ކީރިތިޤުރުއާން ހިތުދަސްކުރުމާއި ގުޅިގެން ސަރުކާރުން އިމްތިހާނުކުރައްވައި ބެއްލެވުމަށްފަހު ރާއްޖެއިން ދެވަނައަށް ޙާފިޒުކަމުގެ ސަނަދު ލިބިވަޑައިގަތީ ހުވަދުއަތޮޅު ދެއްވަދޫ އާދަމް ސައީދަށެވެ. އޭއީ 13 ޖޫން 1955ގައެވެ. އާދަމް ސައީދުގެ މަންމައަކީ ކުދިންނަށް ގުރުއާން ކިޔަވާދޭ އެދުރުދައިތައެކެވެ. އާދަމް ސައީދުއަކީ ކިޔަވާށޭ ބުންޏަސް ކިޔަވާކުއްޖެއްނޫނެވެ. ނަމަވެސް އެހެންހުއްޓާ އޭނައަށް ޤުރުއާން އެއްކޮށްދަސްވެއްޖެކަމަށް ރަށުތެރޭގައި ވާހަކަދެކެވެންފެށުނެވެ. މިވާހަކަ ހުވަދޫކަށޑުހުރަސްކޮއް މާލޭގައިހުރި ރަދުންގެ ކަންފަތުގައިޖެހުމާއިއެކު ރަދުން އާދަމް ސައީދު މާލެގެންދެވިއެވެ. މާލެގެންގޮސް ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް ކިޔެވުމަށް ފަޑިޔާރުމަނިކުފާނު ބުނުމާއެކުހެން އާދަމް ސައީދު ސޫރަތުލް ފާތިހާއިން ފެށިގެން ސޫރަތުއްނާސިގެ ތަރުތީލަކޮށް ނިންމާލިއެވެ. އާދަމް ސައީދުއަކީ ދިވެހި ރާއްޖޭގެ ދެވަނަ ޙާފިޒެވެ. އާދަމް ސައީދު ދެކާވެނި ކުރެއްވިއެވެ. އެއީ ދެއްވަދޫ ދެކޮނެކޮޑު ނައްސާގެ މަންމަ އާއި އަދި މާލޭމީހަކާއެވެ. އާދަމް ސައީދުގެ އެއްވެސް ދަރިއެއްދުނިޔެއަކުނެތެވެ. އެކަމަކު ނައްސާގެ މަންމަ( އާމިންދައްތަ ) އާދަމްސައީދުއަށް ދަރިޔަކު ވިހެއެވެ. އެކުއްޖާވަނީ ކުޑައިރުމަރުވެފައެވެ. އާދަމް ސައީދުގެ އެއްބަޑު ދެއަންހެން ކޮއްކޮ އަކީ އަހަރެންގެ މުންނާ އާއި މާމާދައްތާ ދެއްވަދޫ ކަރިޝްމާގޭ ހައްވައެވެ. ( ކައުންސިލަރު ސަވާދުގެ).
އާދަމް ސައީދުގެ މަހާނަފުޅަށް ދެއްވަދޫގެ ވަރަށްގިނަމީހުން ވަރަށް ފަހަކާޖެހެންދެންވެސް ނަދުރުބުނެ އުޅުނެވެ. އާދަމް ސައީދުގެ މަހާނަހުންނަނީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތުގެ ގޯތިތެރޭގައި ފާރެއްރާނާފައި ކަށިވެލި(ގަލެވެއިލި) ލާފައެވެ. އަހަރެންގެ މުންނަގެ ޒަމާނުގައި އެމަހާނައިގައި އަބަދުވެސް ހުދުދިދަޖަހާފައިހުރެއެވެ.
ވަރަށް ފަހަކާޖެހެންދެންވެސް ދެއްވަދޫއަށް މަސްބޭނުން ދައްވެއްޖިއްޔާ ރައްޔިތުންނުކުމެ އާދަމް ސައީގެ މަހާނަރީތިކޮއް ދިދަނަގާ "މަސްވެރިކްން ރަގަޅުކޮއްދޭތޯ ދުޢާކޮއްދިމަށް"އެދެއެވެ. އަހަރެން ވަރަށް ހަދާންހުރޭ އަހުމަދު ސަލީމް (އެއްތެއްރޭ) މާގަނލާއަށް ފުޓުބޯޅަކުޅުނުއިރު އޭނާއަބަދުވެސް މެޗަށްއަރާނީ އާދަމް ސައީދުބޭ މަހާނޯމައްތެ ތިނެވެއިލިމުޓެޖަހައިލެއި ނަދިރެގެނެފެއިއާހު. އަދި ވަރަށްގިނަމީހުން ބިޓުން ސެޓުކުރަންވެސް އާދަމް ސައީދުބޭ މަހާނޯމައްތެ ވެއިލިމުޓެޖަހައި ނަދިރެގެނެތާ. ﷲ ދެއްވަދޫމީހުންނަށް ނޭގިކުރެވުނު ޝިރުކުގެ ފާފަފުއްސަވާ އާދަމް ސައީދުއަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން
No comments:
Post a Comment