2/28/11

ޒައީމްއާއި ޑީއާރުޕީ


ޑީއާރުޕީ އަކީ ކާކުގެ ޕާޓީއެއްހެއްޔެވެ؟ ޒައީމްގެ ޕާޓީއެއްބާއެވެ؟ ތަސްމީންގެ ޕާޓީއެއް ހެއްޔެވެ؟ ނޫނީ އެޕާޓީގެ ދަފްތަރުގައި ޖެހިގެންތިބި 32000 މެއްމްބަރުންގެ ޕާޓީއެއް ހެއްޔެވެ. ކޮއްމެއަކަސް މިހާރު މި ސުވާލުތަކުގެ ޖަވާބު އެއްވެސް ދިވެހި ރައްޔިތަކަށް ނޭގެއެވެ. އިގޭ ކަމަކީ މި ޕާޓީގެ މިލްކްވެރި ކަމަށް ކިބި މައުމޫން ދައުވާ ކުރަމުންދާކަމެވެ. މިއީ ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް މީހަކު ސިޔާސީ ޕާޓީގެ މިލްކްވެރިކަމަށް އެދި ދައުވާކުރާ ފުރަތަމަ ފަހަރެވެ. އަޅެފަހެ މީހަކު މިކަމާ އަޖާބުވެ އަންތަރީސް ނުވާނެހެއްޔެވެ. ކިބި މައުމޫން އެހުއްނެވީ ބޮލަށް ފިތިފަހެއްޔެވެ.

ޑީއާރުޕީގެ މިލްކްވެރިކަމަށް ކިބި ޒައީމްއަށް ދައުވާ ކުރެވޭނީ ކޮން ހައިސިއްޔަތަކުންތޯއެވެ. ޑީއާރުޕީ އަކީ ކިނބި ޒައީމް އަމިއްލައަށް އުފެއްދި ޕާޓީއެއްނޫނެވެ.އެހެނީ މީހަކަށް އަމިއްލައަށް ޕާޓީއެއް ނެހެދޭނެއެވެ. މައުމޫން އަކީ ޑީއާރުޕީގެ މުއައްސިސެކެވެ. މުއައްސިސުންގެ ލިސްޓް ވަރަށްވެސް ދިގެ. މުއަށްސިސުންނަކީ އެޖަމާއަތެއްގެ މިލްކްވެރި ފަރާތްކަމުގައިވާނީ އެކަން އގޮތަށް އެޖަމާއަތެއްގެ އަސާސީ ގަވާއިދުގައި ލިޔެވިފައިވާ ނަމައެވެ. މިކަހަލަ އެއްވެސް ކަމެއް ޑީއާރުޕީގެ އަސާސީ ގަވާއިދުގައެއް ނެތެވެ. އެހެންކަމުން މައުމޫން އަކީ ޑީއާރުޕީގެ މިލްކްވެރި ފަރާތް ކަމުގައިވާނީ ކިހިނެއް ހެއްޔެވެ. ދުވަސް ކޮޅަކުން އަލިވާގެއަކީ ތިމައްނާ ދިރިއުޅޭ، ތިމައްނެގެ ވެރިކަމުންނެގި ވަގުފައިސާއިން އަޅާފައިވާ ގެއެކޭ އެހެންވީމާ އެގޭގެ މިލްކްވެރި ފަރާތް ކަމުގަވެސް ވާނީ ތިމައްނައޭ ބުނެފާނެއެވެ.

މައުމޫން އަށްވުރެ ދިވެހި ރައްޔިތުންގެ ޕާޓީގެ މިލްކްވެރިކަން ޔޫސޭއަށް ހައްގުކަން ބޮޑެވެ. ޑީއާރުޕީ މިނަމަކީ ޔޫސޭ ޕާޓީއެއްހަދަން އުޅެ ހަދިޔާ ކޮއްފައިވާ ނަމެކެވެ.

