ރަޓު ކައުންސިލާޓެ ވޯޓެ އޮޑެނެވޭލެ މަވޯޓެ އޮޑެންނު ކޮންބައިކެންނެޓެ
މަގެ ފަސްޓްޗޮއިސް އެއްކޫ މަގެމީހާ އެބޫ އައްލާ ހައްވާ ފަރީދާގެ ސަވާދު. ނުންފެހޭ ހަމީދާގެ ގޮއްޓޭމީހާ، ސަވާދުއެޓެ މަވޯޓެ އޮޑެންނު އެޔާއްކޫ މަގެ އާއިލާ މީހާޓެވީމެއި، އެޔާޓެ އެއްތެކެ ލެބެނެފެހެއި މަޓެއްސް ރީތި.
ނަމްބަރު ދޭން، އިމިޔާބެއްޔާ މުހުއްމާހުތާގެ ތައުފީގު- ކަޅޭޓެ މަވޯޓެ އޮޑެންނު އެޔާއްކޫ އެމްޑީޕީ މީހެކެޓެ ވީމެއިނުން. އަހަނެގެގޭ ބާރެދޯނި ދޮއްވީވޭލެ އޭގެ އެތެރުން ގިނެދޯނިފަހަރެ ދޮއްވޫ އިމިޔާބެއްޔާ މުހުއްމާހުތާ، ދެން އެނެކެ ސަބެބާއްކޫ ކަޅޭއްކޫ ވަރަޓެ ހީވާގި އެންމެނާއްޔެސް ގުޅެނެ މީހެކެމެއި. ކަޅޭޓެ އެގެންނި "ކައުޓިއެހުމުން ފައްޓޭގެންގޯހު އެގްޒެކްޓެވް ލެވެލެޓެ މަސައްކަދެ. ތެއްޔެހެ ދާއިރާޓެސް އެޔާފިޓުވެންނިކަމާ ދެއްވަދޫ އެއްމެނާސް ގަބޫލެކެރެންނިޔާ
ނަމްބަރު ތިނޭން- ވާދުއަބުދުﷲ އެގެ ސައީދު - މިޔާޓެ މަވޯޓެ އޮޑެންނު
މިޔާއްކޫ އަހަންނެގެ ފަހަރިއެގެ ބޭބޭޓެ ވީމެއިނުން- ބައިކެންނެޓެ ނުއެގުނެސް ވާދުއަބުދުﷲ ސައީދު އެއްކޫ އަހަނެ ކުދެވޭލާ އަހަނެގެ ބައްޕާ ހިގެވީ އިންޖީނުގޭ އިންޖީނު މައްސެލެޔެކެ ޖިހީގެފެހެއި ހިލޭ މަސައްކަދެ ކޮއްދެނެމީހެކެ- އެޔާގެ އެދުމަތެޓެ ބަލޭފެއި ބޮއްކޮރެޔާޓެ މުޅެކެ ލެބީގެފެހެއި މަޓެސް ރަގަޅެ.
ނަމްބަރު ހަތަރޭން - ބޭބިއްޔާ ހަމީދުހުތާގެ މުއީނު - މިޔާޓެ މަދެނެވޯޓާއްކޫ މަ ސީދާ ހަމީދު ހުތާޓެ ދެނެވޯޓެކެ. ހަމީދު ހުތާއްކޫ ވަރަޓެ ގިނެގުނެ ހިދުމަތެ އަންނެގެގޮޓެ ކޮއްދީފެއިހުޓިމީހެކެ. މީގެ އެތެރު އެއްކަމެކެ އައިކެ ފާހެގެކޮއްލެންނިން- އޭބު އަހަންނެގެ ފޭމަހާ ގައްދު މީހެކެޓެ ދީފެއި އޮވެއި، އެމީހާ ލާރިނުދެނެ ކަމާހެދީ އެރަހަޓެ ހަމީދު ހުތާބެއްޔާގޯހު ކަލޭފާނުއެއްޓަކައި ބޮޑެ މާރާމާއެކެ ހިގެވޭލެއި އެޔާއާއު ދޯނިޔާ ހިފޭގެން ރަގަޓެ. މިކަހަލެ މީހެކުނެގެ ކުއްދެކެ ކަމެކާއިގެން އާއިމެއި ކެހެނެކުން ދީލެވިޔެންނު.
ނަމްބަރު ފަހޭން - އަލްދީދިއެގެ އިބުރާހިމް ދީދިއެގެ ސައީދު ، މިޔާޓެ މަދެނެ ވޯޓެގަޑާއްކޫ މިޔާގެ މާމާގެ ހައްގުގައި މަ މިޔާޓެ ދެނެވޯޓެ. މިޔާގެ މާމާއްކޫ މަ ކުދެވޭލާ ދެޔެގަޑާޓެ ގެބީގޮހޯއޮވެއި މަ ނަގޭގެން "ޖުއްޅޭ" ޔޯކޭފެއި ގޮވޭ މީހިނެ އެއްކޮޓެގެން ސެންޓަރު ސައީދު ގެނަހެގެން މަގެ ހުރާނެޔާ ސަލާމަތެކޮޅެމީހޭ- އެހެންވީމެއި އަދެދޮހާ އެޔެކެ ކުއްދެކެ ކަމެކާއިގެން ނިކެތެމެއި މައެކަމާ ދެންނާވެންނިދާ؟
މިފަހަވެންނެ އެތެރުން މީހެކެ ވޯޓެ އޮޑުމުގެ ކުރިޔެން މަރޭގެފެހެއި ދެން މަވޯޓެ އޮޑެންނު އަހަނެގެ އާމިންދައްތާގެ ސައްޕޭޓެ،
ފަހަމީހެންގެއެތެރުން ދެވެނެ މަރޭގެފެހެއި މަވޯޓެ އޮޑެންނު ސައްޕޭއާއި ދަގަޑެ އަހަންމެދާއި ދެވެންނެޓެ
ފަހަވެންނެ އެތެރުން ތިނެވެނެ މަރޭގެފެހެއި މަވޯޓެ އޮޑެންނު ސައްޕޭ، އަހައްމެދާ ދެން ފަޒުހާދު
No comments:
Post a Comment