ނިކް ވިއުޖިސިކް އުފަންވެފައިވަނީ 4 ޑިސެމްބަރ 1982 ގައި އޮސްޓްރޭލިޔާގެ މެލްބަރޯންއަށެވެ. އޭނާ ލިޔަން ދަސްކުރީ އޭނާގެ ވާތްފަރާތު ފައި ހުންނަތަނުން ނުކުމެފައިވާ ދެ އިގިލިންނެވެ. ނިކް އެހެން އިންސާނުންނެކޭ އެއްފަދައިން ކުޅިވަރުތައްވެސް ކުޅެއުޅެއެވެ. ކުޅަދާނަކަމާއެކު ފަތައެވެ. އޭނާބުނާގޮތުގައި ފަތަންފެށީ އޭނާގެ ބައްޕައާއެކު އުމުރުން އެންމެ 18 މަހުން ފެށިގެންނެވެ. އަޖައިބެއްފަދަ މިޒުވާނާ މިހާރު ވަޒީފާ އަދާކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ލައިފް ވިތްއައުޓް ލިމްބްސްގައެވެ. އޭނާގެ ޓީމާއެކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް އިންޖީނުލީގޮނޑިއެއް ބޭނުންކުރެއެވެ. މީގެ އިތުރުން ބިންމަތީގައި ހިގާވެސްއުޅެއެވެ. އޭނާ ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވަނީ އުމުރުން 21 އަހަރުގައެވެ. މިހާރު ދިރިއުޅެނީ އެމެރިކާގެ ލޮސްއޭންޖަލިސްގައެވެ.
ނިކް ދުނިޔެއަށް އުފަންވިއިރުވެސް އަތާއި ފަޔެއް ނެތެވެ. ނިކް އުފަން ވުމުގެ ކުރިން އެކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. މިކަމުގައި ބޭސްވެރިކަމުގެ އެއްވެސް ސަބަބެއް ނެތްކަމަށް ޑޮކްޓަރުން ބުނެއެވެ.
ނިކް ބުނާގޮތުގައި ''އަހަންނަށް އެގޭގޮތުގައި އަހަރެންގެ ހަޔާތުގައި މިދިމާވިކަމަކީ ލަކީކޮށް ނުވަތަ ގަސްތުގައި މީހަކު ކުރިކަމެއްވެސް ނޫން. އިންސާނެއްގެ ހަޔާތުގައި ދިމާވާ މިފަދަ ކޮންމެ ކަމަކީވެސް ޢިބްރަތެއް ގޮތުގައާއި އަދި ކޮންމެވެސް ރަގަޅު ސަބަބުތަކެއް މެދިވެރި ކުރުމަށް ކަލާނގެ ކުޅަދުންވަންތަކުން ވާކަމެއް."
ނިކްވަނީ ''ފިނޭންސިއަލްޕްލޭނިންގ އެންޑް އެކައުންޓިންގ" އިން ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައި.
ނިކް ގަބޫލްކުރާ ގޮތުގައި މީހަކު ކަމެއް ކުރުމަށް ކަނޑައަޅާ އެކަމެއް ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނަމަ ކޮންމެވެސް ދުވަހަކުން ކަލާނގެ ރުއްސުވުމާއެކު އެކަމެއްވާނޭ. އެހެން ނަމަވެސް ކޮންމެ އިންސާނަކީވެސް އެއްވެސް ސަބަބަކާއިނުލާ ކޮންމެ ކަމެއް ކުރުމުގައިވެސް ލިމިޓެއް ކަނޑައެޅިފައިވާ ބައެއް. ކަލާނގެ ރުއްސުވުމާއެކު އެކަމެއްވާނޭ ކިޔައިގެން ދެއަތްއުރާލައިގެން ކަމެއް ހާސިލު ކުރުމަށް މަސައްކަތް ނުކޮށް ތިބެއްޖެނަމަ އެކަންކޮށްދޭނެ އެކަކުވެސް ނުވާނެ. ކަލާނގެ އެހީތެރިކަމާއި ނުލައި ކިތަންމެ ކުޑަކަމެއްވެސް ކުރުމުގެ ބާރު ދެއްވާފައިނުވޭ. ކަންތައްތައް ކުރުމުގައި ކާމިޔާބު ލިބެނީ އެމީހަކު މަސައްކަތްކުރި މިންވަރަކުންނެވެ.
ނިކްވަނީ ދުނިޔޭގެ 24 ޤައުމަކަށް ޒިޔާރަތް ކުރައްވާފައެވެ. އެނާ ޒިޔާރަތްކުރި ޤައުމުތަކުގައި ދީފައިވާ އެތައް ތަޤްރީރުތަކެއްގެ ސަބަބުން ގުދުރަތީގޮތުން ނުކުޅެދިފައިވާ އެތައް ބަޔަކަށް ވަރަށްބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އެފްރިކާގެ ޤައުމުތަކަށެވެ

No comments:
Post a Comment