
ކޮއްމެއަކަސް މިއަދު މިއޮތީ އޭރުއޮއް ހާލަތެއްގައެއްނޫނެވެ. އޭރުގަ ވަތަންއެދޭގޮތައް ނުކުތް ގިނަމީހުން ތިބީ މިހާރުގެ އިދިކޮޅު މައި ޕާޓީއާއި ގުޅި އިއްތިހާދު ހަދައިގެއްނެވެ. ދީނީ އިލްމްވެރިން އެބައިމީހުންނަށް ސުއްނަތް ޖަމާއަތައް އުޅެން ކުރީގެ ސަރުކާރުން ފިއްތުންކުރާ ކަމަށާއި، ދިވެހިރާއްޖޭގެ ދީން ގެއްލިގެންދާކަމަށް ބުނެ ވެރިކަން ބަދަލުކޮއްލާފަ މިހާރު ބުނަމުންދަނީ މިއަދުގެ ސަރުކާރުންވެސް ކަންތައް ކުރަމުންދަނީ ހަމައެފަދައިން ކަމަށެވެ.މިރޭ( 03.02.2010 ) ޑީއާރުޕީ އާއި ގުޅިފައިވާ ޕާޓީތަކުން ލޯކަލް ކައުންސިލް އިންތިހާބުގަބައިވެރިވެފައިވާ ކެންޑިޑޭތުންނަތް ތާއީދުހޯދުމަށް އެމްޑީޕީ އާއި ދެކޮޅައް ބާއްވާ ފަހުޖަލްސާ މިބާއްވަނީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގަ ވަތަންއެދޭގޮތައް ޖަލްސާ ބާއްވި ދަރުބާރުގޭ ފުރަގަހުގަ އޮއްނަ ހުސްފަސްގަޑުގައެވެ. އެމްޑީޕީގެ ޖަލްސާ ބާއްވަނީ އޭރުގަ އާއުސްމިނަކަށް މިނިމުގަ ފަހު ޖަލްސާ ބޭއްވި އާޓިފިޝަލް ބީޗްގެ ސްޓޭޖް ސަރަހައްދުގައެވެ. ވާނުވާ ބަލަން ފެބޮރްއަރީ 5 ވަނަ ދުވަހައް އިންތިޒާރު ކުރަމާ.
No comments:
Post a Comment