ކުރިއަށް އޮތް ލޯކަލް ކައުން ސިލް އިންތިޙާބުގެ ކެމްޕޭން ފޯރި އަންނަނީ ގަދަވެ ފައްކާވަމުން ދޮންވަމުންނެވެ. މިފޯރިވަނީ ގައުމުގެ ހުރިހާ ހިސާބަކަށް ފޯރާފައެވެ. ކެމްޕޭން ފޯރީގެ އައްސިން ރަށްރަށަށާއި، އަވަށް އަވަށަށާއި، އާއިލާތަކުގެ ޞުލްހައާއި މަސްލަހަތަށް އަންނަނީ ހުރަސް އަޅަމުންނެވެ.
އެއްމެންވެސް ވިސްނަންވީ ރިޔާސީ އިންތިހާބާ މަޖްލީސް އިންތިހާބާ ކުރިޔަށް މިއޮތް ލޯކަލް ކައުންސިލްގެ އިންތިހާބާ ހާސްގުނަ ތަފާތުކަމެވެ. ސަބަބަކީ ކޮއްމެ މީހަކުވެސް ކިތައްމެ ޕާޓީ ރޫހުގަ ހުއްޓަސް މިއިންތިހާބުގަ ކުރިމަތިލާފަތިބި ކެންޑިޑޭޓުންގެ ގޮތުން ޕާޓީ ފިކުރާ ދެކޮޅައްވެސް ވޯޓްލާން ޖެހޭތީއެވެ. ސަބަކީ 2000 ރައްޔިތުން ހަމަނުވާ ކުޑަކުޑަ ރަށެއްގަ ކޮއްމެ މީހަކުވެސް ކޮއްމެވެސް ހިސާބަކުން މިއޮއްނަނީ އާއިލީގޮތުން ގުޅިފަވާތީއެވެ.އާއިލާގެ އުޅޭއެއްމެނަކީ ސިޔާސީ އެއްފިކުރައް ތަބާވާ މީހުންނެއްނޫނެވެ. މައިން ބަފައިންގެ ވޯޓައް ދަރިންނައްވެސް ނުފޫޒް ފޯރުވޭކައްނެތެވެ.ސަބަބަކީ އެއްދަރި ބުނާގޮތައް މަންމަ ނުވަތަ ބައްޕަ ވޯޓް ދީފިނަމަ އާއިލާތެރޭގަ އޮއްނަ ސުލްހަ މަސަލަސްކަން ގެއްލިގެން ދާތީއެވެ
.
ކެމްޕޭން ކުރުމުގާ އުސޫލުތަކެއް ގަވާއިދުތަކެއް ހެދިފަ ހުއްޓައްކަމަކު އެޔައް އަމަލު ކުރަނީ މަދުބަޔެކެވެ. ވަކި ކެންޑިޑޭޓަކައް ވޯޓް ނުދިނުމައްބުނެ އެންޓި ކެމްޕޭންވެސް ކޮއްގެން ނުވާނެއްވެ. މިފަދަ ކަންތައްތައްތަކަކީ ޑިމޮކްރަސީއާއި މިނިވަންކަމާ ހައްގުތައް ހޯދުމައް ވަކާލާތް ކުރަމުންދާ ބަޔެއްގެ ކިބައިން ފެނިގެންވާނެ ސިފައެއްނޫނެވެ
.
ރައްޔިތުންނަށް ޚިދުމަތްކުރާ މަގާމުތަކަށް ވާދަކުރާ ކެންޑީޑޭޓުން ރައްޔިތުންނަށް ނަމޫނާ ދައްކަން އެބަ ޖެހެއެވެ. ތަފާތު ޚިޔާލުތަކުގެ މީހުންނާއި ގުޅިގެން ރައްޔިތުންނާއި ރަށުގެ މަސްލަހަތަށް ރައްކާތެރިވާ ބަޔަކުކަން ކެންޑިޑޭޓުންގެ އަމަލުން ރައްޔިތުންނަށް ޔަގީންކޮށްދޭން އެބަޖެހެއެވެ. ވާދަވެރި އެކުވެރި ރޫހެއްގައި ކެމްޕޭން ހަރަކާތް ބައްޓަންވާން އެބަޖެހެއެވެ. އެހެންނޫނީ މުޅިރަށުގައި ފިތުނައިގެ ނުރައްކާތެރި ހުޅުގަނޑު ފަލައިގެން ގޮސް ހުޅުހިފައި ރައްޔިތުންގެ މުދަލަށް ގެއްލުން ވެދާނެ އެވެ
.
މިއީއަޅުގަޑު މިނިކަމެތި އަޅާ ދެއްވަދޫގެ ހުރިހާ ރައްޔިތުންނާ ކުރިމަތިލާފަ ތިބި ކެންޑިޑޭޓުންނައްާ ދޭ ނަސޭހަތެކެވެ. އަޅުގަޑު ކިތައްމެ ނިކަމެތިވިޔަސް ކިތައްމެ ތައުލީމީ ގޮތުން ދެރަސް ތި ހުރިހާ ރައްޔިތުންވެސް އަޅުގަޑުގެ މި އިލްތިމާސް ގަބޫލްކޮއް ކުރިމަތިލާފަތިބި ކެންޑިޑޭޓުންނައް އެންޓި ކެމްޕޭން ނުކުރުމައް އާދޭހާއެކު ދައްނަވަމެވެ
މައުމޫން އިބްރާހިމް/ދޭލިއާގެ
No comments:
Post a Comment