މައުމޫން އަށްވުރެ ދިވެހި ރައްޔިތުންގެ ޕާޓީގެ މިލްކްވެރިކަން ގާސިމް އިބްރާހިމްއަށް ހައްގުކަން ބޮޑެވެ. ގާސިމް އިބްރާހިމްއަކީ ޑީއާރުޕީ އުފެއްދުމަށް އެތަކެއް ހޭދައެއް ކޮއްފައިވާ ބޭފުޅެކެވެ. ހަމަމިގޮތަށް ތަސްމީން އަލީއަށް ވެސް ހައްގުކަން ބޮޑެވެ. ޑީއާރުޕީ އެއްމެ ނިކަމެތިވި ދުވަސްވަރު ޕާޓީ ނަގާ ކޮޅަށްޖެހީ ތަސްމީންއެވެ. ކިނބި މައުމޫން އޮތީ ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކީ، ސިޔާސީ އެއްވެސް ކަމަކާ ނުބެހޭނެކަމަށްބުނެ ގޮޅާތެރެއަށް ވަދެ ފިލާފައެވެ. މިއަދު ގޮޅާގެ ތޮށިފަޅާލާފަ ނުކުމެ ޑީއާރުޕީ އަކީ ތިމައްނާގެ ޕާޓީއެކޭ، ތިމައްނަގެ ހިޔާލާއި ފިކުރާ ދެކޮޅަށް އެއްވެސް ކަމެއް ކޮއްގެން ނުވާނޭ. އަސާސީ ގަވާއިދަކީ ތިމައްނާގެ ސިކުޑިއޭ ކިޔާފަ ގޮވިއަސް އެހެނެއް އެކަމެއް ނުވާނެއެވެ. ޑީއާރުޕީ އެތެރޭގައި މިހާރުތިބީ ޑިމޮކްރަސީ ދައްނަ ހެޔޮވިސްނޭ ޒުވާނުއްނެވެ. ޑީއާރުޕީގެ ވެރިޔަކަށް ހުއްނަމީހެއްގެ ނަމަކީ '' ޒައީމް'' ނޫން ކަމަށާއި ލީޑަރު ކަމަށް ޑީއާރުޕީގެ ކައުންސިލުން ފާސްކުރި ހިސާބުން ފެށިގެން ކިނބި ޒައީމް އަށް ތަސްމީންގެ މައްޗަށް ބާރުފޯރުވޭނީ ކޮންގޮތަކަށް ހެއްޔެވެ.

ޒައީމްއެވެ. ގޮޅާއެވެ. ކިނބި ރަސްގެފާންއެވެ. ކަލޭ ނޫނަސް އެހެން މީހުންވެސް މިގައުމުގައި ސިޔާސީ ޕާޓީ ހަދާގައިގެން އެބައުޅެއެވެ. އެއިން އެއްވެސް ބޭފުޅަކު ދުވަހަކުވެސް ވާހަކަ ދައްކަވާއިރު އަޅުގަޑުގެ ޕާޓީއޭ ކިޔާފަ ވާހަކަ ދެއްކި އަޑެއް ނާހަމެވެ. މުޅިންވެސް ކިޔަނީ އަޅުގަޑުމެންގެ ޕާޓީއެވެ. އެކަމަކު ކަލޭ ވާހަކަ ދައްކާއިރު މުޅިންވެސް އަޅުގަޑުގެ ޕާޓީ އަޅުގަޑުގެ ޕާޓީ. ގޮޅާބޯ ކަލޭތީ ކިހިނެއް ވިހާފަހުރި ބީތާއެއް ހެއްޔެވެ.

ކިނބި ޒައީމްއެވެ. ގޮޅާބޯ އެވެ. ޕާޓީއެއްގެ މިލްކްވެރިކަން ބޭނުންނަމަ ކަލެޔާއި ކަލޭގެ ހުދުމުހުތާރު ފިކުރާއި އެއްގޮތް މީހުން ގޮވައިގެން ގޮސް އިތުރަށް ރައްޔިތުން ކުރިމަތީ 2013 ގަ ފަލީހަތްވާން ބޭނުންނަމަ އަލުން ސިޔާސީ ޕާޓީއެއް ހަދާށެވެ.

1 comment:

  1. liyun liyaa iru ehen myhun geves aburah rahkaatheri vey. eyrun thimaage aburu rahkaatheri vaany. maumoon aky 30 aharuge aguhuri hidhumath dhivehin nah kofa huri beyfulhe. dhen dhivehi dhari akah evareh nuvaane.

    ReplyDelete