެބަގެންދާ ކަމަށްވެއެވެ.
އެހެންކަމުން ޑރ.ޑީޑީ އަށް ދަންނަވާލަންއޮތީ ތިޔަކުރައްވަމުން ގެންދަވާ މަސައްކަތް ފަނުފުލުންދާނެ ކަމަށާއި، ތިޔަ، މަޤާމު ހޯދުމައްޓަކައި ތިޔަ، ރަހުމުކުޑަ އަނިޔާވެރިން އިސްސަފުގައިތިބި ބަޔަކާ ދެކޮޅަށް ނިކުމެގެން ބޭކާރުގޮތުގައި ޚަރަދުތައް  ނުކުރުމަށް ނަޞޭހަތްތެރިވަމެވެ. ތިޔަ، ކުރަމުންގެންދާ މަސައްކަތުން ޑރ.ޑީޑީ އިތުރަށް ފަލީހަތްވެ އަގު ވެއްޓުންނޫން ގޮތެއްނެތެވެ.
ޑރ.ޑީޑީއަކީ އައްޑު އަށް ނިސްބަތްވާ މީހަކަށްވާތީވެސް އެމީހުން ހިތްހަމަ ނުޖެހޭކަމަށް ޑރ.ޑީޑީ ތިބުނާބުނުމަކީ ވަރަށްބޮޑު ތެދު ހަޤީގަތެކެވެ. ޑރ.ޑީޑީ ހޮވަން ބޭނުންނުވާ މީހުން ތިކަންވެސް ފާހަގަކުރެއެވެ. އެބައިމީހުން ކިޔާދިންގޮތުގައި އައްޑޫއަށް ނިސްބަތްވާ މީހަކަށް މިފަދަ މަޤާމެއް ދިނުންވެގެންދާނީ ޕާރޓީގައި ދެންތިބި އިސް މީހުންގެ ކަރުބުޑަށް ޒަހަރު އެޅުންފަދަ ކަމަކަށެވެ.
އަދި، ޑރ.ޑީޑީގެ ކައިރީގައި އެންމެ އިސްކޮށް ކެމްޕެއިންގެ ހަރަކާތުގައި މިހާރުތިއުޅޭ ބައެއް މީހުންނައްވެސް "މުރާބުގޭމުދިމުން" މިކަމުގައި ނިންމާފައިވާގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިގޮތުން އަލްހާނު ފަހުމީއަށް މިކަން ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.
ވީމާ، ޑރ.ޑީޑީ ތިޔަ ކުރައްވަމުން ގެންދަވާ ކެމްޕެއިން ތިހާ ވަރުގަދަކޮށް ނުޖެއްސުމަށް ޑރ.ޑީޑީ އަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަމެވެ. އަދި، މިނޫންގޮތަކަށް މިކަން ނިމިގެންނުދާނެކަން ވޯޓްލަމުންދާ ދުވަހު ހުދު ޑރ.ޑީޑީ އަށްވެސް ކަށަވަރު ވާނެއެވެ. އަދި، ރައީސްކަމަށް ހޮވޭނީވެސް ފޭކް ޒަކީއެވެ.

No comments:

Post a Comment