
މީގެ 13 ވަރަކަށް އަހަރުކުރިން ރާއްޖެ ތެރޭގެ ބަޔަކު މަސްވެރިކަން ނުކުމެ އުޅެނިކޮށް ހިފައި ދިވެހިރާއްޖޭގެ ދިފާއީބާރާ ހަވާލުކުރި 3 ފޫޓްގެ ކިންބޫ މިހާރުވަނީ ކުޑަކުދިންގެ ބަގީޗާގާ އެކުދިން ހިންހަމަ ޖެއްސުމައް 6 ފޫޓްގެ ކުޑަ ކޮއްޓަކައްލާ ކުޑަކުޑަ ފެންކޮޅެއްގެތެރޭބަންދުކޮއްފައެވެ. މިހާރު ކިނބޫގެ ދިގުމުނުގަ 10 ފޫޓް ހުއްނާނެކަން ޔަގީންވެ. މާސިންގާ ކަނޑުތެރޭ ބޮޑުފެންގަޑެއްގެ ތެރޭ އެހާމިނިވަންކަމާއެއްކޮއް ފަތަފަތާއޮއް ކިނބޫ ހިފާހައްޔަރު ކޮއްގެން ބަޔެއްގެ ހިންހަމަ ޖެހުމައް މިހާ އަނިޔާވެރި ގޮތަކައް ގެންގުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ?. ކިނބުލައް ލިބިގެންވާ ހައްގަށް އަރައިގަތުމުގެ ބޭނުމަކީ ކޮބާހެއްޔެވެ?. އަޅުގަޑުމެން އިންސާނުންނައް ހައްގުތައް ލިބިގެންވާ ފަދައިން ކިނބުލަށް ވެސް ކިނބުލުގެ ހައްގު ލިބެން ޖެހޭނެއެވެ. ބަރާބަރު ގަޑިން ގަޑިން ކާންދިނުމަކުން ހައްގު ފުރިހަމަވީއެއް ނޫނެވެ. ރާއްޖޭގެ ޖަލުތަކުގަ ބޮޑެތި ކުއްތައް ކޮއްގެން ހުކުމް ތަންފީޒް ކުރަމުންދާ މީހުއްނައްވެސް ގަޑިން ގަޑިން ކާންދެއެވެ. އެކަމަކު އެވަރުންވެސް މިގޮވަނީ އެމީހުންގެ މިނިވަން ކަމަށެވެ. ކިންބުލުގެ ކުށަކީ ކޮބާހެއްޔެވެ؟؟ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ދިފާއީބާރުގެ ހުއްދައާނުލާ ވަނުން ހެއްޔެވެ؟؟ އަނެއްކާ މިއަދު އެވަނީ ޅ.ނައިފަރުބަޔަކު 6 ފޫޓްގެ ކިނބުލެއް ހިފާފައެވެ. އެރަށުގަ ހަދާ ކުޑަކުދިންގެ ބަގީޗާގާ ބޭއްވުމުގެ ބޭނުމުގައެވެ.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއައް އަޅުގަޑު މިގޮވާލަނީ މަނިކުފާނަކީ އިންސާނީ ހައްގުތަކައް ވަކާލާތް ކުރަމުން ރާއްޖޭގެ ރައީސް ކަމާހަވާލުވި ބޭފުޅެކެވެ. ހަމައެކަނި އިންސާނީ ހައްގުތައް ހޯދައިދިނުމަކުން ނުފުދެއެވެ. މަނިކުފާނު ވެރިކަމައް އައިރު ބަގީޗާގަ ހައްޔަރު ކޮއްފަވާ ކިބުލައްވެސް ހައްގުތަކެއްވެއެވެ. ކިނބޫވެސް އޭތީގެ އާއިލާ އެއްކޮއް މަޖާކޮއް ހޭދަކޮއްލަން ބޭނުންވާނެއެވެ. ވީމާ ވީހާވެސް އަވަހައް އެނިމަލް ރައިޓްސް ކޮމިޝަންއެއް ރާއްޖޭގާ އުފައްދާސެވެ. އެހެން ނޫނީ ކިނބޫތައް ދޫކޮއްލުމައް ދިފާއީ ވުޒާރާ ހަވާލުވެގެން ހުއްނެވި ބޭފުޅާއައް އަންގާށެވެ.
No comments:
Post a Comment