1/31/11

ގެމެނެހުއްޓެދާއިރާޓެ ރައީސް ނަޝީދު ވަޑައިނުގަންނާވޫ ކެހެނެކުންވެގެން

މަހަމު އަޖާބެ އަންތަރީސްވެގެ މިރާއްދޭ ތެއްޔެހެ ރަހަޓެގެޔެވޭލާ، ރައީސުލްޖުމުހޫރިއްޔާޓެ ނުކެރުނެއޭ މިރަޓު ފަޔާޖަހަވޭލެންނެކެޓެ. އަދި މިރަޓާ އެކަނި ކުން، މިދާއިރާ ތެއްޔެހެރަޓެކެ. މިހެން މަބޮނެނެ ވޭލެމަޓެސް އެގެއި ގައްދުއެޓެ ގޮހޮފެއި ކަނޑެހުޅެދޫ ތިނެމިނިޓެ ވެންތާޓެ މަޑެކޮޅެކަމާ. އެބު ނުންކުން ގޮތާއްކޫ. އައިކެ ގޭހުޓެގެން ވަރަޓެ ދިރާސާކޮއްލިން. މަކޮޅެދިރާސާން މަޓެ އެގީގެންގެޔޯ ރައީސް ނަޝީދުގެ ސަރުކާރުން ގެމެނެހުއްޓެ ދާއިރާގެ ތާއިދެ ބޭނުންނުވެނެކަމާ. އަހަނެ ވައްވެއްޖުހުނެސް އެހިލާންނެޓެ ތުރާލެކެނުވެއި. މަހަމު ހިތީގެއޭ.


ކަލޭފާނުއެގެ ޝިހާދު ބޮނޫ ތީމިހާ އެވާހަކެޔާ ދެއްވަދޫ އެމްޑީޕީ އެކްޓިވިސްޓުނެ ގާތުބޮނީމެއި ތީމިހާ އުރެޔާބާއިލިޔާޔޯ. އެންމެ ނުހައްދެވެނެ ވާހަކެސް ދައްކޭގެތާޔޯ. މީގެ މަޖާވިއްދާއްކޫ، މިހިލާންނެސް ގަބޫލެކެރެތާ އަހަނެ ދާއިރާޓެ ވަރަޓެ އިހުމާލެވެގެތެ ކަމާ. މިސަރުކާރުން މެދުނުކޮޑީ ކެންޕެއިން ދަތެރެކެރެނެވޭލާ ދެއްވަދުއެޓެ އެހިލާނެ ނުއެންނު ކޮންމިޔެސް ކަމެކެ ވެގެންކުންދާ. އައިކެ މިރޭ ހަވެރެތެނެދޫ މަތެރެސްވިލާ ފާލެބަލެނެ އަބުދުﷲ ކަލޯ އާއި ބައްދެކެކޮޓެފެއި ފާލެކެބެލިން. އެޔާ ދެން އެކޭވެނެ އެއްތެކެ ކޭވޭފެއި އެޔާބޮނޫ "އިސްކޮޅުންދިގެ ދޮނެ މީހެކެ، އެމްޑީޕީ ކެންފޭން މެނޭޖަރު ޕްރޮފެސަރު އަހުމަދު ޝަހީދު (ޑރ. ޝަހީދު) ގާތުބޮނިޔާޔޯ އީކުއޭޓަރ ސަރެހައްދު އޮންނާ ގެނެމެހުއްޓާއި، ދެއްވަދޫއާއި، ކޮނޑޭ، މި ތިންރަޓުންކަރޭ ރަހަކެޓެ މިދުވަސްވަރު އަރޭގެފެހޭ މިދައުރު އެމްޑީޕީގެ މެނިފެސްޓޯގެ ހުއްޓީ ވައުދެ ނުފުއްދެންނިޔޯ. އެހެންވީމެއި އެތިންރަހަޓެ ނުއަރެންނެޔޯ.


މިރޭ މަގާތި މީހެކުނެބޮނޫ ވިލިގިއްލޭ ޝަރީފް (ބެންކް ޝަރީފް) ބޮނިޔާފޯ ދެއްވަދޫއެޓެ ދޮހާކުކަމެކެ ނުކޮޅެސް ދެއްވަދޫ މީހިނެތިބެންނޫ ހެދީގޮހޯޔޯ، އެހިލާނެ މަދެވޫ ބައިކޮޅަދެނުންގޯ، އެހިލާނެ ފަހަކޮޅެދެ މަދެޔޯ. އެހިލާންނެއްކޫ ތެލެފީފެޔާ ވަޑާން އޮޑީމީހިނެޔޯ. އެހިލާނެފަޅާ ނުކޮނިއެސް ތިކަނެމާޔޯ ބޮނީމެއިތިނެންނު ހެދީގޮހޯޔޯ. މީބު އަތޮޅު ހުއްޓި މިނިސްޓަރުއެގެ ބަހުރުވާ ހުއްޓީލިކާ. ދެންކެންކޮޅޯ. ވަތެޓެ އިސްޖަހައިގެންތިބެ މަރޭގެންނާވޫ. ވައްސަލާމް

1 comment:

  1. thi bonoo hama thedha vaahakaeka... anni ata kiriya hus vaudha viyannaa.. ahana ratuas ethaka flataka odeylee. ratu falhaa kaney dheefee..

    ReplyDelete